ރާއްޖޭގެ ފުރަތަމަ ޑްރޯން ރޭސް، ވަރަށް ކާމިޔާބު
ރާއްޖޭގެ ފުރަތަމަ ޑްރޯން ރޭސް، “އުރީދޫ ޑްރޯން ރޭސް 2023” ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިދިޔަ ހޮނިހިރު ދުވަހު އެ ރޭސް ކުރިއަށްގެންދިޔައީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ، 12 ހުނަރުވެރި ޕައިލެޓުން ވާދަކުރިއެވެ. ސްކައި ވޯކާ ކެޓެގަރީންނާއި ސްކައި އެލީޓް ކެޓެގަރީގައި ވާދަކޮށް އެ ޕައިލެޓުންގެ ހުނަރު ދައްކުވައިދީފައިވެއެވެ. ސްކައި ވޯކާ ކެޓަގަރީގައި ހަތަރު ހުރަހަކުން އަށް ޕައިލެޓުން ހުނަރުވެރިކަމާއެކު ޑްރޯންތަކަށް ދުއްވާފައިވާ އިރު، ސްކައި އެލީޓް ކެޓަގަރީން ހަތ...