ކ. އެނބޫދޫފަޅު ހިއްކައިގެން ތަރައްގީ ކުރަމުން އަންނަ “ކްރޮސްރޯޑްސް މޯލްޑިވްސް” ގެ ތިންވަނަ ރަށުގައި 80 ކޮޓަރީގެ މަތީ ފަންތީގެ ރިސޯޓެއް ތަރައްގީކުރުމަށް އެ މަޝްރޫއު ކުރިއަށް ގެންދާ ތައިލެންޑުގެ ސިންގްހާ އެސްޓޭޓުން ނިންމައިފި އެވެ. މި ރިސޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް 2020 ވަނަ އަހަރު ފަށައި 2022 ވަނަ އަހަރު ގެސްޓުންނަށް ހުޅުވާލަން ނިންމާފައިވާ ކަމަށް އެސް ހޮޓެލްސްގެ ސީއީއޯ ޑާކް ޑީ ކިޔުޕާ ވިދާޅުވި އެވެ. އަދި ތިންވަނަ ރަށް ތަރައްގީ ކުރާނީ މަތީ […]
އަޙްމަދު މުޖުތަބާ
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިއްޔެ އާއްމުކުރި އޮކްޓޯބަރު މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު އެ އިދާރާ އަށް ޖުމްލަ 927.61 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މީރާއަށް ޖަމާކޮށްފައިވަނީ 1.03 ބިލިއަން ރުފިޔާ އެވެ. މިއީ މިއަހަރުގެ އޮކްޓޫބަރު މަހަށްވުރެ 10.1 އިންސައްތަ އިތުރު އަދަދެކެވެ. އެހެން ނަމަވެސް މިއީ މިއަހަރުގެ އޮކްޓޫބަރު މަހު މީރާއަށް ލިބޭނެ ކަމަށް އަންދާޒާކުރި މިންވަރަށްވުރެ 6.8 […]
އަޙްމަދު މުޖުތަބާ
ގެސްޓްހައުސް ޕްރޮމޯޓް ކުރުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށުގެ ޕެނަރޯމާ ފޮޓޯ ނަގަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން އިއްޔެ ވަނީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ބޭނުންވާ މީހުން ބިނާ ކުރަން ލިމްކޮކޮ ޔުނިވާސިޓީއާއެކު އެއްބަވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި 10 ކަމެއް ހިމެނޭއިރު މީހުން ދިރިއުޅޭ ހުރިހާ ރަށްރަށުގެ ހައި ރިޒޮލިއުޝަން ޕެނަރޯމާ ފޮޓޯ ނެގުން ހިމެނެ އެވެ. މީގެ އިތުރުން މީހުން ތަމްރީން ކުރުންވެސް ހިމެނެއެވެ. ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު […]
އަޙްމަދު މުޖުތަބާ
ޑޭޓާ އެލަވަންސްތަކާއި ހާއްސަ ފައިދާތަކަކާއެކު އުރީދޫއިން މުޅިން އާ ޑޭޓާ ޕްލޭންތަކެއް ތައާރަފުކޮށްފިއެވެ. އާ ޕެކޭޖުތަކުގެ ތެރޭގައި މަސަދުވަހުގެ، އެއް ހަފްތާގެ އަދި ޑެއިލީ ޕްލޭންތަކެއް ހިމެނެއެވެ. މަސްދުވަހުގެ ޕްލޭންތަކުގެ ތެރޭގައި 1 ޖީބީއިން ފެށިގެން ގޮސް 25 ޖީބީއާ ހަމައަށް، ތަފާތު ހަތް ޕެކޭޖެއް ހިމެނެއެވެ. ހަފްތާގެ ޕްލޭންގެ ގޮތުގައި 1.5 ޖީބީ އަދި 3 ޖީބީ ލިބޭ ދެ ޕްލޭނެއް ހިމެނޭ އިރު، ޑެއިލީ ޕްލޭންސްގައި ހިމެނެނީ 100 އެމްބީއިން ފެށިގެން ގޮސް 250 އެމްބީ […]
އިބްރާހިމް އަސްވާޤް
ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހުގެ ސަރުކާރުން ގުޅީފަޅުގައި ތަރައްޤީކުރުމަށް ނިންމާފައިވާ އައު ވިޔަފާރި ބަނދަރާއެކު ރާއްޖެ އެތެރެކުރާ މުދަލުގެ އަގު ހެޔޮވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު އިޔާދު ޙަމީދު ވިދާޅުވީ މިހާރު ބޭނުން ކުރަމުންދާ ބަނދަރުގެ މަގަތު ފާލަމަށް ގާތްކުރެވެނީ އެންމެ ބޮޑުވެގެން ވެސް 100 މީޓަރުގެ ބޯޓުފަހަރުކަމަށެވެ. މީގެ ސަބަބުން ބޮޑެތި ބޯޓުފަހަރު ފަޅުތެރޭގައި ބާއްވައިގެން ޓަގު ބޯޓަކަށް މުދާ ކޮންޓްޓެއިނާތައ...
އަޙްމަދު މުޖުތަބާ
އަންނަ 2020 ވަނަ އަހަރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން (ޖީޑީޕީ) ކުރިއަރާ ނިސްބަތް ހުންނާނީ 7.5 ޕަސެންޓްގައި ކަމަށް ސަރުކާރުން އަންދާޒާކޮށްފި އެވެ. މި އަހަރު ރާއްޖޭގެ ޖީޑީޕީގެ ކުރިއެރުން ހުންނާނީ 5.2 ޕަސެންޓްގައި ކަމަށް ފިނޭންސް މިނިސްޓްރީ އާއި ވޯލްޑް ބޭންކުން ވެސް ވަނީ ލަފާކޮށްފައިވާއިރު މިއީ، ކުރީގެ އަންދާޒާތަކަށް ވުރެ ދަށް އަދަދެކެވެ. ރާއްޖޭގެ ޓޫރިޒަމް ސިނާއަތު އޮތީ ދުޅަހެޔޮކަން މަތީގައި ކަމަށް ވުމާ އެކު، އެ ދާއިރާގެ ކުރިއެރުން އަންނަ އަހަރު 2.6 […]
ފާތިމަތު ސިނާޒާ
ނިމިގެންދިޔަ އޮކްޓޯބަރ މަހު އެންމެ ބޮޑު ސާވިސް ޗާޖު ދިނީ ޝެވަލް ބްލަންކް ރަންދެލި ރިސޯޓުންނެވެ. ރާއްޖޭގެ ރިސޯޓުތަކުން ކޮންމެ މަހަކު ދޭ ސާވިސް ޗާޖް އާންމުކުރާ ވެބްސައިޓް “މޯލްޑިވްސް ސާވިސް ޗާޖް”ގައި ބުނެފައިވާ ގޮތުގައި ރަންދެލި ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ބޮލަކަށް 1097 ޑޮލަރު (16،915.74 ރުފިޔާ) ވަނީ ބަހާފަ އެވެ. މިއީ ސެޕްޓެމްބަރ މަހާއި އަޅާ ބަލާއިރު 489.27 ޑޮލަރު ( 7544.54 ރުފިޔާ) އިތުރު އަދަދެކެވެ. ދެވަނަ އަށް އެންމެ ބޮޑު […]
ފާތިމަތު ސިނާޒާ
ޕޯސްޓް އަދި ކޫރިއަރ ސާވިސް މެދުވެރިކޮށް ގެންނަ ތަކެތީގެ ތެރެއިން ބަލައި ފާސްކުރާ ތަކެތީގައި، އެ ފާސްކުރިކަން އަންގައިދޭ ސްޓިކާއެއް ޖަހަން ކަސްޓަމްސްއިން ފަށަައިފިއެވެ. ކަސްޓަމްސްއިން މިދިޔަމަހު 31 ވަނަދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޕާރުސަލް ނުވަތަ ޕެކޭޖެއް ބަލައި ފާސްކުރާނީ ވެރި ފަރާތް ނުވަތަ ވެރި ފަރާތް ތަމްސީލުކުރާނެ ފަރާތެއް ނުވެއްޖެނަމަ، ލޯކަލް ކޫރިއަރ އޭޖެންޓެއްގެ ހާޒިރުގައި ކަމަށެވެ. އިއްޔެއިން ފެށިގެން އެ ސްޓިކާ ޖަހަން ފަށާނެ ކަމަށާއި އެ ސްޓިކާ ޖަހާނީ ޕާރުސަލް ބަލައި ފާސްކޮށް...
އިބްރާހިމް އަސްވާޤް
ރާއްޖެއަކީ މި ސަރަޙައްދުގެ އިސްލާމިކް ފައިނޭންސްގެ ހަބަކަށް ހެދުމަކީ ސަރުކާރުގެ ތަސައްވުރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ބަނޑޮސް މޯލްޑިވްސްގައި ފެށި ކެޕިޓަލް މާކެޓް ފޯރަމް ހުޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި މިހާރު ފުޅާވަމުން އަންނަ އިސްލާމިކް ބޭންކިން އާއި އިސްލާމިކް ފައިނޭންސްގެ ދާއިރާ އިތުރަށް ކުރިއެރުވޭނ...
އިބްރާހިމް އަސްވާޤް
މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމަށް އެސްޓީއޯ އިން މިފްކޯ އަށް މި އަހަރުގެ މިހާތަނަށް 150 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ. އެސްޓީއޯގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތަކާ އެކު މިދިޔަ ހޯމަ ދުވަހު ނެރެފައިވާ ބަޔާނެއްގަ މިކަން ވަނީ ހާމަކޮށްފައެވެ. މިފްކޯ މިހާރު ހިންގަމުން އަންނަނީ ސަރުކާރުގެ މައި ވިޔަފާރި ކުންފުނި ކަމަށްވާ އެސްޓީއޯގެ ބައެއްގެ ގޮތުގަ އެވެ. ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގަމުން ގެންދިޔަ މިފްކޯ އެސްޓީއޯގެ ދަށަށް ބަދަލުކުރަން ސެޕްޓެމްބަރު […]
އިބްރާހިމް އަސްވާޤް
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 15.8 ޕަސެންޓް އިތުރުވެ، ޓޫރިސްޓުންގެ އަދަދު 1.25 މިލިއަނަށް އަރައިފި އެވެ. ނިމިގެން ދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 1.25 މިލިއަން ޓޫރިސްޓުން ރާއްޖެ އައިސްފައި ވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ އެއް މިލިއަން ޓޫރިސްޓުންނެވެ.މީގެ އިތުރުން މި އަހަރުގެ ސެޕްޓެމްބަރު މަހު އެކަނިވެސް 117،619 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު ނިމިގެން ދިޔަ 2018 ވަނަ […]
ފާތިމަތު ސިނާޒާ
ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތް ހިލޭ ގުޅައިދޭ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ދިރާގުން މިއަދު ފަށައިފި އެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްތައް ދެމުން އަންނަ ދިރާގުން ބުނި ގޮތުގައި، މި ޕްރޮމޯޝަނުގެ ދަށުން ގެ އަށް ފައިބަ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ރައުޓަރު ވެސް ހިލޭ ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ނިޔަލަށެވެ. https://twitter.com/dhiraagu/status/1188772217582080000?s=21 އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު ފައިބަ ބްރޯޑްބޭންޑް އިންޓަނެ...
އިބްރާހިމް އަސްވާޤް
ދިވެހި ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި މާދަމާ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަންދުވާނެކަމަށް އެފަރާތުން އަންގައިފިއެވެ. އެފަރާތުން މިހެން އަންގަފައިވަނީ ކަސްޓަމަރުންގެ ސަމާލުކަމަށް ނެރެފައިވާ އިޢުލާނެއްގައެވެ. ⚠️ ކަސްޓަމަރުންގެ ސަމާލުކަމަށް! pic.twitter.com/WC0CD1I0fA — STO Home Improvement (@STO_HomeImp) October 28, 2019 އަދި މި އިއުލާނުގައި ދިމާވެދާނެ ދަތި ތަކަށް ކަސްޓަމަރުންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދޭ ކަމަށާއި ދެން ވިޔަފާރި ހުޅުވޭނީ 30 އޮކްޓޯބަރ2019 ވާ ބުދަ ދުވަހުގެ ހެނދުނު...
ފާތިމަތު ސިނާޒާ
ބަހްރެއިންގެ ގައުމީ އެއާލައިނުން ހަފްތާ އަކު ފަސް ހަފްތާ އަކު ފަސް ފްލައިޓާ އެކު ގަލްފް އެއާގެ ދަތުރުތައް މިއަދު މާލެ އަށް ފަށައިފި އެވެ. މިއަދު ހެނދުނު 6:25 ގައި ގަލްފް އެއާގެ ފުރަތަމަ ފްލައިޓް ޖެއްސުމަށް ފަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިޓަށް މަރުހަބާ ކިއުމުގެ ގޮތުން އެއާޕޯޓުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގެ ގަލްފް އެއާގެ ފްލައިޓް ކުރޫންނާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިސްވެރިން ވަނީ […]
އިބްރާހިމް އަސްވާޤް
ޒުވާން ވިޔަފާރިވެރިން ގިނަ މިޒަމާނުގައި އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކުން ވަރަށް ގިނަ ކަންކަމާއި ވިސްނާނެއެވެ. ހާއްސަކޮށް ފަށާނެ ވިޔަފާރިއަކާއި ވިޔަފާރި ހިންގާނީ ކޮންތާކުތޯ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެއެވެ. އެންމެ އަވަހަށް، އެންމެ ފަސޭހައިން ވިޔަފާރި ފެށޭނީ ކޮންތާކުތޯވެސް ވިސްނަން ޖެހެއެވެ. ނިއުޒިލޭންޑަކީ އެންމެ ފަސޭހައިން ވިޔަފާރިއެއް ފެށޭނެ ގައުމެވެ. ނިއުޒިލޭންޑުގައި ވިޔަފާރިއެއް ފެށުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް ބޭނުންވަނީ ދުވާލެއްގެ މަދު ގަޑިއިރުކޮޅެކެވެ. ވޯލްޑް ބޭންކ...
އަޙްމަދު މުޖުތަބާ