“މިއީ ދުނިޔޭގެ އުސޫލެވެ. މި ގޮތުން މި ރަދުންގެ އަޖަލު އައިސް ޖެހުނު ވަގުތު ކަނޑިއާއި ލޮންސި އަދި ކިޔެއްތަ، އެ ރަދުންގެ ބާރުގަދަ ބޮޑު ލަޝްކަރަށް ވެސް އެއްވެސް ކަމެއް ނުކުރެވުނެވެ. މާތްކަމާއި މޫރިތިކަމާއި ޢިއްޒަތާއި ޖާހާއި ފަޚުރުވެރި މަޤާމު ދޫކުރައްވައި ކަފުނުގެ ބަނޑެލިތަކުން ބެނދިވަޑައިގެންނެވުމުގެ ވަގުތު އައިސް ޖެހިއްޖެއެވެ. އަދި ރަސްކަމުގެ ތަޚުތުން ފައިބައި ވަޑައިގެން ފަޚުރުވެރި ގަނޑުވަރު ދޫކުރައްވައި މީސްތަކުންގެ ކޮނޑުތަކުގައި އުފުލިގެންވީ ސަންދޯކެއްގައި ކަށްވަޅުގެ ތުންފަތްމައްޗަށް ވަޑައިގަންނ...
ޢަބްދުﷲ ސަޢީދު
އިސްރާއީލާއި އީރާނާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ތެރެއަށް އިސްރާއީލުން ވަދެގަތީ އޭގެ ގެއްލުންތައް ބަރުދާސްތު ކުރެވޭނެ ކަމުގެ ޔަގީންކަމާއެކު އެވެ. ނަމަވެސް ހިސާބުތަކުން ދައްކަނީ މުޅިން އެހެން ވާހަކައެކެވެ. ހަނގުރާމައިގައި އިސްރާއީލަށް ލިބުނު ގެއްލުންތަކަކީ އެޤައުމުގެ އިޤްތިޞާދަށް ވަރަށް ބޮޑު ލޮޅުމެކެވެ. މި ހަނގުރާމައިގެ ސަބަބުން އިސްރާއީލުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ފޭރާން ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ބައިނަލްއަޤްވާމީ އިތުބާރު އެގައުމަށް އަންނަނީ ގެއްލެމުންނެވެ. އިސްރާއީލަށް ލިބ...
އިބްރާހިމް އަސްވާޤް
ކުރީގެ އަދަދާއި ގުޅޭ: ” އެއީ… ރައުދާ. ރައުދާޢަކީ ޝަބްނަމްގެ ދަރިއެއް.” ސީލިންގަށް ބަލައިލަމުން ހަސަން ބުންޏެވެ. އެ ވަގުތު މަރިޔަމްއަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ. ސުވާލު އުފެދިފައި އޭނާއަށް އިނދެވުނީއެވެ. ” އަހަންނަށް ހަމަ ޔަގީންވެއްޖެ.” ހަސަން އަނެއްކާ ވެސް ބުންޏެވެ. ” އެއީ ކިހިނެއް؟ ” މަރިޔަމް އެހިއެވެ. ” ސާޔާއަށް ރައުދާ ދިން ހެދުމަކީ ޝަބްނަމް އަމިއްލައަށް ފެހި ހެދުމެއް. އެއީ އަހަރެން ލައްވާ ކައިވެންޏަށް އެއްބަސް ކުރުވާފައި އޭނަ ކުރި މަސައްކަތް. […]
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ އަދަދާއި ގުޅޭ: ” ހުރިހާ ކުދިން އެއްވި ވަގުތު ބައްޕަ ބޭނުން ވާހަކައެއް ދައްކާލަން.” ހަސަން ބުންޏެވެ. ހަސަންގެ އަޑުން ރައުދާ ދިޔައީ ސިހިގެންނެވެ. އޭނާއަށް ބޭ އިހްތިޔާރުގައި ދެ ފަރާތަށް ބޯ ހޫރާލެވުނެވެ. ރައުދާގެ ހިތުގައި ސާމިހްގެ މައިންބަފައިންނަށް އޮތް ނަފްރަތު ހަސަންއަށް މިހާރު އެނގޭކަން ރައުދާއަށް ޔަގީނެވެ. އިންތިހާއަށް ބިރުން ހުރެ އޭނާ އިސްޖަހާލީ އެތެރެއަށް ނޭވާ ހިފަހައްޓައިގެން ހުރެއެވެ. ” ކިހިނެއްވީ ބައްޕާ؟ ” ސާޔާއަކަށް މަޑަކުން ނުހުރެވުނެވެ. ” މިހާރު […]
ސަލާމާ ޢަބްދުލް ޢަލީމް
ޕާކިސްތާނުގެ ރައްޔިތުން “ވިނަ ކާންޖެހުނަސް ނިއުކްލިއަރ ބޮމެއް އޮންނަން ޖެހޭ” ކަމަށް ބޮޑު ވަޒީރު ޒުލްފިގާރު ޢަލީ ބުއްޓޫ ވިދާޅުވުމަކީ ޕާކިސްތާނުން ނިއުކްލިއަރ ބާރުވެރިކަން ހޯދުމަށް ކުރި ދަތުރުގެ ފެށުމެވެ. ބުއްޓޫ މިހެން ވިދާޅުވީ ޕާކިސްތާނުގެ ހަތުރެއްގެ ގޮތުގައި އަބަދުވެސް އޮންނަ އަވަށްޓެރި އިންޑިއާއިން 1974 ވަނަ އަހަރު ނިއުކްލިއަރ ޓެސްޓެއް ހެދުމާ ގުޅިގެންނެވެ. ޕާކިސްތާނުން ނިއުކްލިއަރ ބާރަކަށްވުމަށް މަސައްކަތް ފެށުމާ އެކު ބައިނަލްއަޤްވާމީ ދުނިޔެއިން އެކި ގޮތްގޮތުން އެކަމަށް ހުރަސްއަޅަން މަސައްކަތްކ...
ޢަބްދުﷲ ސަޢީދު
ވޭތުވެދިޔަ 30 އަހަރު މެދުއިރުމަތި ހަނގުރާމައާއި ހަލާކުގެ ތެރެއަށް ވައްޓާލި މޭސް ތިރިއަކީ، ހައްދުފަހަނަ އެޅި ޔަހޫދީ އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެވެ. އޭނާއަކީ އަނިޔާވެރިކަމުގެ، ބަޑިބޭސް އަޅަމުން ދުވާ ބާރޫދު ފުޅިއެކެވެ. އޭނާ ކުރި ހުރިހާ ހަނގުރާމައެއްގައިވެސް އެންމެ ބޮޑު އެއް އުންމީދަކަށްވީ އީރާނުގެ ސަރުކާރު ވައްޓާލުމެވެ. މިހާރު ފަށާފައި މިވާ ދިގުދެމިންގެންދާނެ ކަމަށް ބެލެވޭ ހަނގުރާމައިގެ ސަބަބުން، ނެތަންޔާހޫ ހުއްޓުވާނުލެވިއްޖެނަމަ، ނިއުކްލިއަރް ހަނގުރާމައަކުން އަހަރެމެން އެންމެން މ...
އިބްރާހިމް އަސްވާޤް
މިހާރު ހިނގަމުންދާ އިޒްރޭލާއި އިރާނުގެ ހަނގުރާމައިގައި، އިޒްރޭލުން ވަނީ އިރާނުގެ އިސް އަސްކަރީ ވެރިންނާއި ނިއުކްލިއަރ ސައިންޓިސްޓުންނަށް ހަމަލާދީ، އިރާނުގެ ނިއުކްލިއަރ ތަންތަނާއި ތެލުގެ ވަސީލަތްތަކަށް ގެއްލުން ދީފައެވެ. އިރާނުން ވަނީ މިއަށް ރައްދު ދިނުމުގެ ގޮތުން އިޒްރޭލުގެ ސަރުކާރުގެ އިމާރާތްތަކާއި އާބާދީ ބޮޑެތި ސަރަހައްދުތަކަށް މިސައިލް ހަމަލާ ދީފައެވެ. އިޒްރޭލުގެ އިގްތިސާދީ ހާލަތު އިޒްރޭލުގެ ހަނގުރާމައިގެ ޚަރަދުތައް ވަނީ މައްޗަށް ދިއުމުގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށް ބުރަވެފައެވެ. އިޒްރޭ...
އިބްރާހިމް އަސްވާޤް
ޔަހޫދީ، ޒަޔަނިސްޓް އިޒުރޭލުން އިސްލާމީ ޤައުމެއް ކަމަށްވާ އީރާނަށް އިސްވެ ދިން ނިރުބަވެރި ހަމަލާތަކުގެ ސަބަބުން އީރާނާއި އިޒުރޭލާ ދެމެދުގައި ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ވަންނާނެކަން އެއީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ. އަދި އެކިގޮތްގޮތުން މި ހަނގުރާމައިގައި ހުޅަނގުގެ ޤައުމުތަކުން އިޒުރޭލަށް މަދަދު ފޯރުކޮށްދޭނެކަން ވެސް އެއީ ޔަގީން ކަމެކެވެ. އިޒުރޭލުން މި ހަނގުރާމަ ފެށީ މި ޔަގީންކަމާއި ކަށަވަރުކަން އެ މީހުންނަށް އޮތީމައެވެ. އިސްވެ އިޒުރޭލުން އިރާނަށް މި ދަނޑިވަޅުގައި ހަމަލާ ދިނުމ...
ޢަބްދުﷲ ސަޢީދު
ކުރީގެ އަދަދާއި ގުޅޭ: ފަހަތުގައި ހުރި ހަސަން ފެނި، ރައުދާއަށް ފަހަތަށް ޖެހިލެވުނީ ދެ ލޯ ބޮޑުކޮށްލަމުންނެވެ. އެތެރޭގައި ނޭވާ ހިފަހައްޓާލައިގެން އޭނާއަށް ހުރެވުނީ ކިހާ އިރެއްގައި ކަމެއް ވެސް ހުދު އޭނާއަކަށް ނޭނގުނެވެ. ހަސަން ވެސް ހުރީ މާޔޫސީ ލޮލަކުން ރައުދާއަށް ބަލަހައްޓައިގެންނެވެ. ” ބައްޕާ؟” ރައުދާއަށް ބުނެވުނެވެ. އެ ވަގުތު ހަސަން ލުއި ގޮތަކަށް ހިނިތުން ވެލުމަަށްފަހު ދެ އަތް ފުރަގަހަށް ލިއެވެ. އެހެންވެ، ރައުދާ ދެއްކި ވާހަކަތައް ހަމަ ރަނގަޅަށް ވެސް ހަސަންއަށް […]
ސަލާމާ ޢަބްދުލް ޢަލީމް
މިއީ ދާދިފަހުން، ސްރީލަންކާ އާއި ބަންގްލަދޭޝްގެ އޮތޯރިޓީތަކުން ބުނާގޮތުން، އެ ޤައުމުތަކުގެ ފަސް ލައްކައެއްހާ މީހުންގެ އަތުން 2 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ވަގަށް ނެގި ޕިރަމިޑް ސްކީމެއްގެ ވާހަކަ އެވެ. މެޓާވާރސް ފޮރިން އެކްސްޗޭންޖް ގްރޫޕް އިންކް (އެމްޓީއެފްއީ) ތަޢާރަފުކޮށްފައިވަނީ އިތުބާރުހުރި އޮންލައިން ޓްރޭޑިންގ ޕްލެޓްފޯމެއްގެ ގޮތުގައެވެ. މި ކުންފުނި ރަޖިސްޓްރީކޮށްފައިވަނީ މައި މަރުކަޒަކީ ކެނެޑާގެ އޮންޓޭރިއޯގެ މާކަމްގެ އެޑްރެހެއްގަ އެވެ. އައި އެއީ ދުބާއީ ބޭސް އެޕް އެއްކަމަށްވެސް ބ...
ތިލަދުން
ކުރީގެ އަދަދާއި ގުޅޭ: ” ރައު ކީއްވެތަ އަބަދު އަހަންނާ ދެބަސް ވަނީ؟ ރައު ބޭކާރެއް ނުކުރަމެއްނު. ދެން އާދެބަލަ ތި މޫޑު ބަދަލުކޮއްގެން ބޭރަށް. މާ ލަސްނުވައްޗޭ.” ސާމިހް ބުންޏެވެ. ސާމިހް އެހެން ބުނެ، ނިކުތް އިރު ވެސް ރައުދާ ހުރީ ލޯގަނޑު ކުރިމަތީގައެވެ. މަރިޔަމްއާއި ހަސަން ތިބީ ހެވިފައެވެ. ދޮށީ ދަރިފުޅު ސާމިހް އުޅެމުންދާ ތަނަވަސް ދިރިއުޅުން ފެނި އެ މީހުން ތިބީ ނުހަނު އުފާވެސް ވެފައެވެ. ސާމިހް އައިސް ވަކިން ހުރި ސޯފާ […]
ސަލާމާ ޢަބްދުލް ޢަލީމް
ދަރިންނަށް ދެވޭ އެންމެ މުހިންމު އަދި އަގުހުރި ނަސޭހަތްތަކުގެ ތެރޭގައި، ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ލުޤްމާނުގެފާނު އެ ބޭކަލުންގެ ދަރިކަލުންނަށް ދެއްވި ނަސޭހަތްތައް ހިމެނެއެވެ. މި ނަސޭހަތްތަކަކީ ކޮންމެ މުސްލިމެއްގެ ދިރިއުޅުމުގައިވެސް ވަރަށް މުހިންމު އަދި ބޭނުންތެރި ނަސޭހަތްތަކެކެވެ. ލުޤްމާނުގެފާނުގެ ނަސޭހަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ނަސޭހަތަކީ ﷲ އަށް ޝަރީކު ނުކުރުމެވެ. ޝިރުކަކީ އެންމެ ބޮޑު ފާފައެވެ. މިކަމުގެ ނުރައްކާތެރިކަން ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ. އެއީ...
އިބްރާހިމް އަސްވާޤް
ކުރީގެ އަދަދާއި ގުޅޭ: ” އޭ ރައު. ދެން މަށަށް ވެސް ޝައްކު ކުރަނީތަ؟ ސާބަސް.” އަފްޒާ ބުންޏެވެ. ” މި ވަރުން ދަންޏާ އަދި މަގޭ މޮޔަވާނެ ކަންނޭނގެ.” އެނދުމަތީ އިށީންނަމުން ރައުދާ ބުންޏެވެ. ” ދެން ތި ވާހަކަ ބާއްވާ. ސާމިހްގެ މަންމަމެން ކޮން ދުވަހަކުންތަ އަންނަނީ؟” އަފްޒާ އެހިއެވެ. އެއާއެކު އަނެއްކާ ވެސް ރައުދާގެ މޫޑު ހަރާބު ވެއްޖެއެވެ. އެނދު ހުރަހަށް ވެއްޓިގަންނަމުން ރައުދާ މޫނުމައްޗަށް ވައްތަރެއް ޖައްސާލިއެވެ. ” މާދަމާ ކަންނޭނގެ. […]
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ އަދަދާއި ގުޅޭ: “އަހަރެން އެންމެ ދެރަވަނީ އެ ކުދިންނާ ވަކިން އުޅެން ޖެހޭތީ. ހިތަށް އަރާ އެ ކުދިން އަހަރެމެން ގެންދާނެ ނަމައޭ. މި ގެދޮރު ދޫކޮށް ވެސް އަހަރެން ދާނަން. އެ ކުދިން ކައިރީ އުޅެން އަހަންނަށް މާ ހިތްހަމަޖެހޭނެ.” ހަސަން ބުނެލިއެވެ. އެއާއެކު މަރިޔަމްގެ މޫނުމައްޗަށް ވެސް އުފާވެރިކަން ވެރިވެއްޖެއެވެ. ހަސަންއާއި މަރިޔަމް އުޅެމުން ދަނީ އާދައިގެ ދިރިއުޅުމެކެވެ. ދަރިން ބޮޑެތިވެ، އަމިއްލަ ފައިމައްޗަށް ތެދުވެ ހަރުދަނާ ބަޔަކަށް ހެދުމައްޓަކައި އެ ދެމަފިރިން […]
ސަލާމާ ޢަބްދުލް ޢަލީމް
ފަޟީލަތުއް ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ކުއްލި އަވަހާރަވުމަކީ ދިވެހި މުޖުތަމަޢުއަށް، ޚާއްޞަކޮށް ދަޢުވަތުގެ މައިދާނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. އެންމެ ބޮޑު ހިތާމައެއް ކުރިމަތިވެފައިވަނީ އެ މަރުޙޫމްގެ އާއިލާއަށެވެ. އެންމެ ހިތާމަވެރި ކަމަކީ ޝައިޚް ފަރީދު އަވަހާރަވެ ވަޑައިގަތީ އެ މަރުޙޫމްގެ ފުރަތަމަ ކާފަ ދަރިފުޅު ދުނިޔެއަށް އުފަންވުމާއި އެކު އެތުއްތު ދަރިފުޅު ހަމަލޮލުން ފެނި “ކާފަގެ ލޯބި” އުރާލުމުގެ ފުރުޞަތު ނުލިބި ކަމެވެ. ޝައިޚް ފަރީދު ދަރިފުޅު ޢަބްދުﷲ ފަރީދު (އަބޯ) މިއަދު […]
އަލީ އާދިލް