ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ތިން ޕްރޮޖެކްޓެއް ނިންމާލައިފި
ދެމެހެއްޓެނިވިގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެގޮތުން، ބޭންކް އޮފް މޯލްޑިވްސްއިން ހިންގާ “ބީއެމްއެލް ކޮމިއުނިޓީ ފަންޑު”ގެ ދަށުން; ދ. ހުޅުދެލި، ލ. މުންޑޫ އަދި ލ. ފޮނަދޫގައި ހިންގި ޕްރޮޖެކްޓްތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ކޮމިއުނިޓީ ފަންޑުގެ ދަށުން ހުޅުދެލީގައި ވަނީ، މަސްކެނޑުމަށް ހާއްސަތަނެއް ގާއިމްކޮށްފައެވެ. މިއީ މަސްވެރިންގެ އިތުރުން ހުޅުދެލީގެ އާންމު ރައްޔިތުންނަށްވެސް މަސްކެނޑުމަށް ފަސޭހަވާނެހެން ތަރައްގީކުރެވިފައިވާ ތަނެއް ކަމަށް ބީއެމްއެލް...