ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެޕިޓަލް މާކެޓް ފޯރަމެއް ބާއްވަން ނިންމައިފިއެވެ. ސީއެމްޑީއޭއާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންގް ގުޅިގެން ކެޕިޓަލް މާކެޓް ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓުގައިކަމަށް ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭއިން ބުނެއެވެ. މިފޯރަމްއަކީ ޙިއްސާގެ ބާޒާރާއި ގުޅޭ ގޮތުން މިހާ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ފޯރަމްގައި ދާއިރާއާއި ގުޅުންހުރި ދަޢުލަތުގެ މުއައްސަސާތަކުގެ އެންމެ އިސްވެރިން ބަރިވ...
އިބްރާހިމް އަސްވާޤް
ގާރޑިއަންސް އޮފް ދަ ހޮރައިޒަން އަކީ މިހާރު މާލޭގައި މަޝްހޫރު ވަމުންއަންނަ ފަތަން ދަސްކޮށްދޭ ބައެކެވެ. ގާރޑިއަންސް އޮފް ދަ ހޮރައިޒަންގެ ފަރާތުން އެއްގޮތަކަށްވެސް ފަތަން ނޭގޭ ކުދިންނަށް އަވަސް މުއްދަތެއްގެ ތެރޭގައި ފަތަން ދަސްކޮށްދިނުމަށްފަހު ސެޓިފިކެޓްދެއެވެ.މީގެ އިތުރުން ފަތަންދަސްކޮށްދިނުމުގެ ޤާބިލުކަމާއި ހުނަރުވެރިކަން ކޯޗުންގެ އެހީގައި މޫދު ދެކެ ބިރުގަންނަ، ކުދިން މޫދަށް ހާނުވައިގެން ބިރު ކަނޑުވައިދީ، ފަތަންނޭގޭ ބިރުގަންނަ ކުދިންނަށް ފުރަތަމަ ދަސްކޮށްދޭނީ ތިލަ، ފައިޖެހޭ ސަރަހައްދުގައި ކަމަށް...
ފާތިމަތު ސިނާޒާ
ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން އެސްޓީއޯއަށް ދިން ނ. އެކުޅިވަރު ތަރައްގީކުރާނެ ބަޔަކު ހޯދުމަށް ހުޅުވާލައިފިއެވެ. އެސްޓީއޯއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް “އެކްސްޕްރެޝަން އޮފް އިންޓްރެސްޓް” (އީއޯއައި) މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށާއި އެ ފުރުސަތު މިއަންނަ މަހުގެ ހައެއްގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އެސްޓީއޯއިން ބުނީ އީއޯއައި އަށް ބޭނުންވާ ކަންތައްތައް ޓާމްސް އޮފް ރެފަރެންސް (ޓީއޯއާރު) ގައި...
އިބްރާހިމް އަސްވާޤް
ރާއްޖޭގެ ބާޒާރުން ފިޔާ ހުސްވެ، ފިޔާގެ އަގު އާދަޔާ ހިލާފަށް އުފުލިފައިވާ މިދަނޑިވަޅުގައި އެސްޓީއޯ އިން ފިޔާ ކިލޯއެއް 30 ރުފިޔާއަށް ވިއްކަން ފަށައިފިއެވެ. ދަތިކަމެއްނެތި ރާއްޖޭގެ ބާޒާރުން ފިޔާ ލިބެންދެން އެސްޓީއޯއިން ފިޔާ ލިބޭނެ ކަމަށާއި އެކަމަކު ވިއްކާނީ ލިމިޓް ކޮށްގެން ކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ. އެގޮތުން އެސްޓީއޯ ސުޕަމާޓުން ކޮންމެ މީހަކަށް ވިއްކަނީ އެއް ކިލޯގެ ފިޔަލެވެ. މިވަގުތު ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު އުޅެނީ 50 ރުފިޔާއަށެވެ. ނަމަވެސް ބައެއް ކުދި […]
އަޙްމަދު މުޖުތަބާ
މި ސަރަހައްދުގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު އާންމުކުރާ “ސައުތް އޭޝިއާ އިކޮނޮމިކް ފޯކަސް ރިޕޯޓް” ގައި ކުރިން އަންދާޒާކޮށްފައި ވަރަށް ވެސް ރާއްޖޭގެ އިގްތިސާދު މި އަހަރު ކުރި ނާރާނެ ކަމަށް ދައްކައިފި އެވެ. އެ ރިޕޯޓްގެ އެންމެ ފަހުގެ އަދަދު އިއްޔެ އާއްމުކޮށްފައިވާއިރު، ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) މިދިޔަ އަހަރު ކުރިއަރާފައި ވަނީ 6.7 ޕަސެންޓްގަ އެވެ. އެހެން ނަމަވެސް، މި އަހަރު އިގްތިސާދީ […]
ފާތިމަތު ސިނާޒާ
އިންޑިޔާއަށް ކުރި ވިއްސާރާގައި ދަނޑުތައް ހަލާކުވެ އިމްޕޯޓު ކުރުމުގައި ދަތިތަކެއް ކުރިމަތިވެ ރާއްޖޭގެ ފިޔާގެ އަގު އަތްނުފޯރާ ވަރަށް އުފުލިއްޖެއެވެ. ފިޔާ ބަސްތާއެއް މާލެއިން 800 އާއި 900ރ. އާ ދެމެދު ހުރިއިރު ރާއްޖެތެރެއަށް ފިޔާ ގެނެސްގެން ވިއްކާ އަގު ވަރަށް ބޮޑަށް ވަނީ އުފުލިފައެވެ. ފިޔާ ކިލޯއެއް ފަންސާސް ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައިވާއިރު ބާޒާރުން ފިޔާ ހުސްވުމާ ގާތަށް ވަނީ އައިސްފައެވެ. ނަމަވެސް ސަރުކާރުން ބުނަނީ އިންޑިޔާއިން ރާއްޖެއަށް ފިޔާ ގެނައުމުގައި ދައްޗެއް ނޫޅޭނެ ކަމަށެވެ. އިންޑިޔާއިނ...
އިބްރާހިމް އަސްވާޤް
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ވިޔަފާރިތަކުގެ ސަރވޭ އެއް ކުރަން އިކޮނޮމިކް މިނިސްޓްރީ އާއި ރިޔަން ޕްރައިވެޓް ލިމިޓެޑާއި ދެމެދު، ރާއްޖޭގައި ހިންގާ ވިޔަފާރިއާ ބެހޭ ސާވޭ ނުވަތަ އެންޓަޕްރައިސް ސާވޭއެއް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އިނިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިމަހު ފެށުމަށް ހަމަޖެހިފައިވާ މިސާރވޭ ހަތަރު ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާނެ އެވެ. ރާއްޖޭގެ ދެކުނާއި އުތުރުގެ ރަށްތަކުގައި ކުރުމަށް ހަމަޖެހިފައިވާ މި ސާވޭ ކުރާނީ މާލެ އާއި […]
އިބްރާހިމް އަސްވާޤް
އުރީދޫ މޯލްޑިވްސް އިން ކްރޭޒީ ރޭސްގެ ނަމުގައި ވަރަށް ފޯރިގަދަ އެސްއެމްއެސް މުބާރާތެއް އިއްޔެ ތައާރަފްކޮށްފި އެވެ. މި މުބާރާތުގެ ބައިވެރިންނަށް ލިބިގެންދާ އިނާމުތަކުގެ ތެރޭގައި ސެމްސަންގް ބަޑްސް، އެޕަލް އެއާޕޮޑް، ގެލެކްސީ ވޮޗް، އެޕަލް ވޮޗް، ސެމްސަންގް ގެލެކްސީ އެސް 10 އަދި ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި ޖެޓްސްކީ އެއްވެސް ހިމެނެ އެވެ. ކްރޭޒީ ރޭސްގެ ކުޅުންތެރިންގެ އަމާޒަކީ، އަހާލެވޭ ތަފާތު ސުވާލުތަކަށް ވީހާ ވެސް އަވަހަކަށް ޖަވާބު ރަނގަޅުކޮށް، ކުއިޒުން އެންމެ ގިނަ ޕޮއިންޓް ހޯދުމެވެ. […]
އިބްރާހިމް އަސްވާޤް
އެމްޓީޓީސީގެ މަސައްކަތުގެ ދުވެލި މެކުހަށްޖަހައި، ތައިލެންޑްގެ ހޮސްޕިޓާލިޓީ ކުންފުނި، ސެންޓާރާ އިން ރިސޯޓު ހެދުމަށް މާލެ އަތޮޅުން ކުއްޔަށް ނަގާފައިވާ ފަޅެއް ހިއްކުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ހުންނަ ސެންޓާރާގެ ހެޑް އޮފީހުގަ އެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ހަސަން ޝާހު އެވެ. ސެންޓާރާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ތިރާޔުތް ޗިރަ...
ޔުމްނާ ޢަލީ
މީގެ ކުރިން އޭޖެންޓުން ނުވަތަ ތާޑް ޕާޓީ އެޕްލިކޭޝަނެއް ބޭނުންކޮށްގެން، ޑިޖިޓަލް ވޮލެޓުގެ ގޮތުގައި ބޭނުންކުރާ ދިރާގު ޕޭ އަށް ފައިސާ ޖަމާކުރަން ޖެހުނު ނަމަވެސް މިހާރު ދިރާގު ޕޭ އެޕްލިކޭޝަނާއި ދިރާގު ވެބްސައިޓް މެދުވެރިކޮށް ފައިސާ ޖަމާ ކުރެވޭނެ އެވެ. “މިއީ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ފައިސާގެ މުއާމަލާތް ކުރުމުގެ ފުރުސަތު ދިނުމުގެ ބޭނުމުގައި ގެނައި ބަދަލެއް، ފަސޭހަ އިން ފައިސާ ޖަމާކުރެވުމުގެ އިތުރުން އިތުރު ފީޗާތައް ވެސް ދިރާގު ޕޭ އެޕަށް ގެނެސްފައިވާނެ. އެގޮތުން […]
އިބްރާހިމް އަސްވާޤް
7 އޮކްޓޯބަރ އިން މިމަހުގެ 11 އަށް ފާހަގަކުރަމުން އަންނަ ދުނިޔޭގެ ކަސްޓަމާ ސާވިސް ހަފްތާއާ ގުޅުވައިގެން “ހިނިތުންވުމާއެކު” ގެ ނަމުގައި އެމްޓީސީސީ އިން ކެމްޕެއިނެއް ފަށައިފި އެވެ. މިއަދު “ހިނިތުންވުމާއެކު” ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ އެމްޓީސީސީ އަކީ ގިނަ ސިނާއަތްތަކެއްގައި ރައްޔިތުންނާއެކު ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަސައްކަތް ކުރާ ކުންފުންޏެއް ކަމަށާއި، ކުންފުނިންދޭ ހިދުމަތްތައް މިހާރަށްވުރެ ރަނގަޅުކޮށް ކަސްޓަމަރުންނާ...
ފާތިމަތު ސިނާޒާ
ރާއްޖެ އަށް “ހަލާލު ޓޫރިޒަމް” ތައާރަފްކުރުމަށްޓަކައި ހަދަންޖެހޭ ގާނޫނުތައް ހަދައި އަންނަ އަހަރުގެ ތެރޭގައި ހަލާލް ޓޫރިޒަަށް ހާއްސަކޮށް ރިސޯޓް ތަރައްގީކުރުމަށް ރަށް ދޫކުރަން ނިންމާފައިވާކަމަށް ސަރުކާރުން މިދިޔަ ހަފްތާގައި އާއްމުކޮށްފައިވާ ފަސް އަހަރުގެ އެކްޝަން ޕްލޭންގައި ހިމަނައިފިއެވެ. ފަސް އަހަރުގެ އެކްޝަން ޕްލޭންގައިވާ ގޮތުން، ހަލާލް ޓޫރިޒަމް ރާއްޖެ އަށް ތައާރަފް ކުރުމުގެ ގޮތުން، އެކަމާ ގުޅުން ހުރި ގާނޫނުތަކާއި ގަވާއިދުތައް އަންނަ އަހަރުގެ ތެރޭގައި އެކުލަވާލާނެ ކަމަށާއި އެ މަސައްކަތް ކުރުމަށް...
އިބްރާހިމް އަސްވާޤް
ޓީޗަރުންނަށް ހާއްސަ “އޭ ޕްލަސް” އޮފާއެއް ދިރާގުން ތައާރަފު ކޮށްފިއެވެ. މިއީ ޓީޗަރުންގެ ދުވަހާއި ގުޅިގެން އެ ކުންފުނިން ތައާރަފްކުރި އޮފާ އެކެވެ. ދިރާގުން ތައާރަފްކޮށްފައިވާ “އޭ+” އޮފާގެ ދަށުން ގިނަ ހިދުމަތްތަކެއް ލިބެ އެވެ. އޭގެ ތެރޭގައި: އަލަށް ގުޅާ ފައިބާ ބްރޯޑްބޭންޑް ކަނެކްޝަން ހިލޭ ގުޅައިދިނުން ޕޯސްޓްޕެއިޑް 350 ޕްކޭޖުން މަތީގެ ޕެކޭޖުތައް ގެންގުޅޭ ފަރާތްތަކަށް ތިން މަސްދުވަސް ވަންދެން 2 ޖީބީއާ ހަމަ އަށް ހިލޭ ޑޭޓާ ދިރާގުން ގަންނަ ސެމްސަންގް، ވާވޭ […]
އިބްރާހިމް އަސްވާޤް
ރާއްޖޭގެ ދަނޑުވެރިން ހައްދާ ތަކެތި އެސްޓީއޯ އިން ރިސޯޓްތަކަށް ވިއްކައިދޭން ނިންމައފިއެވެ. ކްރޮސްރޯޑް މޯލްޑިވްސް- އެނބޫދޫ ފަޅުގައި މިހާރު ކުރިއަށް ގެންދާ “މޯލްޑިވްސް ޓޫރިޒަމް ކޮންފަރެންސު” ގައި އެސްޓީއޯ އިން ވަނީ އެ ކުންފުނިން ދިވެހި ދަނޑުވެރިކަަން ކުރިއަރުވަން ހާއްސަކޮށް އެ ކުންފުނީގެ މަޝްރޫއުގެ މައުލޫމާތު ދީފަ އެވެ. އެމްޑީ ވިދާޅުވި ގޮތުގައި އެ ކުންފުނިން އަލަށް ފަށަން ތައްޔާރުވާ މަސައްކަތްތަކީ ދަނޑުވެރިކަމަށް އެހީތެރިވެ ދިނުން ކަމަށެވެ. މި މަސައްކަތުގެ ދަށުން ދަނޑުވެރިކަމުގެ ސާމާނު އެ ކުންފުނިނ...
އިބްރާހިމް އަސްވާޤް
ނިމިގެންދިޔަ މަސްތަކާއި އަޅާބަލާއިރު ސެޕްޓެމްބަރ މަހަކީ މިއަހަރުގެ އެންމެ މަދުން ސާވިސް ޗާޖު ލިބުނު މަހެވެ. އެންމެ ބޮޑު ސާވިސް ޗާޖެއްދީފައިވަނީ ވޮއްމުލި އައިލެންޑް ރިސޯޓުންކަން ރާއްޖޭގެ ރިސޯޓުތަކުން ކޮންމެ މަހަކު ދޭ ސާވިސް ޗާޖް އާންމުކުރާ ވެބްސައިޓް “މޯލްޑިވްސް ސާވިސް ޗާޖް”ގައި ބުނެފައިވެއެވެ. ގޮތުން ވޮއްމުލިން ވަނީ ސާވިސް ޗާޖުގެ ގޮތުގައި ބޮލަކަށް 621.93 ޑޮލަރު (9,590.16ރުފިޔާ) ދީފައެވެ. މިއީ އޮގަސްޓު މަހާ އަޅާ ބަލާއިރު 189.93 ޑޮލަރު (12518.88 ރުފިޔާ) ގެ ދަށް އަދަދެކެވެ. […]
ފާތިމަތު ސިނާޒާ