ކުރީގެ އަދަދާއި ގުޅޭ: މިހާރު އަހަންނަކީ އޭނާއަށް ބަލާއަކަށް ވީއޭ ހިތަށް އެރުމާއެކު އެތެރޭގައި ހިފެހެއްޓިފައި ހުރި ނޭވާ، ދޫވެއްޖެއެވެ. އަވަސް އަވަހަށް އަހަރެން ހުރި ތަނަށް ތިރިވީމެވެ. ޒިޔާދުގެ ބަސްތަކުން އަހަރެން ވަރަށް ހިތުގައި ޖެހުނެވެ. އަހަރެން ދައްކާ ވާހަކަ އޭނާއަށް އަޑު އިވެނީ ދިމާ އިދިކޮޅަށް ހެއްޔެވެ؟ އޭނާއަށް ނުވިސްނެނީ ކީއްވެހެއްޔެވެ؟ އަނެއްކާ އަހަންނަށް ބުނެވޭ ގޮތް ކަމުނުދަނީ ހެއްޔެވެ؟ ޝަކުވާތަކުން އަހަރެންގެ ބޮލަށް އުނދަގޫ ވާން ފެށިއެވެ. ހިތަށް ތަސައްލީއެއް ލިބޭތޯ ބަލަން، […]
ސަލާމާ ޢަބްދުލް ޢަލީމް
ހަރުދަނާ ޢާއިލާއެއް ބިނާކުރެވޭނީ ގޭތެރޭގެ މާޙައުލުން ދީނާ ދުރު ފިކުރުތަކާއި ޢަމަލުތައް ނައްތާލައި، އިސްލާމްދީނުގެ ތަޢުލީމާއި ތަރުބިޔަތުގެ ހިޔަލުގައި ޢާއިލާ ބައްޓަންކުރުމުންކަމަށް މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މިސްކިތްތަކުގައި ދިން ހުކުރު ޚުޠުބާގައި ބުނެފިއެވެ. “ރަނގަޅު ޢާއިލާއެއް ބިނާކުރުން” މައުޟޫއަށް ޚާއްސަކުރެވިފައިވާ މި ޚުޠުބާގައި ވަނީ ޢާއިލާއަކީ ދުނިޔަވީ ޙަޔާތުގެ މުޑުވައް ކަމަށާއި، މުޖުތަމަޢުގެ ހަމަޖެހުމަށް ޢާއިލާގެ ދައުރު މުހިންމުކަން ފާހަގަކޮށްފައެވެ. މިއަދުގެ ޚުޠުބާގައި ބުނެފައިވާ...
ޔުމްނާ ޢަލީ
އިސްލާމީ އުންމަތުގެ މުސްތަޤުބަލު އުޖާލާވާނީ، ޅަފަތުގައި، އިސްލާމްދީނުގެ މަތިވެރި ޝިޢާރުތަކާއި ޝަރީޢަތުގެ ފުރިހަމަކަން ދަރީންގެ ހިތްތަކުގައި ބިންވަޅުނަގައިދީގެންކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. ދިވެހިރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދިން ހުކުރު ޚުޠުބާގައި، ދީނާ ދުރުކަމުން ޒުވާނުންނަށް ކުރިމަތިވާ ނުރައްކާތަކާއި، މުޖުތަމަޢުގައި ފެތުރެމުންދާ ދީނާ ޚިލާފު އާދަތަކަށް އަލިއަޅުވައިލާ، މިފަދަ ކަންކަމުން ރައްކާތެރިވުމަށް ގޮވާލާފައިވެއެވެ. ”ރަނގަޅު މުޖުތަމަޢެއް ބިނާކުރުން” މި މައުލޫއަށް...
ޔުމްނާ ޢަލީ
ޕްލާސްޓަރ ބެގްވޯމް ނުވަތަ ސައިންޓިފިކް ނަމުން ފެރިއޯކާ ޕްރީކޮކްސްއަކީ ގޭގެ ތެރޭގައި އާންމުކޮށް ފެންނަ ކުޑަ ފަނިފަކުސާއެކެވެ. މި ފަނިފަކުސާ ނިސްބަތްވަނީ ޓިނީޑޭ އާއިލާއަށެވެ. މިއީ ހައުސްހޯލްޑް ކޭސްބެއަރަރ ނުވަތަ ކޭސް-ބެއަރިންގ ކްލޯތްސް މޯތް ގެ ނަމުންވެސް މަޝްހޫރު ފަނިފަކުސާއެކެވެ. މި ފަނިފަކުސާ އާންމުކޮށް ފެންނަނީ ހުޅަނގު އެފްރިކާ އަދި އޮސްޓްރޭލިއާއިންނެވެ. އަދި އެމެރިކާގެ ކެލިފޯނިއާގައިވެސް މި ފަނިފަކުސާ ވަރަށް އާންމެވެ. މިއީ ގޭގެ ތެރޭގައި އުޅޭ ފަނިފަކުސާއަކަށްވުމާއެކު، ދުނިޔޭގެ ގިނަ ހިސާބުތަކުގަ...
އިބްރާހިމް އަސްވާޤް
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދުވާލެއްގެ މައްޗަށް 88.9 މިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ، އެންމެ ބޮޑު އޮންލައިން ގޭމިން ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ “ރޯބްލޮކްސް” އަކީ މިއަދު ކުޑަކުދިންގެ މެދުގައި އެންމެ މަޤްބޫލު އެއް ގޭމެވެ. ވަރަށް އަވަހަށް ދެވި ހިފާ މިގޭމް އެންމެ ގަދައަށް ކުޅެމުން އަންނަނީ ވެސް ކުޑަކުދިންގެ މެދުގަ އެވެ. އިސްލާމީ އަގީދާއާ ފުށުއަރާ ކަންކަމާއި ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ކަންބޮޑުވުންތަކާ ގުޅިގެން ގަތަރުގައި މިފަހަކުން ވަނީ އެ ގޭމަށް ނުވަދެވޭހެން ބުލޮކް […]
އިބްރާހިމް އަސްވާޤް
ކުރީގެ އަދަދާއި ގުޅޭ: ” ތައިބާ ވެސް ޖެހޭނީ އަހަރެންގެ ވޯކް ގަބޫލު ކުރަން. މިހާރު އަދި ކޮމްޕެނީން އެބަ ފޮނުވާ ރާއްޖެތެރޭ ރަށްރަށަށް މީހުން ވެސް. ހަމަސް ދުވަހަށް ފަހަރެއްގައި އަހަރެން ވެސް ދާން ޖެހިދާނެ.” ޒިޔާދު ބުންޏެވެ. އެއާއެކު އަހަންނަށް ލިބުނީ ގޮތް ނޭނގޭ އުފާވެރިކަމެކެވެ. ޒިޔާދު މާލެއިން ބޭރަށް ދާން ޖެހިދާނެޔޭ ބުނުމުން އަހަރެންގެ ހިތަށް ލިބުނު ހިތްހަމަޖެހުމާމެދު އަހަންނަށް އެ ދަނޑިވަޅުގައި ވިސްނާލެވުނެވެ. ހަގީގަތުގައި ވެސް އަހަރެން މި ހުރީ ބްރޭކްއެއް […]
ސަލާމާ ޢަބްދުލް ޢަލީމް
“ޙަސަން ތަކުރުފާނު އަތްދޮވެލާން ކަނޑަށް ގުދުވެލެއްވިތަނާ، މުޙައްމަދު ތަކުރުފާނު އޮޑި ދީލާލައްވާފައި މަތިއެނގައަށް ވާންކޮށްލެއްވިއެވެ. (މަތިއެނގައަކީ ހަތަރެސްކަން ރިޔާ ނަގާ އެއްޗެހީގެ އަރަލުގެ ދެކޮޅުގައި ބައްދައިފައި ހުންނަ ދެ ވަލުގެ ތެރޭން ވައިމަތި ފަރާތުގެ ވަލެވެ.) ޙަސަން ތަކުރުފާނު އަތް ދޮވެލައިގެން ތެދުވެ، ދޫކޮށްލެއްވި ކަޅުއޮށް ބެއްލެވިއިރު ތިންރާޅު މަތީގައި ފޮތިކެނޑިފައި ފިލާގަނޑު ގުދަށް ޖެހެއެވެ. ޖެހޭއިރު އޮންނަނީ ތިންބުރީ ނަނަށް ވާންވެފައެވެ. ވާންވެލާކަށްވުރެ އަވަހަށް ތިން ރާޅުމަތީގައި ފޮތ...
ޢަބްދުﷲ ސަޢީދު
ކުރީގެ އަދަދާއި ގުޅޭ: ” ބޭނުމެއް ނޫންތަ؟ ” އޭނާ އެހިއެވެ. ” ތިއީ ހަމަ އަހަންނަށްތަ؟” އަހަރެން އެހީމެވެ. އެ ވަގުތު ޒިޔާދު އެ މާބޮނޑިއަށް ބަލައިލަމުން ބޯ ޖަހާލިއެވެ. ” އަހަރެން ތައިބާދެކެ ލޯބިވާކަން ވެސް މިހާރު ހަނދާން ނެތުނީތަ؟” އޭނާ އެހިއެވެ. ” ލޯބިވެޔޭ، ކުރިން ބުނި ހަނދާނެއް ހުރޭ. އެކަމަކު ޒިޔާދުއަށް ލޯތްބަކީ ކޯއްޗެއް އެނގިގެން ބުނި އެއްޗެއް ނޫން ކަންނޭނގެ އެއީ. ” އަހަންނަށް ބުނެވުނީ ބޭއިހްތިޔާރުގައެވެ. ” ކުރިން ވެސް […]
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ އަދަދާއި ގުޅޭ: ” ހޫމް ދެން މާ ވާހަކަ ގިނަ ނުކޮށްބަލަ. ތައިބާ ކައިރީ ބުންޏަސް، ނުބުންޏަސް އަހަރެން އެ ފްލެޓް ގަނެފިން. ދެން ޗުކުޗުކު ލެއްވިޔަސް އެކަން ނުކުރާ ކަމަކަށް ނުވާނެ. އަހަރެން ކޮއްދޭ ކަންކަމަށް ޝުކުރުވެރިވާން ވެސް ނޭނގޭ އަންހެނެއް ތިއީ.” އެހެން ބުނުމަށްފަހު ބާރުބާރަށް ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ވީ ދެރައިން، ރޮވޭކަށް މާ ގިނަ ވަގުތެއް ނުނެގިއެވެ. ސޯފާއަށް އަހަރެން ތިރިވީމެވެ. ” ދެން ހަމަ އެކަމާތަ ތި މޫޑު […]
ސަލާމާ ޢަބްދުލް ޢަލީމް
މިއަދު އަޅުގަނޑުމެން ދަސްކޮށްލާނީ ވަރަށް ފަސޭހައިން ތައްޔާރުކުރެވޭ، ވަރަށް މީރު ބީފް ޓޯޓިލާ ތައްޔާރުކުރާނެ ގޮތެވެ. މިއީ ކޮންމެ ވަގުތެއްގައިވެސް ތައްޔާރުކޮށްލެވޭނެ، އަދި ކޮންމެ މީހަކުވެސް ކާން ބޭނުންވާނެ ކާއެއްޗެކެވެ. މި ބީފް ޓޯޓިލާ ތައްޔާރުކުރުމަށް ބޭނުންވާނީ: 50 މިލިލީޓަރ އޮލިވް އޮއިލް 1 ފިޔާ 500 ގްރާމް ގްރައުންޑް ބީފް 1 ގްރީން ޕެޕަރ ބްލެކް ޕެޕަރ ހޮޓް ރެޑް ޕެޕަރ ޕައުޑަރ ރެޑް ޕެޕަރ ލޮނު 4 ޗެޑަރ ޗީޒް ސްލައިސް ގްރޭޓަޑް ޗެޑަރ […]
ޝިއުނާ އާދަމް
އަސްހާބުބޭކަލުންނަކީ އެންމެ މާތް އަދި އެންމެ ރަނގަޅަށް ދީން ފަހުމްވެވަޑައިގަތް ބޭކަލުންކަމަށާއި، އެބޭކަލުންނަށް ބަދުބަސް ބުނުމަކީ، އެމީހެއްގެ އަގީދާ ފާސިދުކަމުގެ ދަލީލަކަށްފުދޭ ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ. އަސްހާބުބޭކަލުންނަށް ބަދުބަސް ބުނުމަކީ، އެ މީހެއްގެ އަގީދާ ފާސިދުކަމުގެ ދަލީލެއް ކަމުގައި ބަޔާންކޮށް މި މައްސަލައިގައި اَلْإِمَامُ أَبُوْ زُرْعَة (ރަހިމަހުﷲ) ގެ ބަސްފުޅެއް ހުތުބާގައި ވަނީ ގެންނަވާފައެވެ. އެ ބަސްފުޅުގައި ވަނީ ރަސޫލާ (ސއވ) އަސްހާބުބޭކަލެއްގެ ގަދަރު ކުޑަކ...
އިބްރާހިމް ޚަލީލް
ކުރީގެ އަދަދާއި ގުޅޭ: ” އުނހު، ކުޑަކުޑަ ކުއްޖަކު ގޮވައިގެން މާރުކޭޓަށް ގޮސް މަަސް ގަންނަން ނުވާނެ އުނދަގުލެއް. ” އަހަރެން އެހެން ބުނެ، ފޯނު ކަނޑާލީމެވެ. ހިތަށް އެރިއެވެ. އަހަރެން އެކަން ކުރާނަމެވެ. އަހަންނަށް އެކަން ވާނެއެވެ. ކޮޓަރި ދޮރު ހުޅުވާލި އިރު، ލިލީ އިނީ ބްލޮކްސް ކުޅޭށެވެ. އަހަރެން ފެނުމާއެކު އަތުގައި އޮތް ބްލޮކްސް ދޫކޮށްލުމަށްފަހު ލިލީ ތެދުވެއްޖެއެވެ. އަދި މަންމީއޭ ގޮވަމުން ދެ އަތް ފުޅާކޮށް އަހަންނާ ދިމާލަށް އަންނަން ފެށިއެވެ. އެއީ […]
ސަލާމާ ޢަބްދުލް ޢަލީމް
އެނދުގެ ހެޑްބޯޑުގައި ބޯ ޖައްސާލައިގެން އިންނަތާ ގަޑިއެއްހާ އިރު ވެއްޖެއެވެ. ފައިމަތީ އޮތް ބާލީސް މަތީ އަހަރެންގެ ދެ އަހަރުގެ ދަރިފުޅު ލިލީއަށް އޮތީ ނިދިފައެވެ. މަޑުމަޑުން ފައި ހަލުވާލަހަލުވާލަ، އޭރު އަހަރެން ވެސް އިނީ ނިދި އައިސް ރަތް ވެފައެވެ. ކުއްލިއަކަށް ކޮޓަރި ދޮރު ހުޅުވާލުމަށްފަހު ޒިޔާދް ވަނެވެ. ކޮނޑުގައި އޮތް ލެޕްޓޮޕް ބޭގް، ދޮރު ބުޑުގައި ބެހެއްޓުމަށްފަހު އޭނާ އައިސް އެނދު ހުރަހަށް ޖައްސާލިއެވެ. އެ މަންޒަރު ފެނި،އަހަރެން އަވަސް އަވަހަށް ލިލީ ނަގާ، […]
ސަލާމާ ޢަބްދުލް ޢަލީމް
މައްކާގެ މަސްޖިދުލް ޙަރާމުގައި،ޝައިޚް ޑރ. ޔާސިރު ބިން ރާޝިދު އައްދައުސަރީ ދެއްވި ހުކުރު ޚުޠުބާގައި، އަލިއަޅުވާލައްވާފައިވަނީ، މިއަދުގެ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި އޭގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ މުހިންމުކަމާމެދު އެވެ. ތަރައްޤީއަކީ އަޅުގަނޑުމެންގެ އަގުތަކާއި އުޞޫލުތަކާ ފުށުއަރާ އެއްޗެއް ނޫންކަމަށްޓަކައި. އެއީ އެ އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ އެއްޗެއްކަމަށް ޝައިޚް ވިދާޅުވިއެވެ. މިއަދުގެ ދުނިޔެއަށް ބަލާއިރު، އާޓިފިޝަލް އިންޓެލިޖެންސް، ސްމާޓް ޑިވައިސްތައް، މުވާޞަލާތީ ވަސީލަތްތައް، އަދި ސޯޝަ...
އަލީ އާދިލް
އޮންލައިންކޮށް ޖުވާކުޅުމާއި، ގޮތްނޭނގޭ ތަފާތު އިސްކީމުތަކުގައި ބައިވެރިވުމުގެ ނުރައްކާތެރިކަމާއި، މިފަދަ ޢަމަލުތަކަކީ އިންސާނާގެ ހަމަބުއްދިއަށް ގެއްލުންދީ، ޝައިޠާނާގެ ދަންތުރައިގައި ޖެހި، ދުނިޔެއާއި އާޚިރަތް ގެއްލެނިކޮށްފާނެ ކަންކަންކަމަށް މިއަދުގެ ހުތުބާގައި ހަނދާންކޮށްދީފި އެވެ. މި ހުކުރު ދުވަހުގެ ހުތުބާގެ މަޢުލޫ އަކީ “ބުއްދި ޙިމާޔަތްކުރުމުގެ މުހިންމުކަން” މި މަޢުލޫއެވެ. ހުތުބާގައި ބުއްދި ރައްކާތެރިކުރުމަކީ އިސްލާމްދީން ބާވައިލެއްވުނު މައިގަނޑު މަޤްޞަދުތަކުގެ ތެރެއިން އެއް މަޤުޞަދުކަމަށް ބަޔާނ...
ޔުމްނާ ޢަލީ