މައި ޚަބަރަށް ދިޔުމަށް

ކޮލަމް

1,329 ޝާއިޢުކުރެވިފައިވާ ލިޔުން

ކޮލަމް - 10 ވަނަ ޞަފްޙާ

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (16)

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (16)

ކުރީގެ އަދަދާއި ގުޅޭ: ” ގެއަށް ހަމަ  ދާން ވީތަ؟” ހުސެން އަނެއްކާ ވެސް ބުންޏެވެ. އަހަރެން ބުނާނީ ވެސް ކީކޭ ހެއްޔެވެ؟ އާނއެކޭ ބުނާ ހިތެއް ނުވިއެވެ. އޭނާ ފޮނުވާލާ ހިތެއް ވެސް ނުވިއެވެ. އަހަރެން ބޭނުންވަނީ އަނެއްކާ ވެސް ހުސެން ކައިރިއަށް ދާށެވެ. ދުވެފައި ބޭރަށް ނިކުމެދާނަމޭ ހިތަށް އެރިއެވެ. ނަމަވެސް މިރޭ ދެން ދެވަނަ ފަހަރަށް ހުސެންއަށް ފެންނާނެހާ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. ކުރިމަތީގައި ހުރެގެން ވާހަކަ ދައްކަން އަދި އަމުދުން […]

ސަލާމާ ޢަބްދުލް ޢަލީމް
ގްލޯބަލް ސުމޫދު ފްލޮޓިލާގެ ތަފްސީލު: ސައިވެފައިވާ ޒަޔަނިސްޓުންގެ ޖައްބާރުކަން ފޫއަޅުވާލާނެ ގާފިލާއެއް

ގްލޯބަލް ސުމޫދު ފްލޮޓިލާގެ ތަފްސީލު: ސައިވެފައިވާ ޒަޔަނިސްޓުންގެ ޖައްބާރުކަން ފޫއަޅުވާލާނެ ގާފިލާއެއް

ގާތްގަނޑަކަށް މިވީ ދެ އަހަރު ދުވަހަކީ، ފަލަސްތީނުގެ ތާރީޙުގައިވެސް ޔަހޫދީންގެ އަނިޔާވެރިކަމާއި ލާއިންސާނިއްޔައްތުކަން ހައްދެއް ނެތް މިންވަރަށް އިތުރުވެގެން ދިޔަ ކަޅު ދުވަސްތަކެކެވެ. ޣައްޒާވަނީ ރުއިމާއި ބޮޑުމުގެ އަޑުން ގުގުމާލާފަ އެވެ. ދުމާއި ހިރަފުހުގެ ތެރެއިން އެހީތެރިކަމުގެ އަތަކަށް އެދި ގޮވާ އާދޭސްތަކަށް އަލި މަގެއް ފެންނާނެ ކަމުގެ އުންމީދުގައި ތިއްބައި އެތަކެއް އާއިލާތަކެއް ބިކަވެއްޖެ އަނެއް ބަޔަކު ޝަހީދުވެ ދުނިޔެ ދޫކޮށް ގޮސްފި އެވެ. އެއްގަމުން ވަށައިލެވި، ވައިގެމަގުތައް ބަންދުކުރެވި، އަދި ކ...

އިބްރާހިމް އަސްވާޤް
ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (15)

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (15)

ކުރީގެ އަދަދާއި ގުޅޭ: އަހަރެން ފެނުނީމަ ހުސެން އަހަރެންދެކެ ފޫހިވީ ބާވައެވެ؟ ފަހަރެއްގައި އޭނާ ހީކުރި ގޮތާ ހިލާފަށް އަހަރެން އެހާ ރީތި ނުވީކަމަށް ވެދާނެއެވެ. ނޫނީ އޭނާ ގަޔާވާ ކަހަލަ ސިފައެއް އަހަރެންގެ ނެތީ ކަމަށް ވެސް ވެދާނެއެވެ. ފިރިހެނުންގެ ގޮތެއް ނޭނގޭނެޔޭ އަހަރެން ހިތަށް އެރިއެވެ. ކޮންމެ ގޮތެއް ވިޔަސް އަހަރެންގެ ހިތް މިހާރު އޭނާއަށް ހިބަ ކުރެވިއްޖެއެވެ. ވަސްވާހުން ހިތް ނުތަނަވަސްވީ ވަރުން ސައިކަލްގެ ސްޕީޑް އަހަންނަށް މަޑުކޮއްލެވުނީ މޮޅިވެރިކަމާއެކުއެވެ. ގެއަށް ޒިޔާރަތް […]

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (14)

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (14)

ކުރީގެ އަދަދާއި ގުޅޭ: ބައެއް ފަހަރު މި ތޫފާނުގައި ގަސްތައް މުލުން ލުހި، މުޅި ތަން ހަލާކުކޮށްލައެވެ. އެއާއެކު އަހަރެން ވަރަށް ބިރުގެންފިއެވެ. އަހަރެންގެ ހިތަށް ވެސް އެހެން ވެދާނެތީއެވެ. ހިތުގެ ދުނިޔޭގައި އުފެދިގެން މި އުޅޭ ތޫފާނާއެކު ހިތް ހަލާކުވެ ރޫޅި ދާނެތިއެވެ. އެ ހަނގުރާމަ ކުރާނެ ހިތްވަރު އަހަރެންގެ ނެތި ދާނެތީއެވެ. އަހަރެންގެ ނިދި އަހަރެން ދޫކޮށް ގޮސް އުޅެނީ ކޮންތާކުބާވައޭ ހިތަށް އެރިއެވެ. ދެ ފަރާތަށް ފުރޮޅިފުރޮޅި އޮންނަތާ އެތައް އިރެއް ވެއްޖެއެވެ. […]

ސަލާމާ ޢަބްދުލް ޢަލީމް
ހުކުރުދުވަހުގެ މާތްކަމާއި އެދުވަހަށް ދެވިފައިވާ ޚާއްޞަ މަޤާމުތައް!

ހުކުރުދުވަހުގެ މާތްކަމާއި އެދުވަހަށް ދެވިފައިވާ ޚާއްޞަ މަޤާމުތައް!

ހުކުރުދުވަހަކީ އިސްލާމީ ޝިޢާރުތަކުގެ ތެރެއިން ވަރަށް މުހިންމު ޝިޢާރެކެވެ. މި ދުވަހަކީ މުސްލިމުންގެ ހަފްތާގެ އެއްވުމުގެ ދުވަސް ކަމުގައިވާއިރު، މި ދުވަހުގެ މާތްކަމާއި ޚާއްޞަކަން ވަނީ ޤުރުއާނާއި ސުންނަތުން ސާބިތުވެގެންވެއެވެ. އިބްނުލް ޤައްޔިމް ވިދާޅުވެފައިވަނީ ހުކުރު ދުވަހަކީ ދުވަސްތަކުގެ ސަރުދާރު ކަމުގައެވެ. އަދި މި ދުވަހު ކިޔަވާ ޞަލަވާތަށް އެހެން ދުވަސްތަކާ ތަފާތު މާތްކަމެއް ލިބިގެންވެއެވެ. މިއީ އާދަމްގެފާނު އުފަންވެވަޑައިގަތް އަދި އަވަހާރަވި ދުވަހެވެ. އަދި ޤިޔާމަތް ދުވަހު ތާޅަފިލި ފުމެލެވޭނެ ދުވ...

ތިލަދުން
ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (13)

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (13)

ކުރީގެ އަދަދާއި ގުޅޭ: އެ ވަގުތު އައި ނައި ގޮތެއް ނޭނގި ހުސެންގެ ހިޔާލްތައް އަހަރެންގެ ހިތަށް ވެރިވެއްޖެއެވެ. އޭނާ މަތިން ހަނދާން ވެއްޖެއެވެ. އަނެއްކާ ވެސް އޭނާއަށް މެސެޖެއް ކޮއްލަން ހިތް އެދެން ފެށިއެވެ. ލިލީއަށް ކާން ތައްޔާރު ކުރުމަށްފަހު އަހަރެން ކޮޓަރިއަށް ވަނީމެވެ. އޭރު އެނދުމަތީގައި ލިލީ އިން ގޮތުން ލިލީއަށް ކަމެއް ވެއްޖެކަން އަހަންނަށް އެނގުނެވެ. ހިތް އަވަސްވީ ވަރުން ގޮސް ލިލީ އުރާލީމެވެ. ” މަންމަ ދޫނި ހުން އައިސްތަ؟” ލިލީ […]

ސަލާމާ ޢަބްދުލް ޢަލީމް
ދިވެހިރާއްޖެ އިސްލާމްވީ ދުވަހާ ގުޅޭ މުހިންމު ތާރީޚުތައް

ދިވެހިރާއްޖެ އިސްލާމްވީ ދުވަހާ ގުޅޭ މުހިންމު ތާރީޚުތައް

ދިވެހިރާއްޖޭގެ ރީތި ދޮންވެލީގެ ޖަޒީރާތަކާއި ނޫކުލައިގެ ހިތްގައިމު ކަނޑުފަޅުތަކާއި ދިވެހީންގެ ދިވެހިވަންތަކަމުގެ ފަހަތުގައި އޮތީ އެތައް ޒަމާންތަކެއް ވެފައިވާ މުއްސަނދި ސަޤާފަތާއި ފަޚުރުވެރި ތާރީޚެކެވެ. ދިވެހިރާއްޖޭގެ ތާރީޚުގެ އެންމެ ޝައުޤުވެރި އެއް ބަޔަކީ ދިވެހީން އިސްލާމްދީން ގަބޫލުކުރުމެވެ. މިއީ ދިވެހީން ނިންމި އެންމެ ބޮޑު އެއް ނިންމުމެވެ. ބުދުދީން ދޫކޮށް، މާތްވެގެންވާ އިސްލާމްދީނަށް ދިވެހީން ބަދަލުވި ގޮތެވެ. އެއީ މީލާދީން 12 ވަނަ ޤަރުނެވެ. ތާރީޚުގެ ޞަފުޙާތަކުން ފެންނަނީ ހިޖުރައިން 548 ވަނަ އަހ...

ޢަބްދުﷲ ސަޢީދު
ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (12)

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (12)

ކުރީގެ އަދަދާއިގުޅޭ، އަހަރެންގެ ސިކުނޑީގެ ކޮންމެ ނާރެއް ހުސެންއާ ގުޅިފައިވާ ކަހަލައެވެ. ދިރިއުޅުމުގެ ހާލަތު ކިތަންމެ ފުން ވަޅުގަނޑަކަށް ވެއްޓިފައި އޮތަސް، އޭރު އެކަމާ ހިތާ ކުރިޔަސް، މިހާރު އަހަރެންގެ ހިތުގައި މާ ތައް ފޮޅި، ބަހާރު މޫސުން ފަށައިގެން އުޅޭ ކަހަލައެވެ. ނަމަވެސް ހިތުގެ ފަރިޔާދުގެ އަޑު އޭނާއަށް އިވިދާނެތީ އަހަރެން ބައެއް ފަހަރު ލަދުގަނެއެވެ. ބިރު ވެސް ގަނެއެވެ. ނަމަވެސް އަހަންނަށް އެނގޭ އެއްޗަކީ މާ ގިނަ ދުވަހަކު މި ކަން އަހަންނަށް ސިއްރެއް […]

ސަލާމާ ޢަބްދުލް ޢަލީމް
''މައިންބަފައިންނަށް އިޙުސާންތެރިވުމަކީ މާތް الله އިންސާނާއަށް ކުރައްވައިފައިވާވަޞިއްޔަތެއް''

''މައިންބަފައިންނަށް އިޙުސާންތެރިވުމަކީ މާތް الله އިންސާނާއަށް ކުރައްވައިފައިވާވަޞިއްޔަތެއް''

މައިންބަފައިންނަށް އިޙުސާންތެރިވުމަކީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާއަށް ކުރައްވައިފައިވާ މަތިވެރި ވަޞިއްޔަތެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. “މުޖުތަމަޢު އިޞްލާޙުކުރުން، އެންމެންގެ ޒިންމާ” މި މައުޟޫއަށް މިއަދު ގެނެސްދިން ހުތުބާގައި މުޖުތަމަޢަށް އައިސްފައިވާ ބަދަލުތަކާއި، މައިންބަފައިންނަށް ނުކިޔަމަންތެރިވުމުގެ ނޭދެވޭ އަސަރުތަކުގެ މައްޗަށް ވަނީ އަލިއަޅުވައިލައިފައެވެ. ހުތުބާގައި ބުނެފައި ވަނީ، އަހަރެމެންނަކީ ޒަމާނުއްސުރެން މާތް ﷲގެ ދީން ޤަބޫލުކޮށް، އެކަލާނގެއަށް އީމާންވ...

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (11)

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (11)

ކުރީގެ އަދަދާއި ގުޅޭ: ހުސެން އެ ތަނުން ފެންނާނެ ނަމައޭ ހިތަށް އެރުމާއެކު އަހަރެން ލަދުގެންފިއެވެ. އިންތިހާއަށް ހުސެން ދެކޭ ހިތްވެއެވެ. ނަމަވެސް އެ ހިތްވަރު އަހަރެންގެ ކިބައިގައި ހުރިހެންނެއް ހިއެއް ނުވެއެވެ. އަހަރެން ހައިރާންވަނީ އެހެންވެއެވެ. އެކުވެރިއެކޭ ބުންޏަސް، އަހަރެންގެ ހިތުން ހުސެންއަށް މި ދެވުނީ އެކުވެރިއެއްގެ މަގާމެއް ނޫންކަންނޭނގެއޭ ބައެއް ފަހަރު އަހަރެންގެ ހިތަށް އަރައެވެ. ޖެހިގެން އައި ދުވަހެވެ. ގޭތެރޭގެ ކަންތައްތައް ހަމައަކަށް އަޅުވާލެވުނު އިރު، މެންދުރު ވެއްޖެއެވެ. ހުޅުމާލެއަށް ދާ...

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (10)

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (10)

ކުރީގެ އަދަދާއި ގުޅޭ: ފޯނު މޭމަތީގައި ބާއްވައިގެން އޮވެ، ބޮލުގެ އިސްތަށިތަކާ ކުޅެމުން ގޮސް އަހަންނަށް ލޯ މެރެން ފެށިއެވެ. ލޮލުގެ އެސްފިޔަތަކުގެ ތެރޭގައި ހުސެންގެ ސޫރަ އަހަރެން ފޮރުވީމެވެ. އަހަރެންގެ ހިތުގެ ހަމަހިމޭން ދުނިޔޭގައި ހުސެން މުޅި އުމުރަށް ބަހައްޓާނަމޭ ވެސް ހިތަށް އެރިއެވެ. އޭރު ބާރުބާރަށް ހިތް ތެޅެމުންދެއެވެ. ހިތުގެ ތެޅުމުގެ ތެރޭގައި އޭނާގެ ވާހަކަތައް އަހަރެން ރައްކާކުރީމެވެ. ނަމަވެސް ކުއްލިއަކަށް އަހަރެން އިންތިހާއަށް ބިރުގެންފިއެވެ. ހިތުން އެ ވާހަކަތައް ފުންމާލަފާނެބާވައެވެ؟ އެހެން މ...

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (9)

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (9)

” އޯހް. ރިއަލީ؟ ނޭނގެ ދޯ ކާކު ކަމެއް ލިމިޓް ކްރޮސް ކުރާނީ. ” އޭނާ ބުންޏެވެ. އެއާއެކު އަހަންނަށް މޭގައި ފޯނު ޖައްސާލެވުނެވެ. ފާޑަކަށް ހިތަށް ވަރުބަލިކަމެއް އިހްސާސް ކުރެވެން ފެށިއެވެ. އޭރު ވެސް ލިލީ އިނީ ފެންތަށިތެރޭގައި ކުޅޭށެވެ. ” މަންމީ. ހީކަރުވަނީ.” ލިލީގެ އަޑަށް އަހަރެން އަވަސް އަވަހަށް ފާހާނާއަށް ވަނީމެވެ. އަދި ދަރިފުޅު އުރާލައިގެން ނިކުމެ ރީތި ކުރަން ފެށި އިރު ވެސް ސިކުނޑީގައި އެނބުރެމުންދަނީ ހުސެންއެވެ. ހުސެންއާ ވާހަކަ ދައްކާ […]

ސަލާމާ ޢަބްދުލް ޢަލީމް
ކަހްފު ސޫރަތުގެ ފުރަތަމަ 10 އާޔަތުގެ ތަފްޞީރު: ދައްޖާލުގެ ފިތުނައިން ރައްކާތެރިވާނެ!

ކަހްފު ސޫރަތުގެ ފުރަތަމަ 10 އާޔަތުގެ ތަފްޞީރު: ދައްޖާލުގެ ފިތުނައިން ރައްކާތެރިވާނެ!

އަލްކަހްފު ސޫރަތަކީ ޤުރުއާނުގެ 18 ވަނަ ސޫރަތެވެ. މި ސޫރަތުގެ މާތްކަމާއި ބަރަކާތްތެރިކަން ވަރަށް ބޮޑެވެ. ޚާއްޞަކޮށް މި ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ކިޔެވުމުގެ މާތްކަން ވަރަށް ބޮޑެވެ. މިކަން ޞައްޙަ ޙަދީޘްތަކުން ސާބިތުވެގެންވެއެވެ. މީގެ އިތުރުން، ހުކުރު ދުވަހު އަލްކަހްފު ސޫރަތް ކިޔެވުމަކީ ވަރަށް މާތް ޢަމަލެކެވެ. މި ސޫރަތް ކިޔަވާ މީހާއަށް ދެ ހުކުރުގެ ދެމެދުގައި ނޫރެއް ލެވޭނެކަމަށް ޙަދީޘްތަކުގައި ވާރިދުވެގެން ވެއެވެ. އަދި މި ސޫރަތް ކިޔެވުމުގެ ސަބަބުން ފާފަތައް ފުއްސެވޭނެ […]

އަލީ އާދިލް
ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (8)

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (8)

ކުރީގެ އަދަދާއިގުޅޭ: އަހަރެން ބޯ ޖަހާލީމެވެ. ސޯފާމަތީގައި އޮތް ލެޕްޓޮޕް ބޭގް ނަގައިގެން އޭނާ ނިކުމެގެން ދިޔައީ އަހަންނާ ދިމާލަށް އިތުރަށް ބަލައިވެސް ނުލައެވެ. އަހަރެން އުއްމީދުކުރާ ގޮތަކީ އެއީ އެއް ނޫނެވެ. އޮފީހަށް ދަމުން ރީިތި ހިނިތުންވުމެއް ދިނުމަކީ ގޯހެއް ހެއްޔެވެ؟ ލޯބި ބަލައިލުމެއް ރައްދު ކުރުމަކީ ކުށެއް ހެއްޔެވެ؟ އެންމެ ކުޑަމިނުން އެވަރުކޮށްލުމުން ވެސް އަހަންނަށް ފުދޭނެއެވެ. ނަމަވެސް ގުޅުމެއް އިތުރަށް ވަރުގަދަ ކުރާނެ އެއްވެސް އުކުޅެއް ޒިޔާދަކަށް ނޭނގެއެވެ. އޭނާއަށް ނޭނގެނީކަމެއް ނޫނީ […]

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (7)

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (7)

ކުރީގެ އަދަދާއި ގުޅޭ: ލިބުނީ ނޫރާގެ ސްނެޕެކެވެ. ބޭއިހްތިޔާރުގައި އަހަންނަށް ހިނިތުންވެވުނެވެ. އަނެއްކާ ވެސް ސޯފާގައި ޖައްސާލުމަށްފަހު ސްނެޕް ހާވާލީމެވެ. އަހަރެންގެ މާ ގިނަ ރައްޓެހިންނެއް ވެސް ނެތެވެ. އަދި ރަނގަޅަށް ސްނެޕްޗެޓް ބޭނުން ކުރާކަށް ވެސް އަހަންނަކަށް ނޭނގެއެވެ. ނުދަންނަ މީހުންގެ ފްރެންޑްރިކުއެސްޓްތައް އޮއްސަމުންދެއެވެ. ނަމަވެސް ނޭނގޭ މީހުންނާ ވާހަކަ ދެއްކުމަކީ އަހަރެންގެ އާދައެއް ނޫނެވެ. އެހެންވެ، އެކަމަކަށް އެއްވެސް ފަރުވާލެއް އަހަރެން ނުބަހައްޓަމެވެ. ސްނެޕް ޗެޓް ހާވަނިކޮށް އޮޅިގެން އަ...

ސަލާމާ ޢަބްދުލް ޢަލީމް