މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 142 ވަނަ ޞަފްޙާ

މާފުށީގެ އިތުރު ދެ ސަރަހައްދެއްގައި ސްޓެލްކޯއިން ޓްރާންސްފޯމަރު ބަހައްޓައިފި

މާފުށީގެ އިތުރު ދެ ސަރަހައްދެއްގައި ސްޓެލްކޯއިން ޓްރާންސްފޯމަރު ބަހައްޓައިފި

ކ. މާފުށީގެ އިތުރު ދެ ސަރަހައްދެއްގައި ސްޓެލްކޯއިން ޓްރާންސްފޯމަރު ބަހައްޓައިފިއެވެ. އެ ކުންފުނިން ބުނީ މިއީ މާފުށީގެ އިތުރުވަމުން އަންނަ ޑިމާންޑާއި އެއްވަރަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބެހެއްޓި ޓްރާންސްފޯމަރުތަކެއް ކަމަށެވެ. މި ޓްރާންސްފޯމަރުތަށް ކޮމިޝަން ކުރެވި މިހާރު ލޯޑްދެވިފައިވާ ކަމަަށް ވެސް ސްޓެލްކޯއިން ބުންޏެވެ. މާފުށީގެ ކުޑަ މިސްކިތާއި، ގެސްޓް ހައުސްތައް ހުންނަ ސަރަހައްދުގައި އަލަށް ބަހައްޓާފައިވާ މި ޓްރާންސްފޯމަރުތަކާއިއެކު، މާފުށީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގަ އި...

އަޙްމަދު ވަހީދު
ޢީދު ފޯރި އީ-ޓުކުރިއާއި އެކު، ކުޑަކުދިންނަށް ކުރެހުމުގެ މުބާރާތެއް އަަދި ކުއިޒެއް!

ޢީދު ފޯރި އީ-ޓުކުރިއާއި އެކު، ކުޑަކުދިންނަށް ކުރެހުމުގެ މުބާރާތެއް އަަދި ކުއިޒެއް!

މޯލްޑިވްސް ޕޯސްޓުގެ އީ- ކޮމާސް ޕްލެޓްފޯމް، އީ-ޓުކުރިއާއި އެކު ފާހަގަ ކުރުމަށް ހާއްސަ ހަރަކާތްތަކެއް ފަށައިފި އެވެ. އީ ޓުކުރިން ބުނީ މިއީ އެ ޕްލެޓްފޯމާއެކު އީދު ފާހަގަ ކުރުމަށް ހުޅުވާލާ ފުރުސަތުތަކެއް ކަމަށެވެ. އެގޮތުން އާއިލާ ނުވަތަ ރައްޓެއްސަކަށް އީދު ހެދުން ހަދިޔާ ކޮށްލުމުގެ ފުރުސަތާއި ކުޑަކުދިންނަށް ކުރެހުމުގެ މުބާރާތަކާއި ކުއިޒެއް ހުޅުވާލައިފައިވާ ކަމަށް އީ ޓުކުރިން ބުންޏެވެ. އެގޮތުން ކުދަކުދިންނަށް  މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 17 ވަނަ ދުވަހުގެ […]

އަޙްމަދު ވަހީދު
އުރީދޫ އާއި ނޮވެލްޓީ ގުޅިގެން ފޮތް ލިސްޓް މުޅި ރާއްޖެއަށް "ހިލޭ ޑެލިވަރީ" ކޮށްދެނީ

އުރީދޫ އާއި ނޮވެލްޓީ ގުޅިގެން ފޮތް ލިސްޓް މުޅި ރާއްޖެއަށް "ހިލޭ ޑެލިވަރީ" ކޮށްދެނީ

އުރީދޫ މޯލްޑިވްސް އާއި ނޮވެލްޓީ ގުޅިގެން އުރީދޫގެ އީކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް މުޅި ރާއްޖެއަށް ފޮތް ލިސްޓް ޑެލިވަރީ ކޮށްދޭން “ބެކް ޓު ސްކޫލް” އޮފާއެއް ތައާރަފު ކޮށްފިއެވެ. އުރީދޫ އިން ބުނި ގޮތުގައި މިއީ ކޮންމެ އަހަރެއްގެ ދިރާސީ އާ އަހަރު ފެށުމާއެކު، ސްކޫލް ފޮތްލިސްޓް ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަރިވަރުންނާއި ބެލެނިވެރިން ދަތުރުކޮށް ފިހާރަތަކަށް ބާރުބޮޑުވެ ކިއުގައި ޖެހެން ޖެހޭތީ މިނިސްޓްރީ އޮފް އެޑިއުކޭޝަން މެދުވެރިކޮށް ބުކްޝޮޕްތަކުން ހިލޭ ދޫކުރާ ފޮތްލިސް […]

އަޙްމަދު ވަހީދު
މާފަންނުގައި އާ ޓްރާންސްފޯމަރެއް ބަހައްޓައިފި

މާފަންނުގައި އާ ޓްރާންސްފޯމަރެއް ބަހައްޓައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އިތުރަށް ވަރުގަދަ ކުރުމަށް މާފަންނުގައި އިތުރު ޓްރާންސްފޯމަރެއް ބަހައްޓައިފިއެވެ. ސްޓެލްކޯއިން މާފަންނު ސަހަރާ ހިމެނޭ ސަރަހައްދުގައި ބަހައްޓާފައިވަނީ 2 އެމްވީއޭގެ ޓްރާންސްފޯމަރެކެވެ. ސްޓެލްކޯއިން ބުނީ މިއީ ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވާ މައްސަލަތައް ހައްލުކޮށް ރައްޔިތުންނަށް ބޭނުންވާ ރަނގަޅުފެންވަރުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން ބެހެއްޓި ޓްރާންސްފޯމަރެއް ކަމަށެވެ. ގްރޭޓަ މާލެ ސަރަޙައްދުގައި ކަރަންޓު...

އަޙްމަދު ވަހީދު
ހަންޏާމީދޫ ބަނދަރު ނިމެނީ

ހަންޏާމީދޫ ބަނދަރު ނިމެނީ

އދ. ހަންޏާމީދޫ ބަނދަރުގެ މަސައްކަތް ނިމެން ކައިރިވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 86 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ. އެގޮތުން އެއްގަމު ތޮށިލުމާއި، ބަނދަރުގެ ޕޭވްމެންޓްގެ މަސައްކަތް ވަނީ ނިންމާލެވިފައި ކަމަށް ވެސް އެ ކުމްފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރަނީ މަގުބައްތި ހަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކެވެ. މި މަޝްރޫއުގެ ދަށުން، 6,363.1 ކިއުބިކް މީޓަރުގެ ސަ...

އަޙްމަދު ވަހީދު
ސްޓެލްކޯގެ ސެކިއުރިޓީ އޮފިސަ ޓްރެއިނިން ނިންމި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްފި

ސްޓެލްކޯގެ ސެކިއުރިޓީ އޮފިސަ ޓްރެއިނިން ނިންމި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްފި

ސްޓެލްކޯގެ ސެކިއުރިޓީ އޮފިސަ ޓްރެއިނިން ނިންމި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިންނާ ސެޓްފިކެޓް ހަވާލު ކުރެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފުއެވެ. ސްޓެލްކޯގެ ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ޓްރެއިނިން ހަތް މުވައްޒަފަކު ވަނީ ފުރިހަމަ ކޮށްފައެވެ. މިއީ ސިވެކްއާއި ގުޅިގެން އެމްއެންޑީއެފްގެ ގިރިފުށީގައި ހިންގި ޓްރެއިނިން ޕްރޮގްރާމެކެވެ. މިކުންފުނީގެ ސެކިއުރިޓީ އޮފިސަރުންގ...

އަޙްމަދު ވަހީދު
އެމްޓީސީސީ ހުނަވަރު ޕްރޮގްރާމުގެ ބައިވެެރިންނަށް ސެޓްފިކެޓް ދީފި

އެމްޓީސީސީ ހުނަވަރު ޕްރޮގްރާމުގެ ބައިވެެރިންނަށް ސެޓްފިކެޓް ދީފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހިންގާ ހުނަވަރު ޕްރޮގްރާމް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކޮށްފިއެވެ. މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިންނާ ސެޓްފިކެޓް ހަވާލު ކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއާއި ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ. މި ރަސްމިއްޔާތުގައި 52 ފަރާތަކަށް ވަނީ ޕްރޮގްރާމް ނިންމި ކަމުގެ ސެޓްފިކެޓް ހަވާލުކޮށްފައެވެ. އެމްޓީސީސީން 2018 ވަނަ އަހަރު ތައާރަފު ކުރި ހުނަވަރު ޕްރޮގްރާމުގެ ދަށުން އެކި ދާއިރ...

އަޙްމަދު ވަހީދު
އެސްޓީއޯއިން މަކިޓާގެ ހާއްސަ ޝޯރޫމެއް ހުޅުވައިފި

އެސްޓީއޯއިން މަކިޓާގެ ހާއްސަ ޝޯރޫމެއް ހުޅުވައިފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މަކިޓާގެ އުފެއްދުންތަކަށް ހާއްސަ ޝޯރޫމް އެއް ހުޅުވައިފިއެވެ. މިރޭ ބޭއްވި ރަސްްމިއްޔާތެއްގައި މި ޝޯރޫމް ހުޅުއްވައިދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި ސިންގަޕޫރު މަކިޓާގެ ޖެނެރަލް މެނޭޖަރު އިކެޑާ ސަންއެވެ. އެސްޓީއޯ އިން މަކިޓާގެ އުފެއްދުންތަކަށް ހާއްސަ މޖ ޝޯރޫމް ހުޅުވީ ބޮޑުތަކުރުފާނު މަގު ސީޓްރެކްސް އިމާރާތުގެ ގްރައުންޑް ފްލޯގައެވެ. މި ޝޯރޫމުން މަކިޓާގެ އުފެއްދުންތަކުގެ އިތުރުން ސްޕެއާ ޕާޓުތަކާއި އާފްޓަ ސޭލްސް ސާވިސް...

އަޙްމަދު ވަހީދު
ސީފެއަރާއިންގެ ދުވަސް ފާހަގަ ކުރަން އެސްޓީއޯއިން ޕެނަލް ޑިސްކަޝަނެއް ބާއްވައިފި

ސީފެއަރާއިންގެ ދުވަސް ފާހަގަ ކުރަން އެސްޓީއޯއިން ޕެނަލް ޑިސްކަޝަނެއް ބާއްވައިފި

ސީފެއަރާއިންގެ ދުވަސް ފާހަގަ ކުރަން އެސްޓީއޯއިން ޕެނަލް ޑިސްކަޝަނެއް ބާއްވައިފިއެވެ. ރޭ ބޭއްވި މި ޕެނަލް ޑިސްކަޝަނަކީ ރާއްޖޭގައި މެރިޓައިމް ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން ބޭއްވި ހަރަކާތެކެވެ. މި ޕެނަލް ޑިސްކަޝަންގައި މެރިޓައިމް ދާއިރާގެ އިސް ބޭފުޅުން ވަނީ ބައިވެރިވެފައެވެ. އެގޮތުން، މޯލްޑިވްސް ސްޓޭޓް ޝިޕިންގެ މެނޭޖިން ޑިރެކްޓަރ ކެޕްޓަން އަބްދު الله ސައީދު އާއި ކެޕްޓަން މުހައްމަދު ނާޒިމް އާއި ކެޕްޓަން މުޙައްމަދު ޒައިދުއާއި ކެޕްޓަން އާދިލް ރަޝީދު ބައިވެރިވެލެއްވިއެވެ. މި ޕެނަލް […]

އަޙްމަދު ވަހީދު
ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހަދަން ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި

ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހަދަން ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި

ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓު އެ ރަށަށް ގެންގޮސްފިއެވެ. އެ މަސައްކަތް ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ 85 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި ރިވެޓްމަންޓު ޖެހުމުގެ މަސައްކަތުގެ 58 އިންސައްތަ މަސައްކަތްވެސް ނިމިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން 3.48 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 255 […]

އަޙްމަދު ވަހީދު
މިއަދު 45 މިނެޓަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑާލަނީ

މިއަދު 45 މިނެޓަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑާލަނީ

މިއަދު 45 މިނެޓަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑާލަން ސްޓެލްކޯއިން ނިންމައިފިއެވެ. އެ ކުންފުނިން ކުރި ޓުވީޓެއްގައި ބުނީ، ޓްރާންސްފޯމަރު އަޕްގްރޭޑިންގެ މަސައްކަތްތަކެއް މިއަދު މެންދުރު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި މަސައްކަތާ ގުޅިގެން މިއަދު މެންދުރު 1:00އިން 3:45އާ ދެމެދު މާލޭގެ ބައެއް ސަރަހައްދުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުންޏެބވެ. ކަރަންޓް ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފައި ވަނީ މާފަންނުގެ އިއްޒުއްދީން މަގާއި، މަޖީދީމަގު، މުނިޔަމަގު، ހަނދުވަރީ ހިނގުން، ޝަހީދ...

އަޙްމަދު ވަހީދު
މާފުށީގެ އިތުރުން ކައިރި ރަށްރަށުގެ ކުނި، ސްޓެލްކޯއިން މެނޭޖް ކުރަނީ

މާފުށީގެ އިތުރުން ކައިރި ރަށްރަށުގެ ކުނި، ސްޓެލްކޯއިން މެނޭޖް ކުރަނީ

މާފުށީގެ އިތުރުން ކައިރި ރަށްރަށުގެ ކުނި ސްޓެލްކޯއިން މެނޭޖް ކުރަން ނިންމައި މާފުށީގައި މަސައްކަތް ފަށައިގެންފިއެވެ. ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި މާފުށީގެ ކުނި މެނޭޖް ކުރުމުގެ އެއްބަސްވުމުގައި އެ ކުންފުނިން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އެވެ. މި އެއްބަސްވުމުގައި މާފުށީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު އެވެ. ސްޓެލްކޯއިން މާފުށީގެ ކުނި މެނޭޖް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އ...

ސަނިއްޔާ އަބޫބަކުރު
ގުޅީފަޅުގެ ފެނުގެ ޚިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން އިތުރު އާރުއޯ ޕްލާންޓެއް

ގުޅީފަޅުގެ ފެނުގެ ޚިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން އިތުރު އާރުއޯ ޕްލާންޓެއް

ކ. ގުޅީގައި ސްޓެލްކޯއިން ދެމުން އަންނަ ފެނުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެރަށަށް 50 ޓަނުގެ އާރުއޯ ޕްލާންޓެއް ގެންގޮސްފިއެވެ. ސްޓެލްކޯއިން ކުރި ޓުވީޓެއްގައި ބުނީ، އެ ރަށުގެ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް އެކުންފުނިން ފެބްރުއަރީ މަހު ހަވާލުވި އިރު، އެރަށުގައި ބެހެއްޓިފައިވާ 40 ޓަނުގެ ދެ އާރުއޯ ޕްލާންޓުން ރަށަށް ބޭނުންވާ ވަރަށް ފެން އުފައްދާ ފޯރުކޮށްދިނުމަށް ދަތިތަކެއް ދިމާވި ކަމަށެވެ. އެހެންވެ އެ ހިދުމަތް ރަނގަޅު ކުރަން އިތުރު 50 ޓަނުގެ އާރުއޯ […]

އަޙްމަދު ވަހީދު
ފްލޯޓިން ސިޓީ އިންޓަގްރޭޓެޑް ޓޫރިޒަމް މޮޑަލަކަށް

ފްލޯޓިން ސިޓީ އިންޓަގްރޭޓެޑް ޓޫރިޒަމް މޮޑަލަކަށް

ރާއްޖޭގެ ފަތުރުވެރިކަމުގެ ޤާނޫނަށް ގެނެވުނު ބަދަލާއެކު ކުރިން ރިސޯޓް މޮޑަލެއް ގޮތަށް ތަރައްގީކުރަން ނިންމާފައިވާ ފްލޯޓިން ސިޓީ އިންޓަގްރޭޓެޑް ޓޫރިޒަމް މޮޑަލަކަށް ބަދަލުކޮށް އަލުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކެޓްރީ ފާތުމަތު ނިލްފާއެވެ. އަދި މި މަޝްރޫއު ކުރިއަށްގެންދާ ޑަޗް ޑޮކްލޭންޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ޕޯލް ވޭންޑިކޭމްއެވެ. މި އެއްބަސްވުމާއެކު ޓްރާން...

އަޙްމަދު ވަހީދު
ހއ. އަތޮޅުގެ ލޯންޗް ފެރީގެ ހިދުމަތް އާދީއްތަ ދުވަހު ފަށަނީ

ހއ. އަތޮޅުގެ ލޯންޗް ފެރީގެ ހިދުމަތް އާދީއްތަ ދުވަހު ފަށަނީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ހއ. އަތޮޅުގެ ލޯންޗް ޕެރީގެ ހިދުމަތް އާދީއްތަ ދުވަހު ފަށަން ނިންމައިފިއެވެ. މި ދަތުރުތަކުގައި ބޭނުން ކުރާ ލޯންޗުތައް މިއަދު ވަނީ މާލެއިން ހއ. ދަތުރު ފަށައިފައެވެ. މި ލޯންޗުތައް މާދަމާ ހއ. އަށް ދެވޭނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. މި މަހު ހދ. އަތޮޅިގެ ފެރީގެ ހިދުމަތް ވެސް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ފަށައިފައެވެ. މި ހިދުމަތް ހއ. […]

އަޙްމަދު ވަހީދު