މައި ޚަބަރަށް ދިޔުމަށް

ތާރީޚް

194 ޝާއިޢުކުރެވިފައިވާ ލިޔުން

ތާރީޚް - 8 ވަނަ ޞަފްޙާ

ލޯތްބާ ގުޅިފައިވާ މާވެޔޮ މިސްކިތާއި ވަރުނުލާ ރާޅުގަނޑު

ވިޔަފާރި ދަތުރެއްގައި ބޭރުގެ ގުރާބެއް ރާއްޖެއަށް އައެވެ. އެ ގުރާބުން މާލެއަށް ވަރަށް ރީތި އަންހެން ޖާރިއާއަކު ބޭލިއެވެ. އެ ކުއްޖާ ބޭލީ ބިއްލޫރި އަލަމާރިއަކަށް ލައިގެންނެވެ. އެ ރީތި އަންހެން ކުއްޖާ ވަގަށް ނަގާފާނެތީ ވަރަށް ބޮޑު ސާރިދޯޅެއް ފާރައަށް ބޭއްވިއެވެ. އެކަމަކު އެ އަންހެން ކުއްޖާ ގެއްލިއްޖެއެވެ. މި މައްސަލައައިގެން ބޭރުގެ ވިޔަފާރިވެރިން ދިޔައީ ރަސްގެފާނުގެ އަރިހަށެވެ. އޭރު ރަސްކަމުގައި އިންނެވީ އައްސުލްޠާން ވަޑީ ކަލަމިންޖާއެވެ. ރަދުންގެ ފަރާތްޕުޅުން މީހުން ނެރެގެން ތަންތަން ބަލައި […]

ޢަބްދުﷲ ސަޢީދު
ޢަލީ ތަކުރުފާނު: ތިން ބެއިންގެ ތެރެއިން ޝަހީދު ކޮށްލެވުނު ތަކުރުފާނު

ޢަލީ ތަކުރުފާނު: ތިން ބެއިންގެ ތެރެއިން ޝަހީދު ކޮށްލެވުނު ތަކުރުފާނު

ޕޯޗްގީޒުން ރާއްޖެ އަޅުވެތިކޮށްގެން ތިބި ތިބުމަށް ނިމުން ގެނައުމުގެ ވަރުގަދަ ޢަޒުމާއި އެކު ތިލަދުންމަތިން އުތީމު ތިން ބެއިން މަސައްކަތް ފެށިއެވެ. މުހައްމަދު ތަކުރުފާނުގެ މާލިމީ ކަމުގެ ދަށުން މިމަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ ވާހަކަ ދެއްކެވީ ބޮޑު ތަކުރުފާނުގެ ދެ ބެއިން ކަމުގައިވާ ޢަލި ތަކުރުފާނާއި ޙަސަން ތަކުރުފާނެވެ. އަދި އެބޭފުޅުންގެ މި މާތް މަސައްކަތުގައި ދެހާޖީންގެ އިތުރުން ނޮޅިވަރަމްފަރު އެދުރު ކަލޭފާނާއި ދުވާފަރު ދަންޑަހެލުވެސް ބައިވެރިވިއެވެ. ޕޯޗުގީޒުންގެ އަނިޔާވެރިކަން އިންތިހާއަށް ދިއ...

އަލީ އަހުސަން

ރާއްޖޭގައި ފުރަތަމަ ހެދި ރާޑަރ ސްޓޭޝަންތައް

ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ޤަވާޢިދާ ޚިލާފަށް ބޭރުގެ ބޯޓު ފަހަރުން މަސްވެރިކަންކުރުން އޮތީ އާންމުވެފައެވެ. ދާއަޅައިގެންނާއި ލޭނު އަޅައިގެންނެވެ. ދިވެހި ސިފައިންގެ ތެރޭގައި ކޯސްޓްގާޑުގެ ޚިދުމަތް 01 ޖަނަވަރީ 1980 ގައި ފެށިގެން ދިޔައީ ވެސް އެކަމާ ގުޅިގެންނެވެ. ރާއްޖޭގެ މަސްކަނޑުތަކަށް ވަދެ ކަހާލައިގެން ގެންދާއިރު ބަލަން ތިބެން ބޭނުން ނުވީއެވެ. ކޯސްޓްގާޑް އުފެދުނުއިރު ސިފައިންގޭގައި ހުރީ ހަތް މީޓަރު ހަމަނުވާ ކުދިކުދި ލޯންޗްފަހަރެވެ. އެތަކެތީގައި ބޭރު ކަނޑުތަކުގައި ޕެޓްރޯލްކޮށް މަސްކަނޑުތައް ބެލެހ...

ޢަބްދުﷲ ސަޢީދު

ޕޯޗްގީޒުންގެ "ދިވެހިރާއްޖޭގެ ކެޕްޓަން"

ދިވެހިރާއްޖޭގައާއި ސިލޯނުގައި ޕޯޗްގީޒުންގެ ކިއްލާތަކެއް އެޅުމަށް ޕޯޗްގީޒުންގެ ރަސްގެފާނު ޑޮމް މެނުއަލް (ޖޯން 3 ވަނަ) އޮތީ އަންގަވާފައެވެ. އެކަމެއް އިންޑިއާގައި އޮތް ޕޯޗްގީޒުންގެ ފައުޖަކަށް ނުވެއެވެ. އިންޑިއާގައި ހުރި ޕޯޗްގީޒުންގެ ގަވަރުނަރު އަފޮންސޯ ޑި އަލްބުކެއާރްކް މީލާދީން 1515 ވަނަ އަހަރު އަވަހާރަވެއްޖެއެވެ. އޭނާގެ ބަދަލުގައި އެ މަޤަމަށް އިސްކުރެއްވީ ލޯޕޯ ސްވާރެސް ޑި އަލްބަގާރިއާ އެވެ. ރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި އިންނެވީ އައްސުލްޠާން ކަޅު މުޙައްމަދު ރަސްގެފާނެވެ. ރާއްޖޭގައި ކިއްލާއެއް ހެ...

ޢަބްދުﷲ ސަޢީދު
ނޭނގުމާ އެނގުމާ އެއީ އައްޔާ އަނދިރިފަދަ އެއްޗެކޭ

ނޭނގުމާ އެނގުމާ އެއީ އައްޔާ އަނދިރިފަދަ އެއްޗެކޭ

ނޭނގުމާ އެނގުމާ އެއީ އައްޔާ އަނދިފަދަ އެއްޗެކޭ އޭގެ ދެ ފަރާތް ބުނެދެވޭން އޮންނާނެ ހޭ؟ ނޯންނާނެޔޭ! ދުވަސްވަރަކީ ހއ. ކެލާގައި އިނގިރޭސީން ތިބި ދުވަސްވަރެވެ. އެ މީހުން ބަނޑަހަޖަހައިގެން ތިބީ ކެލާ ތުނޑީކޮޅުގައެވެ. “ރަސްކަން” ކުރަމުން ދަނީ ކެލާގެ ހިތްގައިމު ތުނޑީގައެވެ. އެ ތަނުގައި ދެ ފަންގިފިލާއަށް ވާ ގޮތަށް ޢިމާރާތްކޮށްފައިވާ ރާޑަރު ގެއެއް ހުރެއެވެ. އަދި ހަތިޔާރުތައް ލައި ރައްކާކޮށްފައިވާ ބަޑި ގުދަނެއް ވެސް ހުރެއެވެ. މީގެއިތުރުން، އިނގިރޭސީން ދިރިއުޅުމަށް ޓަކައި ގެދޮރު އަޅާފައި […]

ޢާޠިފާ ޒަކަރިއްޔާ
ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް އަނބުރާލެއްވި ފަތްކޮޅު

ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް އަނބުރާލެއްވި ފަތްކޮޅު

މުޅި މާލެ އޮތީ ވަރަށް ރީތިކޮށް ނަލަހައްދާލައިފައެވެ. އެންމެންގެ މޫނުތައްމަތިން ވެސް ފެންނަނީ ހިނިތުންވުމާއި އުފާވެރިކަމެވެ. މީލާދީން 1953 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހެވެ. އާ އަހަރަކަށް މަރުޙަބާ ކިޔުމަކަށް ނޫނެވެ. ޖުމްހޫރިއްޔަތަށް މަރުޙަބާ ކިޔުމަށެވެ. އެތައް ޒަމާނަކުންސުރެ ރާއްޖޭގައި ހިނގަމުންއައި ވެރިކަން ކުރުމުގެ ނިޒާމު ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވަނީއެވެ. ޖުމްހޫރިއްޔަތަކީ ކޮން އެއްޗެއްކަން ގިނަ ދިވެހީންނަށް ނޭނގުނަސް ދިވެހީންގެ އުންމީދުތައް ހުރީ ވަރަށް މަތީގައެވެ. އެ...

ޢަބްދުﷲ ސަޢީދު
ދާދިވަރުކޮށް އުތީމު ގަނޑުވަރު

ދާދިވަރުކޮށް އުތީމު ގަނޑުވަރު

އަޅުގަނޑު އިނީ ގޭގެ ސޯފާގައެވެ. ފެންނަނީ ބޮޑުތަކުރުފާނު އަވަހާރަފުޅު ލެއްޕެވި އުނދޯލިދާންކޮޅެވެ. ނުހުޅުވޭ ދޮރުކޮޅެވެ. ބޮޑުތަކުރުފާނު ހަނގުރާމައިގައި ގެންގުޅުއްވި ބޮޑު ފޮށިކޮޅެވެ. އެ ބޭފުޅުން އެރުއްވި މަރަވަޅިކޮޅުތަކެވެ. ދަންޑަހެލުމެން ބޭފުޅުން ނިދިކުރެއްވި ކުޑައަށިކޮޅެވެ. މުޅިގެއަށް އަލިކޮށްލަދޭ ހަތްހުޅުކޮޅުލީ ވޮށްކޮޅެވެ. ބޭރުގެ މަންޒަރުތައް ކުލަކޮށް ފޯރުކޮށްދޭ އަޖައިބެއް ފަދަ ލޯވަޅެވެ. އާދެ! އެއީ ރާއްޖޭގައި ހުރި އެންމެ ގިނަ ދުވަސްވީ ގެކޮޅެވެ. އުތީމު ގަނޑުވަރެވެ. ެައަޅުގަނޑަށް އެތައް ފަހަރަކު އެ...

ޢަބްދުﷲ ސަޢީދު
ސައިކުރާ ކިޔުނު ގޮތް

ސައިކުރާ ކިޔުނު ގޮތް

ކޯރެއްގެ ސާޙިލެއްގައި ހަނދުއޮއްސެމުން އެދިޔައިރު ރޮއިރޮއި އެއިން ޒުވާނެއް ޢިބްރަތުގެ ދަރުސަކަށްވީ ފުރަތަމަވެސް  ޚިޔާލަށް ގެނެވުނީ “ޔަމަނުގެ މަޢްޞޫމާ” ގެ  މިބައިތެވެ. ޅެން ހެއްދެވީ ސައިކުރާ އިބްރާހީމް ނަޢީމެވެ. ސައިކުރާ އަކީ މާލޭގެ މަޝްހޫރު އާއިލީ ނަމެކެވެ. މިއާއިލާއަށް ސައިކުރާގެ ނަން ވަދެފައިވާ ކަމަށް ލަފާކުރެވެނީ މީގެ ދޮޅު ގަރުނެއްހައި ދުވަސް ކުރީންނެވެ. ސައިކުރާ އިބްރާހީމް ނަޢީމުގެ މުނިކާފަ އަހަންމަދުފުޅާ ހިސާބުންނެވެ. މިހެންވެސް ލަފާކޮށްލާން މިޖެހުނީ ސައިކުރާ އިބްރާހީމް ނަޢީމުގެ ބައްޕަ ސައިކ...

އަޙްމަދު ސާލިމް
އަމީން ދީދީގެ ވެރިކަން ބަދަލުކޮށްލި އިންގިލާބު

އަމީން ދީދީގެ ވެރިކަން ބަދަލުކޮށްލި އިންގިލާބު

ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު ސިފައިންގެ އަނބުގަސްދޮށުގައި ހުންނަވަނިކޮށް ސިފައިންގެ އެތެރެއަށް އާންމުންގެ ބަޔަކު ވަދެ އެމަނިކުފާނުގެ ހަށިކޮޅަށް އަރައިގެންފިއެވެ. އޭރު އެމަނިކުފާނުގެ ދެއަތްޕުޅުގައި ވަނީ ބިޑިއަޅާފައެވެ. ތަޅާ އަނިޔާކުރަމުން ގެންގޮސް ސިފައިންގެ މައިދޮރުއަށިން ނެރުނީ ގުޅަކުޅޭ ފަސްގަނޑަށެވެ. އޭރު ހުރި ސިފައިންގޭގެ މޫނުމަތި ހުންނަނީ ސަލްޓަންޕާކުގެ ކުރިމައްޗަށް ވާގޮތަށް ގުޅަކުޅޭ ފަސްގަނޑަށެވެ. އަތުޖެހުނު މީހަކު ހިތުހުރި ވަރަކަށް ތަޅާ އަނިޔާކުރަނީއެވެ. ބަސްފުޅެއ...

ޢަބްދުﷲ ސަޢީދު
ދިވެހިރާއްޖޭގައި ފަރަންސޭސި ސިފައިން

ދިވެހިރާއްޖޭގައި ފަރަންސޭސި ސިފައިން

ހަތިޔާރާއެކު ފަރަންސޭސި ސިފައިން ދިވެހިރާއްޖޭގައި ތިއްބެވެ. އެއީ ޖުމުލަ 28 ސިފައިންނެވެ. އާދައިގެ 25 ސިފައިންނާއި، ދެ ސަރުދާރާއި އިސް ކޮމާންޑަރެކެވެ. ދައުލަތުން ކެއުމާއި މުސާރަ ވެސް ދެއްވިއެވެ. އެ މީހުން ތިބުމަށް ހަމަޖެއްސެވީ ނާނޭ ބުރުޒެވެ. އެތަނުގައި ފަރަންސޭސި ވިލާތުގެ ދިދަ ނެގުމުގެ ހުއްދަ ވެސް ދެއްވިއެވެ. މިއީ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭރުގެ އަސްކަރީ ބާރެއް ރާއްޖޭގައި ބޭތިއްބި ފުރަތަމަ ފަހަރެވެ. މިކަން ކުރެއްވީ މަލާބާރީން ނުވަތަ ހޮޅީންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނ...

ޢަބްދުﷲ ސަޢީދު
މާމަލޭ އާއި އަލީރާޖާ

މާމަލޭ އާއި އަލީރާޖާ

ދިވެހިރާއްޖޭގެ އިހަވަންދިއްޕޮޅާއި އިންޑިއާގެ މަލިކާ ދެމެދުގައި އޮންނަ އެއިޓް ޑިގްރީ ޗެނަލަށް “މާމަލޭ ކަނޑު” ކިޔާ އުޅުނު ދުވަސްވަރެއް ދިޔައެވެ. އެ ނަން ނިސްބަތްވަނީ މާމަލޭ މަރައްކާރު ނުވަތަ މުޙައްމަދު ޢަލީއަށެވެ. އޭނާއަކީ މަލާބާރުގެ އިސްލާމް ވިޔަފާރިވެރިއެވެ. މަޝްހޫރުވެފައި ވަނީ ކަނޑުގެ ރަސްގެފާނުގެ ނަމުންނެވެ. އެއީ ކަންނަންނޫރުގައި ވަކި އިސްލާމީ ރަސްކަމެއް ހިންގި އަރައްކަލް އާއިލާ، ކޮންމެ ރަސްކަލަކަށް ވެސް “އަލީރާޖާ”ގެ ލަގަބު ބޭނުން ކުރެވުނުގެ ރަސްކަން އުފެދިގެން ދިޔަ ސަބަބެވެ. އަލީރާޖާ ނުވަތަ އ...

ޢަބްދުﷲ ސަޢީދު
ރާއްޖެއަށް އުނދަގޫކުރާ ޖިންނިފުރޭތައިގެ ވާހަކަ

ރާއްޖެއަށް އުނދަގޫކުރާ ޖިންނިފުރޭތައިގެ ވާހަކަ

ދިވެހިރާއްޖެ އިސްލާމްވީ ސަބަބާ ބެހޭ ގޮތުން އައިސްފައިވާ ވާހަކައަކީ ރާއްޖެއަށް އުނދަގޫކުރާ ޖިންނިފުރޭތައިގެ ވާހަކައެވެ. އެއީ ތުންތުންމަތިން ދެކެވެމުން އައި ފޯކުލޯރެކެވެ. މިއީ މި ވާހަކައަށް ދިވެހި ތާރީޚުން ޖާގަލިބޭ ސަބަބެކެވެ. އެކަމަކު މި ވާހަކަ ލިޔުމުން ފެންނަން އޮތް އެންމެ ދުރު ތާރީޚީ މަސްދަރަކީ އިބްނު ބަޠޫޠާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ މަޢުލޫމާތު އެއްކޮށްގެން “ރިހްލަތު އިބްނު ބަޠޫޫޠާ”ގެ ނަމުގައި 756 ވަނަ އަހަރު އެކުލަވާލެވިފައިވާ ދަތުރުނާމާއެވެ. އިބްނު ބަޠޫޠާ ޖިންނި ފުރޭތައިގެ ވާހަކަ ލިޔުއ...

ޢަބްދުﷲ ސަޢީދު
އިހުގައި ދިވެހީން ފާހަގަކުރި ދުވަސްތައް: ކަނދި ދުވަހާއި ބޯފޮޅި ދުވަސް

އިހުގައި ދިވެހީން ފާހަގަކުރި ދުވަސްތައް: ކަނދި ދުވަހާއި ބޯފޮޅި ދުވަސް

އަހަރެއްގެ ތެރޭގައި އަޅުގަނޑުމެން ވަރަށް ގިނަ ދުވަސްތައް ފާހަގަ ކުރަމުއެވެ. ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރަން ޖެހިގެންނާއި ޤައުމީ ގޮތުންނާއި ދީނީ ގޮތުން ފާހަގަ ކުރަން ޖެހޭތީ އެވެ. ބައެއް ދުވަސްތައް ފާހަގަ ކުރަނީ ޒިކްރާ އައުކުރުމަށްޓަކައެވެ. ހަނދާންކޮށް އަޒުމްވަރުގަދަކޮށް ސާބިތުވެ ތިބެންޖެހޭ ގޮތުގައި ސާބިތުވެ ތިބުމަށްޓަކައެވެ. އެއިން އެއްވެސް ދުވަހަކީ، މާނައެއްނެތް ގޮތެއްގައި ފާހަގަކުރެވޭ ދުވަހެއް ނޫނެވެ. މުނާސަބަތަކާ ގުޅޭ ކާމިޔާބަކާ ގުޅޭ ނޫންނަމަ ހަދާންކުރަންޖެހޭ، ދުވަސްދުވަހެވެ. އާދޭހެވެ. ފާ...

ހުސައިން ހަބީބް
ދޮނައެރިކަނޑޫދޫ ފަޅުވި ހާދިސާ

ދޮނައެރިކަނޑޫދޫ ފަޅުވި ހާދިސާ

ދޮނައެރިކަނޑޫދޫ އަކީ ނ. އަތޮޅުގެ ދެކުނު ބިތުގައި އޮންނަ ފަޅުރަށެކެވެ. ކުރިން މީހުން ދިރިއުޅުނު ކަމަށްބުނެވޭ އަދި އެކަމުގެ އަސަރުތައް ފެންނަން ހުރި ރަށެކެވެ. އެ ރަށާ އެންމެ ކައިރީގައި އޮންނަ މީހުން ދިރިއުޅޭ ރަށަކީ ނ.އަތޮޅު ވެލިދޫ އެވެ. ދޮނައެރިކަނޑޫދޫއާ ވެލިދޫއާ ދޭތެރޭގައި އެހެން ފަޅުރަށެއް އޮވެއެވެ. އެއީ ރާފުށްޓެވެ. ދޮނައެރިކަނޑޫދޫ ފަޅުވި ތާރީޚެއް ނޭނގެއެވެ. އެ ރަށް ފަޅުވި ގޮތްކަމަށް ބުނާ ދެ ފޯކުލޯރެއް އޮވެއެވެ. އެއް ފޯކުލޯރަކީ މަނަދޫގައި އުޅުއްވިކަމަށް ބުނާ ހާޖީ […]

ޢަބްދުﷲ ސަޢީދު
ތިލަދުންމަތީގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުން (4): ހދ. ހޮނޑައިދޫ އާއި ފަރިދޫ

ތިލަދުންމަތީގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުން (4): ހދ. ހޮނޑައިދޫ އާއި ފަރިދޫ

ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުން: އެކިއެކި ސަބަބާހުރެ ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުމަކީ، އަބަދުވެސް ހިނގަމުން އަންނަކަމެކެވެ. ދިވެހިރާއްޖޭގައި މިކަން ފެށިފައި ވަނީ، ކަނޑައެޅިގެން ކޮން ތާރީޚެއްގައި ކަމެއް އެއްވެސް މުއައްރިޚަކަށް އެނގޭކަށް ނެތެވެ. ރޯގާ ބަލިމަޑުކަން ކުރިމަތި ވުމުން، ސަލާމަތުން ތިބި މީހުންކޮޅެއް ކައިރީއޮތް އެހެން ރަށަކަށް ބަދަލުވެފައި އެބަހުއްޓެވެ. ތާރީޚީ ގޮތުން ފުރިހަމަ ސާބިތެއް ނެތަސް ތުންތުންމަތީން ކިޔަމުން އަންނަ ބައެއްކަހަލަ ހާދިސާއާ ގުޅ...

ތިލަދުން