މައި ޚަބަރަށް ދިޔުމަށް

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 13 ވަނަ ޞަފްޙާ

ހިޔާގެ އިތުރު ތިން ޓަވަރެއްގައި އިތުރު ލިފްޓް ހަރުކޮށް ބޭނުންކުރަން ފަށައިފި

ހިޔާގެ އިތުރު ތިން ޓަވަރެއްގައި އިތުރު ލިފްޓް ހަރުކޮށް ބޭނުންކުރަން ފަށައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، އިތުރު ތިން ޓަވަރެއްގައި އިތުރު ލިފްޓް ހަރުކޮށް އާންމުންނަށް ބޭނުންކުރަން ހުޅުވާލައިފިއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، އަލަށް ލިފްޓް ހަރުކޮށް ނިންމާފައިވަނީ H13، H14 އަދި H15 ޓަވަރުގައެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް ޖުމްލަ 15 ޓަވަރެއްގައި އިތުރު ލިފްޓް ހަރުކޮށް، މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. ހިޔާގެ ކޮންމެ ޓަވަރަކަށް އިތު...

އަޙްމަދު ވަހީދު
އުރީދޫ މެދުވެރިކޮށް ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކޮށްފި

އުރީދޫ މެދުވެރިކޮށް ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކޮށްފި

އުރީދޫގެ ޑިޖިޓަލް ވޮލެޓު ‘އެމް-ފައިސާ’ އާއި ދުނިޔޭގެ މަގުބޫލު ޕޭމަންޓް ޕްލެޓްފޯމް ޕޭޕަލް ގުޅުވައި، އެ ހިދުމަތް ރާއްޖެއަށް ރަސްމީކޮށް މިއަދު ތައާރަފްކޮށްފި އެވެ. ބާސެލޯ ނަސަންދުރާގައި އުރީދޫ މޯލްޑިވްސްއިން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ތައާރަފުކުރެވުނީ އުރީދޫ ފިންޓެކް މެދުވެރިކޮށެވެ. މީގެ ސަބަބުން އެމް-ފައިސާ އެކައުންޓާ ޕޭޕަލް ގުޅާލައިގެން ބައިނަލްއަޤްވާމީ ފައިސާގެ މުޢާމަލާތްތައް ސީދާކޮށް ލިބިގަތުމުގެ މަގު ވަނީ ފަހިވެފައެވެ. މި ހިދުމަތް ތައާރަފްކުރުމާ ގުޅިގެން ރައީސް މުއިއްޒު ވިދާޅ...

އަޙްމަދު ވަހީދު
މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ވެއްޖެ

މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ވެއްޖެ

އީލޮން މަސްކްގެ ސްޕޭސް އެކްސްޕްލޮރޭޝަން ޓެކްނޮލޮޖީސް ކޯޕަރޭޝަން (ސްޕޭސްއެކްސް) އިން އާންމުކޮށް ހިއްސާ ވިއްކަން ފެށުމާއެކު، އޭނާ ދުނިޔޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޓްރިލިއަނަރެއްގެ މަގާމު ހޯދައިފިއެވެ. ނަސްޑެކްގައި (NASDAQ:SPCX) ލިސްޓުކުރި މި ކުންފުނީގެ ހިއްސާއެއްގެ އަގު 135 ޑޮލަރަށް ކަނޑައަޅާފައިވާއިރު، މިއަދު ވިޔަފާރި ފެށުމާއެކު ހިއްސާގެ އަގު ވަނީ 168.75 ޑޮލަރަށް އުފުލިފައެވެ. މިއީ ކަނޑައެޅި އަގަށްވުރެ 25 އިންސައްތައިގެ ކުރިއެރުމެކެވެ. ސީބީއެސް ނިއުސްއިން ރިޕޯޓުކުރާ ގޮތުގައި މަސްކްގެ އަތުގައ...

ނާޒިމާ އަލީ
37 އަހަރުގެ އިޚްލާސްތެރި ޚިދުމަތަށްފަހު މުޙައްމަދު އިބްރާހީމް ރިޓަޔާކޮށްފި

37 އަހަރުގެ އިޚްލާސްތެރި ޚިދުމަތަށްފަހު މުޙައްމަދު އިބްރާހީމް ރިޓަޔާކޮށްފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގައި 37 އަހަރަށްވުރެ ގިނަ ދުވަހު އިޚްލާސްތެރި ޚިދުމަތްތަކެއް ކުރެއްވުމަށްފަހު، އެ ކުންފުނީގެ އިންވެންޓްރީ މެނޭޖްމަންޓް ޔުނިޓްގެ ސަރވިސް މެނޭޖަރ މުޙައްމަދު އިބްރާހީމް ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ. ސްޓެލްކޯއިން މަޢުލޫމާތު ދިން ގޮތުގައި މުޙައްމަދު އިބްރާހީމް އެ ކުންފުންޏަށް ޚިދުމަތް ކުރެއްވީ ޖުމްލަ 37 އަހަރާއި 7 މަސްދުވަހުއެވެ. އޭނާ ރިޓަޔަރ ކުރެއްވިއިރު ހުންނެވީ އިންވެންޓްރީ މެނޭޖްމަންޓް ޔުނިޓްގެ ސަރވިސް މެނޭޖަރުގެ މުހިންމު މަޤާމުގައެވ...

އަޙްމަދު ވަހީދު
ހަނދާންނެތުނަސް ހާސްކަމެއްނެތް، އުރީދޫ "އޮޓޯޕޭ" މެދުވެރިކޮށް ބިލް ދައްކައި އެޑްއޮންސްގަނެ ރީޗާޖް ވެސް ކޮށްލެވޭ

ހަނދާންނެތުނަސް ހާސްކަމެއްނެތް، އުރީދޫ "އޮޓޯޕޭ" މެދުވެރިކޮށް ބިލް ދައްކައި އެޑްއޮންސްގަނެ ރީޗާޖް ވެސް ކޮށްލެވޭ

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ބިލްތަކަށް ފައިސާ ދެއްކުމާއި، ރީޗާޖް ކުރުމާއި، އެޑް-އޯންތައް ގަތުމުގެ ކަންކަން ފަސޭހަކަމާއެކު އޮޓޮމެޓިކުން ކުރެވޭނެ އައު “އޮޓޯޕޭ” ފީޗާއެއް އެ ކުންފުނީގެ އެޕް މެދުވެރިކޮށް އިއްޔެ ތަޢާރަފުކޮށްފިއެވެ. މިއީ ކޮންމެ ދުވަހަކު ބޭނުންކުރާ މުވާސަލާތީ ޚިދުމަތްތައް ހޯދުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމަށް ފަރުމާކޮށްފައިވާ ޚިދުމަތެކެވެ. މި ފީޗާގެ އެހީގައި ކަސްޓަމަރުންނަށް އެ މީހުންގެ ކާޑުގެ މަޢުލޫމާތު ރައްކާތެރިކަމާއެކު ސޭވްކޮށް، ބޭނުންވާ ތާރީޚަކާއި ވަގުތެއްގައި...

އަޙްމަދު ވަހީދު
މިފްކޯ އިން ކަޅުބިލަ މަސް ކިލޯއެއް ގަންނަ އަގު އަނެއްކާވެސް ބޮޑުކޮށްފި

މިފްކޯ އިން ކަޅުބިލަ މަސް ކިލޯއެއް ގަންނަ އަގު އަނެއްކާވެސް ބޮޑުކޮށްފި

ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން ކަޅުބިލަ މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކޮށްފިއެވެ. މިފްކޯއިން ބުނިގޮތުގައި މި ބަދަލު ގެނެސްފައިވަނީ މިދުވަސްވަރަކީ ރާއްޖޭގައި މަސްވެރިކަން ދަށް ދުވަސްވަރަކަށް ވާތީ، މަސްވެރި އާއިލާތަކަށް މާލީ ގޮތުން ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ މަގުސަދުގައެވެ. މަސްވެރިންގެ އަތުން މަސް ގަންނަ އަގު ރަނގަޅުކުރުމަށް މިފްކޯއިން ކުރަމުންދާ މަސައްކަތުގެ ދަށުން، މި މަހުގެ 7 ވަނަ ދުވަހު ވަނީ ކަ...

ޔުމްނާ ޢަލީ
ޕީއެސްއެމްގެ ވޯލްޑް ކަޕް ކަވަރޭޖުގެ މެއިން ސްޕޮންސަރަކަށް މޯލްޑިވްސް ޕޯސްޓް

ޕީއެސްއެމްގެ ވޯލްޑް ކަޕް ކަވަރޭޖުގެ މެއިން ސްޕޮންސަރަކަށް މޯލްޑިވްސް ޕޯސްޓް

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ ”ފީފާ ވޯލްޑް ކަޕް 2026” ޚާއްސަ ކަވަރޭޖްގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ޕީއެސްއެމް ޓީވީ ބިލްޑިންގްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީބެވެ. މޯލްޑިވްސް ޕޯސްޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޝަހީދް އިބްރާހިމެވެ. މި ރަސްމިއްޔާތުގައި ކަވަރޭޖުގެ ކޯ ސް...

އަޙްމަދު ވަހީދު
މިފްކޯ އިން ކަޅުބިލަ މަސް ކިލޯއެއް ގަންނަ އަގު ބޮޑުކޮށްފި

މިފްކޯ އިން ކަޅުބިލަ މަސް ކިލޯއެއް ގަންނަ އަގު ބޮޑުކޮށްފި

ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން ކަޅުބިލަ މަސް ކިލޯއެއް ގަންނަ އަގު 18.50 ރުފިޔާއަށް ބޮޑުކޮށްފިއެވެ. މިފްކޯއިން ބުނިގޮތުގައި މި ބަދަލު ގެނެސްފައިވަނީ މިދުވަސްވަރަކީ ރާއްޖޭގައި މަސްވެރިކަން ދަށް ދުވަސްވަރަކަށް ވާތީ، މަސްވެރި އާއިލާތަކަށް މާލީ ގޮތުން ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ މަގުސަދުގައެވެ. މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި މަސް ގަންނަ އަގު ބިނާވަނީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިގެ މައްޗަށެވެ. މިދުވަސްވަރު މަސްވެރ...

ޔުމްނާ ޢަލީ
"މާލެ ޓެކްސީ" އެޕްލިކޭޝަން އެންޑްރޮއިޑް ފޯނުތަކަށް ވެސް ތަޢާރަފްކޮށްފި

"މާލެ ޓެކްސީ" އެޕްލިކޭޝަން އެންޑްރޮއިޑް ފޯނުތަކަށް ވެސް ތަޢާރަފްކޮށްފި

އެމްޓީސީސީން ފޯރުކޮށްދޭ “މާލެ ޓެކްސީ ލައިން” ޚިދުމަތުގެ އެޕްލިކޭޝަން ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިފިއެވެ. މިއާއެކު އެންޑްރޮއިޑް ފޯނު ބޭނުންކުރާ ފަރާތްތަކަށްވެސް މިހާރު ފަސޭހަކަމާއެކު މި ޚިދުމަތް ހޯދޭނެއެވެ. މި އެޕްލިކޭޝަން އެންމެ ފުރަތަމަ ތަޢާރަފްކޮށްފައިވަނީ ހަމައެކަނި އެޕަލްގެ އައިއޯއެސް ޑިވައިސްތަކަށެވެ. ނަމަވެސް ގިނަ ބަޔަކަށް މި ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި މިހާރު ވަނީ އެންޑްރޮއިޑް ޕްލެޓްފޯމަށްވެސް މި އެޕް އާންމުކޮށްފައެވެ. އެޕްލިކޭޝ...

އަޙްމަދު ވަހީދު
ރާއްޖެ އިޝްތިހާރުކުރުމަށް އުފެއްދުންތައް މާކެޓްކުރުމުގެ ފުރުސަތު

ރާއްޖެ އިޝްތިހާރުކުރުމަށް އުފެއްދުންތައް މާކެޓްކުރުމުގެ ފުރުސަތު

‘ވިޒިޓް މޯލްޑިވްސް’ ބްރޭންޑްގެ ދަށުން ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ބޭނުންވާ ތަފާތު އުފެއްދުންތައް މާކެޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) އިން ފުރުޞަތު ހުޅުވާލައިފިއެވެ. މިފުރުސަތު ހުޅުވާލަމުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް (ވީއެމްކޭއެލް) ބުނިގޮތުގައި، މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެ ޒިޔާރަތްކުރާ ފަރާތްތަކަށާއި ރާއްޖެއައުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދިވެހި ފަންނުވެރިންގެ ހުނަރުވެރި އުފެއްދުންތައް ފަސޭހައިން ލިބޭނެ އިން...

އަޙްމަދު ވަހީދު
ވޯލްޑް ޓްރެވަލް އެވޯޑްސް ގާލާ ހަފްލާ ކްރޮސްރޯޑްސްގައި ބާއްވަނީ

ވޯލްޑް ޓްރެވަލް އެވޯޑްސް ގާލާ ހަފްލާ ކްރޮސްރޯޑްސްގައި ބާއްވަނީ

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) ގެ މިއަހަރުގެ ބޮޑު ގާލާ ސެރެމަނީ ރާއްޖޭގެ ފުރަތަމަ މަލްޓި-އައިލެންޑް އިންޓަގްރޭޓެޑް ޑެސްޓިނޭޝަން ކަމަށްވާ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވުމަށް ނިންމައިފިއެވެ. މިއީ 2017 ވަނަ އަހަރަށްފަހު ޑަބްލިއުޓީއޭގެ ވީއައިޕީ ރަސްމިއްޔާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 27 ސެޕްޓެމްބަރު 2026 ގައެވެ. މި ތާރީޚަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ...

އަޙްމަދު ވަހީދު
މިފްކޯގެ ފިހާރައެއް އައްޑޫގައި ހުޅުވައިފި

މިފްކޯގެ ފިހާރައެއް އައްޑޫގައި ހުޅުވައިފި

މޯލްޑިވްސް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ކޮމްޕެނީ (މިފްކޯ) އިން އުފައްދާ ހުރިހާ ބާވަތްތަކެއް އައްޑޫ އިން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، އައްޑޫ ސިޓީ ހިތަދޫގައި އެ ކުންފުނީގެ ފިހާރައެއް ހުޅުވައިފިއެވެ. ހިތަދޫ އައިސް ޕްލާންޓް ކައިރީގައި ހުރި މި ފިހާރަ ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢުއެވެ. މި ފިހާރައަކީ ވެރިރަށް މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި ހުޅުވި މިފްކޯގެ ފުރަތަމަ ފިހާރައެވެ. ހޯމަ ދުވަހުގެ ރެއިން […]

ޔުމްނާ ޢަލީ
ޙައްޖު ދުވަހާއި ޢީދު ދުވަހު އެފްއެސްއެމްގެ ޝެޑްތައް ހުޅުވާ ގަޑިއަށް އާންމުކޮށްފި

ޙައްޖު ދުވަހާއި ޢީދު ދުވަހު އެފްއެސްއެމްގެ ޝެޑްތައް ހުޅުވާ ގަޑިއަށް އާންމުކޮށްފި

ކުރިއަށް އޮތް ޙައްޖު ދުވަހާއި އަޟްޙާ ޢީދު ދުވަހާ ގުޅިގެން، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ތެޔޮ އަޅައިދޭނެ ގަޑިތައް މިއަދު އާންމުކޮށްފިއެވެ. އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ޝެޑްތަކުން ޚިދުމަތް ދޭނެ ވަގުތުތަކަށް ބަދަލުތަކެއް ގެނެސްފައެވެ. އެފްއެސްއެމުން ބުނި ގޮތުގައި އަތޮޅުތަކުގެ އަށް ރަށެއްގައި ހުންނަ އެ ކުންފުނީގެ ޝެޑްތަކުން ޙައްޖު ދުވަހާއި ޢީދު ދުވަހު ޚިދުމަތް ދޭނީ މެންދުރުފަހު 14:30 އިން ރޭގަނޑު 23:00 އަށެވެ. މި ބަދަލު […]

ޔުމްނާ ޢަލީ
މާލޭ އާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓް ދެވިއްޖެ: ސްޓެލްކޯ

މާލޭ އާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓް ދެވިއްޖެ: ސްޓެލްކޯ

މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ހުރިހާ ސަރަހައްދަކަށް މިހާރު އަލުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީ ނިމިފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ. މުޅި މާލެ އާއި ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓު މެދުކެނޑުނީ މިއަދު މެންދުރު 12:00 ހާއިރުއެވެ. ސްޓެލްކޯއިން ބުނި ގޮތުގައި މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑެން ދިމާވީ ހުޅުމާލެ ފޭސް 1 ގައި ހުންނަ 50 މެގަވޮޓްގެ އިންޖީނުގޭގެ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް […]

ޔުމްނާ ޢަލީ
ރާއްޖޭގައި ބޭންކެއް ހިންގުމުގެ ހުއްދަ ''މޯލްޑިވްސް ޕްރިމިއާ ބޭންކް'' އަށް ދީފި

ރާއްޖޭގައި ބޭންކެއް ހިންގުމުގެ ހުއްދަ ''މޯލްޑިވްސް ޕްރިމިއާ ބޭންކް'' އަށް ދީފި

ދިވެހިރާއްޖޭގައި ބޭންކިންގ ވިޔަފާރިކުރުމުގެ ލައިސަންސް އިތުރު ބޭންކަކަށް، މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދީފިއެވެ. މި ލައިސަންސް ދޫކޮށްފައިވަނީ މޯލްޑިވްސް ޕްރިމިއަރ ބޭންކް ޕްރައިވެޓް ލިމިޓެޑް އަށެވެ. އެމްއެމްއޭގެ ފަރާތުން މި ލިޔުން ހަވާލުކޮށްދެއްވީ ގަވަރނަރު އަހްމަދު މުނައްވަރެވެ. މޯލްޑިވްސް ޕްރިމިއާ ބޭންކް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިލިޔުމާއި ހަވާލުވެފައި ވަނީ ޗެއާޕާސަން އައިޝާ ނޫރްއައިން ޖަނާހު އެވެ. އެމްއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، 19 މެއި 2025 ގައ...

ޔުމްނާ ޢަލީ