ކުރީގެ އަދަދާއި ގުޅޭ: ” ޒިޔާދު! ” ފޯނު ކަނޑާލުމަށްފަހު އަހަރެން ބުނީ ދޮރާ ދިމާލަށް ބަލައިލަމުންނެވެ. ” ވަޓް؟” ހުސެން ބުންޏެވެ. އަހަންނާ އެއްވަރަށް ހުސެން ވެސް ހުރީ ހާސްވެފައެވެ. ހިތް އަވަސް ވެފައި ހުރި ވަރުން ކޮޓަރިއާ ދިމާލަށް އަހަަރެން ދުއްވައިގަތީ، ހުސެންއަށް އިޝާރާތެއް ވެސް ނުކޮށެވެ. އެއާއެކު ހުސެން ވެސް އަހަރެންގެ ފަހަތުން އައެވެ. ” ކީއްވެ ޒިޔާދު އަންނަކަން އެނގޭއިރު އަހަރެން ކައިރީ މި ގެއަށް އަންނަން ބުނީ؟” ހުސެންގެ އަޑުގައި […]
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ އަދަދާއިގުޅޭ: ” ވަރަށް ދާން ބޭނުން.” ހުސެން ބުންޏެވެ. އޭރު ވެސް އަހަރެން ހުރީ ހުސެންގެ މޫނަށް ބަލަހައްޓައިގެންނެވެ. ދުލުން ހާމަ ނުކުރިޔަސް އޭނާ އަހަރެންދެކެ ލޯބިވާކަން އަހަންނަށް އެނގެއެވެ. ހުސެންއަށް ގެއަށް އައުމަށް އަހަރެން ދައުވަތު ދިނީ ހަމަ އެންމެ ބޭނުމަކަށްޓަކައެވެ. ” އަހަރެން އިންތިޒާރު ކުރާނަން.” އަހަރެން ބުނީމެވެ. ” ގުޅާ. ނިމުނީމަ.” ހުސެން ބުންޏެވެ. އަހަރެން ބޯ ޖަހާލަމުން ހީލީމެވެ. އެ އާއެކު އަހަންނަށް ބަލަހައްޓައިގެން ހުރެ ފަހަތަށް ޖެހިލުމަށްފަހު ހުސެން […]
ސަލާމާ ޢަބްދުލް ޢަލީމް
ހަރުދަނާ ފިރިންނަކީ ގޭތެރޭގައި ވެސް ހަރުދަނާ ބައެކެވެ. ފިރިހެނުންގެ ޙަޤީޤީ ދައުރަކީ އަނބިދަރީންނަށް ޚިދުމަތްތެރިވުމެވެ. އަނބިދަރީންގެ ޙަޤީޤީ ދައުރަކީ ފިރިންނަށް ކިޔަމަންތެރިވުމެވެ. ދެމަފިރިއެއްގެ ޙަޔާތް ކުރިޔަށް ގެންދިޔުމުގައި އެކަކު އަނެކަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބުމަކީ ވަރަށް ބޮޑަށް ބޭނުން ކަމެކެވެ. ދިރިއުޅުމަކީ އަމާން ބަނދަރަކަށް ދިޔުމަށް ކުރާ ބުރަ ދަތުރެކެވެ. އެ ދަތުރުގައި ކުރާންޖެހޭ އެންމެ ބޮޑެތި ކަންކަމުން ފެށިގެން ގޮސް އެންމެ ކުދި ކަންތައްތަކުގައި ވެސް އެހީތެރިވުމާއި އެއްބާރުލުނ...
އައްޝައިޚް މުޙައްމަދު އަފްޟަލް
ކުރީގެ އަދަދާއިގުޅޭ: ” ސޮރީ. ދެން ނުގުޅާނަން. ދެން އެއްވެސް ހަބަރެއް ނުވާނަން. ހުއްޓާލާ. ޕްލީޒް. ޕްލީޒް.” ހުސެން ބުންޏެވެ. ހުސެންގެ ވާހަކަ ނުނިމޭނިސް އަހަރެން ފޯނު ކަނޑާލީމެވެ. އަދި އޭނާގެ ނަންބަރު އަނެއްކާ ވެސް ބްލޮކް ކުރީމެވެ. އޭރު ވެސް އަހަރެންގެ ރުއިމެއް ނުހުއްޓެއެވެ. ޖެހިގެން އައި ދުވަހެވެ. ރޭގައި ހުސެންއާ އެކު ކުރެވުނު ޒުވާބުގެ އަސަރުތައް އޭރު ވެސް އަހަރެންގެ މުޅި ހަށިގަނޑުގައި ދައުރުވަމުން ދެއެވެ. އިރުއިރުކޮޅުން އަހަންނަށް ރޮވެއެވެ. ހިތް އޮތީ ބަރުވެފައެވެ. […]
ސަލާމާ ޢަބްދުލް ޢަލީމް
” އައި ދުވަހަކު ވެސް ހުސެން އަކަށް ނުގެއްލޭނެ.” އަހަރެން ބުނީމެވެ. ” ނޫން. މި ކަން ޖެހޭނީ ހުއްޓާލަން.” ހުސެން ބުންޏެވެ. ހުސެން އެހެން ބުނުމުން އަހަރެން ވަރަށް ހިތުގައި ޖެހުނެވެ. ވަރަށް ދެރަވިއެވެ. ނަމަވެސް އަހަރެމެންގެ ގުޅުމަކީ މާ ދިގު އުމުރެއް އޮތް ގުޅުމެއް ނޫންކަން އަހަންނަށް ވެސް އެނގެއެވެ. ހުސެން އެ މަސައްކަތް ކުރަނީ އަހަރެމެން ދެ މީހުންގެ އާއިލާ ސަލާމަތް ކުރަން ކަން ވެސް އަހަންނަށް އެނގެއެވެ. ” އޯކޭ. ހުއްޓާލެވިދާނެ. […]
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ އަދަދާއި ގުޅޭ: ” އަހަރެން އަސްލު ޔޫ ދެކެ ވަރަށް ލޯބިވޭ.” ޖެހިލުންވެ ހުރެ ބުނީމެވެ. އަހަރެން ހުރީ ހުސެން ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ. އޭނާ ދެން ހަދާނެ ގޮތެއް ވެސް ނޭނގެއެވެ. ފަހަރެއްގައި އެއްކޮށް ވެސް އަހަރެން ދޫކޮށް ގޮސްދާނެއެވެ. ނޫނީ ހުސެންގެ ހިތުގައި އަހަންނާމެދު އޮތް އެއްޗެއް ހާމަ ކޮއްފާނެއެވެ. ” ލައިކް އޯ ލޯބި؟” ހުސެން އެހީ މަޑުމަޑުންނެވެ. ” ލޯބިވޭ ވަރަށް.؟” އަހަރެން ވެސް ބުނީ އެހާ މަޑުންނެވެ. ” […]
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ އަދަދާއި ގުޅޭ: ” ވައިފް އެ ގުޅަނީ.” އޭނާ ބުންޏެވެ. އެ ވަގުތު އަހަންނަށް ދެ ފަރާތަށް ބޯ ހޫރާލެވުނީ ނުދާށޭ ބުނާ ކަހަލަ ގޮތަކަށެވެ. ފޯނު ޖީބަށް ލަމުން ހުސެން އަހަންނަށް ބަލައިލިއެވެ. އޭރު ވެސް އާދޭހުގެ ނަޒަރަކުން އަހަންނަށް ހުރެވުނީ ހުސެންއަށް ބަލަހައްޓައިގެންނެވެ. ” ދަނީ އިނގޭ.” ހުސެން އެހެން ބުނުމާއެކު އަހަރެން އޭނާގެ ގައިގައި ހިފެހެއްޓީމެވެ. ” އަދިވެސް އެބަ ގުޅާ.” ހުސެން ބުންޏެވެ. އަހަރެންގެ އަތް އޭނާގެ ގައިން ނައްޓުވާލަމުން […]
ސަލާމާ ޢަބްދުލް ޢަލީމް
މަރުވެފައިވާ އަހަރެންގެ ޖަޒްބާތުތަކަށް ދިރުން ލިބި، އަހަރެންގެ ދުނިޔެއަށް ނިކުމެވުނު ކަހަލައެވެ. ރޮމޭންސް ކުރަން އަހަންނަށް އެނގޭކަން ވެސް އަހަންނަށް ފަހުމުވީ އަދި ކިރިޔާއެވެ. މީގެ ކުރިން ޒިޔާދު އަހަންނަކަށް އެ ފުރުސަތެއް ނުދެއެވެ. ނަމަވެސް ހުސެން އައިސް އަހަރެން ހޭލައްވާލައިފިއެވެ. އެއާއެކު އިތުރަށް ހުސެންއަށް ދަހިވެތި ވެއްޖެއެވެ. ހުސެންގެ އިސްތަށިގަނޑުގައި އަހަރެން އަތް ހިންގަމުން ދިޔައީމެވެ. ހުސެން މަޑުމަޑުން އަހަންނާ ދުރަށް ޖެހިލިއެވެ. އެއާއެކު މެރިފައިވާ އަހަރެންގެ ދެ ލޯ ހުޅުވާލީމެވެ. އޭރު...
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ އަދަދާއި ގުޅޭ: އޭރު އަހަރެން ހުރީ ފެންކަޅިވެފައެވެ. އަހަރެން ތަހައްމަލްކުރަމުންދާ ވޭން ހުސެން، ތަޖުރިބާކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންގެ ނަޒަރުގައި ހުސެން ކަހަލަ މީހަކު ލިބޭނީ ނަސީބުވެރިއަކަށެވެ. ” ދެން އެކަމާ ނުވިސްނާ ނިދާލަބަލަ.” ހުސެން ބުންޏެވެ. ހުސެންއަށް ގުޑްނައިޓް ކިޔުމަކީ އަހަރެން އެންމެ ފޫހިވާ ވަގުތެވެ. ވާހަކަ ދެއްކުން ހުއްޓާލާކަށް އަހަރެން ބޭނުމެއް ނުވެއެވެ. އަބަދުވެސް ކޮންމެވެސް އެއްޗެކޭ ކިޔައިގެން ހުސެންއަށް މެސެޖް ކުރާ ހިތްވެއެވެ. ” އައި ވެސް ނިދޭތޯ މި […]
ސަލާމާ ޢަބްދުލް ޢަލީމް
الله سُبْحَانَهُ وَتَعَالَىގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލަކީ ނަމާދު އޭގެ ވަގުތުގައި އަދާކުރުންކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ. ނަމާދަށް ފަރުވާތެރިވުމުގެ މައްޗަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ދިން ހުކުރު ހުތުބާގައި، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލަކީ ނަމާދު އޭގެ ވަގުތުގައި އަދާކުރުންކަމުގައި ހަނދާންކޮށްދީފަވެއެވެ. ނަމާދަށް ފަރުވާތެރިވުމުގެ މުހިންމުކަން ބަޔާންކޮށްދެމުން މި ހުތުބާގައި ވަނީ ނަމާދަކީ ދީނުގެ ތަނބުކަން ހަނދާނ...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއި ގުޅޭ: އަހަރެން ބޭނުންވާ އުކުޅުތައް ހުސެންއަށް އެނގެޔޭ ހިތަށް އެރިއެވެ. ނޭނގެނީ ޒިޔާދަށެވެ. އެހާ ލޯބިން، އެހާ މަޑުމޮޅިގޮތަކަށް އަހަރެންގެ ގައިގައި މީގެ ކުރިން ދުވަހަކު ވެސް މީހަކު ބީހިފައެއް ނުވެއެވެ. އަހަރެންގެ އަތުގައި ހިފާލާ، ބޮސްދީފައެއް ވެސް ނުވެއެވެ. ލޯބިން އަހަރެންގެ ގައިގައި ޒިޔާދު ފިރުމާލީ ދުވަހެއް އަހަރެން ހަނދާން ވެސް ނެތެވެ. އެހެން ހިތަށް އެރުމާއެކު އަހަންނަށް އުނދަގޫވާން ފެށިއެވެ. ރުޅިގަދަ ވާން ފެށިއެވެ. ކުއްލިއަކަށް އަހަރެން ސިހުނީ އަތުގައި އޮތް […]
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ އަދަދާއި ގުޅޭ: ” މައްޗަށް އަރާފާނަމޭ.” ހުސެން ބުންޏެވެ. އެއާއެކު އަހަންނަށް ލިބުނީ ކުއްލި ޝޮކެކެވެ. އަހަންނާ ބައްދަލްކުރަން ހުސެން ބޭނުންވިކަން އެނގުމުން އަހަރެންގެ ހިތް ފުންމައިގަތް ކަހަލައެވެ. ހުސެންއާ ދާދި ގާތުގައި ހުންނަ ހިތް ވެއްޖެއެވެ. ތަންކޮޅެއް ކައިރިން އޭނާއަށް ބަލައިލަން ބޭނުން ވިއެވެ. އަހަރެންގެ މި އެކަނިވެރިކަމުގެ ތެރެއަށް އޭނާ ގެނެސް، އަލިކަން ހޯދަން ބޭނުންވިއެވެ. ” މި ދަނީ އިނގޭ.” ހުސެން ބުންޏެވެ. ހުސެންގެ މެސެޖް ކިޔާލުމާއެކު އަހަރެން ފިނިވާން ފެށިއެވެ. […]
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ އަދަދާއި ގުޅޭ: ” ދެން ނިދަނީ އިނގޭ. ގުޑްނައިޓް އެންޑް ގުޑް މޯނިން” ހުސެން ބުނެލިއެވެ. ހިތާ ދެކޮޅަށް އަހަރެން ވެސް ގުޑްނައިޓް ކިީމެވެ. ނަމަވެސް ހިތް އޭރު ވެސް މަޑުކުރާށޭ ކިޔާ ގޮވަމުން ދިޔައެވެ. ނިދަން ބޭނުން ވެގެން ހުސެން މެސެޖް ކުރުން ހުއްޓާލިޔަސް، އަހަރެންގެ ހިތަކަށް އަރާމެއް ނުލިބެއެވެ. އިރުއިރުކޮޅުން އޭނާގެ ޕްރޮފައިލަށް ވަދެ، ބެލެއެވެ. އަދި އެއްފަހަރު އަނގައިން ބުނެލާތޯ އިންތިޒާރު ކުރެވެއެވެ. ބައެއް ފަހަރު ކެތް ނުވެގެން ކޮންމެވެސް އެއްޗެކޭ […]
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ އަދަދާއިގުޅޭ: ” ލޯތްބަކީ ފައިސާ. ފައިސާ ނެތިއްޔާ ލޯތްބެއް ވެސް ނުލިބޭނެ. މީހަކަށް ލޯބި ދޭން ބޭނުން ވިޔަސް ފައިސާ ނެތިއްޔާ ކިހިނެއް ލޯބި ދޭނީ؟ ކިހިނެއް އަނެކާ ބޭނުންވާ ކަންތައްތައް ފުރިހަމަ ކޮއްދޭނީ؟ނއަލިފާންފޮއްޓަކަށް އަންހެނުން ލައިގެން ، ލޯބިވެޔޭ ކިޔާ ފިރުމީމަ އެ ނިމުނީތަ؟ އޭގެ ބަދަލުގައި ވައިފްއާ ދަރިން އުފާކޮއްދޭން ޗުއްޓީ ހޭދަކުރަން ގޮސް، އެކި ތަންތަނުން ކާލައިގެން، ރީތި އެއްޗެހި ގަނެލީމަ ކިހާ އުފާވާނެ ތައިބާމެން. އެހެންވީމަ، ލާރި ނެތިއްޔާ މި […]
ސަލާމާ ޢަބްދުލް ޢަލީމް
މިއަދު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެވުނު ހުކުރު ޚުޠުބާގައި، ހަގީގަތް ހޯދާ ބެލުމެއްނެތި ވާހަކަ ދެއްކުމާއި، ދޮގު މައުލޫމާތު ފެތުރުމުގެ ނުރައްކާތެރިކަމުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުވައިލައިފިއެވެ. ”މުއުމިނުންގެ ބަސްމަގު” މައުޟޫއަށް ގެނެސްދިން ޚުޠުބާގައި ހީގެ މައްޗަށް ބިނާކޮށް ބަހެއް ބުނެ، އޭގެ މައްޗަށް ޢަމަލުކުރުމަކީ، މީހާ ފާފަވެރިވެދާނެ ކަމެއް ކަމަށް ބުނެފަވެއެވެ. ދޮގު ވާހަކަ ދެއްކުމަކީ އިސްލާމްދީން މަނާކުރާ ކަމެއްޚުޠުބާގައި ބުނީ، ސާބިތުނުވާ ދޮގުވާހަކަ ދެއްކުމަކީ، އިސްލާމް ދީން ނ...
ޔުމްނާ ޢަލީ