އުރީދޫގެ ގޯލްޑަން ފުޓްސަލް ރަނުގެ ފުރުސަތުގެ ފުރަތަމަ ދެ ނަސީބުވެރިން ހޮވައިފި
ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ “ގޯލްޑަން ފުޓްސަލް ރަނުގެ ފުރުސަތު” ޕްރޮމޯޝަންގެ ފުރަތަމަ ދެ ނަސީބުވެރިން ވަނީ ހޮވިފައެވެ. މި ޕްރޮމޯޝަނަކީ ކޮންމެ ހަފުތާއަކު އަގުހުރި އިނާމެއް ލިބޭގޮތަށް ބާއްވާ ޚާއްޞަ ލަކީ ޑްރޯއެކެވެ. އުރީދޫ މޯލްޑިވްސްއިން ބުނެފައިވާ ގޮތުގައި، މި ލަކީ ޑްރޯގައި ބައިވެރިވެވޭނީ ހަމައެކަނި ރެހެންދި ޓާފުގައި ބަހައްޓާފައިވާ އުރީދޫ ޓެންޓުން އުރީދޫގެ ޚިދުމަތެއް އެކްޓިވޭޓް ކޮށްގެންނެވެ. ކަސްޓަމަރުންނަށް ޕޯ...