މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އިން އެ ކުންފުނީގެ މުވައްޒަފުންނަށް މި އަހަރުގެ ރޯދަ އިނާޔާތުގެ އިތުރަށް 2،000 ރުފިޔާ ދޭން ނިންމައިފިއެވެ. އެމްޕީއޭލްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ދަށުން ހިންގަމުންގެންދާ ސަރަހައްދީ ބަނދަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭ 3000 ރުފިޔާގެ އިތުރަށް “ރޯދަ ހަދިޔާ” ގެ ގޮތުގައި އިތުރު 2000 ރުފިޔާ ދޭން ނިންމާފައިވާ ކަމަށެވެ. އެމްޕީއެލުން ބުނެފައިވާ ގޮތުގައި މިގޮތަށް ނިންމީ އެ ކުންފުނިން ނިންމީ […]
އަޙްމަދު ވަހީދު
ކ. ގުޅީ ބިންހިއްކުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއގައި މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤެވެ. އެމްޓީސީސީން ބުނީ ގުޅީ ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން، 10.15 ހެކްޓަރުގެ ބިންހިއްކުމާއި، 940 މީޓަރުގެ ހިލަ ރިވެޓްމެންޓެއް ޖެހުން ހިމެނޭ ކަމަށެވެ. އަދި 362 މީޓަ...
އަޙްމަދު ވަހީދު
އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން ރާއްޖެއަށް މުޅިން އަލަށް ތައާރަފުކުރާ “ކްރޮޕް ތަކާފުލް” ހިދުމަތް ދިނުމަށް ތައްޔާރުވެއްޖެއެވެ. ދަނޑުވެރިންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މިހިދުމަތް ތައާރަފު ކޮށްފައިވަނީ އެލައިޑު އިންޝުއަރަންސްގެ މައި އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. “ކްރޮޕް ތަކާފުލް” އަކީ ދަނޑުވެރިންގެ އާމްދަނީއަށް ކުރިމަތިވެދާނެ ހުރަސްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީ، އެކަމުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ މ...
އަޙްމަދު ވަހީދު
ބަރަކާތްތެރި ރަމަޟާން މަސް ފެށެން ގާތްވެފައިވާއިރު، އެ މާތް މަސްވަރަށް އެޗްޑީސީން އަންނަނީ ގިނަ ތަރައްޔާރީތަކެއް ވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި ރޯދައަށް ތައްޔާރުވުމުގެ ގޮތުން ދީނީ ގޮތުން ވާންޖެހޭ ތައްޔާރީތަކާއި، އިޖްތިމާއީ އެކި ކަންކަމަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނައިރު، އެ ސަރަހައްދުގެ ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށްޓަކާއި، އެ ސަރަހައްދުން އެސްޓީއޯ ފި...
އަޙްމަދު ވަހީދު
މި ފެށޭ ރޯދަ މަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުވައިގެން ހިދުމަތް ދޭނީ ހެނދުނު 9:30 އިން މެންދުރު 12:00 އާ ހަމައަށް ކަމަށް އެ ބޭންކުން ބުނެފިއެވެ. ބޭންކުން ބުނެފައިވާ ގޮތުގައި ރޯދަ މަހުގެ އިތުރުން ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަސް ނިމެންދެން ވެސް އެ ބޭންކުން ހިދުމަތް ދޭނީ މި ގަޑިތަކުގައެވެ. މިއީ ބޭންކު ހުޅުވާފައި ހުންނަ ގަޑިތަކެވެ. ނަމަވެސް މިހާރާ އެއްގޮތަށް ސެލްފް ސާވިސް އޭޓީއެމްތަކުން ފައިސާ ޖަމާކުރުމާއި […]
އަޙްމަދު ވަހީދު
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެ ކުންފުނީގެ މުވައްޒަފުންނަށް ރޯދަ އިނާޔަތުގެ އިތުރުން ހަދިޔާގެ ގޮތުގައި 2000 ރުފިޔާ ދޭން ނިންމައިފިއެވެ. އެ ކުންފުނިން ވަނީ މިއަދު އެކަން އަންގައި މުވައްޒަފުންނަށް ސާކިއުލާއެއް ފޮނުވާފައެވެ. މި ސާކިއުލާގައި ބުނެފައިވަނީ ރޯދަމަހު އެ ކުންފުނީގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަދިޔާގެ ގޮތުގައި ކޮންމެ މުސްލިމް މުވައްޒަފަކަށް 2000 ރުފިޔާ ދޭން ނިންމާފައިވާ ކަމަށެވެ. ގާނޫނުގައިވާ ގޮތުން ރޯދަ މަހު […]
އަޙްމަދު ވަހީދު
މިފްކޯގެ މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ގެންނަ ބޯޓެއް ރާއްޖެއައުމަށް ދަތުރު ފަށައިފިއެވެ. މިއީ އެ ކުންފުނީގެ މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ގެންނަ 4 ބޯޓުގެ ތެރެއިން، ފުރަތަމަ ބޯޓެވެ. މިފްކޯގެ ފްލީޓަށް އިތުރުކުރާ އައު ބޯޓު “ޖަޒީރާ 103” ރާއްޖެ އައުމަށް ފުރީ ކޮރެއާއިން ކަމަށާއި އެ ބޯޓު އަންނަ އޭޕްރިލް މަހުގެ 7 ވަނަ ދުވަހު ރާއްޖެ އާދެވޭނެކަމަށް މިފްކޯއިން ބުނެއެވެ. މިއީ ފަސޭހަކަމާއެކު ބޯޓްގެ ދެ ފަރާތުން ވެސް އެއްފަހަރާ މަސްކިރޭގޮތަށްދެ ކްރޭން ހަރުކޮށް […]
މުޙައްމަދު އަފްރާޙް
ޔަންމާ މެރިންގެ އައު އިންޖީނާއި ސްޕޯޓްސް ފިޝިންގ ބޯޓު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތައާރަފުކޮށްފިއެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގައި ޔަންމާ އިންޖީނު ތައާރަފުކޮށްދެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސެއިން މޫސާއެވެ. ފިޝިންގ ބޯޓު ތައާރަފުކޮށްދެއްވީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހްމަދު ސާލިހު އެވެ. ޔަންމާ މެރިން އިންޖީނާއި ގުޅޭގޮތުން އެމްޓީސީސީގެ ޓްރޭޑް ޑިވިޝަންގެ ސީނިއަރ މެނޭޖަރު އަހުމަދު ޖ...
މުޙައްމަދު އަފްރާޙް
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި “ރޯދަ މާޓު” ގެ ނަމުގައި އާ ފިހާރައެއް އެސްޓީއޯއިން ހުޅުވައިފިއެވެ. އެ ފިހާރަ ހުޅުވީ ދެވަނަ ފިޔަވަހީގެ ވިނަރެސް ނުވައެއްގައެވެ. ފިހާރަ ހުޅުވައި ދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ. އެ ފިހާރައިން ރީޓެއިލް އަދި ހޯލްސޭލްކޮށް ވެސް އެސްޓީއޯއިން އެތެރެ ކުރާ ކާބޯތަކެތީގެ ގިނަ ބާވަތްތައް ލިބޭނެއެވެ. ރޯދައާ ދިމާކޮށް އެ ފިހާރަ ހުޅުވި އިރު އެތަނުން ކަސްޓަމަރުންގެ އެންމެ […]
އަޙްމަދު ވަހީދު
ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ތިޖޫރީއަކުން މުވައްޒަފަކު ވައްކަން ކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ޚަބަރުތައް ފެތުރުމާއި ގުޅިގެން އެކޯޕަރޭޝަނުން އެކަން ކުށްވެރިކޮށްފިއެވެ. އެޗްޑީސީން މިކަމާއި ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާއްމު ފަރާތަކުން ކުލީގެ ގޮތުގައި ދެއްކި ފައިސާއަށް މުވައްޒަފަކު ރިސިޕްޓް ދިނުމަށްފަހު އެ ފައިސާ ރިކޮންސައިލް ނުކޮށް އަމިއްލަ ބޭނުމަށް ނެގިކަން ފާހަގަކުރެވުނު ހިސާބުން އެ މައްސަލަ ބަލާފައިވާ ކަމަށެވެ. އެ މުވައްޒަފުގެ އިއުތިރާފުވުމާއެކު މިހާރު...
އަޙްމަދު ވަހީދު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މުވައްޒަފުން މާލޭގެ 12 ސަރަހައްދެއް މިއަދު ސާފުކޮށްފިއެވެ. މާލޭ ސިޓީ ކައުންސިލާއި ޑައިވް ޑެސްކާ ގުޅިގެން މިއަދު ހެނދުނު 6:30 އިން ފެށިގެން 9:00 އަށް ހިންގި އެ ހަރަކާތުގައި އާޓިފިޝަލް ބީޗް، ކާނިވާ ސަރަހައްދު، އިންޑަސްޓްރިއަލް ޒޯން، ރަސްފަންނުގެ އިތުރުން ލޯކަލް މާކެޓު ސަރަހައްދުވެސް ހިމެނޭހެން އާންމު ތަންތަނާއި މޫދު ވަނީ ސާފުކޮށްފައެވެ. އަދި ލޯކަލް މާރުކޭޓުގެ ބޭރު ފާރުގައި ކުލަ ލާފައިވެއެވެ. މި ހަރަކާތުގައި ބޭންކުގެ 200 އެއްހާ […]
އަޙްމަދު ވަހީދު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް ޕާސަނަލް ފައިނޭންސިންއިން ރަހުނަކާ ނުލައި 1.2 މިލިއަން ރުފިޔާއާ ހަމައަށް ނަގުދު ފައިސާ ނުވަތަ މުދާ ނެގޭ ގޮތަށް ބަދަލުގެނެސްފިއެެވެ. ބީއެމްއެލް އިން ބުނި ގޮތުގައި މި ފެސިލިޓީ ދޫކުރާއިރު ފެސިލިޓީގެ ލިމިޓް ކަނޑައެޅުމުގައި އަމިއްލަ ފަރުދުންގެ މުސާރައިގެ އިތުރުން އެހެނިހެން އާމްދަނީވެސް ހިމެނޭނެއެވެ. އަދި އެ ބޭންކުގެ ކޮންމެ އެކައުންޓަކަށް އާމްދަނީ ދައުރުކޮށްފައިވާނަމަވެސް ފެސިލިޓީއަށް އެދި ހުށަހެޅޭނެއެވެ. މި ފެސިލިޓީ މެދުވެރިކޮށް ނަގުދު ފައިސާ ހޯދުމަށާއި...
އަޙްމަދު ވަހީދު
މިއަހަރުގެ ރަމަޟާންމަހާ ގުޅުވައިގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރެޝަން (އެޗްޑީސީ) އިން ހުޅުމާލޭ ރައްޔިތުންނަށް ޚާއްސަ އާއިލީ ހަވީރެއް ބާއްވަން ނިންމައިިފިއެވެ. އެ ކުންފުނިން ބުނީ ރަމަޟާން މަސް ފެށެން ގާތްވެފައިވާއިރު އެ ކުންފުނީގެ ފަރާތުން ބާއްވާ ޢާއިލީ ހަވީރަކީ ހުޅުމާލޭގެ ރައްޔިތުންނަށް ކުންފުނީގެ ފަރާތުން ދޭ މާހެފުމެއްގެ ގޮތުގައި ބާއްވާ ހަވީރެއް ކަމަށެވެ. ކުދިބޮޑު ހުރިހާ ރައްޔިތުންނަށް ވެސް ބައިވެރިވެވޭ ގޮތަށް މިއަދު ހަވީރު 4:00 އިން 6:00 އަށް ބާއްވާ މި ޢާއިލީ ހަވީރު ކުރިއަށް […]
އަޙްމަދު ވަހީދު
ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން ހޯލްސޭލްކޮށް ފިޔާ، އަލުވި އަދި ބިސް ވިއްކާ އަގު އިތުރަށް ހެޔޮކޮށްފިއެވެ. އެ ކުންފުނިން ބުނީ އިއްޔެއިން ފެށިގެން ފިޔާ، އަލުވި އަދި ބިސް ކޭހުގެ އަގުން ފަސް އިންސައްތަ ހެޔޮ ކޮށްފައިވާ ކަމަށެވެ. އެ ބަދަލާއެކު މިހާރު ފިޔާ ބަސްތާއެއް 160 ރުފިޔާއަށް، އަލުވި ބަސްތާއެއް 240 ރުފިޔާއަށް އަދި ބިސް ކޭހެއް 280 ރުފިޔާއަށް ލިބޭނެއެވެ. ކުރިން އެސްޓީއޯއިން ފިޔާ ބަސްތާއެއް ވިއްކީ 170 ރުފިޔާއަށެވެ. އަދި […]
އަޙްމަދު ވަހީދު
ރާއްޖޭގެ ވިޔަފާރިތަކަށް އީޖާދީ ޑިޖިޓަލް ހިދުމަތްތަކާއި ހައްލުތައް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން މައިކްރޮސޮފްޓާއެކު ޕާޓްނަޝިޕްއެއް ގާއިމްކޮށްފިއެވެ. މި ޕާޓްނަޝިޕް ގާއިމް ކޮށްފައިވަނީ އުރީދޫ ގްރޫޕުން ވިޔަފާރިތަކަށް ކްލައުޑް ބޭސްޑް ހައްލުތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. މި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް އުރީދޫގެ ގެ ޚިދުމަތާއެކު ބަންޑަލްކޮށްގެން ނުވަތަ ވަކިން މައިކްރޮސޮފްޓްގެ ޒަމާނީ ޓެކްނޮލޮޖީ އާއި ސޮފްޓްވެއާ ސޮލިއުޝަންތަކުގެ ބޭނުން ހިފ...
އަޙްމަދު ވަހީދު