ކުރީގެ އަދަދާއި ގުޅޭ: ވީ ދެރައިންނާއި އައި ރުޅިން ސާމިހް ފޯނު ކަނޑާލިއެވެ ރޮއިރޮއި އިން ސާޔާއަށް ދެ ލޯ ހުޅުވާލެވުނީ އާދިލް އައިސް އޭނާގެ ދެ ކޮނޑުގައި ހިފަހައްޓާލުމުންނެވެ. ވަރުބަލިވެ، ދުޅަވެފައިވާ ލޮލަކުން ސާޔާ އާދިލްއަށް ބަލައިލިއެވެ. ދާދިގާތުން އޭނާއަށް އާދިލްގެ މޫނު ފެނުމާއެކު ކެތްތެރިކަން ކޮޅުންލީ ކަހަލައެވެ. ހިތްވަރާއި ހިމާޔަތް ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ސާޔާއަށް ބޭ އިހްތިޔާރުގައި އާދިލްގެ މޭގައި މޫނު ޖައްސާލެވުނެވެ. ” ނުރޮއި… ހިތްވަރުކުރޭ. ” އޭނާ ބުނެލީ ސާޔާގެ […]
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ އަދަދާއިގުޅޭ: ދެ މީހުން އެކުގައި ގޮސް ކޮޓަރިއަށް ވަތް އިރު ހަސަން އޮތީ އޮށޯވެލައިގެންނެވެ. ބިއްދޮށަށް އެނބުރި އޮތުމުން އޭނާ ވަރަށް ބޮޑަށް ދެރަވެއްޖެކަން މަރިޔަމްއަށް އެނގުނެވެ. ” ހަސަން. ސާޔާ މި ހުރީ ވާހަކަ ދައްކާލަން އައިސް.” މަރިޔަމް ބުންޏެވެ. އެނދު ކައިރީގައި ހުރި ގޮނޑީގައި އިށީނދެ މަރިޔަމް ސާޔާއަށް ނިތް އެއްލީ ބައްޕައާ ވާހަކަ ދެއްކުމަށް އިޝާާރާތް ކުރަމުންނެވެ. ” ބައްޕަ މާ ދެރަވީތަ؟ ” ސާޔާ ގޮސް އެނދުގެ މަގަތުގައި އިށީންނަމުން […]
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ އަދަދާއި ގުޅޭ: ” އަހަރެން ބިރު ގަންނަނީ މަންމަމެންގެ އެ ނަފްރަތަށް މި ދަރިފުޅަށް ކަމެއް ވެދާނެތީ. ސާމި ހިނގާ އަހަރެމެން ދާން. އަހަރެން ވަރަށް ކަންބޮޑުވެޔޭ.” ރައުދާ ސާމިހްގެ އަތުގައި ހިފަމުން ބުންޏެވެ. ” އިންޝާﷲ ނުވާނެ. އެކަމަކު ރައު ތިހާ ހާސްވަންޏާ އަހަރެން ވެސް ދާނީ ދެން. ” ސާމިހް ބުންޏެވެ. އެއާއެކު ރައުދާ ހިނިތުންވެލިއެވެ. ” އާނ ދެން އަސްލު ވަރަށް އުނދަގޫ މިހެން އުޅެން. ސްޓްރެސްވީމަ ކަމަކު ނުދާނެ އެއްނު. […]
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ އަދަދާއި ގުޅޭ: ” ކިހިނެއް ވީ؟ ހާދަ ބަސްމަދު ދުވަހެއް؟” މަރިޔަމް އެހިއެވެ. އެއާއެކު ހަސަން ހިނިތުންވެލަމުން ތަށި ސާފުކޮށްލިއެވެ. ” ކަމެއްނުވެ.” ހަސަން ދިނީ ކުރު ޖަވާބެކެވެ. ” ނުބުންޏަސް އަހަންނަށް އެނގޭ ހަސަން ފިކުރު ކުރާކަން. އަދި ފިކުރު ކުރަނީ ކޮން ކަމަކާކަން ވެސް އެނގޭ.” މަރިޔަމް ބުންޏެވެ. ހަސަން މަޑުމަޑުން ބޯ ޖަހާލިއެވެ. ” އެ ކަހަލަ ވާހަކަ ދައްކާ ހިތެއް ނުވެ. އެކަމަކު ނުދައްކާ ވެސް ހިތަކަށް ކުޅަދާނައެއް ނުވެ.” […]
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ އަދަދާއި ގުޅޭ: ” އަހަރެމެން ދިޔައީމަ މަންމަ މާ އުފާވާނެ. ދެން ވަދޭ ގެއަށް. ދޮންބެ މި ދަނީ ގެއަށް ދާން. ރައު އިންނާނެ ނުކެވިފައި.” ސާމިހް އެހެން ބުނެ ސައިކަލް ސްޓާޓް ކޮށްލިއެވެ. އަތުގައި އޮތް ޓިކެޓަށް ބަލައިލަމުން ސާޔާ ގެއަށް ވަންނަން ހިނގައިގަތީ ނުތަނަވަސް ހިތަކައިގެންނެވެ. ” އެ ރަށަށް ދިޔަޔަސް އެއްވެސް ކަމަކު އެއްވެސް ހަރަދެއް އަހަންނަކަށް ނުކުރެވޭނެ. ތަނަކަށް ކާން ދިޔަސް، ޕިކްނިކް ދިޔަސް، ގެއަށް އެއްޗެއް ގަތަސް. ސާޔާ […]
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ އަދަދާއި ގުޅޭ: ” އޭރާ މިހާރު ތަފާތު ވެއްޖެ ދޯ.” ސާޔާއަށް ބޭއިހްތިޔާރުގައި ބުނެވުނެވެ. ” އަދި މޫނުމަތީ އެހެން ވިހެލިޔަކަސް އެއީ ލޯބި ނުވަނީކީ ނޫން ދޯ؟” ފަސޭހަ ކަމާއެކު ރާމިޒް ބުންޏެވެ. އެ ވަގުތު ސާޔާއަށް ހިންދިރުވާލެވުނެވެ. އަނިޔާކުރުމަކީ ރާމިޒްއަށް ވަރަށް ފަސޭހަ ކަމެއްކަން ސާޔާއަށް އެނގުނެވެ. އަދި އެކަމާ ފަހުން އޭނާ ދެރަ ނުވާކަން ވެސް ސާޔާއަށް އެނގުނެވެ. ސާޔާގެ ހިތުގައި ރާމިޒްއަށްޓަކައި އިތުރު ފޫހިކަމެއް އުފެދިއްޖެއެވެ. އަޖައިބުވެފައި ހުރެ އޭނާއަށް […]
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ އަދަދާއި ގުޅޭ: “މާ ވާހަކަ ގިނަ ވެއްޖެ. ފިރިމީހާ ކުރިމަތީގައި ތިހާ އަނގަގަދަ ކުރަންޏާ ވާނީ ތި ހެން.” ރާމިޒް އެހެން ބުނެ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ވީ ތަދުން އޭރު ވެސް ސާޔާ ހުރީ މޫނުގައި އަތް އެޅި ގޮތަށް ހުއްޓުން އަރާފައެވެ. ކައިވެންޏާމެދު ކުރި އުއްމީދުތަކާމެދު ފުރަތަމަ ފަހަރަށް އޭނާ މާޔޫސްވެއްޖެއެވެ. ކުޑަކަމެއްގައި ރާމިޒް އަތް އިސްކުރުމުން ސާޔާ އިންތިހާއަށް ދެރަވެއްޖެއެވެ. އަދި ހިތުގައި ބިރުވެރިކަމެއް ވެސް އުފެދުނެވެ. ކުރިއަށް އޮތް ދުވަސްތައް […]
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ އަދަދާއި ގުޅޭ: “ހިނގާ. ހިނގާ އެ ކޮޅަށް ކޮފީއަކަށް. ” ސާމިހް އަވަސް އަވަހަށް ބުނެލިއެވެ. އަފްޒާ ވެސް އެ ކަމަކަށް އެއްބަސްވެ، ސާމިހްގެ ފަހަތުން ހިނގައިގަތެވެ. ވެއިޓަރ އައިސް މޭޒުމަތީގައި ދެ ކޮފީތަށި ބެހެއްޓުމާއެކު އަފްޒާ ހީލިއެވެ. ” ހޫމް. ކޮން ވާހަކައެއް ދައްކަންތަ؟” ސާމިހް ހުރީ އަޑު އަހާހިތުން ކެތްމަދުވެފައެވެ. ” ސާމިހްއަށް އަޑުއަހަން އެހާ ފަސޭހައެއް ނުވާނެ. އެކަމަކު… އަހަރެން ދޮގެއް ނަހަދާނަން. އަހަރެން މި އުޅެނީ ތި ދެ މީހުން […]
ސަލާމާ ޢަބްދުލް ޢަލީމް
އިންސާނުންގެ ދިރިއުޅުމުގައި އެންމެ ބޮޑު ޙަޤީޤަތަކީ މަރުވުމަށްފަހު ދާއިމީ ދުނިޔެއަށް ދިއުމެވެ. އެތަނުގައި ކޮންމެ މީހަކަށްވެސް ލިބޭނީ އޭނާ ދުނިޔޭގައި ކުރި ޢަމަލުތަކުގެ ޖަޒާއެވެ. ނަރަކައަކީ ނުބައި ޢަމަލުތައް ކުރި މީހުންނަށް ލިބޭނެ ވޭންދެނިވި ޢަޛާބުގެ ދާއިމީ ގެއެވެ. ނަރަކައިގެ އަހުލުވެރިންނަށް ލިބޭ ޢަޛާބަކީ ވަރަށް ބޮޑު އަދި ހިތައްވެސް ނުގެނެވޭފަދަ ވޭންދެނިވި އެއްޗެކެވެ. މިވޭނަށް ކެއްނުކުރެވި ނަރަކަވެރިން އެދޭ ވަރަށް ބޮޑު އެދުމެއް އޮވެއެވެ. ނަރަކައިގެ އަހުލުވެރިން އެދެނީ އެނބުރި ދުނިޔެއަށް ދިއުމަށެވެ...
Thiladhun
މިއަދުގެ ޒުވާނުންނާއި ކުޑަކުދިންގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް މައްސަލައަކީ އަމިއްލަ ޒިންމާ ނުނަގައި، މައިންބަފައިންގެ މައްޗަށް ބަރޯސާވެ ތިބުމެވެ. މިއީ ގިނަ ފަހަރަށް މައިންބަފައިންގެ ތަރުބިއްޔަތުގެ ސަބަބުން ދިމާވާ ކަމެކެވެ. ދަރިންނަށް ލޯބިދިނުމުގެ ނަމުގައި، އެކުދިންގެ ހުރިހާ ކަމެއް ކޮށްދީ، އެކުދިން ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދީ، އެކުދިންގެ ޒިންމާތަކުން ދުރުކޮށް ބޮޑުކުރުމުގެ ސަބަބުން ދިމާވާ ނޭދެވޭ ނަތީޖާއެކެވެ. ގިނަ މައިންބަފައިން ހީކުރަނީ ދަރިންނަށް ލޯބިދިނުމަކީ އެކުދިންގެ ހުރިހ...
އަލީ އާދިލް
އިންސާނާގެ ދުނިޔެވީ ދިރިއުޅުމުގެ އެންމެ ފަހު ވަގުތަކީ މަރެވެ. އަދި އެއަށްފަހު އަންނަނީ ކަށުކަމާކެމީގެ މަރުހަލާއެވެ. ނަމަވެސް މިއަދު ވިސްނާލާ ފިކުރުކޮށްލަން މިއުޅެނީ ކަށުކަމާކެމީގެ ފަހުން އަންނަ ދުވަސްތަކާ މެދުގައެވެ. މިއީ ކޮންމެ މީހަކަށް ޔަޤީނުންވެސް ކުރިމަތިވާނެ ހަޤީގަތެކެވެ. ކުރިމަތިން ފެންނަމުން ދިޔަ ނަމަވެސް ވިސްނާ ނުލެވުނަސް، ކަން ވެގެންދާ ގޮތެވެ. ތިބާގެ މަރުގެ ޚަބަރު ރައްޓެހިންނާއި ދަންނަ މީހުންނަށް ފެތުރިގެން ދަނީ ވަރަށް ބާރަށެވެ. އެގޮތުން، ގިނަފަހަރަށް ޖަނާޒާގެ މަޢުލޫމާތު ލިބެނީ މީސް މީޑ...
Thiladhun
ކުރީގެ އަދަދާއި ގުޅޭ: ހިނިތުންވެލަމުން މަރިޔަމް ނިކުންނަން ހިނގައިގަތުމުން ފަހަތުން ހަސަން ވެސް ނިކުތެވެ. އެއާއެކު އަވަސް އަވަހަށް ގޮސް ރައުދާ ކޮޓަރީގެ ދޮރު ލެއްޕިއެވެ. ” ޕްލޭން ސަކްސަސްފުލް. ވަރަށް ކާމިޔާބު.” ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ރައުދާ ބުނެލިއެވެ. ” އަޅެ ރައު. އަހަރެން ހަމަ ނޯ ނޯ ކިޔަކިޔަ ހުއްޓާ ވެސް ތިހެން ތި ހެދީ؟” އަފްޒާ ބުނެލީ ނުރުހުމުގެ ރާގުގައެވެ. ” އާނ. ސާމިހް މިތާ ހުއްޓާ މަށަށް އެ މީހުން […]
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ އަދަދާއި ގުޅޭ: ” އެއް މަސް ދުވަހަށް ޖެހިއްޖެ ލަންކާއަށް ދާން. އޮފީސް ދަތުރަކު. ” ސާމިހް ބުންޏެވެ. އެއާއެކު މަރިޔަމްއަށް ހަސަންގެ މޫނަށް ބަލައިލެވުނީ ކަންބޮޑުވުމާއެކުއެވެ. ” ނުދާން ވަރަށް މަސައްކަތް ކުރިން. އެކަމަކު… އެކަމަކު ބޮސް ބޭނުން ވީ އަހަރެން ފޮނުވަން. ” ސާމިހް ބުންޏެވެ. ” ރަނގަޅުވާނެ. ވަޒީފާއަށް އިސްކަން ދޭން ޖެހޭނެ. ހާނިމްއަށް ގުޅައިގެން މަންމަ ޑޮކްޓަރަށް ދައްކަން ދާ ގޮތަށް ބައްޕަ ހަމަޖައްސާނަން. ދަރިފުޅު އެކަމާ އެހާ ކަންބޮޑު […]
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ އަދަދާއި ގުޅޭ: ” ފެން ވަރަށް އަގު ބޮޑުކޮއްފި. އަހަރެމެން ވެސް ބައެއް ފަހަރު އިސްކޫރުން ފެން ބޮމޭ މަންމާ. ގިނަ މީހުން އުޅޭ އިރު ހަރަދަށް ވެސް ބަލަން ވާނެ އެއްނު. އެހެން ނޫނަސް މާލޭގައި މިހާރު ވެސް އިސްކޫރު ފެން ބޯ މީހުން މަދެއް ނުވާނެ.” ރައުދާ ބުނެލި ޖުމްލަ އަދިވެސް މަރިޔަމްގެ ކަންފަތުގައި ހަރުލާފައި ހުރި ކަހަލައެވެ. ” ރައުދާ އެހެން ބުނި ވާހަކަ އަަހަރެމެން ސާމިހް ކައިރީ ބުނާނެ ކަމެއް […]
ސަލާމާ ޢަބްދުލް ޢަލީމް
ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލާއި އެތުލެޓިކްސް އެސޯސިއޭޝާން އާއި ގުޅިގެން ބޭއްވި އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގައި އެންމެ ގިނަ މީޓް ރިކޯޑް ޖަލާލުއްދީން ސްކޫލުގެ އަހުނާ ނިޒާރާއި، މިލަންދޫ ސްކޫލްގެ އިބްރާޙިމް ނަޝީހް އަލީ ހޯދައިފިއެވެ. މި މަހު 21 އިން 26 އަށް ކުޅުދުއްފުށީގައި ކުރިއަށް ދިޔަ މި މުބާރާތުގައި އުތުރުގެ 19 ސްކޫލަކުން 725 އެތުލީޓުން ބައިވެރިވެފައިވާއިރު މި މުބާރާތުގެ ނިންމުމުުގެ ރަސްމިއްޔާތު ރޭ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ވަނީ ބާއްވާފައެވެ. އެގޮތުން […]
އައިޝަތު އައިނީ އާމިރު