އަންނަ މަހުން ފެށިގެން ކުނި ނެގުމުގެ ފީ ހިމެނޭނީ ކަރަންޓު ބިލުގައި
އަންނަ މަހުން ފެށިގެން ކުނި ނެގުމުގެ ފީ ކަރަންޓު ބިލުގައި ހިމަނަން އެންވަޔަރަމަންޓް މިނިސްޓްރީން ނިންމައިފިއެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މާލޭގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ފޯރުކޮށްދެމުންދާ ވެމްކޯ އަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތަށް ބައެއް ފަރާތްތަކުން ފައިސާ ނުދެއްކުން ކަމަށެވެ. ފައިސާ ނުދެއްކުމުގެ ސަބަބުން އެ ކުންފުނިން ކުނި އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ކުނި ޕްރޮސެސްކުރުމަށް ބޭނުންކުރާ އިކުއިޕްމެންޓުތައް އެކަށީގެންވާ ވަރަށް މަ...