މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 235 ވަނަ ޞަފްޙާ

ހިޔާ ފްލެޓުތަކުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި

ހިޔާ ފްލެޓުތަކުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމް ކޮށްފައިވާ 7000 ހައުސިން ޔުނިޓުތަކުގެ ފެނާއި ނަރުދަމާގެ މަސައްކަތް މޯލްޑިވްސް ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ނިންމާލައިފިއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެމްޑަބްލިއުއެސްސީއާ ހަވާލު ކުރި މި ޕްރޮޖެންޓު އެ ކުންފުނިން ނިންމާފައިވަނީ ތާވަލު ކުރި މުއްދަތަށް ވުރެ އަވަހަށެވެ. މި މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީން ވަނީ 16 ޓަވަރަށް ފެނާއި ނަރުދަމާގެ ހިދުމަތް ދޭން ބޭނުންވާ 3.7 ކިލޯމީޓަރުގެ ފެނުގެ މައި […]

އަޙްމަދު ވަހީދު
އެންމެ ފަސް ދުވަހުން ގުރައިދޫގެ ކުނި ފުނިތައް ހުސްކޮށްލައިފި

އެންމެ ފަސް ދުވަހުން ގުރައިދޫގެ ކުނި ފުނިތައް ހުސްކޮށްލައިފި

އެންނެ ފަސް ދުވަހުގެ ތެރޭގައި ކ. ގުރައިދޫގައި ގިނަ ވެފައި ހުރި ކުނިތައް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނަގައި ހުސްކޮށްލައިފިއެވެ. އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ މި ޕްރޮޖެކްޓުގެ ދަށުން ގުރައިދޫން 1200 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ. އަދި މިއާއެކު މިހާރު އެ ރަށުގެ ކުނި ކޮށި ހުރިސަރަހައްދު އެއްކޮށް ސާފުކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. ރައީސް އޮފީހުގެ އިސްނެންގެވުމުގެ މަތިން ފެށި ޕްރޮޖެކްޓުގެ ދަށުން ކުނި ނެގުމުގެ […]

އަޙްމަދު ވަހީދު
ކޮންމެ މަހަކު ކަރަންޓު ބިލަށް އެއްވަރެއް ދެއްކޭގޮތް ހަދައިފި

ކޮންމެ މަހަކު ކަރަންޓު ބިލަށް އެއްވަރެއް ދެއްކޭގޮތް ހަދައިފި

ކޮންމެ މަހަކު ކަރަންޓު ބިލަށް އެއްވަރެއް ދެއްކޭ ގޮތަށް “އީކުއަލް ޕޭމެންޓް ސިސްޓަމް” ޕްލޭނެއް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު ތައާރަފުކޮށްފިއެވެ. މި ޕްލޭން ތައާރަފުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމައި އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، މި ޕްލޭނާ އެކު ކަސްޓަމަރުންނަށް ކޮންމެ މަހެއްގައި ކަރަންޓަށް ހޭދަކުރަން ބޭނުންވާ ވަރު ބަޖެޓު ކުރެވޭނެ ކަމަށެވެ. މި ޕްލޭން ތައާރަފުކުރީ މިދިޔަ ދެ އަހަރުގެ ކަސްޓަމަރުން ކަރަންޓު...

އަޙްމަދު ވަހީދު
ޓިވެޓުން ކިޔަވާ 50 ދަރިވަރަކަށް އެސްޓީއޯއިން ތަމްރީން ދެނީ

ޓިވެޓުން ކިޔަވާ 50 ދަރިވަރަކަށް އެސްޓީއޯއިން ތަމްރީން ދެނީ

ޓެކްނިކަލް އެންޑް ވޮކޭޝަން އެޑިއުކޭޝަން އެންޑް ޓްރޭނިން އޮތޯރިޓީ (ޓިވެޓް އޮތޯރިޓީ) ގައި ކިޔަވާ 50 ދަރިވަރަކަށް އެސްޓީއޯއިން ތަމްރީން ހޯދުމުގެ ފުރުސަތު ދޭން އެއްބަސްވެއްޖެއެވެ. ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ޓިވެޓް އޮތޯރިޓީއާ ދެމެދު މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަދުއެވެ. އެގޮތުން މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރު މަރިޔަމް ނުޒްލާއެވެ. ޓިވެޓްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު އާމިނަތު އާސްރާއެވެ. އެސްޓީއޯއިން ބުނީ މި އެއްބަސްވުމުގެ...

އަޙްމަދު ވަހީދު
އުރީދޫގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހުގެ 2 ވަނަ ދުވަހު

އުރީދޫގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހުގެ 2 ވަނަ ދުވަހު

އުރީދޫ މޯލްޑިވްސްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ދެވަނަ ދުވަހު ބާއްވަން ތާވަލު ކޮށްފިއެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މި ޖަލްސާ އޮންނާނީ އެ ދުވަހުގެ ރޭ 8:30 ގައި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.އެސް.ޑީ) ގެ އޮންލައިން ޖެނެރަލް މީޓިންގ މެނޭޖްމަންޓް ސިސްޓަމް ކަމުގައިވާ “ފަހިވޯޓު” މެދުވެރިކޮށް ކަމަށެވެ. މިއަހަރު ބާއްވާ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 28ވަނަ ދުވަހުގެ ރޭގަނޑު […]

އަޙްމަދު ވަހީދު
އިންޑިއާގެ ވިސްތާރާގެ ދަތުރުތައް އަންނަ މަހު ރާއްޖެއަށް ފަށަނީ

އިންޑިއާގެ ވިސްތާރާގެ ދަތުރުތައް އަންނަ މަހު ރާއްޖެއަށް ފަށަނީ

އިންޑިއާގެ ވިސްތާރާ އެއާލައިންގެ ދަތުރުތައް އަންނަ މަހު ރާއްޖެއަށް ފަށަން ތައްޔާރުވެއްޖެއެވެ. އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާގޮތުގައި މި ދަތުރުތައް ފަށާނީ އަންނަ މަހުގެ ތިންވަނަ ދުވަހުން ފެށިގެންނެވެ. އަދި އެ އެއާލައިންގެ އޭ320 ނިއޯ އެއާކްރާފްޓް ރާއްޖެއަށް ހަފުތާއަކު ތިން ދުވަހު ދަތުރު ކުރާނެ ކަމަށްވެސް އެ ނޫސްތަކުގަިއ ވަނީ ރިޕޯޓް ކޮށްފައެވެ. ވިސްތާރާއިން މިހާރު ވަނީ ރާއްޖޭގެ ދަތުރުތަކަށް އޮންލައިންކޮށް ޓިކެޓް ގަނެވޭނެ އިންތިޒާމްތައް ވެސް ހަމަޖައްސައިފައެވެ. އެގޮތުން ރާއްޖެއިން މުމްބާއީއަށް ދ...

އަޙްމަދު ވަހީދު
ސްޓެލްކޯގެ "ރަށް ފެހި" ޕްރޮގްރާމް މިއަހަރުވެސް ކުރިއަށް

ސްޓެލްކޯގެ "ރަށް ފެހި" ޕްރޮގްރާމް މިއަހަރުވެސް ކުރިއަށް

ރާއްޖޭގެ ރަށްތަށް ފެހި ކުރުމަށް ސަރުކާރުން ފެށި “ރަށް ފެހި” ޕްރޮގްރާމު މި އަހަރުވެސް ސްޓެލްކޯއިން ކުރިއަށްގެންދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. ސްޓެލްކޯއިން ވަނީ 2019ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ކޮންމެ އަހަރަކު މި ޕްރޮގްރާމުގެ ދަށުން އެ ކުންފުނީގެ އޮފީސްތައް ހުންނަ ރަށްރަށުގައި ގަސްތައް އިންދާފައެވެ. އެގޮތުން 2019ވަނަ އަހަރު 2000 ގަސް އިންދާފައިވާއިރު މިދިޔަ އަހަރު 3000 ގަސް ވަނީ އިންދާފައެވެ. އެ ކުންފުނިން މިއަހަރު އަމާޒު ހިފާފައިވަނީ 5000 ގަސް އިންދުމަށެވެ. […]

އަޙްމަދު ވަހީދު
ތަކަންދޫގެ ފެނަކަ އާ އޮފީސް އިމާރާތް ކުރަން ބަޔަކު ހޯދަން އަލުން ޢިއުލާންކޮށްފި

ތަކަންދޫގެ ފެނަކަ އާ އޮފީސް އިމާރާތް ކުރަން ބަޔަކު ހޯދަން އަލުން ޢިއުލާންކޮށްފި

ހއ. ތަކަންދޫގެ ފެނަކަ އާ އޮފީސް އިމާރާތް ކުރާނެ ބަޔަކު ހޯދަން ދެވަނަ ފަހަރަށް އިއުލާން ކޮށްފިއެވެ. ފެނަކަ ކޯޕަރޭޝަނުން ނެރުނު އިއުލާނުގައި ބުނީ އެ ކުންފުނިން ހޯދަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މައުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތި ބޭނުންކޮށްގެން މަސައްކަތް ކޮށްދޭނެ ފަރާތެއް ކަމަށެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 14 އިން 16 އަށް ފެނަކަ އޮފީހަށް ގޮސް ރަޖިސްޓްރީވާން ޖެހޭނެއެވެ. މި ޕްރޮޖެކްޓާ ގުޅޭ އަންދާސީ […]

އަޙްމަދު ވަހީދު
އުރީދޫ އެކްސްޕީރިއެންސް ސެންޓަރުތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލެއް

އުރީދޫ އެކްސްޕީރިއެންސް ސެންޓަރުތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލެއް

ކޮވިޑް-19ގެ ތިންވަނަ ރާޅާއެކު އުރީދޫ އެކްސްޕީރިއެންސް ސެންޓަރުތައް ހުޅުވާ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ. އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ މިއަދުން ފެށިގެން އެކްސްޕީރިއެންސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން 12:00 އަށް އަދި މެންދުރު 2:00 އިން ހަވީރު 4:00 އަށް ކަމަށެވެ. އުރީދޫ އިން މި ބަދަލުތައް ގެނައީ ކޮވިޑް-19 ތިންވަނަ ފަހަރަށް ފެތުރެން ފެށުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެންނެވެ. އަދި މިއީ […]

އަޙްމަދު ވަހީދު
މިރޭ މާފަންނުގެ ބައެއް ގެތަކުން ފެނުގެ ހިދުމަތް މެދުކެނޑޭނެ

މިރޭ މާފަންނުގެ ބައެއް ގެތަކުން ފެނުގެ ހިދުމަތް މެދުކެނޑޭނެ

މިރޭ  11:00ން ދަންވަރު 2:00އަށް  މާފަންނުގެ ވަކި ހިސާބަކުން ފެނުގެ ހިދުމަތް ކެނޑޭނެކަމަށް މޯލްޑީވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ. އެ ކުންފުނިން މިރޭ ކުރި އިއުލާނެއްގައި ބުނީ ފެނުގެ ހިދުމަތް މެދުކެނޑޭނީ ފްލޫނިޔާ ގޯޅީގައި ހިމެނޭ ހުރިހާ ގެތަކާއި ހަވީރީ ހިނގުމާއި ފްލޫނިޔާ މަގާ ދެމެދުން، ޝަހީދު އަލީ ހިނގުމުގައި ހިމެނޭ ހުރިހާ ގެތަކަކުން ކަމަށެވެ. ެފެނުގެ ހިދުމަތް މެދުކަނޑާލަނީ މާލޭގެ “ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓު”ގެ ދަށުން ޝަހީދު އަލީ ހިނގުމުގައި ކުރިން […]

އަޙްމަދު ވަހީދު
ގިނަވެފައި ހުރި ކުނި ނައްތާލަން ވެމްކޯއިން ގުރައިދޫއަށާއި ފުވައްމުލަކަށް

ގިނަވެފައި ހުރި ކުނި ނައްތާލަން ވެމްކޯއިން ގުރައިދޫއަށާއި ފުވައްމުލަކަށް

ރަށްރަށުގައި ހުރި ކުނި ނައްތާލަން ހިންގާ ޕްރޮގްރާމުގެ ދަށުން ވެމްކޯއިން ކ. ގުރައިދޫގައިވެސް މަސައްކަތް ފަށައިފިއެވެ. ރައީސް އޮފީހުގެ އިސްނެންގެވުމުގެ މަތިން ފެށި ޕްރޮޖެކްޓުގެ ދަށުން ކުނި ނެގުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ ހދ. ކުޅުދުއްފުށީގައެވެ. އެ ރަށުންމިހާތަނަށް 400 ޓަނުގެ ކުނި ސާފު ކުރެވިފައިވާ ކަމަށް ވެމްކޯއިން މައުލޫމާތު ދެއެވެ. މި މަސައްކަތް އިތުރަށް ހަލުވި ކަމާއެކު ކުރިއަށްގެންދިއުމަށް އިތުރު މެޝިނަރީސްވެސް މިހާރު މަާލެއިން ފޮނުވާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި ޕްރ...

އަޙްމަދު ވަހީދު
ފައިސާ ދައްކާފައިވާކަން ޔަގީންކުރުމަށް، ތާރޑް ޕާޓީ ވެބްސައިޓުތަކަށް ޒާތީ މައުލޫމާތު ނުދިނުމަށް އެދެފި

ފައިސާ ދައްކާފައިވާކަން ޔަގީންކުރުމަށް، ތާރޑް ޕާޓީ ވެބްސައިޓުތަކަށް ޒާތީ މައުލޫމާތު ނުދިނުމަށް އެދެފި

ތާރޑް ޕާޓީ ވެބްސައިޓްތައް މެދުވެރިކޮށް ފައިސާ ދައްކާފައިވާކަން ޔަގީންކުރުމަށް ޒާތީ މައުލޫމާތު ނުދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދެފި އެވެ. ބީއެމްއެލްއިން މިއަދު ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ،. ފައިސާ ދައްކާފައިވާކަން ޔަގީންކުރުމަށްޓަކައި ބައެއް ކަސްޓަމަރުން ތާރޑް ޕާޓީ ވެބްސައިޓް ބޭނުންކުރަމުންދާކަން އެބޭންކަށް ފަހަކަށްއައިސް ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން www.kashavaru.com ހިމެނޭހެން ބައެއް ވެބްސައިޓްތަކުން ބޭންކުގެ އިންޓަރނެޓް ބޭންކިންގ ޕްލެޓްފޯމް ބޭނުން ކުރުމަށ...

އިބްރާހިމް އަސްވާޤް
އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފި

އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ކުރިއަށްގެންދާ ރަމަޒާން ބާޒާރު މިއަހަރުވެސް ފަށައިފިއެވެ. މިއަދު ފެށި މި ޕްރޮމޯޝަން އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓާއި ސުޕަމާޓުގައިވެސް ކުރިއަށްދާނެއެވެ. އެގޮތުން ހޯމް އިމްޕްރޫވްމަންޓުން 1000ރ. އިން މަތީގެ އަދި ސުޕަމާޓުން 500ރ. އިން މަތީގެ ވިޔަފާރި ކުރާ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 22 އޭޕްރިލްގެ ނިޔަލަށެވެ. މި ޕްރޮމޯޝަނުގެ އެއްވަނައަށް އިނާމުގެ ގޮތުގައި 55 އިންޗީގެ ފިލިޕްސް އ...

އަޙްމަދު ވަހީދު
ފަތުރުވެރިކަމުގެ ދާއިރާގެ 500 އަށްވުރެ ގިނަ މުވައްޒަފުންނަށް ވެކްސިން ދީފި

ފަތުރުވެރިކަމުގެ ދާއިރާގެ 500 އަށްވުރެ ގިނަ މުވައްޒަފުންނަށް ވެކްސިން ދީފި

ފަތުރުވެރިކަމުގެ ދާއިރާގެ 500 އަށްވުރެ ގިނަ މުވައްޒަފުންނަށް ވެކްސިން ދީފި އެވެ. ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުގައި އިއްޔެގެ ނިޔަލަށް 562 މުވައްޒަފުންނަށް ވަނީ ވެކްސިން ދީފައެވެ. މީގެ ތެރޭގައި ރިސޯޓުމުވައްޒަފުންގެ އިތުރުން ދާއިރާއާ ގުޅުންހުރި އިތުރު މުވައްޒަފުންވެސް ހިމެނެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުގައި ވެކްސިން ދިން މުވައްޒަފުންގެ ތެރޭގައި 35 ރިސޯޓު ސްޓާފުން ހިމެނޭއިރު ލިވަބޯޑު 93 މުވައްޒަފުންނާއި މާލެ ސަރަހައްދު ގެސްޓުހައުސްތަކުގެ 38 މުވައްޒަފުން އަދި މާފުށި ގެސ...

އަޙްމަދު ވަހީދު
ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން “އަހަރެންގެ ބޭންކް” ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެހެން އަހަރުތަކާ އެއްގޮތަަށް މި އަހަރުގެ ފުރަތަމަ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ވެސް އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވާނެއެވެ. މި އަހަރު ވެސް ޖުމްލަ 20 ޕްރޮޖެކްޓެއް ހިންގުމަށް މި ފަންޑުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކް...

އަޙްމަދު ވަހީދު