އިންތިޚާބީ މަގާމްތަކުގައި ތިބޭ މީހުން ވަކިކުރަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ ރިކޯލް ވޯޓުނެގޭނެ ގޮތަށް ޤާނޫނުއަސާސީ އިސްލާހްކުރަން މަޖިލީހަށް ހުށަހަޅަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިއަދު ނޫސްވެރިންނާއި ބައްދަލުކުރަށްވައި ދައްކަވަމުންދާ ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވިގޮތުގައި އިންތިޚާބީ މަގާމްތަކުގައި ތިބޭ މީހުން ވަކިކުރަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ ރިކޯލް ވޯޓުނެގޭނެ ގޮތަށް ޤާނޫނުއަސާސީ އިސްލާހްކުރާއިރު އޭގައި ''ހުރިހާ އިންތިޚާބީ މަގާމެއް'' ވެސް ހިމެނޭނެކަމަށެވެ.
''ކައުންސިލަރސް، އެމްޕީސް، އޯލް އިލެކްޓެޑް، އެވްރީވަން ދެޓް އިލެކްޓެޑް، އެމީހުން އިލެކްޓް ކުރި ދާއިރާއަށް ގޮސް ނަގާނޭ ރިކޯލް ވޭޓެއް އެ ހިސާބަށް ދާންޖެހިއްޖެއްޔާމު، ރިކޯލް ވޯޓެއް ނަގައިގެން އޭގެން ފާސްވަންޏާ، އޭގެންފާސްވީ އިތުބާރު ނެތްކަމަށް، ވެއްޖެއްޔާ ގޮނޑި ގެއްލޭނޭ، ކައުންސިލަރެއްވިޔަސް އެމްޕީއެއްވިޔަސް އެހެން މީހެއްވިޔަސް އިންތިޚާބު ކުރެވިފައިހުރި މީހެއްނަމަ ކުޑަކުޑަ ގްރޫޕެއް ތެރޭން ނިންމާނުލާ، މިހާރު ބައެއްފަހަރު އެމީހުންގެ ތެރޭގައި ނަގާވޯޓަކުން އެބަ ނިންމާލެވޭ،'' ރައީސް ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން ރައީސް ވިދާޅުވީ، ކައުންސިލަރުން ވެސް މަޖިލީހުގެ މެމްބަރުން ވެސް ވަކިކުރެވޭނެގޮތެއް ނޯންނަކަމަށެވެ. އެހެންކަމުން އެމީހަކު އިންތިޚާބުކުރި ދާއިރާގެ ރައްޔިތުންގެ މެދުގައި ނަގާ ރިކޯލް ވޯޓަކުން ފާސްވެއްޖެނަމަ އޭނަ ވަކިކުރެވޭނެގޮތް ޑިމޮކްރެޓިކް ނިޒާމްގައި އޮންނަންޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުނަށް ބާރު ދިނުމަކީ ވެސް އެއީކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވެގެން އިންތިޚާބުކުރި މީހަކު، ރައްޔިތުން ބޭނުންވެއްޖެ ހިނދެއްގައި ދައުރުގެ މެދުތެރެއިން ވެސވަކިވެސް ކުރެވެންޖެހޭނެކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!