ކޯވިޑޭކިޔާ އާލަމީ ވަބާގެ ރަޖާގަނޑުގެ ދަށުގައި ދުނިޔެއެކޭ އެއްފަދައިން ރާއްޖެ ވެސް އޮތީ ބިރުން ސިހިސިހިއެވެ. މާދަމާވާނެ ގޮތެއް ނޭނގިފައެވެ. މި ވަބާއަށް ވެކްސިނެއް ނާންނަނީހެއް މި ސިހުމަކަށް ހަމަޖެހުމެއް ނާންނާނެއެވެ. އެކަމަށް އަދިވެސް ދުވަސް ނަގާނެއެވެ. އެ ވެކްސިނެއް ލިބިގެން އެންމެންނަށް ޖެހެންދެން ވެސް އަޅުގަނޑުމެން ދިރިއުޅުން ކުރިއަށް ގެންދަން އެބަޖެހެއެވެ. ރަށު ބަންދާއި ގޭބަންދާއި ފުރަބަންދަށް އަމިއްލައަށް ޙުކުމް ކުރެވިގެން ލޮލުންބޮލުން އެދި ޤަބޫލުވެގެން ތިބެން އެބަޖެހެއެވެ. މިއަދު އެހެން ނޫޅ...
ޢަބްދުﷲ ސަޢީދު
މިއީ މަސްހޫރު ށ. ނަރުދޫގައި ހުންނަ އާދަޔާއި ހިލާފުކަމެއް ފެންނަން ހުރި ގަހެއްގެ ވާހަކައެކެވެ. މިގަހަށް އެރަށުމީހުން ކިޔާއުޅެނީ “ނަން ނޭނގޭ ގަސް” ކަމަށް އެރަށުން ވާހަކަދެއްކި މީހަކު ބުންޏެއެވެ. އެރަށު ޒުވާނެއް ކަމުގައިވާ އަލީ ރަމްޒީ މައުލޫމާތުދިން ގޮތުގައި މިހާރުވެސް އެގަހުގެ ގޮތްޕެއް ކަނޑާލިޔަސް ގަހުންއަންނަ ކިރުގެ ބަދަލުގައި އަންނަނީ ރަތްކުލައިގެ ލޭ، ފާޑުގެ އެއްޗެއް ކަމަށެވެ. ރަށުގެ ކައުންސިލް ކުރިމައްޗަށްވާ ގޮތަށް ހެދިފައި ހުރި މިގަހަށް މިހާރު 100 (ސަތޭކަ ) އަހަރަށްވުރެ ގިނަދުވަސްވެފައިވާކަމަށ...
އަލީ އިބްރާހިމް
ތިބާ އަހުރެން ދަންނަމުހެއްޔެވެ؟ މިއީ ތިބާގެ މާދަރީ ބަހެވެ. ތިބާގެ މަންމަގެ އުނގުން ދަސްކުރި ބަހެވެ. ތިބާއަށް އެންމެ ފުރަތަމަ ވާހަކަ ދައްކާ އަޑު އިވުނު ބަހެވެ. ތިބާއަކީ ކާކުކަން ބުނެދިން ބަހެވެ. ތިބާ ތިބާއަށް ހަދައިދިން ރީތި ދިވެހިބަހެވެ. ތިބާ އަހުރެން ދެކެ ލޯބި ވަމު ހެއްޔެވެ؟ ނުވަންޏާ ނުވަނީ ކީއްވެހެއްޔެވެ؟ ތިބާއަށް ލޯބި އެއީ ކޮން އެއްޗެއްކަން ނޭނގެނީ ހެއްޔެވެ؟ އަހުރެން ހައިރާނެއް ނުވަމެވެ. މި ދުނިޔޭގައި އެ މީހަކު ބަނޑުއަޅައި ވިހޭ މައި […]
ޢަބްދުﷲ ސަޢީދު
މިއީ ނޮވެލް ކޮރޯނާ ވައިރަސް ބަލި (ކޮވިޑް-19) އިން ރައްކާތެރިވުމުގެ ގޮތުން “ބެލެނިވެރިންނަށް މުހިއްމު މަޢުލޫމާތު – ތިބާއާއި ތިބާގެ ދަރިފުޅު ރައްކާތެރިކަން ހޯދާނެ ގޮތް” މިމަޢުލޫއަށް ޔުނިސެފް އިން ނެރެފައިވާ އިރުޝާދުތައް ހިމަނައިގެން އެކުލަވާލެވިފައިވާ ރިޕޯޓެކެވެ. ކޯވިޑް – 19 ވައިރަސް ފެތުރެނީ ކިހިނެތް ؟ މިވައިރަސް ފެތުރެނީ ވައިރަސް ޖެހިފައިވާ މީހެއްގެ ނޭވާލާ ނިޒާމުން ބޭރުވާ ތިއްކެއް ނުވަތަ ކުޅު (ކެއްސައި ނުވަތަ ކިނބިހި އެޅުމުން ބޭރުވާ ތިކި) އެހެން މީހެއްގެ ގަޔަށް އެރުމުން، ނުވަތަ […]
އިބްރާހިމް އަސްވާޤް
ހިތްދަތިކަމުގެ ރަހަ ދުށިން ހެއްޔެވެ؟ އެއީ ހާދަ އަސަރުގަދަ ރަހައެކެވެ. ގޮސްހުސްވެ، ހަތަރު އުދަރެސް ފެނުޖެހި، އުޑުބޮލަށް ވެއްޓުމުގެ އިހުސާސް ކުރެވޭ ވަގުތު އެލާ ރަހަޔަކީ ހިތްދަތިކަމުގެ ހަގީގީ ރަހައެވެ. އެވަގުތު، އިންސާނާގެ ތަބީއީ “ރިފްލެކްސް” ނުވަތަ ފިކުރަކާ ނުލާ ގެނެވޭ ވިސްނުމާއި ހަރަކާތުގެ މައްޗަށް ބާރު ނުފޯރުވިއްޖެނަމަ، ހިތްދަތިކަމުގެ ހަގީގީ ރަހައިގެ ތެރެއަށް ތާއަބަދުގެ އަބަދަށް މީހާ ގެނބިގެން ދެއެވެ. އެ ހިނދުކޮޅަކީ އިންސާނީހަޔާތުގެ އިމްތިހާނުގެ އެންމެ އުސްކުންނެވެ. ހިތްދަތިކަން އުފެދިގެން އަންނ...
މުޙައްމަދު ޝިހާބް
އެއީ ހުކުރު ދުވަހެއްގެ ހެނދުނެވެ. ސައިބޮއިގެން އަޅުގަނޑު ގެއިން ނުކުންގޮތަށް އަޅާ އިތިކޮށް ދުއްވައިގަތީއެވެ. އެއީ ކުލާސްކުދިން ޓީޗަރާއެކު މޫދަށްދާން ހަމަޖައްސާފައި އޮތް ދުވަހެކެވެ. ކުލާހުގެ ދެތިން ކުދިންނާއެކު އަޅުގަނޑުމެން އަރާތިބީ އަޅޯވަށީގައެވެ. މިލަދޫ ޓީޗަރުގެ އިންތިޒާރުގައެވެ. އޭރު މިލަދޫ ޓީޗަރު ހުންނަވަނީ މަނަދޫ ޗަނބޭލީގޭގައެވެ. އަޅުގަނޑުމެން އަރާތިބީ އެ މަގުގައި ހުންނަ ޑޭޒީމާގެ ކުރިމަތީ ހުރި އަޅޯވަށްޓެއްގައެވެ. އެހެން ތިބޭތާ އެތައް އިރެއްވީ އިރުވެސް މިލަދޫ ޓީޗަރުގެ ޚަބަރެއް ނުވިއެވެ. މޫދަ...
ޢަބްދުﷲ ސަޢީދު
އަޅުގަނޑުމެން މި ތިބީ ކޯވިޑުގެ އިމުތިހާނުގެ ކަރުދާސް ހިފައިގެން އިމުތިހާނުގެ ހޯލުގައެވެ. މި އިމުތިހާނުން ފާސްވުމާއި ނުވުމުގެ އިޚުތިޔާއި ފުރުސަތު މާތް ﷲ އަޅުގަނޑުމެންނަށް ދެއްވިއެވެ. މިއީ ފަސޭހަ އިމުތިހާނެއް ނޫންކަން ދުނިޔެ ހެކިދެއެވެ. ފުދުންތެރި އަދި ކުރިއަރާފައިވާ އެތައް ޤައުމެއް ފޭލި ވެއްޖެއެވެ. މި ބަލި ޖެހޭ މީހުން މިލިއަނުން ގުނަން ފަށާފައިވާއިރު މަރުވާ މީހުން ލައްކައަކަށް އަރައިފިއެވެ. ހީވަނީ އަރާފައިބާ ވަރުގަދަ ތޫފާނެއް ހެންނެވެ. އެހެރަ ބިޔަ ބޮޑެތި ޤައުމުތައް އެދަނީ ގޮތް ހުސްވަމުންނެވެ […]
ޢަބްދުﷲ ސަޢީދު
މާޒީއާއި ޝަޤާފަތަކީ ކޮންމެ ތަނެއްގައިވެސް ނިމި ގޮސް ފައިވާ ކަމެއްގެ ވާހަކައެވެ. ޒަމާން މިވަނީ ބަދަލުވެފައެވެ. ނިމިގޮސްފައެވެ. އެކަމެއް ފަހުން އަންނަ ޖީލަކަށް ނުވަތަ ދިރި ތިބި ބަޔަކަށް އޮޅުން ފިލުވައިދިނުމަކީ ރަގަޅު ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. މާޒީގެ ތެރެއިން މިބަލައިލަނީ ތިލަދުންމަތީ ގައި ދަނޑުވެރިކަން ކުރުމަށް ގެންގުޅެފައިވާ ވައްޓަފާޅިއާއި އާދަތަކަށެވެ. އެގޮތުން ތިލަދުންމަތި ފާހަގަވެގެން ގޮސްފައިވަނީ ދަނޑުހެއްދުމުގައި ފާހަގަކޮށްލެވޭ ބަޔަކު ދިރިއުޅެމުން އައި ހިސާބެއްގެ ގޮތުގައެވެ. ތިލަދު...
އިޙްސާން ޙުސައިން
އަހަރެން ދައްކާ ވާހަކަ ގަބޫލުކުރާނެ މީހަކު އުޅޭނެބާވައެވެ. އެކަމަކު މި ވާހަކަ ބުނަން ބޭނުމެވެ. މިއަދުގެ ހާލަތަށް މި ވާހަކަ ވަރަށް މުހިންމު ވާހެން ހީވަނީއެވެ. އަހަރެންނޭ ކިޔައިގެން ވަރަށް ގިނަ ވާހަކަ ދައްކާތީއެވެ. ވަރަށް ގިނަ ބަޔަކު އަހަރެން ބޭނުން ކުރާތީއެވެ. އަނެއް ބަޔަކު އެހެން މީހުން އަހަރެން ބޭނުން ކޮށްފާނެތީ އުޅޭހެން ވެސް އުޅޭތީއެވެ. އަހަރެން އެކަށީގެން ނުވަނީ ހެއްޔެވެ. ނުވަތަ އަހަރެން ބޭނުން ކުރުމަށް އިންސާނާ ކުފޫ ހަމަ ނުވަނީހެއްޔެވެ. ކުއްލިއަކަށް ހަނދާނަށް […]
ޢަބްދުﷲ ސަޢީދު
މިފޮޓޯ ފެނުމުން ހަނދާންތައް އަހަރެން ގޮވައިގެން ދަތުރުކުރީ 1980 ވަނަ އަހަރާއި ހަމައަށެވެ. ފޮޓޯއިން ފެންނަން އެހުރި ކޮމަންޑޫ ސްކޫލަކީ އަހަރެންގެ ތަޢުލީމީ ބިންގާ އެޅުނު ފުރަތަމަ މަދަރުސާއެވެ. ލިޔަންކިޔަން ދަސްކޮށްދީ ހިސާބު އަދަދުތަކާއި ނަވަތަ ދަސްކޮށްދިނީ އެ މަދަރުސާގެ އެދުރުންނެވެ. ހަނދާނަށް އަންނަނީ ސްކޫލަށްދިޔަ ފުރަތަމަ ދުވަހެވެ. ބެލެނިވެރިޔާ ހައްވަދައިތަގެ އަތުގައި ހިފައިގެން ކޮމަންޑޫ ބޮޑުމަގަށް ނިކުތީ މުޅިން އައު ތަޖުރިބާއަކާއި ކުރިމަތިލާށެވެ. ތުނޑި ފިހާރައަށްވަދެ ފޮތަކާއި ފަންސުރެއް އަދި ފުހ...
އާދަމް ޝަރީފް
ނޯޓް: މި ކޮލަމްގައި އަޅުގަނޑު އެކި ދުވަހު މި ހިމަނާލާ ފޮޓޯ އާއި އެ ފޮޓޯއާއި ގުޅޭ ލިޔުން ތަކަކީ އެއިން ތާރީޚީ ބައެއް މަޢުލޫމާތު ލިއްބައިދޭނެ އަދި މާޒީގައި ކަން ހިނގާފައިވާމަގު އެނގިގެންދާނެ ލިޔުން ތަކެކެވެ. މި ފޮޓޯފެނުމުން ހަނދާނުގެ ފަތްފުށްތައް އުކާލެވެނީ އޮންވިހިސަތޭކަ އައްޑިހައިގެ ކުރީކޮޅުގެ އަހަރު ތަކަށެވެ. އަހަރެން ކޮމަންޑޫގައި ކިޔަވަން އުޅުނުއިރު ފިރިހެނުން ނަމާދު ކުރަން ކުޑަމިސްކިތަކަށްވެސް އަދި ބޮޑު މިސްކިތަކަށްވެސް ހުންނާނީ މިމިސްކިތް އެކަންޏެވެ. މިސްކިތު މުދިމަކީ އިބްރާހިމްބެއެވެ. އަހަރ...
އާދަމް ޝަރީފް
ދެވަނަ ބޮޑުހަނގުރާމައަށް ފަހު ދުނިޔެ ދެކޭ އެންމެ ބިރުވެރި އަދި އެންމެ އަސަރުގަދަ މަންޒަރުތައް އެންމެންގެ ކުރިމަތީގައި ތަމްސީލުވަމުން ދަނީއެވެ. ކޯވިޑް-19 އާ ދެކޮޅަށް ދުނިޔެ ކުރަމުންދަނީ ވޭންދެނިވި ހަނގުރާމައެކެވެ. ކޮޅެއްމެދެއް ނުފެނެއެވެ. ހަނގުރާމައިގެ މައިދާން ދޫކޮށް ދެވޭކަށް ވެސް ނެތެވެ. ހަމަލާދެނީ ސީދާ ފުރާނައަށެވެ. ފަނާކޮށް ނެތިކުރަމުންދަނީ އިންސާނީ ނަސްލެވެ. ޤައުމުތަކުގެ ވެރިންނެއް، މޮޅުމީހެއް ދެރަމީހެއް މުއްސަނޖެއް ފަގީރެއް ނުބަލައެވެ. ހަމަލާގެ އަމާޒުފަތްގަނޑަކަށްވަނީއެވެ. ފިލަންދާނެ ތަނެއް...
ޢަބްދުﷲ ސަޢީދު
ބިލްގޭޓަކީ ދުނިޔޭގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނޭ އެކެކެވެ. މުޅި ދުނިޔެ ކޮރޯނާ ވައިރަހާއި ދެކޮޅަށް ކުރާ މަސައްކަތުގައި ބިލްގޭޓް ދަނީ ތަފާތު ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށް ދެއްވަމުންނެވެ. އޭނާވަނީ އެ މަސައްކަތަށް 85 މިލިއަން ޕައުންޑް ހަދިޔާ ކުރައްވާ ފައެވެ. އޭނާ ޤަބޫލު ކުރައްވާ ގޮތުގައި އަހަރެމެންނަށް ދިމާވާ ކޮންމެ ކަމެއްގައިވެސް ރަނގަޅު އަދި ރޫހީ ކަންތައްތަކެއް ވެއެވެ. ހަމަ އެގޮތަށް ކޮރޯނާ ވައިރަހާއި ބެހޭގޮތުންވެސް އޭނާ ވަނީ ވަރަށް މުހިއްމު މެސެޖުތަކެއް ފޯރުކޮށް […]
އާދަމް ޝަރީފް
މަޝްހޫރު ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވީ އިސްލާމްދީނާއި ޤައުމަށްޓަކައެވެ. ރާއްޖޭގައި ކްރިސްޓިއަންދީން ފެތުރުމަށް ކުރެވެމުންދިޔަ މަސައްކަތްތަކަކާގުޅިގެންނެވެ. ދިވެހިން ކްރިސްޓިއަން ދީނަށް ވެއްދުމަށް ކުރެވެމުންދިޔަ މަސައްކަތްތަކެއްގެ ސަބަބުންނެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގަތީ ސޮލީބީ ހަނގުރާމައެއްގައެވެ. ޢަލީ ރަސްގެފާނު ޝަހީދުވެ ވަޑައިގަތީ އިންޑިއާއިން އައި ޕޯޗްގީޒުންގެ ކިބައިން ރާއްޖެ ދިފާޢު ކުރެއްވުމުގައި ހިތްވަރުގަދަ، އިބުރަތްތެރި، ދީނީ އަދި ޤައުމީ ޖިހާދ...
ޢަބްދުﷲ ސަޢީދު
އަޅުގަނޑުމެން ހީކޮށްގެން މިތިބީ ދުނިޔެ މި އޮތީ ތަރައްޤީވެފައި ކަމަށެވެ. އެހެން ޤައުމުތައް ކޮންމެ ހާލެއްގައި އޮތަސް ޔޫރަޕާއި އެމެރިކާ އޮތީ ތަރައްޤީގެ އުސްމިންތަކަށް ވާސިލުވެފައިކަމަށެވެ. އެކަމަކު މި ފެންނަކީ ހާދަ ހިތްދަތި މަންޒަރެކެވެ. އިންސާނާ ހަނދަށް ހިގައްޖެއެވެ. އަދި އެހެން ބައެއް ޕްލެނެޓްތަކަށް އުޅަނދުތައް ފޮނުވައިފިއެވެ. ބާރު އިސްޕީޑުގެ އުޅަނދުތަކުން ދަތުރު ފަތުރު ފަހިކޮށްފިއެވެ. ގުނަވަން ބަދަލުކޮށް، ޖިންސް ވެސް ބަދަލުކުރަނީއެވެ. އިންސާނުން ކްލޯންކުރުމާ ހަމައަށް ސައިންސާއި ޞިއްޙީ ކުރިއެރުން...
ޢަބްދުﷲ ސަޢީދު