ދިފާއުވުމަކީ ހަމައެކަނި އިސްރާއީލަށް އޮންނަ ހައްގެއްނޫން: މެލޭޝިއާގެ ބޮޑުވަޒީރު
ދިފާއުވުމަކީ ހަމައެކަނި އިސްރާއީލަށް އޮންނަ ހައްގެއްނޫން ކަމަށާއި، އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކާއި ގުޅިގެން އެ ގައުމާމެދު ބައިނަލްއަގްވާމީ މުޖުތަމައުން ފިއްތުން އިތުރުކޮށް ދަތިކުރަންޖެހޭކަމަށް މެލޭޝިއާގެ ބޮޑުވަޒީރު ޔާންގް އަމަތް ބަރހޮރމަތް ޑާޓޯ ސެރި އަންވަރް ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ. ފްރީ މެލޭޝިއާ ޓުޑޭ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ އިސްރާއީލުން އެހެން ޤައުމުތަކުގެ މައްޗަށް ގަސްދުގައި ކުރަމުންދާ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް ބާރ...