ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އުފާވެރި ދުވުން - އުރީދޫ ފަން ރަންގެ މިއަހަރުގެ ދުވުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ފަސް ކިލޯމީޓަރުގެ މި އުފާވެރި ދުވުން ކުރިއަށް ގެންދިޔައީ އިއްޔެ ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުން ފެށިގެން ގޮސް ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދެއެއްގެ ހިތްގައިމު މަގުތައް ހިމެނޭ ގޮތަށެވެ. އުރީދޫ ފަން ރަންގައި މި އަހަރު 6،000 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވިއެވެ.

Ad
rt

މި ދުވުމަކީ ހުރިހާ އުމުރެއްގެ ދުވުންތެރިން ބައިވެރިވާ ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓު ކުރުމުގެ އިތުރުން މުޖުތަމައުގެ އެއްބައިވަންތަކަމާއި އުފާވެރިކަން ފާހަގަކުރާ ދުވުމެކެވެ.

އުރީދީ ފަންރަންގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވަނީ

އުރީދޫ ފަން ރަން 2023 ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ލ. އަތޮޅުގެ ކައުންސިލް ރައީސް އިސްމާއިލް އަލީ އާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޙާލިދު އަލް ހަމާދީ އާއި އުރީދޫ މޯލްޑިވްސްގެ ބޯޑް ޑިރެކްޓަރު ދީނާ ހުސައިން އަދި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ.

ފަން ރަންގެ ލަކީ ޑްރޯ ވިނާ އަކަށް އުރިދޫގެ ވެރިން އިނާމް ދެއްވަނީ

ދުވުން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވަނީ އުރީދޫ ފަން ރަން 2024 ގެ ރީޖަނަލް އެޑިޝަން ލ. އަތޮޅުގައި ބޭއްވުމަށް އުރީދޫން ނިންމާފައިވާކަން އިއުލާނުކުރައްވާފައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން އުރީދޫ ފަން ރަންގެ ހިތްގައިމު ރޫހު ރަމްޒުކޮށްދޭ ރަމްޒީ ހަނދާނީ ފިލައެއް ނައިބު ރައީސާއި އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ އަދި ލ. އަތޮޅު ކައުންސިލް ރައީސްގެ އިސްމާއިލް އަލީއަށް ވަނީ އަރުވާފައެވެ.

އުރީދޫ ފަން ރަން 2023ގެ ކާމިޔާބީއާ ގުޅޭ ގޮތުން އުރީދޫގެ ސިއީއޯ އަލް ހަމާދީ ވިދާޅުވީ އުރީދޫ ފަން ރަން އަކީ ހަމައެކަނި ދުވުމެއް ނޫން ކަމަށާއި ފަން ރަން އަކީ ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް ބާރު އެޅުމުގެ އިތުރުން ދިވެހި މުޖުތަމައުގެ ރޫހު ދައްކުވައިދޭ އުފާވެރި ހަރަކާތެއް ކަމަށެވެ.

ދުވުންތެރިން ކޮންމެ ކިލޯމީޓަރެއް ފުރިހަމަކުރަމުން ދިޔައިރު ފަން ސްޓޭޝަންތަކުން މަރުހަބާ ކިޔައި ކުލަ އާއި އޮބްސްޓެކަލަސް އަދި މަޖާ ފޯމް ޕާޓީ އެއް ފެނިގެންދިޔައެވެ. އަދި ދުވުން ނިމުނުއިރު ބައިވެރިން ވަނީ އެޑްވެންޗާ އަޕް ގެ ބުލް ބޭޝް އާއި ގްލެޑިއޭޓާ ޑުއެލްގެ އުފާވެރިކަން ވެސް ފާހަގަކޮށްފައެވެ.