މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 99 ވަނަ ޞަފްޙާ

އޮޅުވާލައިގެން ބިމެއް ނުވިއްކާ، މުވައްޒަފު ވަނީ ސަސްޕެންޑް ކޮށްފައި: އެޗްޑީސީ

އޮޅުވާލައިގެން ބިމެއް ނުވިއްކާ، މުވައްޒަފު ވަނީ ސަސްޕެންޑް ކޮށްފައި: އެޗްޑީސީ

އެޗްޑީސީން އޮޅުވާލައިގެން ބިމެއް ނުވިއް ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މުވައްޒަފުގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާ ކަމަށާއި، އެހެންމަވެސް ބިން ވިއްކުމުގެ ފުރުސަތު ލިބިފައި ނުވާކަމަށެވެ. އަދި ހިޔާނާތްތެރިވި މުވައްޒަފު ހިންގާފައިވަނީ ރިޝްވަތުގެ މުޢާމަލާތެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެޗްޑީސީން ބުނީ އެ ކުންފުނީގެ މުވައްޒަފަކު ހެދިފައިވާ އުސޫލުތަކާއި ހިލާފަށް އޮޅުވާލައިގެން އަމިއްލަ ފަރާތަކަށް ބިމެއް ދޭނެކަމަށްބުނެ މަންފާއެއް ހޯދުމަށް މަސައ...

އަޙްމަދު ވަހީދު
ހުކުރު ދުވަހު ބީއެމްއެލް އިން މާލެ ސާފު ކުރަނީ

ހުކުރު ދުވަހު ބީއެމްއެލް އިން މާލެ ސާފު ކުރަނީ

އަންނަ ހުކުރު ދުވަހު (މާދަމާ)، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވަން ތައްޔާރުވެއްޖެއެވެ. މިއީ އެ ބޭންކުގެ މުވައްޒަފުން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. އެގޮތުން އާޓިފިޝަލް ބީޗް، ކާނިވާ ސަރަހައްދު، އިންޑަސްޓްރިއަލް ޒޯން، ރަސްފަންނުގެ އިތުރުން ލޯކަލް މާކެޓް ސަރަހައްދުވެސް ހިމެނޭހެން އާންމު ތަންތަނާއި މޫދު ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގައި ބޭންކުގެ 200 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވާނެ ކަމަށް ބީއެމްއެލުން ބުންޏެވެ...

އަޙްމަދު ވަހީދު
ތިލަފުށީ ދެވަނަ ފިޔަވަހީގެ ބިން ހިއްކަން ފަށައިފި

ތިލަފުށީ ދެވަނަ ފިޔަވަހީގެ ބިން ހިއްކަން ފަށައިފި

ތިލަފުށި ފޭސް 2ގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. އެޗްޑީސީން ބުނީ ސިނާއީ ދާއިރާގައި މިހާރު ހުރި މި މައްސަލަތަކަށް ބިނާކޮށް މިކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފަރުމާ ކުރެވިފައިވާ ތިލަފުށި މާސްޓަރ ޕްލޭން އެކުލަވާލެވި ތިލަފުށި ފޭސް 2 ގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އެގޮތުން، ތިލަފުށި ފޭސް 2 ގެ އޭރިއާ ސީ ގެ 20 ހެކްޓަރު ބިން ހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން […]

އަޙްމަދު ވަހީދު
ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައކިފި

ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައކިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ މިއަހަރުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުވާލި ފުރުސަތެކެވެ. މި ފުރުސަތު އެ ބޭންކުން ހުޅުވާލާފައިވަނީ ރަޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާތަކަށެވެ. އެގޮތުން ތިމާވެށްޓާ ގުޅުންހުރި ޕްރޮޖެކްޓުތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަމައުގެ ލާބަޔާއި މަންފާއަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓުތަކަށް އެ ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕ...

އަޙްމަދު ވަހީދު
ރާއްޖޭގައި ކޮންޓެއިނާ ޑޭޓާ ސެންޓަރެއް

ރާއްޖޭގައި ކޮންޓެއިނާ ޑޭޓާ ސެންޓަރެއް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮންޓެއިނާ ޑޭޓާ ސެންޓަރެއް ހުޅުވައިފިއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި މި ސެންޓަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވި ސެންޓަރެކެވެ. މިއީ އެ ކުންފުނީގެ “ސްމާޓްކޮމް” ބްރޭންޑުގެ ދަށުން ހުޅުމާލެ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހުޅުވި ސެންޓަރެކެވެ. އެޗްޑީސީން ބުނީ މި ކޮންޓެއިނާ ޑޭޓާ ސެންޓަރުން އަހަރެއްގެ މައްޗަށް 99.982 އިންސައްތަ އަޕް ޓައިމް ނުވަތަ ޚިދުމަތް މެދުނުކެނޑީ ލިބެންހުންނަ ވަގުތު [...

އަޙްމަދު ވަހީދު
ބީއެމްއެލް އިން އިނގުރައިދޫގައި ސެލްފް ސަރވިސް ބޭންކިންގ ހިދުމަތް ފަށައިފި

ބީއެމްއެލް އިން އިނގުރައިދޫގައި ސެލްފް ސަރވިސް ބޭންކިންގ ހިދުމަތް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް އިން މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރ. އިނގުރައިދޫގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ހިދުމަތް ފަށްޓައިފިއެވެ. އިއްޔެ ހިދުމަތް ދޭން ފެށުނު މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ. މިއަދު ފެށުނު ހިދުމަތާއެކު، މިވަގުތު ރ. އަތޮޅު އުނގޫފާރާއި މީދޫގައި ގާއިމްކޮށްފައ...

އިބްރާހިމް އަސްވާޤް
މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓް މިހާރު ވަނީ ސައިޓަށް ގެންގޮސްފައެވެ. މީގެ އިތުރުން، ގްރޮއިން ޕްރޮފައިލް ކުރުމުގެ މަސައްކަތުގެ 37 އިންސައްތަ މިހާރު ފުރިހަމަކުރެވިފަައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 954 މީޓަރުގެ ސަރަހައްދ...

އަޙްމަދު ވަހީދު
22 އަހަރަށްފަހު ފަރެސްމާތޮޑާއަށް އާ އިންޖީނުގެއެއް

22 އަހަރަށްފަހު ފަރެސްމާތޮޑާއަށް އާ އިންޖީނުގެއެއް

ގދ. ފަރެސްމާތޮޑާ ގެ އާ އިންޖީނުގެއިން ރަސްމީކޮށް ހިދުމަތް ދޭން ފަށައިފިއެވެ. އެ ރަށުގައި މިހާތަނަށް ހިދުމަތް ދެމުން އައީ 22 އަހަރުވަންދެން ހިންގަމުން އައި އިންޖީނުގެއިންނެވެ. ނަމަވެސް އެ އިންޖީނުގެ ހުއްޓާލައި މިހާރު ވަނީ އާ އިންޖީނުގެއަށް ހިދުމަތްތައް ބަދަލު ކޮށްފައެވެ. ފަރެސްމާތޮޑާގައި 22 އަހަރުވީ އިންޖީނުގެ ނިއްވާލައި، އަލަށް ޢިމާރާތްކުރެވުނު އިންޖީނުގެ ހުޅުއްވައިދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. އާ އިންޖީނުގޭގައި 4...

އަޙްމަދު ވަހީދު
އެމްޓީސީސީގެ ''ރޯދަ ޕްރޮމޯ 2023'' ފަށައިފި

އެމްޓީސީސީގެ ''ރޯދަ ޕްރޮމޯ 2023'' ފަށައިފި

“އެމްޓީސީސީ ރޯދަ ޕްރޮމޯ” ފަށައިފިއެވެ. އެ ކުންފުނިން ބުނީ މި ޕްރޮމޯޝަން އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށާއި އެ ކުންފުނިން ވިއްކާ އިންޖީނުތަކުން ޑިސްކައުންޓު ލިބޭނެ ކަމަށެވެ. އެގޮތުން ޔަންމާ އިންޖީނާއި ސުޒުކީ އިންޖީނުން ޑިސްކައުންޓު ލިބޭއިރު، ސްކޮޓް ބޭޑާ ކޮމްޕޮސައިޓްސް އަދި ފައިބާ ގްލާސް މެޓީރިއަލްސް އިން ވެސް ޑިސްކައުންޓު ދިނުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. އަދި ކާސްޓްރޯލް ލުބްރިކަންޓްސް އާއި ސުޒުކީ އަދި ޔަންމާ ސްޕެއާ ޕާޓްސް އިން ވެސް ޑިސްކައުންޓު […]

މުޙައްމަދު އަފްރާޙް
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ތިން ޕްރޮޖެކްޓެއް ނިންމާލައިފި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ތިން ޕްރޮޖެކްޓެއް ނިންމާލައިފި

ދެމެހެއްޓެނިވިގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެގޮތުން، ބޭންކް އޮފް މޯލްޑިވްސްއިން ހިންގާ “ބީއެމްއެލް ކޮމިއުނިޓީ ފަންޑު”ގެ ދަށުން; ދ. ހުޅުދެލި، ލ. މުންޑޫ އަދި ލ. ފޮނަދޫގައި ހިންގި ޕްރޮޖެކްޓްތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ކޮމިއުނިޓީ ފަންޑުގެ ދަށުން ހުޅުދެލީގައި ވަނީ، މަސްކެނޑުމަށް ހާއްސަތަނެއް ގާއިމްކޮށްފައެވެ. މިއީ މަސްވެރިންގެ އިތުރުން ހުޅުދެލީގެ އާންމު ރައްޔިތުންނަށްވެސް މަސްކެނޑުމަށް ފަސޭހަވާނެހެން ތަރައްގީކުރެވިފައިވާ ތަނެއް ކަމަށް ބީއެމްއެލް...

އަޙްމަދު ވަހީދު
ކުޅުދުއްފުށި ހިމެނޭހެން ހަތަރު ރަށެއްގެ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކޮށްފި

ކުޅުދުއްފުށި ހިމެނޭހެން ހަތަރު ރަށެއްގެ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކޮށްފި

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަތަރު ރަށެއްގައި މަޝްރޫއުތައް ހިންގުމަށް, މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ކ. ހިންމަފުށީ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި، އއ. މަތިވެރީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި، ކުޅުދުއްފުއްޓާއި ނ. ކެނދިކުޅުދޫގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތެވެ. މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި...

އަޙްމަދު ވަހީދު
ހުޅުމާލެ ދެ ފިޔަވަހި ގުޅޭ ސަރަހައްދުގައި ކެފޭ/ރެސްޓޯރެންޓް ހަދަން ހަ ކުންފުންޏަކަށް

ހުޅުމާލެ ދެ ފިޔަވަހި ގުޅޭ ސަރަހައްދުގައި ކެފޭ/ރެސްޓޯރެންޓް ހަދަން ހަ ކުންފުންޏަކަށް

ހުޅުމާލޭގެ ދެ ފިޔަވަހި ގުޅޭ ސަހައްދުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ހިންގާ އާބަން ބޮލެވާޑް މަޝްރޫއުގައި ހިމެނޭ ކެފޭ/ރެސްޓޯރެންޓްތައް ހަދަން ހަ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މީރުމާ ހޮޓެލްގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން ކެފޭ/ ރެސްޓޯރެންޓުތައް ހަދަން ހަވާލުކުރި ކުންފުނިތަކާއެކު އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ފައިނޭންޝަލް އޮފިސަރު އަހުމަދު ޝާމްއެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ: * ބްރަދާސް ކޭޓަރިން * ރެފްކޫލް * ސެލްސިއަސް ޕްރަ...

އަޙްމަދު ވަހީދު
އިންޓަނެޓް އަދި މޯބައިލް ބޭންކިންގައި ލޮގިން ވާއިރު އިތުރު ނޮޓިފިކޭޝަނެއް

އިންޓަނެޓް އަދި މޯބައިލް ބޭންކިންގައި ލޮގިން ވާއިރު އިތުރު ނޮޓިފިކޭޝަނެއް

އިންޓަނެޓް ބޭންކިން އަދި މޯބައިލް ބޭންކިން އަށް ލޮގިންކުރަން މަސައްކަތްކޮށް ނުވަދެވޭ ހާލަތްތަކުގައި ނޮޓިފިކޭޝަން ލިބޭ ގޮތަށް ބީއެމްއެލް ހަމަޖައްސައިފިއެވެ. މިއީ ބީއެމްއެލް އިން ކަސްޓަމަރުންގެ ރައްކާތެރިކަމަށް އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން ގެނައި ބަދަލެކެވެ. މިއީ މިހާރުވެސް ލޮގިން ކުރާ އިރު ފޮނުވާ އެލާޓްގެ އިތުރުން ކަސްޓަމަރުންނަށް ލިބޭނެ ނޮޓިފިކޭޝަނެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ. ބޭންކުން ބުނީ މީގެ އިތުރުން އިންޓަނެޓް އަދި މޮބައިލް ބޭންކިން އަށް ޖެހިޖެހިގެން ތިން ފަހަރު...

އަޙްމަދު ވަހީދު
ހުއްދަ ނުހޯދައި ގުޅިފަޅާއި ތިލަފުށި ފަޅުގައި އަޅާފައިވާ އުޅަނދުތައް ނަގަން އަންގައިފި

ހުއްދަ ނުހޯދައި ގުޅިފަޅާއި ތިލަފުށި ފަޅުގައި އަޅާފައިވާ އުޅަނދުތައް ނަގަން އަންގައިފި

ހުއްދަ ނުހޯދައި ކ. ގުޅިފަޅާއި ކ. ތިލަފުށީ ފަޅުގައި އަޅާފައި ހުރި އުޅަނދުތައް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަންގައިފިއެވެ. އެޗްޑީސީން ބުނީ ގުޅިފަޅާއި ތިލަފުށީ ފަޅުތެރޭގެ ސަރަޙައްދުގައި އެޗްޑީސީގެ ހުއްދަނެތި ބަހައްޓާފައިވާ ކަނޑު އުޅަނދުތަކާއި އެ ނޫންވެސް ތަކެތީގެ ސަބަބުން އެ ސަރަހައްދުގައި ހިންގުމަށް ރާވާފައިވާ އެކި މަޝްރޫއުތަކަށް ދަތިވަމުންދާ ކަމަށެވެ. މިއާއެކު މިހާރު އެ ކުންފުނިން ވަނީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުފަހަރާއި ތަކެއްޗާ...

އަޙްމަދު ވަހީދު
ސަރުކާރު ކުންފުނިތަކާއި ޕްރައިވެޓް ކަލެކްޓާސް އިން ނަގާ ފީ ވެމްކޯއިން ބޮޑުކޮށްފި

ސަރުކާރު ކުންފުނިތަކާއި ޕްރައިވެޓް ކަލެކްޓާސް އިން ނަގާ ފީ ވެމްކޯއިން ބޮޑުކޮށްފި

ސަރުކާރު ކުންފުނިތަކާއި ޕްރައިވެޓް ކަލެކްޓާސްގެ ކުނި އުކައިދިނުމަށް ވެމްކޯއިން ނަގާ ފީ ބޮޑުކޮށްފިއެވެ. ވެމްކޯއިން ސަރުކާރު ކުންފުނިތަކުން އުކައިދޭ ކުނީގެ ކޮންމެ ޓަނަކަށް ނަގަނީ 424ރ. ފީއެކެވެ. އަދި ޕްރައިވެޓް ކަލެކްޓާސްގެ އަތުން ޓަނަކަށް ނަގަނީ 212ރ. އެވެ. ވެމްކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ ދެ ހިދުމަތުގެ ފީއެއްގެ ގޮތުގައި ޓަނަކަށް 2،660ރ. ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. ގޭބިސީތަކުން އަދި ވިޔަފާރިތަކަށާއި ކޮމާޝަލް ތަންތަނުގެ އިތުރުން ކޯލް […]

އަޙްމަދު ވަހީދު