މިދިޔަ މަހުވެސް އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވި
މިދިޔަ އޭޕްރީލް މަހު ރާއްޖެއަށް އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދޔަ އޭޕްރީލް މަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 37 އިންސައްތަ ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހު އާމްދަނީ އަށް 362 މިލިއަން ރުފިޔާ ލިބިފައިވާއިރު 2021 ވަނަ އަހަރުގެ އޭޕްރީލް މަހު ލިބިފައިވަނީ 265 މިލިއަން ރުފިޔާއެވެ. މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު 4.7 ބިލިއަން ރުފިޔާ އަށް އަރާކަމަށް މޯލްޑިވްސް ކަސްޓަމްސް […]