އެމްޑަބްލިއުއެސްސީ ގެ ޕްރިމިއަމް ފެން “އާރޯ” މޫލީ މެދުވެރިކޮށް އޮންލައިންކޮށް އޯޑަރުކުރެވޭ ގޮތް ހަދައިފިއެވެ.

މޫލީއިން މި އުފެއްދުން ވިއްކަން ފެށުމާއެކު، ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރީ ކުރާނެއެވެ. އާރޯ އަކީ އެމްޑަބްލިއުއެސްސީ އިން އުފައްދާ ޕްރީމިއަމް ފެނުގެ ބްރޭންޑެކެވެ.

Ad
rt

އާރޯ ފެން ފުޅީ ގެ ޑިޒައިން އުފައްދާފައިވަނީ ޕްލާސްޓިކް ކުނި ވަރަށް ބޮޑަށް މަދު ކުރެވޭނެހެން ކަމުން، ތިމާވެއްޓާ ރައްޓެހި ދިރިއުޅުމުގެ ވައްޓަފާޅި އަށް ލޯބިކުރާ ކަސްޓަމަރުންނަށް މިއީ ފުރިހަމަ އުފެއްދުމެކެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަން ސިފަވާގޮތަށް ދިވެހި ފަންނުވެރިންގެ ކުރެހުންތައް ހިމަނައިގެން ފަރުމާކޮށްފައިވާ އާރޯ އަކީ ފަރުވާކޮށް މިނަރަލައިޒްކޮށް އިންޑަސްޓްރީގެ މިންގަނޑުތަކަށް އެއްގޮތަށް ފަރުމާ ކުރެވިފައިވާ ވަރަށް ފުރިހަމަ ފެންވަރުގެ ފެނެކެވެ.

ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އޮންލައިން މާކެޓްޕްލޭސް - މޫލީގެ ކަސްޓަމަރުންނަށް އޮންލައިންކޮށް ފައިސާ ދެއްކުމާއި، މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން އިތުބާރާ އެކު ޑިޖިޓަލްކޮށް ވިޔަފާރިކުރުމުގެ ފުރިހަމަ ތަޖުރިބާއެއް ކަސްޓަމަރުންނަށް ފަހިކޮށްދެއެވެ.

މީގެ އިތުރުން ކުދި ވިޔަފާރިކުރާ ފަރާތްތަކާއި އޮންލައިން ރީޓެއިލަރުންނަށް އިތުރު ކަސްޓަމަ ބޭސްއަކާ ގުޅުވާލަދީ ޑެލިވަރީގެ ޚިދުމަތާ އެކު ވިޔަފާރި އިތުރަށް ފުޅާ ކުރުމަށް ވެސް މޫލީއުއނ މަގުފަހިކޮށްދެއެވެ.

އާރޯ ފެނަށް https://mool.ee/ARO މެދުވެރިކޮށް އޯޑަރު ކުރެވޭނެއެވެ.