ވައްކަން ހުއްޓުވަން އުޅުނު ސްޓެލްކޯގެ މުވައްޒަފަކަށް ރެންޗަކުން ހަމަލާދީފި
ހުޅުމާލެ ފޭސް ދެއެއްގައި ހުރި ކަރަންޓު ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވަން އުޅުނު ސްޓެލްކޯގެ މުވައްޒަފަކަށް ރެންޗަކުން ހަމަލާދީ ބޯފަޅާ ލައިފިއެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވަނީ މިކަން މިޑިއާތަކަށް ކަށަވަރުކޮށްދެއްވާފަ އެވެ. މިރޭ ހިނގި އެ ހާދިސާގައި އަނިޔާވި މުވައްޒަފަށް މިހާރު އަންނާނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި އެ މުވައްޒަފަށް ހަމާލާދިން ދެ މީހުން ކުރެއް އެކަކު މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. ޓްރާންސްފޯމަރަކުން ވައްކަން ކުރުމުގެ ސަބަބުނ...