ތިނަދޫ އައު އިންޖީނުގެ ހުޅުވައި، ހިދުމަތް ދޭން ފަށައިފި
ގދ. ތިނަދޫގައި އަލަށް އިމާރާތް ކުރި ފެނަކައިގެ އިންޖީނުގެ ރަސްމީކޮށް ހުޅުވައިފިއެވެ. އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އިންޖީނުގެ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުއެވެ. މި އިންޖީނުގެ ހުޅުވާފައިވަނީ އެ ރަށުގައި 20 އަހަރުވަންދެން ހިންގަމުން ދިޔަ އިންޖީނުގެ ނިއްވާލުމަަށްފަހުއެވެ. ތިނަދޫގައި އަލަށް އިމާރާތްކުރެވުނު އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތަކީ، ޒަމާނުގެ ފެންވަރަށް އިމާރާތްކޮށްފައިވާ އިންޖީނުގެއަކާ އޮފީސް އިމާރާތެކެވެ. ފެނަކަ އިން ބުނެފައިވާ ގޮތުގަ...