މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 127 ވަނަ ޞަފްޙާ

އައިޓީއެފްސީން އެސްޓީއޯއަށް 189 މިލިއަން ޑޮލަރުގެ އެހީއެއް

އައިޓީއެފްސީން އެސްޓީއޯއަށް 189 މިލިއަން ޑޮލަރުގެ އެހީއެއް

ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ގަތުމަށް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިއެފްޓީސީ) އާއި އެސްޓީއޯއާ ދެމެދު 189 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއްގައި ސޮއި ކޮށްފިއެވެ. އާދީއްތަ ދުވަހު ހޮޓެލް ޖެންގައި ބޭއްވި ބައްދަލުމެއްގައި މި މުރާބަހާ ޓްރޭޑް ފައިނޭންސް ފެސިލިޓީ އެއްބަސްވުމުގައި އައިޓީއެފްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަނުގެ ސީއީއޯ ހާނީ ސަލީމަ ސޮންބޮލްއެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުއެވެ. އައިޓީއެފްސީ އަކީ […]

އަޙްމަދު ވަހީދު
ކެންދޫ ފަތާ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ނިންމާލައިފި

ކެންދޫ ފަތާ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ނިންމާލައިފި

ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަކުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެ ރަށުގެ ފަތާ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި، ބޭރުތޮށި ލުމުގެ މަސައްކަތުގެ 65 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، ފަތާ ސަރަޙައްދެއް ކޮނުމާއި، 803 މީޓަރު ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. […]

އަޙްމަދު ވަހީދު
އެސްޓީއޯގެ “ހިޓާޗީ ފްރިޖް ޕްރޮމޯ” ފަށައިފި

އެސްޓީއޯގެ “ހިޓާޗީ ފްރިޖް ޕްރޮމޯ” ފަށައިފި

އެސްޓީއޯއިން ވިއްކާ ހިޓާޗީ ބްރޭންޑުގެ ފްރިޖުތަކުން ބޮޑެތި ޑިސްކައުންޓް ލިބޭ “ހިޓާޗީ ފްރިޖް ޕްރޮމޯ” މިއަދު ފަށައިފިއެވެ. މިއަދު ފެށި މި ޕްރޮމޯޝަން ކުރިޔަށްދާނީ 5 ނޮވެމްބަރ 2022 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯގެ ހުރިހާ ރީޖަނަލް ފިހާރަތަކެއްގައި ކުރިއަށްދާނެއެވެ. މި ޕްރޮމޯޝަންގެ ދަށުން އެސްޓީއޯއިން ކަނޑައަޅާފައިވާ އައިޓަމްތަކުން 20 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން ކޮންމެ ހަފްތާއަކު ހޮވޭ ތިން ނަސީބުވެރިއަކަށް 1500 ރުފިޔާގެ ގިފްޓް […]

އަޙްމަދު ވަހީދު
ދެ އަހަރަށް ފަހު ޗައިނާއިން އަލުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ދެ އަހަރަށް ފަހު ޗައިނާއިން އަލުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ކޯވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރު ދަތުރުތައް ހުއްޓާލުމަށްފަހު އަލުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ޗައިނާއިން ނިންމައިފިއެވެ. ސީދާ ދަތުރުތައް އަންނަ މަހު އަލުން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވީ އިއްޔެ ޕީއެސްއެމްގެ ޕްރޮގްރާމެއްގައެވެ. ޗައިނާގެ ސަފީރު ވާންގް ލިޖިން ވިދާޅުވީ ރާއްޖެ އަކީ ޗައިނާގެ ފަތިރުވެރިންގެ މެދުގައި އަދިވެސް އެންމެ މަގުބޫލު މަންޒިލް ކަމަށެވެ. އެހެންވެ ދަތުރުތައް އަލުން ފަށަން އެ ޤައުމުގެ […]

އަޙްމަދު ވަހީދު
މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭ “ފެނަކަ އައިސް” ތައާރަފު ކޮށްފި

މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭ “ފެނަކަ އައިސް” ތައާރަފު ކޮށްފި

މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭ “ފެނަކަ އައިސް” އޮންލައިން ހިދުމަތް މިއަދު ތައާރަފު ކޮށްފިއެވެ. މިއީ ފެނަކައިން ރަށްރަށުގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއަށް، މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތް އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވުމާގުޅިގެން، ޒަމާނީ ޓެކްނޯލޮގީގެ އެހީގައި މަސްވެރިންނަށް ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ މަގުފަހިކުރުމުގެ މަސައްކަތުގެ ދަށުން ފެނަކައިން ތައާރަފު ކުރި ހިދުމަތެކެވެ. މި ޚިދުމަތް މެދުވެރިކޮށް މ...

އަޙްމަދު ވަހީދު
ފަރަންސޭސި ވިލާތުގައި ރާއްޖެ އިސްތިހާރުކުރަން ހާއްސަ ހަރަކާތްތަކެއް

ފަރަންސޭސި ވިލާތުގައި ރާއްޖެ އިސްތިހާރުކުރަން ހާއްސަ ހަރަކާތްތަކެއް

ފަރަންސޭސިވިލާތުގައި ރާއްޖެ އިތުރަށް އިސްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. އެމްއެމްޕީއާރުސީން މިއަދު ބުނީ ފަރަންސޭސިވިލާތުގެ މާކެޓުގައި ދިވެހިރާއްޖެ އިތުރަށް އިސްތިހާރު ކުރުމުގެ މަޤްޞަދުގައި ހާއްސަ ‘ކަނެކްޓް ވިތް މޯލްޑިވްސް ޔޯރ ސޭފް ހޭވަން މޯލްޑިވްސް ރޯޑްޝޯ’ ނަމުގައި ރޯޑްޝޯ އެއް ބާއްވައި، އިންޓަނޭޝަނަލް އެންޑް ފްރެންޗް މާކެޓް (އައިއެފްޓީއެމް) ޓޮޕް ރީސާ 2022...

ޔުމްނާ ޢަލީ
އެމްފައިސާ މެދުވެރިކޮށް ވަގުފު ފަންޑަށް ފައިސާ ޖަމާ ކުރެވޭ ގޮތް ހަދައިފި

އެމްފައިސާ މެދުވެރިކޮށް ވަގުފު ފަންޑަށް ފައިސާ ޖަމާ ކުރެވޭ ގޮތް ހަދައިފި

އުރީދޫ މޯލްޑިވްސް އިން އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން އެމްފައިސާ މެދުވެރިކޮށް ވަގުފު ފަންޑަށް ފައިސާ ޖަމާ ކުރެވޭ ގޮތް ހަދައިފިއެވެ. މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ކ.ހިންމަފުށި، މަސްޖިދުލް އިނާރާ މިސްކިތުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ އާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލްޙަމާދީއެވެ. އުރީދޫގެ ސީއީއީ ޚާލިދު ވިދާޅުވީ އުރީދޫއިން އަބަދުވެސް މަސައްކަތްކުރަނީ މުޖުތަމައުތައް ބިނާކޮށް، އެ ކުންފުނީގެ ވަސީލަތްތަކުގެ ބ...

އަޙްމަދު ވަހީދު
މާކުރަތުގެ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

މާކުރަތުގެ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ރ. މާކުރަތު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓިީސީސީ) އިން ބުނިގޮތުގައި މި، މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ބްލޮކްގެ ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މީގެ އިތުރުން، އާ ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 87 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 45،024 ކިއުބިކް މީޓަރުގެ ސަަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 140 މީޓަރުގެ ބޭރ...

އަޙްމަދު ވަހީދު
ބަސް ސްޓޮޕްތައް ހިޔާ ކުރުމުގެ މަސައްކަތް ފަށަނީ

ބަސް ސްޓޮޕްތައް ހިޔާ ކުރުމުގެ މަސައްކަތް ފަށަނީ

މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ހަދާފައިވާ ބަސް ސްޓޮޕްތައް ހިޔާ ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަސް ސްޓޮޕްތައް ހިޔާކުރުމަށް ބޭނުންވާ ޝެޑްތައް ހެދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށެވެ. އެ މަސައްކަތް ކުރިއަށްދަނީ ތިލަފުށީގެ ޑޮކްޔާޑުގައިކަމަށާއި، ވަރަށް އަވަހަށް ހިޔާކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އާޒިމް މިހެ...

އަޙްމަދު ވަހީދު
ކިނޮޅަހުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެ

ކިނޮޅަހުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެ

ރ. ކިނޮޅަސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތުގެ 60 އިންސައްތަ ވަނީ ނިމިފައެވެ. އަދި ނެރު ފުންކުރުމުގެ މަސައްކަތް ވަނީ އެއްކޮށް ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމާއި، 162 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، 285 މީޓަރުގެ ބޭރުތޮށި ލުމާއި، 65 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 186 މީޓަރުގެ […]

އަޙްމަދު ވަހީދު
އޮޅުވެލިފުށީގެ އާ އިންޖީނުގެއިން ހިދުމަތް ދޭން ފަށައިފި

އޮޅުވެލިފުށީގެ އާ އިންޖީނުގެއިން ހިދުމަތް ދޭން ފަށައިފި

ޅ. އޮޅުވެލިފުށީގައި 28 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލައި އާ އިންޖީނު ގެއިން ކަރަންޓު ދޭން ފަށައިފިއެވެ. އެ ރަށުގައި ހުޅުވި އާ އިންޖީނުގެއަކީ މީހުން ދިރިއުޅޭ ހިސާބުތަކުގައި ހުރި ޒަމާންވީ އިންޖީނުގެތަކުގެ ބަދަލުގައި މީހުން ދިރިއުޅޭ ހިސާބުތަކާ ދުރުގައި ޒަމާނީ، އިންޖީނުގެތަކެއް ހެދުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހަދާފައިވާ އިންޖީނުގެއެކެެވެ. އޮޅުވެލިފުށީގައި ހެދި އާ އިންޖީނު ގެއިން ކަރަންޓު ދޭން ފަށާފައިވަނީ މިދިޔަ ހޯމ...

އަޙްމަދު ވަހީދު
ވާދޫ ނަރުދަމާގެ މަސައްކަތް ފަށައިފި

ވާދޫ ނަރުދަމާގެ މަސައްކަތް ފަށައިފި

ގދ. ވާދޫގެ ނަރުދަމާ ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ފައްޓަވައިދެއްވީ ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި އެމްޑަބްލިޔުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމާއި ޑީއެމްދީ މުހައްމަދު ޝަރީފާއި ވާދޫ ކައުންސިލުގެ ނައިބު ރައީސް ހާޝިރު މުހައްމަދު އަދި ވާދޫ ކައުންސިލުގެ ސެކެޓްރީ ޖެނެރަލް މުހައްމަދު އިބްރާހިމް ދީދީއެވެ. ވާދޫ ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތަކީ ސަރުކާރުން 2020 ވަނަ އަހަރު އެމްޑަބްލިއުއެސްސީއާ ހަވާލު...

އަޙްމަދު ވަހީދު
މާއުނގޫދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި

މާއުނގޫދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި

ށ. މާއުނގޫދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާއި މާއުނގޫދޫ ކައުންސިލުގެ ރައީސް އާދަމް ސަލީމާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމުގެ އިތުރުން އެ ކުންފުނީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެމްޓީސީސީން ބުނީ, ދަނޑުވެރިކަމާއި ކަންނެލީގެ މަސްވެރިކަމަށް މަޝްހޫރު މާއުނގޫދޫ ބަނދަރު ތަރައްގީކޮށް ނިމުމުން ލަފާފުރުމުގެ ދަތިތައް ހައްލުވެ, އިގްތިސާދީ ފައިދާތައް ލިބިގެންދާނެ ކަމަށެވެ. މި މަ...

އަޙްމަދު ވަހީދު
ހަތަރު ރަަށެއްގެ ސިއްހީމަރުކަޒު ބޮޑު ކުރުމުގެ މަސައްކަތް ހަވާލުކޮށްފި

ހަތަރު ރަަށެއްގެ ސިއްހީމަރުކަޒު ބޮޑު ކުރުމުގެ މަސައްކަތް ހަވާލުކޮށްފި

4 ރަށެއްގެ ސިއްޙީ މަރުކަޒުގެ ޖާގަ ބޮޑުކުރުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފިއެވެ. ހެލްތު މިނިސްޓްރީން މިއަދު ހަވާލު ކޮށްފައިވަނީ ށ. ފީވަށް، ށ. ނަރުދޫ، ށ. ޅައިމަގު، އަދި އއ. މަތިވެރީގެ ސިއްޙީ މަރުކަޒުތަކުގެ މަސައްކަތެވެ. ނަރުދުއާއި ޅައިމަގުގެ މަސައްކަތް ކްލޭ ލިމިޓެޑް ލައިބިލިޓީ ޕާޓްނާޝިޕާ ހަވާލުކޮށްފައިވާއިރު ފީވަކުގެ ސިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލު ކުރީ ޕާސްޓްލައިން ޕްރައިވެޓް ލިިމިޓެޑާއެވެ. އަދި މަތިވެރީގެ ސިއްޚީ މަރުކަޒުގެ މަސައްކަތް ހަވާލު ކުރީ ރައިޒާ ޕްރައިވެޓް ލިމިޓެޑާއެވެ. ހެލްތު މިނ...

އަޙްމަދު ވަހީދު
14 ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ސްޓެލްކޯއިން ހަވާލުވެއްޖެ

14 ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ސްޓެލްކޯއިން ހަވާލުވެއްޖެ

ސްޓެލްކޯއިން, އަރިއަތޮޅުގެ 14 ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ހަވާލުވެއްޖެއެވެ. މި މަސައްކަތާ ހަވާލުވުމަށް މިއަދު ސްޓެލްކޯގައި ވަނީ 14 ރަށުގެ ކައުންސިލްތަކާއެކު ފަހުމުނާމާތަކުގައި ސޮއިކޮށްފައެވެ. މި ރަސްމިއްޔާތުގައި އެ ކުންފުނީގެ އިސްވެރިންނާއި ރަށްތަކުގެ އިންޖީނުގެތަކުގެ މެނޭޖަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އާއި އއ އަދި އދ އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި ރަށްރަށުގެ ކައުންސިލްގެ ރައީސުންގެ އިތުރުން އެލްޖީއޭގެ ސީއީއޯ އަފްޝ...

އަޙްމަދު ވަހީދު