
ޤާނޫނު އަސާސީގެ 35 ވަނަ މާއްދާގެ ދަށުން ޤައުމަށްދިމާވާ ކުއްލި ހާދިސާތަކުގައި ޤައުމުގެ ސަލާމަތަށްޓަކައި ފިޔަވަޅު އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުންނެވެ. އޭރު ހެލްތު މިނިސްޓަރަކަށް ހުންނެވީ އަލްފާޟިލާ މުއުމިނާ ޙަލީމެވެ.
Ad
ސަރުކާރުން ރޯގާއާބެހޭ ޚާއްޞަ މަރުކަޒެއްގެ ގޮތުގައި ގަލޮޅު ރަސްމީ ބޯޅަދަނޑު ހަމަޖެއްސެވިއެވެ. އެތަނުގައި މޭޒުތައް ޖަހައި، ރޯގާއާބެހޭ ކަންތައްތައް ހިނގާ ނުހިނގާގޮތްބަލައި، މަސައްކަތްތަކުގެ ދާއިރާތަކަކަށް ބަހާލައިގެން މަސައްކަތްތައް ކުރަމުން ދިޔައެވެ. މިގޮތުން ބަހާލެވުނު ބައިތަކުގެ ތެރެއިން ރޯގާއާބެހޭ ޚަބަރާއި މަޢުލޫމާތުދީ ހޭލުންތެރިކަން އިތުރުކުރުމުގެ ބައި ހިންގެވުން ހަވާލު ކުރެއްވީ އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމާއެވެ.
ގަލޮޅު ރަސްމީ ބޯޅަދަނޑު ކޮލެރާގެ ޚާއްޞަ މަރުކަޒެއްގެ ގޮތުގައި ހަމަޖައްސަވައި ރައީސް ނާޞިރު ގަސްތު ކުރެއްވީ ކޮންމެވެސް ކުއްޔަކަށް އޭރުގައި މާލޭގައި ބޭނުން ކުރަމުންދިޔަ ޓެކްސީތައް އެ މަރުކަޒުގައި މަސައްކަތުގައި ގެންގުޅުއްވާށެވެ. އެވާހަކަ ކަމާބެހޭ ފަރާތްތަކުން ޓެކްސީ ޑްރައިވަރުންނާ ދެއްކުމުން ކޮންމެ 24 ގަޑިއިރަކަށް ޓޭކްސީ ޑްރައިވަރުން ހުށަހެޅީ ވަރަށް ބޮޑު ފީއެކެވެ. މިވާހަކަ ނާޞިރުގެ އަރިހުގައި ދެންނެވުމުން އެއްވެސް ބަސްފުޅެއް ވިދާޅުނުވެ އެ ހިސާބުން އެކަންތައް ހުއްޓާލެއްވީއެވެ.
ޖެހިގެންއަައި ދުވަހު ހެނދުނު 8 ޖެހިއިރު ސަރުކާރުގައި ހުރިއްޔާހުރި ވެހިކަލެއް ގަލޮޅު ދަނޑު ކައިިރއަށް ގެންނަވައިފިއެވެ. އެއާއެކު ސަރުކާރުން އިޢުލާނެއްވެސް ކުރައްވައިފިއެވެ. މި އިޢުލާނުގައިވަނީ ރޯގާގެ އެއްވެސް އަލާމާތެއް ފެނިގެން މަރުކަޒަށް އަންގައިފިނަމަ ދުއްވާ އެއްޗެއް ފޮނުއްވައި ދެއްވާނެ ކަމަށެވެ. އަދި ބޯޅަދަނޑުން ފޮނުއްވާ ވެހިކަލެއްގައި ހޮސްޕިޓަލަށް ހިނގައްޖެނަމަ ހިލޭ ހުރިހާ ބޭސްފަރުވާއެއް ކޮށްދެއްވާނެ ކަމަށެވެ. އެނޫން ވެހިކަލެއްގައި ހޮސްޕިޓަލަށް ދިޔަނަމަވެސް ސަރުކާރުން ހިލޭ ބޭސްފަރުވާ ކޮށްނުދެއްވާނެ ކަމަށެވެ.
ސަރުކާރުން މިގޮތަށް ނިންމެވުމުން ކުރިން ބޮޑު ކުލި ކިޔައިގެން އުޅުނު ޑްރައިވަރުންގެ ކާރުތަކުގައި އާންމުން ދަތުރުކުރުން މުޅިންހެން ހުއްޓުމަކަށް އަތުވެއްޖެއެވެ. އެހެންކަމުން ކިތަންމެ ކުޑަ އަގެއްގައިވެސް ޓެކްސީ ދޫކޮށްދީފާނެ ކަމަށް ބުނަމުން ޓެކްސީ ޑްރައިވަރުން ދަތުރު ހޯދަން މަސައްކަތް ކުރަންފެށިއެވެ. ނަމަވެސް އެކަން ރައީސް ނާޞިރު ޤަބޫލުފުޅެއް ނުކުރެއްވިއެވެ.
މާލެއާއި އަތޮޅުތެރޭގައި ކޮލެރާ މައިތިރިވުމުން ރައީސުލްޖުމްހޫރިއްޔާ ސާހިބުއްދައުލާ އިބްރާހީމް ނާޞިރު ރަންނަބަޑޭރި ކިލެގެފާނު އުފެއްދެވި ކޮލެރާއާބެހޭ ޚާއްޞަ މަރުކަޒު އުވާލެއްވީ 1978 މޭ 31 ވީ ބުދަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!