ބީއެމްއެލް އެމްޕްލޯއީ ސްޓާ އެވޯޑް 20 މުވައްޒަފަކަށް
މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ދޭ ‘އެމްޕްލޯއީ ސްޓާ އެވޯޑްސް’ 20 މުވައްޒަފަކަށް ދީފިއެވެ. އެ ބޭންކުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި އެވޯޑް ހާސިލްކުރި މުވައްޒަފުންނަށް އެވޯޑު ދެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ކާލް ސްޓުމްކައެވެ. ކޮންމެ މަހަކު ބާއްވާ މި އެވޯޑަށް ހުށަހެޅޭ މުވައްޒަފުންގެ ތެރެއިން އެވޯޑް ހާސިލްކޮށްފައިވާ މުވައްޒަފުންނަކީ ބޭންކަށާއި މުޖުތަމައަށް އަގުހުރި މަސައްކަތްތަކެއްކޮށްދީފައިވާ އަދި މަސައްކަތާއި އަހުލާގުގައި ލާމަސީލު މުވައްޒަ...