ވޭމަންޑޫ ރައްޔިތުންނަށް އެހީވާން ފެނަކައިގެ އެމްޑީ އެ ރަށަށް
ތ. ވޭމަންޑޫގެ އިންޖީނުގޭގައި މިއަދު ހިނގައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ރަށުގެ ރައްޔިތުންނަށް އެހީވާން ފެނަކައިގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައީދުމުހައްމަދު އެ ރަށަށް ވަޑައިގެންފިއެވެ. މިއަދު މެންދުރު ހިނގި މިހާދިސާގައި ވޭމަންޑޫގެ ތިން އިންޖީނުގެ ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. މީގެ ސަބަބުން މުޅި ރަށުން ވަނީ ކަރަންޓުގޮސްފައެވެ. ސައީދު ވިދާޅުވީ ވީހާވެސް އަވަހަށް އެ ރަށަށް ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިރޭގެ އެ ރަށަށް […]