ހިޖުރީ ސަނަތުން 1441 ވަނަ އަހަރުގެ ޝައްވާލު މަހުގެ 1 ވަނަ ދުވަހު، އާދެ ބަރަކާތްތެރި ކުޑަ އީދު ދުވަހު، މާލޭގައި ލޮކްޑައުންގައި ހުރެ ތިޔަބޭފުޅުންނާ މި ހިއްސާކޮށްލަނީ މީގެ 72 އަހަރު ކުރިން، 1369 ވަނަ އަހަރުގެ ޝައްވާލު މަހުގެ 1 ވަނަ ދުވަހު ނުކުތް “ސަރުކާރުގެ ޚަބަރު” ނޫހުގައި ފާދިއްޕޮޅު ނައިފަރު فضيلة الشيخ عبدالله فهمي ديدي الأزهري ލިޔުއްވާފައިވާ މަޒުމޫނެކެވެ. މިއީ އެ މަނިކުފާނު އެ އަތޮޅަކަށް ނިސްބަތްވާ ފާދިއްޕޮޅުގައި އީދު […]
މުޙައްމަދު ނާޖިޙު
6 އަހަރު ކުރިން
މިއީ ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ހުރާ ދަރިކޮޅުގެ ރަސްރަސްކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އައްސުލްތާނު މުހައްމަދު އިމާދުއްދީން (6)، އާދެ، ހާޖީ އިމާދުއްދީނުގެ ފޮޓޯފުޅެކެވެ. އެ މަނިއްފުޅު ރަސްކަންކުރެއްވީ މީލާދީން 1893 އިން 1903 އަށެވެ. ރަސްކަމަށް ވަޑައިގެންނެވުމުގެ ކުރީން ނަންފުޅަކީ ހަސަން ނޫރައްދީނެވެ. މި މަނިއްޕުޅުގެ ބައްޕާފުޅަކީ އައްސުލްތާނު މުހައްމަދު އިމާދުއްދީން (4)، އާދެ، މުސްކުޅި ބަންޑާރައިންގެ ދޮށީ ދަރިކަލުން ހަސަން އިއްޒުއްދީނެވެ. ތާރީޚީ ގޮތުން ކިޔޭ ލޯފަން މަނިއްފުޅެވެ. މަން...
މުޙައްމަދު ނާޖިޙު
6 އަހަރު ކުރިން
މަނަދޫގައި ޤުރުއާން ކިޔަވައިދޭ ދެތިން އެދުރުގެ ހުއްޓެވެ. ކިޔަވައިދިނުމުގައި ގިނައިން އުޅުނީ އެދުރު ދައިތައިންނެވެ. ނަރުގިސްވިލާ ހައްވާފުޅު ދައިތައާއި، އުޑުވިލާގޭ މަރިޔަމް މަނިކެ ދައިތައާއި، ރޯޝަނީގޭ ކުޑަ އައިސަ ދައިތައެވެ. އަތިރިމަތީގޭ ހައްވަދައިތައާއި ކަންމަތީގޭ ފާތުމަ ދައިތައެވެ. ހަޒާރުމާގޭ އަބޫބަކުރު ނިޔާޒީއާއި ޚަދީޖާ އެވެ. ސްކޫލެއް މަދަރުސާއެއް، އެންމެ ކުޑަމިނުން މަކުތަބެއް ވެސް ނެތެވެ. އެހެންވީމާ އެ ދުވަސްވަރު ވެފައިވަނީ މަނަދުއަށް ތަޢުލީމީގޮތުން “ފިތުރަތުގެ” ދުވަސްވަރަކަށެވެ. ނިޒާމީ ތަޢުލީ...
ޢަބްދުﷲ ސަޢީދު
6 އަހަރު ކުރިން
މަނަދޫގައި ހުރި އެންމެ ދުވަސްވީ ތާރީޚީ ތަރިކައެއްގެ ގޮތުގައި މިހާރު ފެންނަންހުރީ ރަށުގެ ދެކުނު ފަރާތުގައި އޮތް “މާމިސްކިތްދޮށް” ކިޔާ ސަރަހައްދެވެ. އެތަނުގައި މަނަދޫ މާމިސްކަތުގެ ފާރުގަނޑުން ބަޔަކާއި އެ މިސްކިތުގެ ވެވާއި ބޮޑު މަހާނަ ފަލެއް އެބައޮތެވެ. އެ ސަރަޙައްދު ވަނީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ދުވަސްވަރުން ފެށިގެން ދިވެހިރާއްޖޭ އާސާރީ ތަންތަނުގެ ތެރޭގައި ލިސްޓު ކުރައްވާފައެވެ. މި ހާދިސާއަކީ މި ދެންނެވި މާމިސްކިތާ ގުޅިފައިވާ ހާދިސާއެކެވެ. ދުވަސްވަރަކީ މަނަދޫ މާމިސްކިތު...
ޢަބްދުﷲ ސަޢީދު
6 އަހަރު ކުރިން
ވަގުތަކީ ވަރަށް އަގުހުރި އިންސާނާގެ ރައުސުލްމާލެވެ. އޭނާގެ ޙަޔާތެވެ. މިދުނިޔޭގައި އޭނާ ވޭތުކުރާ ކޮންމެ ވަގުތުކޮޅަކީ އޭނާގެ ޙަޔާތުން މަދުވެގެން ނެތިގެންދާ ވަރަށް އަގުހުރި ވަގުތުކޮޅެކެވެ. މަރާއި ގާތްކުރާ ވަގުތުކޮޅެކެވެ. އަލް އިމާމް ޙަސަނުލްބަޞަރީ ރަޙިމަހުﷲ ގެ ބަސްފުޅެއްގައި އައިސްފައިވެއެވެ. يا ابن آدم أنت أيام، كلما ذهب يوم منها ذهب بعضك، ويوشك إذا ذهب بعضك أن يذهب كلك وأنت لا تعلم، فاعمل، فاليوم عمل ولا حساب، وغدا […]
އަޙްމަދު ޢާޞިމް އަބްދުﷲ
6 އަހަރު ކުރިން
ދަރަވަންދޫގޭ ހުސައިން ދީދީއަކީ ދިވެހިރާއްޖެއިން ކިޔަވައިވިދާޅުވެގެން، މިފަހުގެ ތާރީޚެއްގަ ދިވެހިރާއްޖޭގައި އިލްމު ފަތުރުއްވަން، ވަކީން ޚާއްސަކޮށް ދީނީ އިލްމު ފަތުރުއްވަން އެންމެ ބޮޑަށް މަސައްކަތްކުރި ދަންނަބޭކަލުންގެ ތެރޭގަ ހިމެނުނު އައްޝައިޚް ހުސައިން ސަލާހުއްދީނެވެ. އެމަނިކުފާނު ދިވެހި އަދަބިއްޔާތަށް ކުރައްވާފައިވާ ޚިދުމަތަކީ އަދި އަދަށް ދާންވެސް އިތުރު އެއްވެސް ދިވެއްސަކަށް ކޮށްދެވިފައިވާ ނުވާ ވަރުގެ ބޮޑު ޚިދުމަތެކެވެ. މިމި ލިޔުން މި ޚާއްސަކުރަނީ އެމަނިކުފާނު ލިޔުއްވި ބައެއް ފޮތްތަކުގެ ކުރު ތ...
މުޙައްމަދު ނާޖިޙު
6 އަހަރު ކުރިން
ފަރުޟުކުރައްވާފައިވާ އަޅުކަންތައް ތަކުގެ ތެރެއިން އެއް އަޅުކަންތައް ނިމުމަކަށް އަންނަނީއެވެ. މިދަނޑިވަޅުގައި އަޅުގަނޑުމެން އަމިއްލަ ނަފްސާ ކޮއްލަން ޖެހޭ އެތައް އެތައް ސުވާލެއް އެބަހުއްޓެވެ. އެގޮތުން އަޅުގަނޑުމެންނަށް މިމަތިވަރި މައްސަރުގެ އަޅުކަން އަދާކުރެވުނު ގޮތާމެދު ހިތްހަމަ ޖެހޭތޯއެވެ؟ މިމައްސަރުގެ ސަބަބުން ރަނގަޅުކުރެވުނީ އަޅުގަނޑުމެންގެ ކޮންކޮން ކަންތައްތަކެއް ތޯއެވެ؟ މި މައްސަރުގެ ސަބަބުން ނަމާދަށް ދެވުނު ސަމާލުކަން އެހެނިހެން މައްސަރުތަކުގައި އަދާ ކުރެވެނެ ތޯއެވެ؟ އިސްވެ ދެންނެވުނު ސުވާލ...
އަޙްމަދު ޢާޞިމް އަބްދުﷲ
6 އަހަރު ކުރިން
އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދި ކިލެގެ ސިރީ ރާދަ އަބާރަނަ މަހާ ރެހެންދި އަކީ އައްސުލްޠާނު ޢުމަރު ވީރު ރަސްގެފާނުގެ ދޮށީ ދަރިކަނބަލުންނެވެ. އެކަމަނާ ނިސްބަތްވަނީ ދިވެހިރާއްޖޭގެ ރަސްކަމަށް އައި ބޭރުގެ ފުރަތަމަ ދަރިކޮޅު ކަމަށްވާ އުމަރުވީރު ދަރިކޮޅަށެވެ. ރެހެންދި ޚަދީޖާގެ ކާފާފުޅު ޞަލާޙުއްދީން ޞާލިޙަކީ ބަންގާޅުގެ ވިޔަފާރިވެރިއެކެވެ. ރެހެންދި ޚަދީޖާއަށް ރަސްކަން ލިބިވަޑައިގެންނެވީ އެކަމަނާގެ ބައްޕާފުޅު އައްސުލްޠާން އަބުލްފަތުޙި ޖަލާލުއްދީން ޢުމަރުވީރު (1306މ. – 1335މ.) ގެ ރަސްކަމަށްފަހު، އޭނާގ...
ޢަބްދުﷲ ސަޢީދު
6 އަހަރު ކުރިން
މަނަދޫން އިތުރު ނުވަ މީހުން ކޯވިޑް-19 އަށް ފައްސިވި އަވަސް ޚަބަރުން މީޑިއާތައް ފުރާލިއެވެ. އެވީ ދިހަޔެކެވެ. ފުރަތަމަ “މަނަދޫ ފައްސިވި އުމުރުން ދުވަސްވީ މީހާ” އެވެ. ނަން ނޭނގުނަސް “އެ މީހާ” މުޅި ރާއްޖެ މިހާރު ދަނެއެވެ. “އެ މީހާ” ފުރަތަމަ ފައްސިވެފައި، ދެވަނަ ފަހަރު ނައްސިވެފައި، ތިންވަނަ ފަހަރުގެ ޓެސްޓުން އަނެއްކާ ވެސް ފައްސި ވިއެވެ. މި ތަފުސީލުތައް ވިދާޅުވެ ދެއްވަނީ ނޭޝަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބުރޫކު ޢަބްދުލް ޢަޒީޒެވެ. “އެ […]
ޢަބްދުﷲ ސަޢީދު
6 އަހަރު ކުރިން
“މީ މައެއް ނިކަމެތި ދަރިންކޮޅު، އުނގުމަތީގައި ނިންދަވާ” މިއީ މިހާތަނަށް ގުރޭޓަރ މާލޭގެ ތޮއްޖެހުމާއި ގުޅޭގޮތުން ބެލުނު އެންމެ އަސަރުގަދަ ވީޑިއޯއެވެ. އެންމެ އަސަރު ގަދަ ލަވައެވެ. ނޯމަލް ކަމުގައި ބަލައިގެން އެތައްބަޔަކު އުޅެމުން އަންނަ އަސަރުގަދަ ހިތްދަތި ދިރިއުޅުމުގެ ވާހަކަ އެވެ. މިކަހަލަ ވީޑިއޯ ތަކާއި ފޮޓޯތަށް އާންމުކޮށް އިންތިހާބު ތަކާއި ދިމާކޮށް ފެންނަމުން ދެއެވެ. އިންތިހާބު ކާމިޔާބު ވުމާއިއެކު އެކަން މަތިން ހަނދާންނެތި އަނެއްކާވެސް ދެން އަންނަ އިންތިހާބަކަށް އެވާހަކަތައް ފޮރުވާފައި ބާއްވަނީ ވޯ...
އަލީ އާދިލް
6 އަހަރު ކުރިން
ދިވެހިންނަކީ އެންމެ އިހުޒަމާނުގައި ދިވެހިރާއްޖޭގައި ހެދުނު ކާބޯތަކެތީން ބަނޑުފުރާނަ މުއްތިކޮށްގެން އުޅުނު ބައެކެވެ. އޭގެ ފަހުން އައި ޒަމާނުގައި، ފެނިގެން ދިޔައީ ބޭރު ގައުމުތަކުގައި ހައްދާ ކާބޯތަކެއްޗާއި ބޭރު މީހުން އުފައްދާ ތަކެތި، އަމިއްލަ އުޅަނދުތަކުގައި ގެނެސްގެން އެތަކެތި ކައިބޮއި ބޭނުންކުރަމުން އައި ތަނެވެ. ދިވެހިރާއްޖެ ދެވަނަ ބޮޑު ހަނގުރާމައިގެ ތަދުމަޑުކަމާއި ކުރިމަތިލާން ޖެހުނީ މިދުވަސްވަރުގައްޔެވެ. ބޭރުން އެތެރެކުރާ ކާބޯތަކެއްޗަށް ދިވެހީން ބަރޯސާވެފައި އޮތްލެއް ބޮޑުކަމުން، ތަކެތީގެ އަގު...
މުޙައްމަދު ނާޖިޙު
6 އަހަރު ކުރިން
ކެޔޮވަޅު ޖެހުމަކީ އަޅުގަނޑުމެން ކުޑައިރު ރަށުގައި ކުޑަކުދިން ވަރަށް ކުރާ ކަމެކެވެ. އަޅުގަނޑުމެން ގޭގެ ގޯތިތެރޭގައި ވެސް ބައެއް ރަޙުމަތްތެރިންނާއެކު ކެޔޮވަޅުޖަހާ އުޅެމެވެ. ކެޔޮވަޅުޖެހުމަކީ ވަޅެއްގައި ބަނބުކެޔޮ ފިހުމަށެވެ. އަޅުގަނޑުމެން ގޯތީގެ ދެކުނު ފަރާތުގައި ހައެއްކަ ގަސް ބަނބުކެޔޮ އޭރު ހުރެއެވެ. އަޅުގަނޑުމެންގެ ގެ އެކަންޏެއް ނޫނެވެ. އޭރު މަނަދޫގެ ސޯސަންމަގުގެ ދެކުނު ފަރާތުގައި ހުރި ކޮންމެ ގެއެއްގައި ކަހަލަ ގޮތަކަށް ބަނބުކެޔޮ ގަސް ހުންނާނެއެވެ. ބަނބުކެޔޮ މޫސުމަށް ގަސްތައް އޮންނާނީ ފުރިފައެވެ. އ...
ޢަބްދުﷲ ސަޢީދު
6 އަހަރު ކުރިން
މި ބަރަކާތްތެރި ރަމަޟާން މަސް ހުރިހާ ގޮތަކުން ވެސް އެހެން އަހަރުތަކާ ތަފާތެވެ. އަޅުގަނޑުމެންގެ ހަޔާތުގައި މިއަށްވުރެ ހިތްދަތި، އަސަރުން ފުރިފައިވާ ރޯދަމަހެއް ބައްދަލު ކޮށްފައެއް ނުވެއެވެ. ދުނިޔެއަށް ފެތުރިފައިވާ ކޯވިޑު-19 ގެ އާލަމީ ވަބާގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުން މުޅިން ބަދަލުކުރަން މަޖުބޫރުވީއެވެ. ރާއްޖޭގައި ވެސް މި ބަލި އާންމުކޮށް ފެތުރެމުން ދާތީއެވެ. މި ވަގުތަކީ ހުރިހާ ދިވެހިން ވެސް ވަރަށް ބޮޑު ބިރުވެރި ކަމެއްގެ ތެރޭގައި ތިބި ވަގުތެކެވެ. މި ރޯދަމަހަށް ދިވެހިން ތައްޔާރުވީ […]
ޢަބްދުﷲ ސަޢީދު
6 އަހަރު ކުރިން
ރާއްޖޭގައި ކޯވިޑް-19 ފެތުރިގެންދާނެ ގޮތުގެ އާ އަންދާޒާއެއް މި ވަނީ ކަމާބެހޭ ފަންނީ މާހިރެއް ކަމުގައިވާ ޑރ. ޝީނާ މޫސާ ހިއްސާ ކުރައްވާފައެވެ. އެއީ ރާއްޖޭގެ އަދުގެ ހާލަތަށް ބައްލަވާ ހުށަހެޅުއްވި ހުށަހެޅުންވުމެކެވެ. ކުރިން ޑރ. ޝީނާ ހުށަހެޅުއްވި އަންދާޒާގައި ދެއްކެވި ނުރައްކާތެރި ރަތްރޮނގުގެ ބާނި ތިރިކުރެވިގެން ދިޔައީ ފުރަބަންދާއެކު ރައްޔިތުން ކިޔަމަންތެރިކަމާއެކު ޢަމަލުކޮށްގެންނެވެ. މިހާރުގެ އަންދާޒާގެ ބާނި ތިރިކުރުމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ އަޅުގަނޑުމެން ރައްޔިތުންނަށެވެ. ރާއ...
ޢަބްދުﷲ ސަޢީދު
6 އަހަރު ކުރިން
ދާންމަތީވަޅުކޮޅަކީ، އިހުގައި މާލޭގައި ހުރި މިރާއްޖޭގެ ރަސްކަމުގެ ކޮއިލު، ބޮޑުގަނޑުވަރުގެ ތެރޭގައި ހުރި ހިރިގަލު ވަޅުކޮޅެކެވެ. މާ މޮޅު، މާ ދުވަސްވީ އާސާރީ ވަޅުކޮޅެކެވެ. ބުރާރަ ވާހަކައިގައި ކިޔާ ގޮތުގައި މިވަޅުކޮޅު ބެހެއްޓުނީ، ހަދި ޙަސަން ރަސްގެފާނަށް ޖެހިވަޑައިގަތް ބިރުވެރި، ވޭނީ އާލާސްކަންފުޅުގެ ސަބަބުން، ރަސްގެފާނުންގެ ގައިކޮޅުން ދިލަކޮޅުނަގަން ފެށީމާ ދާންމަތީވެޔޮކޮޅަށް ފެން އެޅުމަށެވެ. މިއާލާސްކަންފުޅާ ބެހޭ ގޮތުން މިންވަރެއް މިމަޒުމޫނުގައި ހިމަނާލައިފައި ވާނެއެވެ. ރާދަވަޅީގައި ވާގޮތުގައި މިރަސ...
އަޙްމަދު ސާލިމް
6 އަހަރު ކުރިން