މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 151 ވަނަ ޞަފްޙާ

އާ އަދަބީ ބަހެއް ހަދައިގެން މެލޭޝިއާ ދެކޮޅު ޓިކެޓާއި 1000 ޑޮލަރު ލިބޭ މުބާރާތެއް

އާ އަދަބީ ބަހެއް ހަދައިގެން މެލޭޝިއާ ދެކޮޅު ޓިކެޓާއި 1000 ޑޮލަރު ލިބޭ މުބާރާތެއް

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަދަބީ ބަސް ހެދުމުގެ މުބާރާތެއް ފަށައިފިއެވެ. އެސްޓީއޯއިން ފެށި މިމުބާރާތަކީ، ދިވެހި ބަހުގައި ހިމެނޭ އަދަބީ ބަސްތަކުގެ ހަޒާނާ އިތުރަށް މުއްސަނދިކުރުމުގެ ގޮތުން ކުރިޔަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވާ މީހުން ހުށަހަޅަން ޖެހޭނީ އާ އަދަބީ ބަސްތަކެކެވެ. މިމުބާރާތުން އެއް ވަނައަށް ހޮވޭ ފަރާތަތަކަށް މެލޭޝިއާ ދެކޮޅު ޓިކެޓާއި 1000 ޑޮލަރުގެ ފައިސާގެ އިނާމެއް އެސްޓީއޯއިން ވަނީ ހުށަހަޅައިފައެވެ. މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން...

އަޙްމަދު ވަހީދު
ކަނޑުއޮތްގިރީގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ކަނޑުއޮތްގިރީގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ކ. ކަނޑުއޮތްގިރި ބަނދަރު ޑިޒައިންކޮށް ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެގްޒެކެޓިވް އީނާސް ނަސީރުއެވެ. މި މަޝްރޫއުގެ ދަށުން 10،000 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 10،000 މީޓަރުގެ ނެރު ފުންކުރުމާއި، 125 މީޓަރު...

އަޙްމަދު ވަހީދު
ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ބޭނުންވާ ބޮޑު ހިލަ ގެންގޮސްފި

ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ބޭނުންވާ ބޮޑު ހިލަ ގެންގޮސްފި

ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް ބޭނުންވާ ބޮޑު ހިލަ އެރަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި އެ މަޝްރޫއަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް ރަށަށް ގެންދިޔައީ މި މަޖުގެ 16 ވަނަ ދުވަހު ކަމަށެވެ. މި މަޝްރޫއުގެ ދަށުން، ފަތާ ސަރަހައްދެއް ކޮނުމާއި، 803 މީޓަރު ބޭރުތޮށި ލުމާއި، 80 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ. […]

އަޙްމަދު ވަހީދު
ކާޑެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަަސައްކަތް ފަށައިފި

ކާޑެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަަސައްކަތް ފަށައިފި

ގދ. ކާޑެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. އެކުންފުނިން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މިމަޝްރޫއުގެ ދަށުން، 170 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 890 އަކަ މީޓަރުގެ ސަރަހަދެއްގައި ހާބަ ޕޭވްމެންޓް ހެދުމުގެ މަސައްކަތް ކުރާނެއެވެ. ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 9.52 މިލިޔަން ރުފިޔާއަށެވެ. އެމްޓީސީސީން މި މަޝްރޫއ...

އަޙްމަދު ވަހީދު
މާދަމާ ފުނަދޫގައި އެމްޓީސީސީގެ އޯޕަންޑޭއެއް

މާދަމާ ފުނަދޫގައި އެމްޓީސީސީގެ އޯޕަންޑޭއެއް

މާދަމާ ށ. ފުނަދޫގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އޯޕަންޑޭ އެއް ބާއްވަން ނިންމައިފިއެވެ. މި ހަރަކާތް ކުރިއަށްދާނީ މާދަމާ މެންދުރު 2 އިން ހަވީރު 5 އަށް ފުނަދޫ ކައުންސިލް ހޯލުގައެވެ. މި އޯޕަންޑޭ އަކީ އެމްޓީސީސީގައި ހުރި ވަޒީފާ ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ދީ ވަޒީފާއަށް އެދުމުގެ ފުރުސަތު ދޭން ބާއްވާ ހަރަކާތެކެވެ. އެމްޓީސީސީގައު ހުރި ވަޒީފާގެ ފުރުސަތުތަކުގެ ތެރޭގައި ޑްރެޖް މާސްޓާ އާއި އޮޕަރޭޓަރާއި އޮޕަރޭޓާ ޓްރެއިނީ […]

އަޙްމަދު ވަހީދު
އުރީދޫ އިން އިސްރަށްވެހިންނަށް ހާއްސަ ޕެކޭޖެއް ތައާރަފު ކޮށްފި

އުރީދޫ އިން އިސްރަށްވެހިންނަށް ހާއްސަ ޕެކޭޖެއް ތައާރަފު ކޮށްފި

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަހާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިން އިސްރަށްވެހިންނަށް ހާއްސަ ޕެކޭޖެއް ތައާރަފުކޮށްފިއެވެ. މި ޕެކޭޖުގެ ދަށުން 30 އިންސައްތައާ ހަމައަށް ޑިސްކައުންޓް އަދި ވައިބާ ބޭނުންކޮށްލުމަށް ހިލޭ ޑޭޓާ ލިބޭނެއެވެ. “އިސްރަހަވެހިޕްލޭން” އަކީ، މި އަހަރުގެ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހަށް އުރީދޫ އިން ހިންގާ ހަރަކާތްތަކުގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ޕޯސްޓްޕެއިޑް ޕްލޭނެކެވެ. މިއީ ޓެލެކޮމިއުނިކޭޝަންސް ދުވަހުގެ ޝިއާރުގައި ބާރުއަޅާފަދައިނ...

އަޙްމަދު ވަހީދު
އެސްޓީއޯގެ ޝިޕިން ކުންފުނިން ވަޒީފާގެ ފުރުސަތު، މުސާރަ ވަރަށް ބޮޑު

އެސްޓީއޯގެ ޝިޕިން ކުންފުނިން ވަޒީފާގެ ފުރުސަތު، މުސާރަ ވަރަށް ބޮޑު

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދަށުން ފެށި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ގިނަ ވަޒީފާތަކަކަށް ހުޅުވާލައިފިއެވެ. އެ ކުންފުނިން ހުޅުވާލި ފުރުސަތުގެ 13,000 ރުފިޔާއިން ފެށިގެން 107،940 ރުފިޔާ އާ ދެމެދުގެ ވަޒީފާތައް ހިމެނެއެވެ. މީގެ ތެރޭގައި އެންމެ މުސާރަ ބޮޑީ ޗީފް އިންޖިނިއަރުގެއެވެ. އެ ކުންފުނިން ވަނީ އެކި ދާއިރާތަކުން 15 ވަޒީފާގެ ފުރުސަތު ހުޅުވާލައިފައެވެ. މި ފުރުސަތުގެ ދަށުން އެސްޓީއޯ ވެބްސައިޓް މެދުވެރިކޮށް ވަޒީފާއަށް އެދެވޭނެއެވެ. https://twitter.com/stoplc/status/15...

އަޙްމަދު ވަހީދު
ސްޓެލްކޯއިން އަލުން ބޯފެން އުފައްދަން ފަށަނީ

ސްޓެލްކޯއިން އަލުން ބޯފެން އުފައްދަން ފަށަނީ

ސްޓެލްކޯ އިން އަލުން ބޯފެން އުފައްދަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ޕީއެސްއެމް ނިއުސް ޕްރޮގްރާމެއްގައި ވިދާޅުވީ ހަމައެކަނި ކަރަންޓްގެ ހިދުމަތްދޭ ކުންފުންޏެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި އިތުރު ދާއިރާތައް ސްޓެލްކޯގެ ތެރެއަށް ތައާރަފުކޮށް، އާމްދަނީ އިތުރުކުރަން ޖެހޭ ކަމަށެވެ. އެގޮތުން ދާދި ފަހުން ގާއިމުކުރި 50 މެގަވޯޓް އިންޖީނުން، ފެން ކުންފުންޏަކުން ފެން އުފައްދާ މިންވަރަށް ބޯފެން އުފެއްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފެން އުފެއ...

އަޙްމަދު ވަހީދު
ކުލިކް ކޮމްޕިއުޓާރސްގެ “ވަންޑޭ އޮފަރ 22.5.22” މިފަހަރު 28 އައިޓަމެއް ބޮޑުތަނުން އަގުހެޔޮ!

ކުލިކް ކޮމްޕިއުޓާރސްގެ “ވަންޑޭ އޮފަރ 22.5.22” މިފަހަރު 28 އައިޓަމެއް ބޮޑުތަނުން އަގުހެޔޮ!

ފަހަކަށް އައިސް ކުލިކް ކޮމްޕިއުޓާރސްގެ “ވަންޑޭ އޮފަރ” އަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުން ނެވެ. އެއީ އެފިހާރައިން ވިއްކަމުން އަންނަ އެކި ޕްރޮޑަކްޓް ތަކުން ބޮޑު ޑިސްކައުންޓެއް ލިބޭ ދުވަހަކަށް ވާތީ އެވެ. ކޮންމެ މަހެއްގެވެސް 22 ވަނަ ދުވަހު ކްލިކްގެ ފިހާރަތަކުން އަޅުވަމުން އަންނަ ބޮޑު އޮފާ އަޅުވަނީ އެދުވަހަށް އެކަންޏެވެ. މިމަހުގައި އަންނަ އެންމެ ރީތި ތާރީޙްކަމުގައިވާ 22.5.22 އެފިހާރައިން މިފަހަރު ބޮޑު ތަނުން އަގު ހެޔޮކޮށްފައިވަނީ ޓީވީ، ލެޕްޓޮޕާއި މޮނީޓަރާއި ގޭމުކުރޭ ފަރާތްތަކަށް […]

އިބްރާހިމް އަސްވާޤް
ސްޓެލްކޯއިން ލަގްޒަރީ ހައުސިން އާއި އިޝްތުހާރު ކުރުމުގެ ވިޔަފާރިއަށް ވަންނަނީ

ސްޓެލްކޯއިން ލަގްޒަރީ ހައުސިން އާއި އިޝްތުހާރު ކުރުމުގެ ވިޔަފާރިއަށް ވަންނަނީ

ކަރަންޓުގެ އަގަށް ބަރޯސާވުން ކުޑަކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލް) ކޯއިން ލަގްޒަރީ ހައުސިން އާއި އިޝްތިހާރު ކުރުމުގެ ވިޔަފާރިއަށް ވަނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، ކަރަންޓުގެ އަގަށް ބަރޯސާވުން ކުޑަކުރެވޭނީ އެ ކުންފުނިން އެހެން ވިޔަފާރިތައް ކޮށްގެން ކަމަށެވެ. އެގޮތުން ރާއްޖޭގައި އެންމެ ފައިދާބޮޑު...

އަޙްމަދު ވަހީދު
އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 30 ގައި

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 30 ގައި

އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 30 ގައި ބާއްވަން ތާވަލު ކޮށްފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ ޖަލްސާ އޮންނާނީ 30 ވަނަ ދުވަހުގެ ރޭ 9:00ގައި ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. މައިކްރޮސޮފްޓް ޓީމްސް ލައިވް އިވެންޓްސްގައި އޮންލައިންކޮށް ވެސް ޖަލްސާ ކުރިއަށްދާނެއެވެ. މި ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ހިއްސާދާރުންނަށް އެސްޓީއޯއިން ވަނީ ހުޅުވާލައިފައެވެ. ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ 9:00 އެވެ. އެސްޓީއޯގެ މާލީ […]

އަޙްމަދު ވަހީދު
އެމްޓީސީސީއަށް 120 މުވައްޒަފުން ހޯދަނީ، މުސާރަ 10،300-13،700 ރުފިޔާ

އެމްޓީސީސީއަށް 120 މުވައްޒަފުން ހޯދަނީ، މުސާރަ 10،300-13،700 ރުފިޔާ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ގިނަ އަދަދެއްގެ ކޮންސްޓްރަކްޝަން ލޭބަރުން ހޯދަން އިއުލާން ކޮށްފިއެވެ. އެ ކުންފުނިން ބުނީ މިއީ ވަރަށް އަވަހަށް ބޭނުންވާ މުވައްޒަފުން ކަމަށެވެ. އެގޮތުން 120 ފުރުސަތު ވަނީ ހުޅުވާލައިފައެވެ. މި ފުރުސަތުގެ ދަށުން 13,700 – 10,300 ރ ދެމެދުގެ މުސާރައެއް ވަނީ ކަނޑައަޅައިފައެވެ. އަދި ކުންފުނިން ކަނޑައަޅާ ސައިޓެއްގައި ހުރުމާއި ކެއުމުގެ އިތުރުން ސްޓާފް މެޑިކަލް އިންޝޫރަންސާއި ޕެންޝަނަށް ވެސް ކޮންޓްރިބިއުޝަން ލިބޭނެއެވެ. މި ވަޒީފާގައި [...

އަޙްމަދު ވަހީދު
އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު 11.24 ބިލިއަން ރުފިޔާގެ އާމްދަނީއެއް

އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު 11.24 ބިލިއަން ރުފިޔާގެ އާމްދަނީއެއް

އެސްޓީއޯ ގްރޫޕްގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 11.24 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ރިޕޯޓްތަކުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު 32 އިންސައްތައިގެ ކުރިއެރުމެކެވެ. އެސްޓީއޯއިން ބުނި ގޮތުގައި އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އިތުރުވުމާއި އެސްޓީއޯ ގްރޫޕްއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާއި ބަލައި 26 އިންސައްތަ އިތުރުވެފައިވުން ކަމަށެވެ. އަދި، ފިޝަރީސް، ޝިޕިންގ އަދި ގޭސް […]

އަޙްމަދު ވަހީދު
ހަނިމާދޫ ބަނދަރުގެ 66 އިންސައްތަ މަސައްކަތް ނިމިއްޖެ

ހަނިމާދޫ ބަނދަރުގެ 66 އިންސައްތަ މަސައްކަތް ނިމިއްޖެ

ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 66 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ހާބަ ޕޭވްމަންޓް ހެދުމުގެ މަސައްކަތެވެ. އަދި އެއްގަމު ތޮށި ލުމުގެ މަސައްކަތް ފުރިހަމަވެފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 53,522.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަ ބޭސިން ފުންކުރުމާއި، 31,575.50 ކިއުބިކް […]

އަޙްމަދު ވަހީދު
މާޅޮހު ބަނދަރުގެ ބޭރުތޮށި ލުމުގެ 61 އިންސައްތަ މަސައްކަތް ނިމިއްޖެ

މާޅޮހު ބަނދަރުގެ ބޭރުތޮށި ލުމުގެ 61 އިންސައްތަ މަސައްކަތް ނިމިއްޖެ

އއ. މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބޭރުތޮށިލުމުގެ 61 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތް މިއަހަރު މާރޗް މަސްތެރޭ ނިމިފައިވާ ކަމަށެވެ. އެގޮތުން މުޅި ޕްރޮޖެކްޓްގެ 45 އިންސައްތަ މަސައްކަތް މިހާތަނަށް ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 24،335 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، […]

އަޙްމަދު ވަހީދު