މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 126 ވަނަ ޞަފްޙާ

މިނީ ބަހުގެ ހިދުމަތުން މާދަމާއިން ފެށިގެން އަގު ނަގާނެ

މިނީ ބަހުގެ ހިދުމަތުން މާދަމާއިން ފެށިގެން އަގު ނަގާނެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މާލޭގައި ފެށި މިނީ ބަހުގެ ޙިދުމަތުން މާދަމާއިން ފެށިގެން އަގު ނަގަން ނިންމައިފިއެވެ. މި ހިދުމަތް ފާއިތުވި ހަތަރު ހަފްތާއިން ފެށިގެން އެމްޓީސީސީއިން އައީ ފޯރުކޮށްދެމުންނެވެ. އެ ކުންފުނިން ހިލޭ ދަތުރުތައް ކުރީ ބަސް ރޫޓުތަކަށް ކަސްޓަމަރުންނާއި ބަސްތައް އަހުލުވެރިކުރުވުމަށެވެ. ބަހުގެ ހިދުމަތުން އެމްޓީސީސީން ނަގާނީ ޓިކެޓަކަށް ހަތް ރުފިޔާއެވެ. ޓިކެޓް ނަގަން ބޭނުންވާ ފަރާތްތަކަށް އާރުޓީއެލް މޯބައިލް އެޕްލިކޭޝަނާއި ވެބްސައިޓުން ލިބ...

އަޙްމަދު ވަހީދު
ހުޅުދޫ ބަނދަރުގެ 93 އިންސައްތަ ނިންމާލައިފި

ހުޅުދޫ ބަނދަރުގެ 93 އިންސައްތަ ނިންމާލައިފި

ސ. ހުޅުދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 93 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި މަސައްކަތް އެމްޓީސީސީން ފަށާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އެމްޓީސީސީން ބުނިގޮތިގައި މި މަޝްރޫއުގެ، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން 88،623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 114 މީޓަރުގެ ބޭރ...

އަޙްމަދު ވަހީދު
އެމްޕީއެލްގެ ކޮންޓެއިނާ ހޭންޑްލިން އިކުއިޕްމެންޓްސް އިތުރުކުރުމުގެ މަސައްކަތް ފަށައިފި

އެމްޕީއެލްގެ ކޮންޓެއިނާ ހޭންޑްލިން އިކުއިޕްމެންޓްސް އިތުރުކުރުމުގެ މަސައްކަތް ފަށައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ކޮންޓެއިނަރ ހެންޑްލިންގ އިކުއިޕްމެންޓްސް އިތުރުކުރުމަށް ވެސް މަސައްކަތް ކުރަމުން އަންނަކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ. އެ ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އޭރުން ޕޯޓުގެ އެފިސެންސީ ކޮންމެވެސް ވަރަކަށް އިތުރުކުރެވޭނެ ކަމަށެވެ. އެގޮތުން އެއް ޓަގާއި ހަތަރު ރީސްޗެކަރ އަދި ފަސް ފޯކްލިފްޓް މިއަހަރުގެ ތެރޭގައި ގެނައުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ޝާހިދު ވިދާޅުވި އެވ...

މުޙައްމަދު އަފްރާޙް
މަގޫދޫ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

މަގޫދޫ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ފ. މަގޫދޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބަންޑް ވޯލްޖެހުމުގެ މަސައްކަތެވެ. ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މި އަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅުގައެވެ. މި މަޝްރޫއުގެ ދަށުން މަގޫދޫގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިމެނޭ ގޮތަށް 47.8 ހެކ...

އަޙްމަދު ވަހީދު
ކޮފީ ދުވަސް ފާހަގަ ކުރަން އެސްޓީއޯއިން ހިލޭ ކޮފީ

ކޮފީ ދުވަސް ފާހަގަ ކުރަން އެސްޓީއޯއިން ހިލޭ ކޮފީ

ބައިނަލްއަގުވާމީ ކޮފީ ދުވަހާ ގުޅިގެން އެސްޓީއޯ އިން ހިލޭ ކޮފީ ލިބޭ ހަރާކާތެއް ފަށައިފިއެވެ. އެސްޓީއޯ އިން މި ހަރަކާތް ކުރިއަށްގެންދަނީ ލިލީ އެންޓަޕްރައިސް އާއި ސިޓީ އިންވެސްޓްމެންޓް އަދި އަނާ އިންވެސްޓްމެންޓް ގުޅިގެންނެވެ. އެގޮތުން ކޮފީ ބުއިމަށް ލޯބިކުރާ ފަރާތްތަކަށް ހިލޭ ކޮފީ ލިބޭ ހަރަކާތެއް މިއަދު ވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ފަށައިފައެވެ. މިއަދު ހަވީރު 4:00ގައި ފެށި މިހަރަކާތް ކުރިއަށްދާނީ މިރޭ 10:00 އާ ހަމައަށެވެ. އެސްޓީއޯ އިން މައުލޫމާތު ދޭ ގޮތުގައި […]

އަޙްމަދު ވަހީދު
ސާނަވީ ތައުލީމު ކުރިއަރުވަން ވޯލްޑް ބޭންކުން ރާއްޖެއަށް 9 މިލިއަން ޑޮލަރު ދެނީ

ސާނަވީ ތައުލީމު ކުރިއަރުވަން ވޯލްޑް ބޭންކުން ރާއްޖެއަށް 9 މިލިއަން ޑޮލަރު ދެނީ

ރާއްޖޭގެ ސާނަވީ ތައުލީމުގެ ނިޒާމު ކުރިއެރުވުމަށް ވޯލްޑް ބޭންކުން 9 މިލިއަން ޑޮލަރު ދޭން ނިންމައިފިއެވެ. ވޯލްޑް ބޭންކުން ފާހަގަ ކޮށްފައިވާ ގޮތުގައި ޅަފަތުގެ ތައުލީމާއި އަސާސީ ތައުލީމާއި އަދި ފަށާ ސާނަވީ ތައުލީމު ރާއްޖެއިން އެންމެންނަށް ފޯރުކޮށްދީފައި ވީނަމަވެސް، މަތީ ސާނަވީ ތައުލީމު ހާސިލުކުރާ މިންވަރާއި އަދި އެ ލެވެލްގައި ދެ ޖިންސުގެ ދެމެދުގައި އޮތް ފަރަގު ބޮޑުވުމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އަދި އުނގެނުމުގެ ނަތީޖާ މެދުމިންވަރެއްގައި ހުރިއިރު، އަތޮޅުތަކުގެ މެދުގައި...

އަޙްމަދު ވަހީދު
ޕަބްޖީ ކުޅޭ ފަރާތްތަކަށް އުރީދޫގެ ހާއްސަ އޮފާއެއް

ޕަބްޖީ ކުޅޭ ފަރާތްތަކަށް އުރީދޫގެ ހާއްސަ އޮފާއެއް

ޕަބްޖީ ކުޅުމަށް އުރީދޫ ޕަބްޖީ ޑޭޓާ ބޭނުން ކުރާ ކަސްޓަމަރުންނަށް ހާއްސަ އޮފާއެއް ތައާރަފު ކޮށްފިއެވެ. އުރީދޫގެ މި އޮފާގެ ދަށުން އުރީދޫ ޕަބްޖީ ޑޭޓާ ޕެކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ވީއާރު ކެފޭއިން ހިލޭ ވީއާރު ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނެއެވެ. މި އޮފާގައި ބައިވެރިވޭނީ އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ. މި އޮފާގައި ބައިވެރިވާ ފަރާތްތަތުގެ ތެރެއިން ފަސް ބައިވެރިއެއް ހޮވާނެއެވެ. ކޮންމެ މީހަކަށް އެއް ގަޑިއިރު ވީއާރު ކެފޭގައި ހޭދަ ކުރުމުގެ […]

އަޙްމަދު ވަހީދު
ޅައިމަގު އެއްގަމު ތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތް ނިންމާލައިފި

ޅައިމަގު އެއްގަމު ތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތް ނިންމާލައިފި

ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ނމަޝްރޫއުގެ ދަށުން އެއްގަމު ތޮށީގައި ބްލޮކް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި، މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 31,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 350 މީޓަރުގެ ބޭރުތޮށި ލުމާއި، 276 މީޓަރުގެ […]

އަޙްމަދު ވަހީދު
ދިވެހިންގެ ބޭންކުން ބުނަނީ މިރޭވެސް ހިދުމަތަށް ބުރޫ އަރާނެކަމަށް

ދިވެހިންގެ ބޭންކުން ބުނަނީ މިރޭވެސް ހިދުމަތަށް ބުރޫ އަރާނެކަމަށް

ދިވެހިންގެ ބޭންކް، ބީއެމްއެލް ގެ ހިދުމަތަށް މިރޭ ގެސް ބުރޫ އަރާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ. ބީއެމްއެލުން ބުނި ގޮތުގައި އެ ބޭންކުން ދެމުން އަންނަ އިންޓަނެޓް ބޭންކިން އާއި އޭޓީއެމް އާއި ޕީއޯއެސް މެޝިން އަދި ޑޮލަރު ޕޯޓަލްގެ ހިދުމަތް މިރޭ 30 މިނެޓަށް މެދުކެނޑޭނެ ކަމަށެވެ. މި ހިދުމަތްތައް މެދުކެނޑޭނެ ކަމަށް ބަލާފައިވަނީ މިރޭ ދަންވަރު 1:30 އާއި 2:00 އާ ދެމެދުގައެވެ. ހިދުމަތް މެދުކަނޑާލަނީ ކުރިން ޕްލޭން ކޮށްފައިވާ މެއިންޓެނެންސްގެ މަސައްކަތްތަކެއް […]

އަޙްމަދު ވަހީދު
ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަނަށް އާރުކާޓީން ތަމްރީން ކުރަން ފަށައިފި

ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަނަށް އާރުކާޓީން ތަމްރީން ކުރަން ފަށައިފި

މޯލްޑިވްސް އިންޓިގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ރާއްޖޭގެ ފަތުރުވެރިކަމަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޔޮޓު ރެލީ ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަނަށް އާރުކާޓީން ތަމްރީން ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަން ބާއްވަން ނިންމާފައިވަނީ އަންނަ އަހަރުއެވެ. މި ދަތުރުގެ އާރުކާޓީންނަކީ ލޯކަލް ޓުއަ ގައިޑުންނެވެ. އެމްއައިޓީޑީސީ އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން، ކުރިއަށް ގެންދާ އާރުކާޓީން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފެށީ ފަތުރުވެރިކަ...

އަޙްމަދު ވަހީދު
ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށަނީ

ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށަނީ

ބްރިޓިޝް އެއާވޭސް އިން ރާއްޖެއަށް އަލުން ދަތުރުތައް ފަށަން ނިންމައިފިއެވެ. އެ އެއާލައިނުން ބުނެފައިވާ ގޮތުގައި މި ދަތުރުތައް ކުރާނީ ލަންޑަނުގެ ހީތުރޯ އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. މި ދަތުރުތައް އަލުން ފަށަން ނިންމާފައިވަނީ އަންނަ މަހުގެ 14 ގައެވެ. ބްރިޓިޝް އެއާވޭސްގެ ދަތުރުތައް އަލުން ފަށާއިރު ހަފްތާއަކު ހަތަރު ފްލައިޓް ބާއްވާނެއެވެ. ނަމަވެސް އަންނަ މަހުގެ 30 އިން ފެށިގެން ކޮންމެ ދުވަހަކު ފްލައިޓެއް ބާއްވަން އެ އެއާލައިނުން ވަނީ ނިންމާފައެވެ. އިނގިރޭސިވިލާތުގެ ދެވަނައަށް […]

އަޙްމަދު ވަހީދު
އޭޑީބީން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ އެހީ

އޭޑީބީން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ އެހީ

އޭޝިއަން ޑިވެލޮޕްމަންޓު ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ގެ އެހީއެއް ދީފިއެވެ. މި އެހީއަކީ ރާއްޖޭގެ ކޮވިޑް-19 ވެކްސިން ޕްރޮގްރާމަށް އެހީވުމުގެ ގޮތުން އޭޑީބީން ދިން އެހީއެކެވެ. އިއްޔެ މި އެއްބަސްވުމުގައު ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއެވެ. އޭޑީބީގެ ދެކުނު އޭޝިއާ ސަރަހައްދުގެ ހެލްތު ސްޕެޝަލިސްޓް ޑައިލިން ޗެން ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއިން ވަނީ ވެކްސިން ޕްރޮގްރާމުގައި ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދައިފައެވެ. […]

އަޙްމަދު ވަހީދު
އުރީދޫ ނޭޝަންގެ ޕަބްޖީ ކޮންޓެންޑާ ސީރީޒްގެ ދެވަނަ ބުރު ފަށައިފި

އުރީދޫ ނޭޝަންގެ ޕަބްޖީ ކޮންޓެންޑާ ސީރީޒްގެ ދެވަނަ ބުރު ފަށައިފި

އުރީދޫ ނޭޝަން އިން ބާއްވާ ޕަބްޖީ މުބާރާތަށް ކޮލިފައިވާ ޓީމުތައް ހޮވުމަށް ބާއްވާ ކޮންޓެންޑާ ސީރީޒްތަކުގެ ދެ ވަނަ މުބާރާތް ފަށައިފިއެވެ. މިއީ ރާއްޖޭގައި ބާއްވާ އެ ފަދަ އެންމެ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލީ މި މަހުގެ 13 އިން 17 އަށެވެ. އެ މުއްދަތުގައި ރަޖިސްޓްރީވި ޓީމުތަކުގެ ތެރެއިން ޝަރުތު ހަމަވެގެން 89 ޓީމަކުން 500 ގޭމަރުން ވާދަ ކުރާ ކަމަށް އުރީދޫ އިން ބުންޏެވެ. އުރީދޫ އިން ބުނީ […]

އަޙްމަދު ވަހީދު
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕިކް ޕޯސްޓާއި ޕޯސްޓް އޮފީހެއް ހުޅުވަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕިކް ޕޯސްޓާއި ޕޯސްޓް އޮފީހެއް ހުޅުވަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕިކް ޕޯސްޓަކާއި ޕޯސްޓް އޮފީހެއް ހުޅުވަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވެއްޖެއެވެ. އާދަމް މިހެން ވިދާޅުވީ ޕޯސްޓް ލިނިޓެޑުން ހުޅުމާލެ އަމީން އެވެނިއު ޓީކް ބިލްޑިންގައި ޕިކް ޕޯސްޓް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ޕިކް ޕޯސްޓުގެ ޚިދުމަތް ފުޅާ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއްކުރަމުންދާ ކަމަށެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕިކް ޕޯސްޓެއް ހުޅުވުމަށް ނިންމ...

އަޙްމަދު ވަހީދު
ހުޅުމާލެ އަމީން އެވެނިއުގައި ޕިކްޕޯސްޓެއް ހުޅުވައިފި

ހުޅުމާލެ އަމީން އެވެނިއުގައި ޕިކްޕޯސްޓެއް ހުޅުވައިފި

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެއިލް ޑެލިވަރީ ނިޒާމު ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހުޅުމާލެ އަމީން އެވެނިއުގައި ޕިކްޕޯސްޓެއް ހުޅުވައިފިއެވެ. އެ ކުންފުނިން އަންނަނީ މެއިލް ޑެލިވަރީ ހިދުމަތް ޒަމާނީކޮށް ތަރަްްގީ ކުރުމަށް ޕިކް ޕޯސްޓުގެ ނަމުގައި ސެލްފް ސާވިސް ޑެލިވަރީ ސްޓޭޝަންތަކެއް މާލެ އާއި ހުޅުމާލޭގައި ހުޅުވަމުންނެވެ. އެގޮތުން. އަމީން އެވެނިއު ޓީކް ބިލްޑިންގައި ހުޅުވި އާ ޕިކްޕޯސްޓަކީ މި ސަރަހައްދުގައި ހުޅުވި ހަ ވަނަ ޕިކް ޕޯސްޓެވެ. ޕިކް ޕޯސްޓުގެ ހިދުމަތަކީ […]

އަޙްމަދު ވަހީދު