ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ކުރިއަށްގެންދާ ރަމަޒާން ބާޒާރު މިއަހަރުވެސް ފަށައިފިއެވެ.

މިއަދު ފެށި މި ޕްރޮމޯޝަން އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓާއި ސުޕަމާޓުގައިވެސް ކުރިއަށްދާނެއެވެ. އެގޮތުން ހޯމް އިމްޕްރޫވްމަންޓުން 1000ރ. އިން މަތީގެ އަދި ސުޕަމާޓުން 500ރ. އިން މަތީގެ ވިޔަފާރި ކުރާ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެއެވެ.

Ad
rt

މި ޕްރޮމޯޝަން ކުރިއަށްދާނީ 22 އޭޕްރިލްގެ ނިޔަލަށެވެ.

މި ޕްރޮމޯޝަނުގެ އެއްވަނައަށް އިނާމުގެ ގޮތުގައި 55 އިންޗީގެ ފިލިޕްސް އެލްއީޑީ ޓީވީ އަކާއި ހިޓާޗީ ފްރިޖަކާއި ޓްކނޯ ދޮންނަ މެޝިންކާއި ފިލިޕްސް ސައުންޑް ބާރއެއްގެ އިތުރުން ސެންފޯޑު އަވަނެއް ވަނީ ހުށަހަޅައިފައެވެ. ދެވަނައަށް އަދި ތިންވަނައަށްވެސް އެސްޓީއޯއިން ވަނީ އަގުހުރި އިނާމުތައް ހުށަހަޅައިފައެވެ.

ދެވަނައަށް ދޭ އިނާމުތައް

-ފިލިޕްސް އެލްއީޑީ ޓީވީ 55 އިންޗި

-ހިޓާޗީ ފްރިޖް

-ހިޓާޗީ ވެކިއުމް ކްލީނަރ

- ކުކަރ

ތިންވަނަ އިނާމް

- އޭއޯސީ ސްމާޓް ޓީވީ 43 އިންޗި

- ހިޓާޗީ ދޮންނަ މެޝިން

- ހިޓާޗީ ވެކިއުމް ކްލީނާ

މި ޕްރޮމޯޝަނުގައި އެސްޓީއޯއިން ވިއްކާ އެކި ބްރޭންޑުތަކުން ޑިސްކައުންޓުވެސް ލިބޭނެއެވެ. އެގޮތުން، ހިޓާޗީން 20 އިންސައްތަ އާއި ނިޕޯން ކުލައިން 15 އިންސައްތަ އަދި ޓީވީން 15 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

މީގެ އިތުރުން މިއަދުން ފެށިގެން އީސްޓޯރު މެދުވެރިކޮށް ހޯމް އިމްޕްރޫވްމަންޓުން ގަންނަ ތަކެތި ހިލޭ ޑެލިވަރ ވެސް ކޮށްދޭނެއެވެ.

އެސްޓީއޯއިން ވަނީ މި ޕްރޮމޯޝަނާ ގުޅިގެން އެ ކުންފުނީގެ ރަސްމީ ނަންބަރުތަކުން ނޫނީ ނުގުޅާނެކަމަަށް ބުނެފައެވެ. އަދި އެއްވެސް ކަސްޓަމަރެއްގެ ބޭންކްއެކައުންޓާއި ކާޑުގެ މައުލޫމާތު ނާހާނެ ކަމަށާއި އެހެންކަމުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.

ރަމަޒާން ބާޒާރަށްފަހު މަކިޓާ ޕްރޮމޯޝަންވެސް ފަށާނެއެވެ. މި ޕްރޮމޯޝަން ފަށާނީ އަންނަ މަހުއެވެ.