ސްރީ ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި އޭނާގެ އާއިލާ، ސޮނެވާގެ ރިސޯޓަކުން ވިލާއެއް ބައްލަވައިގަންނަން އުޅުއްވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ. ސޮނެވާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާޖަޕަކްސާގެ އާއިލާއަށް އެތަނުގެ އެއްވެސް ތަނަކުން ވިލާއެއް ވިއްކުމަށް މަޝްވަރާ ނުކުރާ ކަމަށެވެ. އަދި ސޮނެވާގެ ސީއީއޯ ސޯނޫ ޝިވްދަސަނީ، ރާޖަޕަކްސައާ ސީދާ ގޮތުންވެސް އަދި ނުސީދާ ގޮތުންވެސް ބައްދަލުކުރައްވައި، އެއްވެސް ވާހަކައެއް ދައްކާފައިނުވާ ކަމަށްވެސް ބަޔާނުގައި...
އަޙްމަދު ވަހީދު
ތ. ހިރިލަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ފަށަން ސައިޓް މޮބިލައިޒް ކުރީ އިއްޔެއެވެ. މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި ބަނދަރު ފުންކުރުމާއި، 1080 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 80 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 105.19 މިލިއަން ރުފިޔާގެ މަޝް...
އަޙްމަދު ވަހީދު
މިއަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ފޯރި ރާއްޖޭގައި ގަދަކުރުމަށް އުރީދޫ މޯލްޑިވްސް އިން ‘އުރީދޫ ވޯލްޑް ކަޕް ފޯރި’ގެ ނަމުގައި ކެމްޕޭނެއް ފަށައިފިއެވެ. މިއަދު ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕޭން ފައްޓަވައިދެއްވީ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް އާއި އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު ހަސަން އަލް ހަމާދީއެވެ. މި ކެމްޕޭން ފެށުމުގެ ގޮތުން މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގެ އެމާ ސްޓޭޑިއަމްގައި އުރީދޫ އާއި ހާޑްރޮކް އެފްސީ ފުޓްސަލް ޓީމުން ރަހުމަތްތެރިކަމުގެ ފުޓްސަ...
އަޙްމަދު ވަހީދު
ރ. އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބިން ހިއްކަން ފެށުމުގެ ކުރިން އަޅަންޖެހޭ ބަންޑްވޯލް އެޅުމުގެ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫއު ސަރުކާރުން ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަޝްރޫޢުގެ ދަށުން، 50.5 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހާނެއެވެ. މީގެ އިތުރުން 480 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް...
އަޙްމަދު ވަހީދު
ސްޓެލްކޯގެ ހުރިހާ އިންޖީނުގެއެއް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ އެކުންފުނީގެ މުވައްޒަފުންނަށް މަސައްކަތް ކުރާ މާހައުލަކީ ރައްކާތެރި އަދި ސާފުތާހިރު މާހައުލެއް ކަމުގައި ކަށަވަރު ކޮށްދިނުމެވެ. އެގޮތުން މި ޕްރޮގްރާމުގެ ދަށުން، ސްޓެލްކޯގެ ހުރިހާ އިންޖީނުގެއެއްގައި ހުރި އާންމު ކުނިތައް ނައްތާލައި، ބޭނުން ނުހިފޭ ކަރަންޓު ކޭބަލާއި ދަގަނޑާއި އެނޫންވެސް ނީލަން ކިޔޭނެ ހާލަތުގައި ހުރި ތަކެތި ދެނަގަނެ، އެތަކެތި ނީލަން ކިއުމުގެ ކަންކަން...
އަޙްމަދު ވަހީދު
ހދ. ނޭކުރެންދޫ ގައި ގާއިމުކުރާ ފެރީ ސްޓޮޕް މަސައްކަތުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތްތައް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހަދާފައިވާ މި ފެރީ ސްޓޮޕަކީ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1 ގެ ދަށުން ޤާއިމުކުރެވޭ ފެރީސްޓޮޕެކެވެ. މި މަޝްރޫއުގެ މަސައްކަތްތައް ފަށާފައިވަނީ ހއ. ހދ. އަތޮޅުގައެވެ. މި ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި، ވެއިޓިންގް އޭރިއާއަކާއި އަންހެނުންނާއި ފި...
އަޙްމަދު ވަހީދު
ތިލަމާލެ ބްރިޖް ހަދަން ބޭނުންވާ ރެޑީ މިކްސް ކޮންކްރީޓް އެސްޓީއޯއިން ރޭ ޓެސްޓް ކޮށްފިއެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓެސްޓު ކާމިޔާބު ކަމަށެވެ. އަދި އެފަދަ ޕްރޮޖެކްޓަކަށް އެސްޓީއޯއިމް ކޮންކްރީޓް ސަޕްލައި ކުރުމަކީ ލިބޭ ފަޚުރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ބްރިޖް ހަދަން ކޮންކްރީޓް ސަޕްލައި ކުރަން އެސްޓީއޯއަށް ފުރުސަތު ދިން ކަމަށްޓަކައި އިންޑިއާއަށް އަމްރު ޝުކުރު އަދާ ކުރެއްވިއެވެ. ތިލަމާލެ ބްރިޖަށް ބޭނުންވާ ކޮންކުރީޓް ސަޕްލައި […]
އަޙްމަދު ވަހީދު
ގައުމީ އެއާލައިން، މޯލްޑިވިއަން އިން އިންޑިއާގެ ތްރިވަނަންތަޕުރަމަށް ކުރާ ދަތުރުތައް އިތުރު ކުރަން ނިންމައިފިއެވެ. އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ދަތުރުތައް އިތުރު ކުރާނީ މި މަހުގެ 29 އިން ފެށިގެންނެވެ. އެގޮތުން ތްރިވަންތަޕުރަމް އިންޓަނޭޝަނަލް އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ހަފްތާއަކު ފަސް ދުވަހު ދަތުރުތައް ބާއްވަން ނިންމާފައިވާ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ. ވީއައިއޭގެ އިތުރުން ހަނިމާދުއިން ކުރާ ދަތުރުތައްވެސް އިތުރު ކުރަން އެ އެއާލައިނުން ނިންމާފައިވާ ކަމަށް އިން...
އަޙްމަދު ވަހީދު
ގދ. ކާޑެއްދޫ ބަނދަރު ތަރައްގޫ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްިއެވެ. އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެއްގަމުތޮށި ލާން ބޭނުންވާ ސަރަހައްދު ކޮނުމުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫޢުގެ ދަށުން، 170 މީޓަރުގެ އެއްގަމުތޮށި ލުމާއި 890 އަކަ މީޓަރުގެ ސަރަހައްދެއްގައި […]
އަޙްމަދު ވަހީދު
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ކޮންޓްރެކްޓަރުން ޕްރީ ކޮލިފައި ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ކުރިއަސްގެންދަނީ އިންޑިއާގެ އެގްޒިމް ބެންކުންނެވެ. އެ ބޭންކުން މި މަސައްކަތް ފަށާފައިވާ ކަމަށް އިއްޔެ އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ބުނީ އިންޑިއާގެ އެގްޒިމް ބެންކުން ލޯނު ނަގައިގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ވަރަށް ޓާމިނަލް ތަރައްގީ ކުރާނެ ކަމަށެވެ. އަދި އެއާޕޯޓަށް ބޭނުންވާ […]
އަޙްމަދު ވަހީދު
އުކާލަން ކުނި ނެރޭއިރު ކުނީގެ ބާވަތްތައް ބައިބަޔަށް ވަކިކޮށްގެ ނެރުމަށް ވެމްކޯ އިން އަންގައިފިއެވެ. ވެމްކޯއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެގޮތަށް ނިންމާފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު ނެރެފައިވާ ކުނި މެނޭޖްކުރުމާ ބެހޭ ގަވާއިދުގެ އިސްލާހާ ގުޅިގެން ކަމަށެވެ. އެގޮތުން އަންނަ މަހުން ފެށިގެން ކުނި ނެރެންވާނީ ވަކިކޮށްގެން ކަމަށް ވަނީ ބުނެފައެވެ. އެ ކުންފުނިން ބުނި ގޮތުގައި މާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނި ނެރޭއިރު ތިން […]
އަޙްމަދު ވަހީދު
ކުރިއަށް އޮތް ދައުރަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ބޯޑަށް ޑިރެކްޓަރުން އައްޔަން ކޮށްފިއެވެ. ރޭ ބޭއްވި އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގައި ސަރުކާރުގެ ފަރާތުން އެ ކުންފުނީގެ ބޯޑަށް ފަސް މެމްބަރުން ވަނީ އައްޔަން ކޮށްފައެވެ. އަދި އާައްމު ހިއްސާދާރުންގެ ތެރެއިން ދެ ޑިރެކްޓަރަކު ވަނީ އައްޔަން ކޮށްފައެވެ. އެމްޓީސީސީގެ ބޯޑުގައި ޖުމްލަ ތިބޭނީ ހަތް ޑިރެކްޓަރުންނެވެ. މި ކޮންމެ ޑިރެކްޓަރެއްގެ ދައުރަކީ ދެ އަހަރު ދުވަހެވެ. ސަރުކާރުގެ ފަރާތުން ބޯޑަށް […]
އަޙްމަދު ވަހީދު
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3.50 ރުފިޔާ ބަހަން ފާސްކޮށްފިއެވެ. މިގޮތަށް ފާސްކޮށްފައިވަނީ މިރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައެވެ. އެގޮތުން ހިއްސާއަކަށް 3.50 ރުފިޔާ ބަހަން ފާސްކޮށްފައިވަނީ ޖަލްސާއަށް ހާޒިރުވި ހިއްސާދާރުންގެ ތެރެއިން 396 ހިއްސާދާރުންގެ ވޯޓުންނެވެ. އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގައި 556 ހިއްސާދާރުން ބައިވެރިވިއެވެ. މިއަހަރުގެ އަހަރީ އާއްމު ޖަލްސާގައި އެމްޓީސީސީއިން 5.6 މިލިއަން...
އަޙްމަދު ވަހީދު
އެސްޓީއޯއިން ރާއްޖެއަށް އެތެރެކުރާ އިލެކްޓްރޯނިކްސް ސާމާނުތަކުގައި ހަކަތަ ސަމަކާރަ (އެނާޖީ އެފިޝަންޓް) މިންވަރު ބުނެދޭން “ހަކަތަރި” ސްޓިކާ ބޭނުން ކުރަން ފަށައިފިއެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެސްޓީއޯގެ ޕްރޮޑަކްޓްތަކުގައި ހަކަތަރި ލޭބަލް ބޭނުންކުރުމުގެ ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އާއި އެސްޓީއޯގެ މެނާޖިން ޑިރެކްޓަރު އަދި ސީއީއޯ ހުސެން އަމްރުއެވެ. “ހަކަތަރި” ޕްރޮގްރާމަކީ ރާއްޖެއަށް އެތެރެކުރާ ކަރަ...
އަޙްމަދު ވަހީދު
އަގުހުރި އިނާމުތަކަކާއެކު އެސްޓީއޯ އިން “ކްރޫގާ ޗެލެންޖް 2022” ޕްރޮމޯޝަން ފަށައިފިއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން 31 ޖުލައި 2022 ގެ ނިޔަލަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައެވެ. ކްރޫގާ ޗެލެންޖް ގައި ބައިވެރިވުމަށް ކްރޫގާގެ ޕްރޮޑަކްޓެއް ބޭނުންކޮށްގެން ކާއެއްޗެއް ތައްޔާރުކުރުމަށްފަހު ބޭނުންކޮށް ސޯޝާލް މީޑިޔާގައި ޕޯސްޓް ކުރުމުން ބައިވެރިވެވޭނެއެވެ. ޕޯސްޓް ކުރާއިރު #STOKrugerChallenge2022 ބޭނުން ކުރަންވާނެއެވެ. ސޯޝަލް މީޑިޔާ މުބާރާތުގެ ތެރެއިން ކޮންމެ...
އަޙްމަދު ވަހީދު