މައި ޚަބަރަށް ދިޔުމަށް

ކޮލަމް

1,329 ޝާއިޢުކުރެވިފައިވާ ލިޔުން

ކޮލަމް - 83 ވަނަ ޞަފްޙާ

ދިވެހިންނަށް މާތްﷲގެ ރަޙުމަތްފުޅުގެ ބޮޑުކަމާ!

ދިވެހިންނަށް މާތްﷲގެ ރަޙުމަތްފުޅުގެ ބޮޑުކަމާ!

ކޮރޯނާ ވައިރަސް ޑިޒީޒް 2019 (ކޯވިޑް 19) ދުނިޔޭގައި ބާރަށް ފެތުރެމުން ދާއިރު މި ނުރައްކާތެރި ބަލި، ރާއްޖެއަށް ވެސް ވަނީ ފޯރާފައެވެ. އެހެންނަމަވެސް މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން ދިވެހިންގެ ތެރޭގައި ކޮންޓްރޯލް ނުވެ ފެތުރިގެންނެއް އަދި ނުދެއެވެ. ރާއްޖެއާ އަޅާބަލާއިރު ހުރިހާ ގޮތަކުން މާ ފުދުންތެރި ބައެއް ޤައުމުތަކަށް ވެސް މި އާލަމީ ވަބާއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ވަނީ ނުކުޅެދިފައެވެ. އޭގެ ބައެއް ޤައުމުތަކުން އެތައް ސަތޭކަ ބަޔަކު ދުނިޔެ އަޅާ […]

ޢަބްދުﷲ ސަޢީދު
މިފަދަ ހާލަތްތަކުގައި ކީރިތި ރަސޫލާގެ ބަސްފުޅުން އިބުރަތް ހާސިލްކުރަންޖެހޭ

މިފަދަ ހާލަތްތަކުގައި ކީރިތި ރަސޫލާގެ ބަސްފުޅުން އިބުރަތް ހާސިލްކުރަންޖެހޭ

ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް އޮތް ބަލިމަޑުކަމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމައިއްޔާއިން ކަނޑައަޅައި، ސިއްހީ ޚިދުމަތްތެރިންނާއި، ސައިންސްވެރިންގެ ޑިމާންޑު މިއަދު މިވަނީ ބޮޑުވެފައެވެ.  ޞިއްޙީ ތަޖުރިބާކާރު “އިމިއުނޮލިޖިސްޓް” ޑރ. އެންތަނީ ފޮއުސީ އަދި ސަންޖޭ ގުޕްތާ ފަދަ ޞިއްޙީ ރިޕޯރޓަރުންގެ އިތުރުން ދުނިޔޭގެ ބޮޑެތި ޞިއްޚީ ޖަމާއަތްތަކުން އިލްތިމާސްކުރަމުން ދަނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް މިވަގުތު އޮތް ހައްލަކީ  ސާފުތާހިރުކަން އިސްކޮށް، ގިނަގިނައިން އަތްދޮވެ ބަލިޖެހޭ މީހުން ކަރަންޓީން ކޮށް އެ...

އައިމިނަތު ޔުމްނާ
ޤައުމީ ނިދާ

ޤައުމީ ނިދާ

ދުނިޔޭގައި ޤައުމީ ބަޠަލުންނާއި، ޤައުމީ އަބުޠާލުންނާއި، ޒަޢީމުން ފާޅުވެގެން އަންނަނީ އެ ޤައުމަކަށް ދިމާވާ ހިތްދަތި، އަސަރުގަދަ، ވޭނީ ހާލަތްތަކާ ގުޅިގެންނެވެ. ޤައުމު ދެކެ ޙަޤީޤީ ލޯބިވާ ދަރިން ހާމަވަނީ ޤައުމުގައި ރިހުން އުފެދޭ ދަނޑިވަޅުތަކުގައެވެ. ޤައުމުން އުފަންކޮށް، އުފައްދާފައިވާ ލީޑަރުން ކުރީ ސަފުން ޖާގަހޯދަނީ ޤައުމު ކަރުނައަޅާ ހިނދު އެކަރުނަތައް ފޮހެދީގެންނެވެ. ޤައުމުގެ ހިތަށް ތަސައްލީއެއް ހޯދައިދޭން ފުރާނައާއި ޖާނާއި މާލުން ފިދާވުމަށް އިސްނަގާ ކުރާ ޤައުމީ ޚިދުމަތުންނެވެ. ޤައުމަށް ޚިދުމަތްކުރާ...

ޢަބްދުﷲ ސަޢީދު
ކީއްވެބާ؟ ކިހިނެތްބާ؟

ކީއްވެބާ؟ ކިހިނެތްބާ؟

އުފާފާގަތި މުސްތަގުބަލަކަށް ވާސިލުވެވޭނެގޮތް އަޅުގަޑުމެން ކޮންމެ މީހަކަށްވެސް ކޮންމެ ޖަމާއަތަކަށްވެސް، ހަމައެހެންމެ ކޮންމެ ގައުމަކަށްވެސް އެބައޮތެވެ. އެއީ މާތްﷲ އިންސާނުންނަށް ދެއްވި އެންމެބޮޑު ނިއުމަތުގެ ބޭނުންހިފައިގެންނެވެ. އާދެ، އެއީ އިންސާނާގެ ބުއްދިއެވެ. ބުއްދިއަކީ މާތްﷲ ދުނިޔޭގައި ލެއްވި ނިއުމަތްތަކުގެ ތެެރެއިން ހުސްނުވާ އަދި ވަކިމިންވަރެއްނެތް ހަމައެކަނި ނިއުމަތެވެ. އިންސާނާގެ ބުއްދީގެ މިންވަރެއްނެތެވެ. ހުސްވުމެއް ނެތެވެ. މިނިއުމަތުގެ ބޭނުން ހިފައިގެން، އެމީހަކަށް ނުވަތަ އެބަޔަކު ހިމެނޭ...

މުޙައްމަދު ޝިހާބް
ޝުކުރުގެ ޖިޒީއެއް

ޝުކުރުގެ ޖިޒީއެއް

ޞިއްޙީ ޚިދުމަތަކީ އެންމެ މުހިންމު އިންސާނީ ޚިދުމަތެވެ. ޞިއްޙީ ޚިދުމަތްތެރިންނަކީ ބަލިތަކާ ހަނގުރާމަ ކުރަމުންދާ ބަލި މީހާގެ އެންމެގާތް މަދަދުގާރުންނެވެ. ޑޮކްޓަރުންނާއި ނަރުހުންނެވެ. ލެބޯޓްރީތަކުގައި މަސައްކަތްކުރާ މީހުންނާއި ބޭސްފިހާރަތަކުގައި މަސައްކަތްކުރާ މީހުން ވެސް ހިމަނައިގެންނެވެ. އެންމެހާ ޚިދުމަތްތެރިންނަށް ފަށްފަށުން ޝުކުރިއްޔާއެވެ. އަރިސް ކުރަނީ ޝުކުރުގެ ޖިޒީތަކެވެ. މިއީ ޞިއްޙީ ޚިދުމަތްތެރިންގެ ޚިދުމަތުގެ މުހިންމުކަން ތަސައްވުރުކޮށްލަން ފަސޭހަ ހާލަތެކެވެ. ކޮވިޑް 19، ދުނިޔޭގެ ޞިއްޙަތު ޖަ...

ޢަބްދުﷲ ސަޢީދު
ކޮރޯނާ ވައިރަސް އަކީ ކޮބާ؟ - ޑރ ފައިސަލްގެ ތަފްސީލް ޖަވާބު މިއޮތީ

ކޮރޯނާ ވައިރަސް އަކީ ކޮބާ؟ - ޑރ ފައިސަލްގެ ތަފްސީލް ޖަވާބު މިއޮތީ

މިއީ “ކޮރޯނާ ވައިރަސް އަކީ ކޮބާ؟” މިމަޢުލޫއަށް ޑރ އަޙްމަދު ފައިސަލް ލިއުއްވާފައިވާ ލިއުމެކެވެ. ކޮރޯނާވައިރަސްއަކީ ވަރަށް ޢާއްމު އެއްޗެއް, ކޮރޯނާވައިރަސްއަކީ އިންސާނުންގެ އިތުރުން ތަފާތު ޖަނަވާރުތަކަށް ބަލިޖައްސާ ވައިރަސްއެއް. އޭގެތެރޭގައި ދޫނިސޫފާސޫފި، މެމަލްސް (ޖަމަލު، އަދި ވާ) އަދި އިންސާނުން ހިމެނޭ މި ވައިރަހުން ޖައްސާ ބަލިތަކުގެ ތެރޭގައި ކަރުންމަތީގެ ރޯގާ އެންމެ ގިނައީ. ނިއުމޯނިއާ އެއީ މީގެ ނުރައްކާ ވައްތަރު. ކޮރޯނާއިން ޖެހުނު ނުރައްކާތެރި ނިއުމޯނިޔާ ތަކުގެ ތެރޭގައި MERS  އަދި SARS ހިމެނޭ 30...

ތިލަދުން
ރުއްގަނޑުގައި ފުޓްބޯޅަ ކުޅުނީ ކޮންބައެއް؟

ރުއްގަނޑުގައި ފުޓްބޯޅަ ކުޅުނީ ކޮންބައެއް؟

ކުޑައިރު ތަފާތު ކުޅިވަރު ކުޅެން ގިނަ ކުދިންނަށް ހުންނަނީ ފުރުސަތު ލިބިފައެވެ. މިގޮތުން އާންމުކޮން ރަށްފުށުގައި ކުޅުނު ކުޅިވަރުތަކުގެ ތެރެއިން ރުއްގަނޑުގައި ފުޓްބޯޅަ ކުޅުމަކީ ފޯރި ހުންނަކަމެކެވެ. އަވަށު ކުދިންކޮޅެއް އެއްކޮށްލައިގެންނާއި ގެކައިރި ކުދިން ކޮޅަކާއި އެއްވެގެން ހޫނު މެޗެއް ނިންމާ ނުލާ ހަފްތާއެއް ނުދެއެވެ. ރުށްގަނޑު ކަޕް ނަމުގައި އަވަށުވާދަވެރިކޮން ވެސް މުބާރާތްތައް ބާއްވާފައިހުރެއެވެ. ބައެއް ރަށްރަށުގައި ރުށްގަނޑުގައި ކުޅޭމެޗްތަކުގައި ބޫޓަށް އެރުމަކީ ރަތްކާރޑް ދައްކާފައި ދަނޑުން ފޮނުވާ...

އަލީ އިބްރާހިމް
ބޮޑުރޯގާގެ ދުވަސްވަރު - ރައީސް ނާޞިރާއި ޓެކްސީ ޑްރައިވަރުން

ބޮޑުރޯގާގެ ދުވަސްވަރު - ރައީސް ނާޞިރާއި ޓެކްސީ ޑްރައިވަރުން

1978 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައި ރާއްޖޭގައި ކޮލެރާއޭ ކިޔާ ބޮޑުރޯގާއެއް ފެތުރެންފެށިއެވެ. ކޮލެރާ ފެތުރެން ފެށުމާއެކު ރޯގާގެ ކަންތައްތައް ބެލެހެއްޓެވުން ސީދާ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް ނާޞިރުގެ ބެއްލެވުމުގެ ދަށަށް ގެންނެވިއެވެ. ޤާނޫނު އަސާސީގެ 35 ވަނަ މާއްދާގެ ދަށުން ޤައުމަށްދިމާވާ ކުއްލި ހާދިސާތަކުގައި ޤައުމުގެ ސަލާމަތަށްޓަކައި ފިޔަވަޅު އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުންނެވެ. އޭރު ހެލްތު މިނިސްޓަރަކަށް ހުންނެވީ އަލްފާޟިލާ މުއުމިނާ ޙަލީމެވެ. ...

ޢަބްދުﷲ ސަޢީދު
ވެކްސިން ޖެހުމާ ދިވެހިން ދުރަށްދަނިކޮށް

ވެކްސިން ޖެހުމާ ދިވެހިން ދުރަށްދަނިކޮށް

ދިވެހިރާއްޖެއިން ހިމަބިހި ނުފެންނަތާ ތިން އަހަރުވުމަށްފަހު ހިމަބިހި ޖެހިފައިވާ ކުއްޖަކު ވަނީ ފެނިފައެވެ. މި ކުއްޖާ ފެނުނުއިރު ވެކްސިން ފުރިހަމަ ނުކުރެވިވާކަން ވަނީ ފާހަގަކުރެވިފައެވެ. ދަރިންގެ ވެކްސިން ކާޑުތައް ނަގައި ބަލާލުން ރަނގަޅު ދަނޑިވަޅެކެވެ. ޓީވީތަކުން ޑޮކްޓަރުންނާއި ދީނީ ޢިލްމުވެރިން ވެސް ވެކްސިން ޖެހުމަށް ބާރުއަޅާ ވާހަކަ ދައްކަވާ ކްލިޕްތަކެއް ފޮނުވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ކުޑަކުދިންނަށް ވެކްސިން ދިނުމަށް ޤާނޫނުން މިދިޔަ އަހަރު ލާޒިމު ވެސް ކޮށްފިއެވެ. ވެގެން މިއުޅޭގޮތެއް މާބޮޑަކަށް...

ޢަބްދުﷲ ސަޢީދު
ނުކުޅެދުންތެރިކަމަށް ހަޖޫނުޖަހަމާ!

ނުކުޅެދުންތެރިކަމަށް ހަޖޫނުޖަހަމާ!

ބައެއް މީހުން، މީހަކާމެދު ނުވަތަ ބަޔަކާމެދު އެމީހުންގެ ހިތުގައި އުފެދޭ ނުރުހުމުގެ ނުވަތަ ރުޅިވެރިކަމުގެ ޝުއޫރު ހާމަކުރުމުގެ ގޮތުން، ބުއްދީގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ގުޅުވައިގެން، އެމީހަކަށް ނުވަތަ އެބަޔަކަށް މަލާމާތް ކުރެއެވެ. މިއީ އަޅުގަޑުމެންގެ ސަގާފަތުގައި ޒަމާނުއްސުރެ އެކަން އޮންނަ ގޮތެވެ. ދާދި މިދާކަށް ދުވަހާ ޖެހެންދެންވެސް، ތަމްސީލު ކުޅެއުޅޭއިރު، ހެއްވާބައި ބިނާކޮށްފައި އަބަދުވެސް އޮންނާނީ ބުއްދީގެ ނުކުޅެދުންތެރިކަމެއް ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުންނަ މީހެއްގެ ވަށައ...

މުޙައްމަދު ޝިހާބް
ހދ. ފިނޭ ތިލަ: ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް

ހދ. ފިނޭ ތިލަ: ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް

ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަކީ ރައީސް ސޯލިހު ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް ބޮޑު ތިލަދުންމަތިން ފާހަގަ ކުރެވޭ 11 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ނިންމެވީ ޖޫން މަހުގެ 12 ވަނަދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެކަމާ މަޝްވަރާ ކުރެއްވުމަށްފަހު އެވެ. މި ސަރަހައްދުތައް ކަނޑައެޅުމުގަ...

ޙުސައިން ޘަޤީފް
ހަގީގަތް މިއަދު އެނގުނުއިރު، ހައްގަކީ ވެސް ބޮޑު ވިޔަފާރިއެކެވެ.

ހަގީގަތް މިއަދު އެނގުނުއިރު، ހައްގަކީ ވެސް ބޮޑު ވިޔަފާރިއެކެވެ.

އަހަރެމެން މިއަދު މިވަނީ ތަހުޒީބުގެ އާ މަރުހަލާއަކަށް އާދެވިފައެވެ. މިއީ ވަރަށް އާދަޔާ ޚިލާފު މަރުހަލާއެކެވެ. ނުބައި ރަގަޅު ވެއްޖެއެވެ. ނުފޫޒުގަދަ މީހެއްގެ މައްޗަށް ކޯޓަކުން ކަމެއް ސާބިތުނުވާނެ މިމަރުހަލާގައި، ކުށެއްކަމުގައި ވަނީ ހަމައެކަނި ކޯޓަކުން ސާބިތުވާ ކަމެއް އެކަންޏެވެ. ކޯޓަކަށް ދިޔުމުގެ ކުރިން ކަންކަން ސާބިތުކުރުމަށް، އާންމުކުރެވޭ ބައްދަލުވުމެއްގައި އިންޓެލިޖަންސް ރިޕޯޓެއް އެބައޮތް ކަމަށް ފުލުހަކުބުނުން ފުދެއެވެ. އިއްޔެ ވަރަށް ގިނަ ކަންކަމަކީ ހައްގުގެ މަގަށް ރުޖޫއަވުމަށް ކުރެވުނު މަގެވެ....

މުޙައްމަދު ޝިހާބް
ބޮކާ ބެހޭ ތިން ވާހަކަ - ހަޔާތަށް އަސަރުކުރާނެ

ބޮކާ ބެހޭ ތިން ވާހަކަ - ހަޔާތަށް އަސަރުކުރާނެ

ބޮކަކީ ރާއްޖޭގައި ވެސް އުޅޭ އެއްޗެކެވެ. އެއީ ފުންމަމުން އެއްތަނުން އަނެއްތަނަށްދާ އަނގަ ބޮޑު އެއްޗެވެ. އަޅުގަނޑަށް މިހާތަނަށް އިވިފައިވާ ބޮކުގެ ވާހަކަތަކުގެ ތެރެއިން މި ތިން ވާހަކައަކީ މީހެއްގެ ހަޔާތުގައި ވަރަށް މުހިންމު ފިލާވަޅުތަކެއް ހޯދިދާނެ ތިން ވާހަކައެވެ. މި ވާހަކަތައް އެކި މީހުން ލިޔެފައި ހުންނަގޮތް ކުޑަކޮށް ތަފާތެވެ. އަޅުގަނޑުގެ ލިޔުމުގައި ވެސް އަމިއްލަ ގޮތެއް ހުންނާނެއެވެ. މިއިން ވާހަކައެއް ކުރިން އަހާފައިވާ ފަރާތްތަކަށް އެކަން ފާހަގަ ވާނެއެވެ. ފުރަތަމަ ވާހަކަ (ވަޅަށް ވެއްޓުނު […]

ޢަބްދުﷲ ސަޢީދު
ސީޕްލޭން ޓާމިނަލްގެ މައްސަލަ ގޮތަކަށް ނިމިއްޖެ! އެމްއޭސީއެލް ހިމޭނުން؟

ސީޕްލޭން ޓާމިނަލްގެ މައްސަލަ ގޮތަކަށް ނިމިއްޖެ! އެމްއޭސީއެލް ހިމޭނުން؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަަށް އައުމާއި އެކު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް އައްޔަން ކުރާނީ ކާކުތޯ ގިނަ ބަޔަކު ސުވާލު ކުރިމަތިކުރުވިއެވެ. ރާއްޖޭގެ މައި ދޮރާށި މީގެ ކުރިން އެމްޑީޕީ ވެރިކަމެއްގައި ޖީއެމްއާރަށް ދިގު މުއްދަތަށް ދޭން އުޅުނީތީ މިފެށުނު ވެރިކަމުގައި އެއާރޕޯޓްގެ ވާނެ ގޮތަކާއި މެދު ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ. ރައީސް އިބްރާހިމް މުހަންމަދު ސޯލިހް އިންތިހާބު ކާމިޔާބު ކުރައްވާ ހުވާ ކުރެއްވުމުގެ ކުރިން އެމްއޭސީއެލް ހިންގުމާއި ހަވާލުވީ ރައީސް އިބްރާހިމ...

ހުސައިން ހަބީބް
އިސްލާޙްގެ ނަމުގައި މުގުރައިވެސް ލެވިދާނެ, އިޚްލާސްތެރި ކަމާއިއެކު އިސްލާޙްވެސް ކުރެވިދާނެ

އިސްލާޙްގެ ނަމުގައި މުގުރައިވެސް ލެވިދާނެ, އިޚްލާސްތެރި ކަމާއިއެކު އިސްލާޙްވެސް ކުރެވިދާނެ

ނިދާފައި ހޭލިއިރު ބަލީގެ އެއްވެސް އަސަރެއް ނެތެވެ. އެހެން ދުވަސްތަކެކޭވެސް އެއްފަދައިން ވަޒީފާއަށް ދިއުމަށް ތައްޔާރުވަމުން ދިޔައީމެވެ. ފެންވަރާ ސައިބޮއި ވެސް ނިމުނުފަހުން ކުއްލިޔަކަށް ބަނޑުގައި ރިއްސައިގެންފިއެވެ. ފާޚާނާއަށްވަދެ ބޮޑުކަމު ދިޔައިރު ބަނޑު ދިޔާވެފައި ހުރިކަން ފާހަގަވިއެވެ. ފާޚާނާ ކޮށްލައިގެން ނުކުތީ ވެސް އޮފީހަށް ދެވޭނެކަމުގެ އުއްމީދުގައެވެ. ނަމަވެސް ބަނޑަށްވާ އުނދަގުލަށް ކުޑަވެސް ލުޔެއް ނުލިބުނެވެ. އޮފީހަށްދާ ގަޑިޖެހެން ގާތްވެފައި ހުރުމާއިއެކު ސަލާމުގެ މެސެޖެއް ލިޔެލާފައި އޮފީހަށް...

އަޙްމަދު މުނައްވަރު