އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ ފަރާތުން ކުރިޔަށް ގެންދާ ލޯތްބާއެކު 2020 ޕެންޑެމިކް ރިލީފަށް ދިވެހިންގެ ފަރާތުން އެތަކެއް ބަޔަކަށް އެހީވެއްޖެއެވެ. 2018 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ ފަރާތުން ކުރިޔަށް ގެންދާ މި ހަރަކާތައް ބޮޑު ތަރްޙީބެއް މި އަހަރު ލިބިފައިވާއިރު، މި އަހަރުގެ މި ކެމްޕޭނަށް މިހާތަނަށް ޖުމްލަ 827,171.18 ރުފިޔާ ލިބިފައިވެއެވެ. އައިއޭސީއިން ހާމަކުރާ ގޮތުގައި ދިވެހިރާއްޖެއަށްވެސް ކުރިމަތިވެފައިވާ ކޮވިޑް 19 ރޯގާގެ […]
އިބްރާހިމް އަސްވާޤް
ރޯދަ ކުރުނބާގައި ވާޖަހާފައި ވަޅަށް ތިރި ކުރަނީ ފިނިކުރާށެވެ. ދެންދަނީ ސަންގުފުމޭ ތަންބަލާށެވެ. ސަންގު ފުމުމާއެކު ގެއަށް ދަނީ ދުވެފައެވެ. ރޯދަ ވީއްލަނީ ތިން ފަހަރު ފެނުން ކޯދޮވެލައިގެންނެވެ. ރޯދަ ވީއްލުމަށް “ކޯދޮވުމޭ” ކިޔަނީ އެހެންވެތާއެވެ. އެއީ އައިސް އަލަމާރިއާއި ފުރިޖުފަދަ ތަކެތި ރަށްފުށުގައި ގެންގުޅުނު ޒަމާނެއް ނޫނެވެ. ރޯދަ ވީއްލައިގެން ބޯލަން ތައްޔާރުކުރާ ރޯދަ ކުރުނބާ ވަޅަށް ތިރިކުރަނީ ޭއެހެންވެއެވެ. އެ ކުރުނބާ ކާފަ މަށަނީ ވަކި ގޮތަކަށެވެ. ކުރުނބާގެ ލޯކޮޅުގެ ބޮނބިގަނޑު ނުވަތަ ކިހައްގަނޑު […]
ޢަބްދުﷲ ސަޢީދު
މިއީ ކޯވިޑު-19 އަށް ފައްސިވެފައިވާ ސިފައިންގެ ބޭކަލަކު މީސް މީޑިއާގައި ކުރައްވާފައިވާ ޕޯސްޓެކެވެ. އެއީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއެކެވެ. އެކީގައި އެއް ޔުނިޓެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނު އަޚުލާޤާއި ސުލޫކު ވަރަށް ރަނގަޅު ބޭކަލެކެވެ. ބަރާބަރަށް ނަމާދުކޮށް އުޅޭ މަޑުމައިތިރި ބޭކަލެކެވެ. މަސައްކަތަށް އަބަދުވެސް އިސްކަންދޭ ތެދުވެރި ވަފާތެރިއެކެވެ. އެ ޕޯސްޓުގައި އޭނާ ލިޔެފައި ވެއެވެ. “އަޅުގަނޑު ހަނގުރާމައަށް ނިކުންނަނީ މަރުވާނެކަން އެނގިހުރެއެވެ. އިސްލާމުދީނާއި މި ލޮބުވެތި ވަޠަނުގެ ޙަ...
ޢަބްދުﷲ ސަޢީދު
އަޅުގަނޑުމެންގެ ތެރޭގައި ގިނަ ބަޔަކު އެކަންކަމަށް އެހާބޮޑަށް ނުވިސްނާ ބައެއް ކަންކަން އެކި ގޮތްގޮތުން އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނެސްދެއްވާ އެއް ބޭފުޅަކީ “ނާޖިޙު ދީދީ”އެވެ. އާދޭހެވެ. މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ރިސާޗް އެނަލިސްޓް މުޙައްމަދު ނާޖިޙެވެ. މިގޮތުން މީސްމީޑިއާ މެދުވެރޮކޮށް ނާޖިޙު ގެނެސްދެއްވާ މަޢުލޫމާތުގެ ތެރޭގައި ހިމެނެނީ ޚާއްޞަކޮށް ތާރީޚީ ބައެއް ކަންކަމާއި ބައެއް ފަރާތްކުން ލިޔެފައި ހުންނަ ތާރީޚީ ބައެއް ކުށްތަކެވެ. ޒަމާނުއްސުރެ ކިޔާކިޔާ ނުވަތަ އިވިއިވި ދޫމައ...
ޢަބްދުﷲ ސަޢީދު
އެއްފުރާގެ ކުދިންނާއެކު މޫދަށް އެރި ކުޅެ މަޖާކޮށް އުޅުނު ދުވަހެކެވެ. ފަޅުމަތީގައި އަޅާފައި ހުންނަ ދޯނިތައް ދަށުން ދަނީއެވެ. ދޯނިތަކުގަޔާއި ފައްތިޔާތަކުގައި އެލި ހެދުމަކީ އޮޑިވެރިން ވަރަށް ރުޅިއަންނަ ކަމެކެވެ. ބައެއް ފަހަރަށް ބައެއް މީހުން އަތިރިއަށް ފައިބާ ހަޅޭއްލަވާ ދޯނިތަކުގައި އެލުން މަނާކޮށްހަދައެވެ. އެ ވަގުތުކޮޅު ދޯނިތަކާ ތަންކޮޅެއް ދުރަށް ޖެހިލެވެއެވެ. އިރުކޮޅަކުން އޮންނަނީ ކުޅިވަރު އަނެއްކާ ވެސް ފެށިފައެވެ. މަހެއްހާ ދުވަސްކުރިން އޭރު ރޯދައަށް ތައްޔާރުވާން ފަށައެވެ. ރޯދަ ކައިރިކައިރިވިހެން...
ޢަބްދުﷲ ސަޢީދު
މިއަދުގެ މިހާތަނަށް ކޯވިޑު-19 އަށް ދިވެހި ސިފައިންގެ ފަސް މީހަކު ފައްސިވެއްޖެއެވެ. އެކަން މީޑިއާގައި ދިވެހި އަސްކަރިއްޔާއިން ހާމަކުރައްވައިފިއެވެ. އެ ހިތާމަވެރި ޚަބަރާއެކު ދިވެހި އަސްކަރިއްޔާއިން އުންމީދީ ވާހަކަފުޅެއް ވިދާޅުވިއެވެ. ދިވެހި ސިފައިންގެ ފަރާތުން ވާހަކަ ދެއްކެވި ކާނަލް ޙުސައިން ޢަލީ ވިދާޅުވީ މި އޮޕަރޭޝަނާ ސިފައިން ކުރިމަތިލީ މި ބައްޔަށް ސިފައިން ވެސް ހުށަހެޅޭނެކަން އެނގިތިބެއެވެ. ސިފައިންގެ އެންމެ ފަހު މީހާއާ ހަމައަށް ވެސް ސިފައިން މަސައްކަތް ކުރުމުގެ އަޒުމާއި އުންމީދުގައެވެ. މި ބައް...
ޢަބްދުﷲ ސަޢީދު
ދިވެހިރާއްޖެއަކީ މީގެ ކުރިންވެސް ވަބާތަކާއި ބަލާއާފާތްތަކާއި ޤުދުރަތީ ވަރަށް ނުރައްކާތެރި ކާރިސާތައް ވެސް ތަޖުރިބާ ކޮށްފައިވާ ޤައުމެކެވެ. ދިވެހިރާއްޖޭގެ ކުޑަކަމާއި ފަގީރުކަމާއި ނިކަމެތިކަމާއެކު ވެސް އެއިން ކޮންމެ ފަހަރަކު ﷲގެ ވާގިފުޅާއެކު މި ޤައުމާއި ރައްޔިތުންނަށް އަމާން ބަނދަރަކަށް ދަތުރުކުރެވުނެވެ. ދިވެހި ތާރީޚު ޖަހަންފަށާފައިވަނީ ރާއްޖެ އިސްލާމުވި ހިސާބުންނެވެ. ކޮންމެ ހަނދުމަހެއްގެ 15 ވިލޭރޭ މާލެއަށް އަރާ ޖިންނި ފުރޭތައެއްގެ ވާހަކައިންނެވެ. އެއީ ފުލޯކު ވާހަކައަކަށް ވިޔަސް އެ ބޮޑު މުސީބާތުން...
ޢަބްދުﷲ ސަޢީދު
ކޮރޯނާ ވައިރަސް ޑިސީޒް-2019 (ކޯވިޑް-19) އާބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގައި އާންމުކޮށް ބޭނުންކުރެވޭ ލަފުޒުތަކެއް އެބަހުއްޓެވެ. އޭގެތެރޭގައި ސޯޝަލް ޑިސްޓެންސިންގ އާއި، ފިޒިކަލް ޑިސްޓެންސިންގ އާއި، ކާވް ފްލެޓިންގ ފާހަގަ ކުރެވެއެވެ. މި ތިން ލަފުޒަކީ ތަފާތު ތިން މާނައެއް ދޭހަވާ ތިން ލަފުޒުކަމަށް ވިޔަސް ކޯވިޑު އާލަމީ ވަބާގެ މި ދުވަސްވަރު މިއީ އެއް ލަފުޒާއި އަނެއް ލަފުޒު ވަރަށް ބޮޑަށް ގުޅިފައިވާ ގާތް ތިން ލަފުޒެވެ. ފުރަތަމަ އަޅުގަނޑުމެންނަށް އިވެންފެށީ ސޯޝަލް ޑިސްޓެންސިންގ ނުވަތަ […]
ޢަބްދުﷲ ސަޢީދު
ކޯވިޑް19 އާއި ގުޅިގެން ދުނިޔޭގައި ފެތުރިފައިވާ ބަލިމަޑުކަމުގެ ސަބަބުން ދުނިޔެ މިވަނީ ހުއްޓުމަކަށް އައިސްފައެވެ. މި ބިރުވެރި ރާޅު މިވަނީ ރާއްޖޭގެ ގޮނޑުދޮށްތަކާއި ހަމައަށްވެސް ފޯރާފައެވެ. މިނުރައްކާތެރިކަމުގެ ވަގުތު ކަމާބެހޭ ހުރިހާ މުވައްސަސާ ތަކަކުންވެސް އެދެނީ ރައްޔިތުން ގޭގައި ތިއްބަވާ ސަމާލުވެ ތިބުމަށެވެ. ކަމާބެހޭ އިދާރާތަކާއި އެކި އެކި މުވައްސަސާތަކާއި އާންމު ފަރުދުންވެސް އަންނަނީ ރައްޔިތުން ހޭލުން ތެރިކުރުމަށް އެކި ފެންވަރުގައި މަސައްކަތް ކުރަމުންނެވެ. އެގޮތުން ހއ. އިހަވަންދޫއަށް އުފަން އެރަ...
އިބްރާހިމް އަސްވާޤް
ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާއި މިބައްދަލުކުރީ، މުޅި ދުނިޔެ ބަނަ ކޮށްލާފައިވާ ކޯވިޑް-19 ގެ ބަލިމަޑު ކަމުގެ ތެރެއިން ނެވެ. ހުސްވި 2019 ވަނަ އަހަރު ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ޗައިނާގެ ވޫހާން ސިޓީއިން ފެތުރެން ފެށި މި ނުރައްކާތެރި ވައިރަސް މިހާރު މިވަނީ އަޅުގަނޑުމެންގެ ދިވެހި ރާއްޖެއަށްވެސް ފޯރާފައެވެ. ކޯވިޑް-19 ފަތު އަޑުކިޔާފައި ދުނިޔޭގައި ފެތުރެން ފެށުމާއިއެކު، އެތައް ބަޔަކު އަމިއްލަ ފަރުދީ ޒިންމާ ނަގައި، ކޮންމެ ހެން ބޭނުމެއް ޖެހިގެން މެނުވީ […]
ޙުސައިން ޝަހުދީ
ދުނިޔެޔާއެވެ. އަހުރެމެން ގޮވައިގެން އައިސް ތިޔަ ވަނީ ކޮންފަދަ ބިރުވެރިކަމެއްގެ ތެރެއަށް ހެއްޔެވެ. ކަނޑުގެ އެންމެ ބިޔަ ރާޅުތަކާއި ތޫފާނުތަކަށްވުރެ މި ތޫފާން މާބިރުވެރިއެވެ. ދަތުރުގައި ކުރިއަށްދާނެ ގޮތެއް ނުވިސްނެއެވެ. ރައްކާތެރިކަމުގެ ބަނދަރެއް ނެތެވެ. މާލިމީންނާއި ކަލާސީނުން ގޮތް ހުސްވެއްޖެއެވެ. އިންސާނީ ނައު މިހިރަ ޣަރަޤު ވަނީއެވެ. ބާރުވަޔާ ނަގޫރޯޅިތައް އެރުމަށްވުރެ އަދުގެ ހާލަތު މާ ގޯހެވެ. ލިބެމުންދާ ގެއްލުންތައް މާބޮޑެވެ. މި މުސީބާތުގެ އަސަރު ކުރާ މީހުންނާއި މަރުވާ މީހުން ވެސް މާގިނައެވެ. މިއ...
ޢަބްދުﷲ ސަޢީދު
ކޯވިޑް19 ގެ ރާޅު ރާއްޖެއަށް ބިންދާލާފައިވާއިރު މިކަމުން އަރައިގަތުމަށް އެކިފަރާތްތަކުން އަންނަނީ އެމީހަކަށް ވެވުނު ވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމުގައި މަސައްކަތް ކުރަމުންނެވެ. އެމީގެއްގެ ހުރި ލަޔާގަތާއި ގާބިލިއްޔަތުކަން ހުރި މިންވަރަކުން މަސައްކަތް ކުރަމުންނެވެ. އެގޮތުން މިފަހަރު މި ފާހަގަ ކޮށްލަނީ ކުޅުދުއްފުށި ސިޓީއަށް އުފަން ޒުވާނެއްގެ ވާހަކައެވެ. ކުރިން ގައުމީ ދިފާއީ ބާރުގައި މަސައްކަތް ކުރެއްވި އަލީ ޒަކަރިއްޔާ / އާވެހި ގެ ވާހަކަ އެވެ. މެޑިކަލްގެ ދާއިރާއިން ކިޔެވުމަށްފަހު އެދާއިރާގައި ޚި...
ހުސައިން ހަބީބް
ކޯވިޑް-19 އާ ގުޅުވައިގެން ފައިނޭންޝަލް ފްރޯޑް ސްކީމްތަކެއް ކުރިއަށްދާކަމަށް ފުލުހުން ބުނެފިއެވެ. އޮންލައިންކޮށް އެއްޗެއް ބައްލަވައިގަތުމުގެ ކުރިން ސަމާލުކަން ދެއްވަންވީ ކަންތައްތައް ބަޔާންކޮށް ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ވަނީ ސަމާލުކަން ދޭންވީ ކަންކަން ހިއްސާކޮށްފައެވެ. އެގޮތުން ސަމާލުކަން ދޭންވީ ކަންކަމުގެ ގޮތުގައި ފުލުހުން ބުނެފައިވާ ކަންކަން ހިއްސާކޮށްލާނަމެވެ. އޮންލައިންކޮށް ވިޔަފާރި ކުރައްވާއިރު ވިއްކާފަރާތަކީ ސައްޚަ ފަރާތެއްތޯ ބައްލަވައި ވެރިފައި ކުރެއްވުން އޮންލައިން ރިވިއުތައް ބައ...
އަލީ އާދިލް
ޤައުުމީ ޚިދުމަތާނުލައި ޤައުމެއް ނޯންނާނެއެވެ. ޤައުމަށް ޚިދުމަތްކުރާނެ ޤައުމު ދެކެ ލޯބިވާ ދަރިންތަކެއް ނެތް ޤައުމެއްގެ ޤައުމީ ދިދައަކަށް މިނިވަންކަމާއެކު ވިހުރިލާކަށް ފުރުސަތެއް ނުލިބޭނެއެވެ. ޤައުމީ ޚިދުމަތަކީ ހަމައެކަނި ސަލާމަތީ ބާރުތަކުން ޤައުމަށްކުރާ ޚިދުމަތެއް ނޫނެވެ. ހަމައެކަނި ދައުލަތާއި ސަރުކާރުގެ މުވައްޒަފުންކުރާ މަސައްކަތްތަކެއް ވެސް ނޫނެވެ. ޤައުމުގެ ކޮންމެ ދަރިއަކު ޤައުމަށްޓަކައި ކުރާ ކޮންމެ ކަމަކީވެސް ޤައުމީ ޚިދުމަތެކެވެ. ކޮންމެ ގިންތިއެއްގެ ކޮންމެ ފަންތިއެއްގެ މީހަކު ޤައުމަށް ޚިދުމަތް...
ޢަބްދުﷲ ސަޢީދު
މިއީ ހިތްދަތި ވަގުތެކެވެ. އެކަމަކު މި ވަގުތު ގަންނަން އަޅުގަނޑުމެންނަށް ވަގުތު ލިބިއްޖެއެވެ. މި ވަގުތު ގަންނަން ލިބުނު ރަނުގެ ފުރުސަތުގައި އެތައްކަމެއް ދިވެހި ޤައުމުންކޮށްފިއެވެ. މި ވަގުތަކީ އަންނާނެ ވަގުތެއްކަން އެނގިތިބެއެވެ. ތައްޔާރު ވެވެން އޮތް އެންމެ ރަނގަޅަކަށް ތައްޔާރުވެވިއްޖެއެވެ. ދެން އޮތީ މި ހާލަތާ ކުރިމަތިލުމެވެ. މާތްﷲގެ ވާގިފުޅާއެކު މި ހާލަތުން އަރައިގަތުމަށް މަސައްކަތް ކުޅައުމެވެ. މިންވަރުފުޅަށް ރުހުމެވެ. މާޔޫސްވެ ކަންބޮޑުވެ ހާސްވުމުގެ ބަދަލުގައި މާތް ﷲއަށް ވަކީލުކޮށް ސަބަބުތަކުގައި...
ޢަބްދުﷲ ސަޢީދު