މުޒާހަރާތައް ހޫނުވުމުން ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން ވަޒީފާގެ ކޯޓާގެ ބޮޑުބައެއް އުވާލައިފި
ޔުނިވަރސިޓީތަކުގެ ދަރިވަރުން އިސްކޮށްތިބެ ބަނގުލާދޭޝްގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ އެންމެފަހުން ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން ވަޒީފާގެ ކޯޓާގެ ބޮޑުބައެއް އުވާލައިފިއެވެ. ކޯޓުން ނިންމި ގޮތުން 1971 ވަނަ އަހަރު ބަންގްލަދޭޝްގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގައި ބައިވެރިވި ސިފައިންގެ އާއިލާތަކަށް މިހާރު ރިޒާވް ކުރެވޭނީ ސަރުކާރު ވަޒީފާތަކުގެ އެންމެ ފަހެއް އިން ސައްތަ އެވެ. ބަންގްލަދޭޝްގެ ލޯ މިނިސްޓަރ އަނީސުލް ހައްގު ވިދާޅުވީ، ކޯޓުގެ ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ. ކޯޓުގެ މި ނިންމުމަށް މުޒާހ...