“މިރާއްޖެފަދަ ކުޑަކުޑަ ތަނެއްގެ ބީރައްޓެހި ރަށެއްގައި އުފެދުނު ޒުވާނަކު ތިމާގެ ދީނަށް ނަޞްރު ދިނުމަށް ތިމާގެ ވަޒަން ބޭރުމީހުންގެ އަތުން ސަލާމަތް ކުޅައުމަށް ކަމަރުބަނދެ ޤުރުބާން ވެގަތުމަށް އެކުރެއްވި ހިތްވަރަކީ ޤިޔާމަތަށްދާންދެން ސާބަސް ދޭހައި ކަމެކެވެ.” މިއީ ޕޯޗްގީޒުންގެ އަތްދަށުން 01 ރަބީޢުލްއައްވަލް 981 (2 ޖުލައި 1573) ގައި ދިވެހިރާއްޖެ މިނިވަންކުރައްވައި، ޤައުމު ބިނާކޮށްދެއްވި އަލްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބޮޑުތަކުރުފާނުގެ ވާހަކަ...
ޢަބްދުﷲ ސަޢީދު
އުތުރު އަޔަރލެންޑް އަދި ގްރޭޓް ބްރިޓުންގެ ރަސްކަމުގެ ރަނިކަމަނާގެ ސަރުކާރާއި ދިވެހިރާއްޖޭގެ ސަރުކާރާ ދެމެދު 1965 ޖުލައި 26 ވަނަ ދުވަހު ވެފައިވަނީ ތާރީޚީ އެއްބަސްވުމެކެވެ. އެއީ ދިވެހިރާއްޖޭގެ އެންމެ އަގުބޮޑު ލިޔުމެވެ. އެއީ ދިވެހިން މިއަދު މިދެކޭ މިނިވަންކަން ކަށަވަރުކުރެވުނު ލިޔުން ވެސް މެއެވެ. އެ އެއްބަސްވުން ވެވުނީ ސްރީލަންކާގައި އިނގިރޭސި ހައިކޮމިޝަން ހިންގަމުންދިޔަ ވެސްޓްމިންސްޓަރޒް ހައުސް ގައެވެ. ވަގުތަކީ އެ ދުވަހުގެ ހެނދުނު 10 ޖެހި އިރެވެ. މި އެއްބަސްވުމަކީ 14 ފެބުރުވަރީ 1960ގައި […]
ޢަބްދުﷲ ސަޢީދު
ރަށުންފޭބުން: މިއީ ދަނޑަށް ދިޔުމުގެ އެންމެ ފަހުގެ މަރުޙަލާއެވެ. މިކަންކުރަމުންގެންދާނީ ވަކި އުސޫލަކުން ތަރުތީބުކުރެވިގެން ކުރެވޭ ކަމެކެވެ. ރަށްވެރި ދޯންޏަކީ ދަނޑަށް އެރި ހުރިހާ ބައިވެރީންގެ ދޯންޏަކަށްވީހިނދު ހުރިހާ ބައިވެރީން ސާމިލްވާގޮތެއްގައި އެކަން އިންތިޒާމް ހަމަޖެހުމަކީ އެންމެ ބުއްދި ވެރި ގޮތްކަމަށް ވާއިރު އެހުރު މީހާ އެގޮތްތައް ކަނޑައަޅާނީ ގޮވާން ކަޑައި ނިމޭ ގޮތެއްގެ މައްޗަށެވެ. ފުރަތަމަ ނިމޭ މީހާގެ ގޮވާންތައް ގެންދިއުމަށް ފަޅުވެރީން ހަމަޖައްސައިދޭނީ ވަކި ތަރުތީބަކުންނެވެ. ފުރަތަމަ ބުރުގައ...
އިޙްސާން ޙުސައިން
ދިވެހިރާއްޖެއަކީ 2500 އަހަރަށްވުރެ ދޮށީ ޤައުމެކެވެ. ވާރިދުވެފައިވާ ވާހަކަތަކުން ރާއްޖޭގައި މީހުން ދިރިއުޅޭތާ 2300 އަހަރުވެފައިވާ ކަމަށް ޤަބޫލުކުރެވެއެވެ. ދިވެހިންނަކީ މިނިވަންކަމުގެ ހެޔޮ ނަސީބު ދެއްވާފައިވާ ފަޚުރުވެރި ޤައުމެކެވެ. އަމިއްލަ ބަހަކާއި އަމިއްލަ ސަޤާފަތަކާއި ތާރީޚީ ތަރިކަތަކެއް ލިބިފައިވާ ހަލޯރަތެކެވެ. އެ ހަލޯރަތުން ފެންނަ އެއް ހަގީގަތަކީ ދިވެހިންގެ މިނިވަންކަމެވެ. މިނިވަންކަމުގައި ދިވެހިންނަށް ދެއްވި އިލާހީ ރަޙުމަތެވެ. މިނިވަންކަމަށް ޓަކައި ދިވެހިން ކޮށްފައިވާ ހަނގުރާމަތައް ފެށުނީ ދި...
ޢަބްދުﷲ ސަޢީދު
ދިވެހި ރައްޔިތަކަށް ވުމަކީ ނުވަތަ ދިވެހި ރައްޔިތުކަން ދެއްވުމަކީ ޒަމާނުއްސުރެ އޮންނަ ކަމެކެވެ. މިކަން ބިނާވެފައި އޮންނަނީ ދީނީ، ސަގާފީ އުސޫލުތަކެއްގެ މައްޗަށެވެ. މި މަޒުމޫނުގައި މިނަންގަނެލަނީ މީގެ 85 ވަރަކަށް އަހަރު ކުރީގައި ދިވެހި ރައްޔިތުކަން ދެއްވުނު 3 މީހެއްގެ ވާހަކަ އެވެ. މިވާހަކަތައް ރެކޯޑު ކުރެވިފައި ވަނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގައިވާ ދިވެހިރައްޔިތުކަން ދެއްވޭ މީހުންގެ މަޢުލޫމާތު ލިޔެފައިވާ ފޮތުގައެވެ. 1) މުޙައްމަދު ޢަލީ އޮޅުދޫކަރައިގެ ގާލީގެ ހިރިމުރޭ ކިޔާ އަވަށުގެ ކާސިލަމަރައްކާރ...
އަޙްމަދު ސާލިމް
ޕޯޗްގީޒުން އަޅުވެތިކުރި ޤައުމުތައް އިންޓަރނެޓުން ސާޗް ކުރުމުން އެ ލިސްޓްގައި ދިވެހިރާއްޖޭގެ ނަމެއް ނޯވެއެވެ. ދިވެހިރާއްޖެއާ ޕޯޗްގީޒާ ދެމެދު 09 ފެބުރުވަރީ 1995 ގައި ސިޔާސީ ގުޅުން ޤާއިމުކުރެވުނުއިރު ދިވެހިރާއްޖެއަކީ އެއްވެސް އިރެއްގައި ޕޯޗްގީޒުން އަޅުވެތި ކުރި ޤައުމެއްގެ ގޮތުގައި އެ ޤައުމުން ޤަބޫލުކޮށްފައެއް ނެތެވެ. ދެން އޮތީ މައުލޫގައި އަޅުގަނޑު ކުރި ސުވާލެވެ. ޕޯޗްގީޒުން ދިވެހިރާއްޖެ އަޅުވެތިކުރި ހެއްޔެވެ؟ މި ސުވާލާއެކު އަނެއްކާ ވެސް އުފެދެނީ އެހެން ސުވާލުތަކެކެވެ. ޕޯޗްގީޒުން ދިވެހިރާއްޖެ 15 އަހަ...
ޢަބްދުﷲ ސަޢީދު
ބުރަކި ރަނިންނަކީ އައްސުލްޠާން ޢަލީ (ފަސްވަނަ) ސިރީ ލޯކަ އާނަންދަ މަހާރަދުން ނުވަތަ ދިވެހިތާރީޚުގައި މަޝްހޫރު “ދޮންބުޅާ ފާށަނާ” ގެ ދައިތާފުޅެވެ. ބުރަކި ރަނިންނަކީ އެ ކަމަނާގެ އެ ކޮއްކޯފުޅު އަވަހާރަކޮށްލި ޙަޤީޤީ ޤާތިލެވެ. ބުރަކި ރަނިން އަކީ ދިވެހި ރަސްކަމުގެ ތަޚުތަށް ދައުވާ ކުރެއްވި ބޭފުޅެކެވެ. އެކަން ކާމިޔާބު ނުވުމުން އުފެދުނު ހަސަދަވެރިކަމުގައި ކޮއްކޯފުޅު އަވަހާރަކޮށްލެއްވުމަށްފަހު ފިރިކަލުންނަށް ރަސްކަން ހޯއްދަވައި ދެއްވިއެވެ. ދޮން ބުޅާ ފާށަނާއަށް ދިވެހި ރަސްކަން ލިބިވަޑައިގެންނެވީ ރާއްޖޭގައި...
ޢަބްދުﷲ ސަޢީދު
މީލާދީން 19 މޭ 1558 އެވެ. އެއީ ހިޖުރައިން 1 ޝައުބާން 965 އެވެ. އެއީ އަލިރަސްގެފާނު ޕޯޗްގީޒުންނާ ހަނގުރާމަކޮށް ޝަހީދުވެވަޑައިގެން ދުވަހެވެ. އެއީ ދިވެހިންގެ މައްޗަށް ޕޯޗްގީޒުންގެ އަނިޔާވެރިކަމުގެ 15 އަހަރާއި 6 މަަސް ދުވަހުގެ އަޅުވެތިކަން ފެށުނު ދުވަހެވެ. ދިވެހިރާއްޖޭގެ ކަނޑުތައް ދިވެހިންގެ ލެއިން ރަތްވެގެން ދިޔަ ދުވަސްތަކެއްގެ ގޮތުގައި ލިޔުންތެރިން ސިފަކޮށްފައިވަނީ އެ ދުވަސްތަކެވެ. ޕޯޗްގީޒުން މާލެއަށް ވެރިވެގަތުމަށްފަހު އެ އަޅުވެތިކަމުގެ ކަޅު، ބަނަ ވިލާގަނޑު ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ މަތ...
ޢަބްދުﷲ ސަޢީދު
މުގޮށި މާލޫދަކީ އިހުގައި ރާއްޖޭގެ މަދު ރަށްރަށެއްގައި ކިޔައި އުޅުން މާލޫދެއްކަމަށް އަދުގެ މުސްކުޅީން ބުނެއުޅެއެވެ. “ކީރިތި ރަސޫލާގެ ސިޔަރަތު” ފޮތުގައި (މުތަރުޖިމް) ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާ ގޮތުގައި، މި މާލޫދަކީ އިތުރު އެކަލޭގެފާނު (صلى الله عليه وسلم) ގެ އަރިހުގައި ޟައްބު (ضَبّ) އެވެ ކިޔޭ ސޫތްޕެއް ބަސްދަންނަވައި ޝަހާދެއްކީ ވާހަކަ، ނަންގަންނަވައި އިހުގެ ދިވެހި ދަންނަބޭކަލަކު ޢަރަބި ބަހުން އެކުލަވާލައިފައިވާ މާލޫދެކެވެ. ދިވެހީން މި މާލޫދަށް މުގޮށި މާލޫދޭ ކިޔައި […]
އަޙްމަދު ސާލިމް
ޕޯޗްގީޒުން އިންޑިއާ ކަނޑަށް އައީ މީލާދީން 1488 ވަނަ އަހަރު ކޭޕް އޮފް ގުޑްހޯޕް ވަށާލާފައި ކުރި ތާރީޚީ ދަތުރުގައެވެ. އެއީ ކޭޕް އޮފް ގުޑްހޯޕަށް އެ މީހުން ނަންދިން ދަތުރެވެ. ޕޯޗްގީޒުން އިންޑިއާއަށް ފައިބާ މި ސަރަޙައްދުގެ އެކިއެކި ރަށްތަކާއި ޤައުމުތަކާބެހޭ މަޢުލޫމާތު ހޯދައި ޕޯޗުގީޒުގެ ރަސްގެފާނަށް ފޮނުވިއެވެ. އެ މީހުން ދިވެހިރާއްޖެއަށް ނަން ދިނީ “އިލްހާދީވް” ގެ ނަމުންނެވެ. މާނައަކީ ދީވް އޭ ކިޔުނު ޖަޒީރާތަކެވެ. ރާއްޖެއާ ބެހޭ ގޮތުން އެކުލަވާލި ރިޕޯޓުގައި ބުނެއެވެ. […]
ޢަބްދުﷲ ސަޢީދު
މައްކާގައިވާ ކަޢުބަތުﷲ ގެފުޅު ފެނުމުން ރަސޫލާ އާއި އަސްޙާބުންގެ ޒިކުރާތައް އާވެގެން ދެއެވެ. އަދި މިޞްރާބުގައިވާ އަރާމްތައް ފެނުމުން ފިރުޢައުނު ތަކުގެހައިބަތާއި ޤަދަރު ހާމަވެ އެދުވަސްވަރު މިސްރު މީހުންގެ މަސައްކަތްތެރިކަން ހުރި މިންވަރު ވަޒަން ކުރެވިގެން ދެއެވެ. ހަމަ މި ބީދައިން އަޅުގަނޑުމެންގެ ރާއްޖޭގައިވާ އާސާރީތަންތަން ފެނުމުން ކާބަފައިންގެ މަސައްކަތްތެރިކަން ހާމަވެ އެމީހުންގެ ދިރިއުޅެމާއި އާދަކާދަ އަދި ސަޤާފަތް ހުރި ނެތް ގޮތް ވަޒަން ކުރެވިގެން ދެއެވެ. މިގޮތުން ރާއްޖޭގައިވާ މިފަދަ އާސާރީތަންތަ...
Thiladhun
ސުރުޚީ އެހެން އޮތަސް މާލޭބާޒާރުގެ އަގުތައް އެއްވަނަބޮޑުހަނގުރާމައިގެ މާކުރިން ފެށިގެން ދެވަނަ ބޮޑުހަނގުރާމަ ފެށުމާ ހަމައަށްވެސް އޮތީ ހަމަ މުޅިން އެއްވަރަށް ކަހަލަ ގޮތަކަށެވެ. އެއްވަނަ ބޮޑުހަނގުރާމަ ފެށުނީ މީލާދީން 1914 ވަނަ އަހަރުއެވެ. ދެވަނަ ބޮޑުހަނގުރާމަ ފެށުނީ 1939 ގައެވެ. މިގަލަމުން ފާހަގަ މިކުރަނީ ސުމުއްވުއްސުލްޠާން ޙަސަން ނޫރައްދީން ޝާނީއަށް ރަސްކަމަށް ކޮލިލީދުވަސްވަރު ބާޒާރުގައި މުދަލުގެ އަގުހުރި ގޮތެވެ. ޙަސަން ނޫރައްދީނަށް ކޮލިލީ 1357 ޖުމާދިލް އައްވަލް 22 (ބާވީސް) ވަނަ ދުވަހުއެވެ. މީލާދީ...
Thiladhun
“ދުލާ ކަރު ތަލިން ކުޅު މަގޭ ހިކި ދަނިއްޔޭ ތުރާ ހިތްމަ ކޮށްފާ އަދަން ނެތި ދަނިއްޔޭ” އިހުގެ ދިވެހި ފަރިހި ފަރިއްސަކީ ގިނަ ފަހަރަށް އެހެދި މީހެއް ސާފުކޮށް އެނގޭ އެއްޗެއްސެއް ނޫނެވެ. އެގޮތަށް އެކަން ދިމާވާން މެދުވެރިވާ ބައިވަރު ސަބަބުތައް ވެސް ހުރެއެވެ. ދިވެހީންގެ މަޝްހޫރު ފަރިއްސެއް ކަމުގައިވާ “ދުލާ ކަރު ތަލިން ކުޅު މަގޭ ހިކި ދަނިއްޔޭ. ތުރާ ހިތްމަ ކޮށްފާ އަދަން ނެތި ދަނިއްޔޭ” ގެ އަސްލު ފަރިއްސާ މެދުގައި ވެސް […]
އަޙްމަދު ސާލިމް
މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައި މިހާރު ހުރި ނ. އަތޮޅު މަދަރުސާގެ އުފަން ދުވަހަކީ ނުވަތަ އަހަރީ ދުވަހަކީ 01 މާރިޗެވެ. އެ ދުވަސް ނިސްބަތްވަނީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް މަނަދޫގައި “މަނަދޫ ޕްރައިމަރީ ސްކޫލު” ހުޅުވައިދެއްވި ދުވަހަށެވެ. އެއީ 1979 މާރިޗު 1 ވަނަ ދުވަހެވެ. އެއީ ރައީސް މައުމޫން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު މަނަދޫއަށް ފުރަތަމަ ކުރެއްވި ދަތުރުފުޅެވެ. އެހެންނަމަވެސް މަނަދޫ ޕްރައިމަރީ ސްކޫލަށްވުރެ “ނ. އަތޮޅު މަދަރުސާ”...
ޢަބްދުﷲ ސަޢީދު
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ބަންޑާރަވީ ހިޖުރައިން 1351 ވަނަ އަހަރު ޝައްވާލް މަހުން 20 ވަނަ ދުވަހުއެވެ. އެއީ އައްޞުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު ކައްތިރި ބަވަނަ މަހާރަދުންގެ ރަސްކަމުގައި، އެއިރުގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެވުނު ޚާއްސަ ޤާނޫނަކުންނެވެ. މިގޮތުން ދިއްދޫ ބަންޑާރަކުރުމާމެދު އެއިރުގެ ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމާ ހިސާބަށް ކަންތައްދިޔައީ، ދިއްދޫ ރައްޔިތުންނާއި އޭރުގައި ވަރުވާއަށް ދިއްދޫ ދީފައިވާ އުތީމު ރައްޔިތުންނާ ދެމެދު ހިނގަމުންއައި އަރައިރުންތަކަށް ދާއި...
ނައްޝާމް ނަސީރު