މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,049 Stories
2,744 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

އެސްޓީއޯއިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފި
Business

އެސްޓީއޯއިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފި

ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފިއެވެ. މިގޮތަށް ފާސްކޮށްފައިވަނީ ހުޅުލޭގައި ހުންނަ ސީޕްލޭން ޓާމިނަލުގައި ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައެވެ. ހިއްސާގެ ފައިދާ ބަހަން ފާސްވީ، ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99 އިންސައްތަ ވޯޓުންނެވެ. ރޭގެ ޖަލްސާގައި އެސްޓީއޯގެ ހިއްސާދާރުންގެ ތެރެއިން 189 މީހުން ބައިވެރިވިއެވެ. މިއީ ފާއިތުވި 17 ވަރަކަށް އަހަރުތެރޭ އެ ކުންފުނިން ހިއްސާއަކަށް ބަހަން ފާސްކުރި އެންމެ […]

ވެމްކޯއިން ރިސޯޓުތަކުން ކުނި ނެގުމުގެ ހިދުމަތް ފަށަައިފި
Business

ވެމްކޯއިން ރިސޯޓުތަކުން ކުނި ނެގުމުގެ ހިދުމަތް ފަށަައިފި

ވެމްކޯއިން ރިސޯޓުތަކުން ކުނި އުކާލުމުގެ ޚިދުމަތް ފަށައިފިއެވެ. މިކަމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލެވެ. ވެމްކޯއިން ބުނީ ރިސޯޓުތަކުން އުފައްދާ ކުނި ނަގައިދޭން ފަށާފައިވަނީ ކުންފުނީގެ ސަރަޙައްދީ ޓްރާންސްފާ ސްޓޭޝަންތަކަށް ކުނި ގެންދިއުމުގައި ރިސޯޓުތަކަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭތީ އެ މައްސަލަ ހައްލުކުރުމަށް ކަމަށެވެ. އެހެންކަމުން މި ޚިދުމަތަށް ރަޖިސްޓްރީކުރާ ހުރިހާ ރިސޯޓްތަކަށްވެސް ވެމްކޯގެ އުޅަނދުތަކުގައި ކުނި ނަގައިދޭނެކަމަށް އެ ކު...

އެސްޓީއޯއިން ދަރުމަވަންތަ ހޮސްޕިޓަލުގައި ފާމަސީއެއް ހުޅުވައިފި
Business

އެސްޓީއޯއިން ދަރުމަވަންތަ ހޮސްޕިޓަލުގައި ފާމަސީއެއް ހުޅުވައިފި

އެސްޓީއޯ މެޑިކަލް ސާވިސަސް އިން ދަރުމަވަންތަ ހޮސްޕިޓަލުގައި ފާމަސީއެއް ހުޅުވައިފިއެވެ. ރޭ ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވުނު ރަސްމީއްޔާތުގައި މި ފާމަސީ ރަސްމީކޮށް ހުޅުވައިދެއްވީ އެސްޓީއޯގެ ޗެއާމަން އަލްފާޟިލް އާމިރް މަންސޫރެވެ. މި ރަސްމީއްޔާތުގައި އެސްޓީއޯގެ އިސްވެރިންގެ އިތުރުން އައިޖީއެމް އެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އިސްވެރިން ބައިވެރިވިއެވެ. އެސްޓީއޯ އިން ބުނީ މި ފާމަސީއަކީ އެހެން ފާމަސީތަކާއި ތަފާތުކޮށް ޒަމާނީ ކޮންސެޕްޓަކަށް ތައްޔާރު ކުރެވިފައިވާ ފާމަސީއެއް ކަމަށެވެ. އެެހެންކަމުން...

މާޅޮހު ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
Business

މާޅޮހު ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ބ. މާޅޮހުގެ ބަނދަރު މަރާމާތު ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 54 އިންސައްތަ ވަނީ ނިމިފައެވެ. އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 40 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 7,512 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ […]

ބަނޑޭރި ޕޭއިން އެމްފައިސާ މެދުވެރިކޮށް ސަރުކާރުގެ ހިދުމަތްތަކަށް ފައިސާ ދެއްކޭގޮތް ހަދައިފި
Business

ބަނޑޭރި ޕޭއިން އެމްފައިސާ މެދުވެރިކޮށް ސަރުކާރުގެ ހިދުމަތްތަކަށް ފައިސާ ދެއްކޭގޮތް ހަދައިފި

އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާ، އެކި ހިދުމަތްތަކަށް ފައިސާ ދެއްކުމަށްސަރުކާރުގެ ރަސްމީ ޕޯޓަލް ބަނޑޭރި ޕޭއިން ޕޭމަންޓް އޮޕްޝަނެއްގެ ގޮތުގައިބޭނުންކުރަން ފަށައިފިއެވެ. މިއީ ފައިސާގެ މުއާމަލާތްތައް ޑިޖިޓައިޒްކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކަން އިތުރުވެ ލިބިގެންދާ ވަރަށްބޮޑު ކުރިއެރުމެއްކަމަށް އުރީދޫން ބުންޏެވެ. އެގޮތުން، ބަނޑޭރި ޕޭއަށް އެމް-ފައިސާ ހިމެނުމާއެކު، ސަރުކާރުގެ ހިދުމަތްތަކަށް ބޭނުންވާފައިސާގެ މުއާމަލާތްތައް ކުރިއަށް ގެންދިއުމުގައި މ...

އުނގޫފާރުގައި އެމްއާރުއައި ހިދުމަތް ފަށަން ތައްޔާރުވެއްޖެ
Business

އުނގޫފާރުގައި އެމްއާރުއައި ހިދުމަތް ފަށަން ތައްޔާރުވެއްޖެ

ރ. އުނގޫފާރުގައި އެމްއާރުއައި ހިދުމަތް ފަށަން ތައްޔާރުވެއްޖެއެވެ. މި ހިދުމަތް ދިނުމަށް އެ ރަށަށް މިހާރު ވަނީ އެމްއާރުއައި މެޝިން ގެންގޮސްފައެވެ. މިހާރު ކުރިއަށްދަނީ މެޝިން އިންސްޓޯލް ކުރުމުގެ މަސައްކަތެވެ. މި މެޝިން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ބަހައްޓަނީ އެސްޓީއޯގެ އެހީގައެވެ. އެސްޓީއޯ އިން ބުނި ގޮތުގައި އެ ކުންފުނީގެ ބައޯމެޑިކަލް އިންޖިނިއަރުން މިހާރު ދަނީ މެޝިން އިންސްޓޯލް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންނެވެ. ބޭސްފަރުވާއަށް މާލެއަށް އައުން ހުއްޓުވުމަށް ރީޖަނަލް ހޮސްޕިޓަލުތ...

މިލަންދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް
Business

މިލަންދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

ށ. މިލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 31 އިންސައްތަ ވަނީ ނިމިފައެވެ. އަދި ބަނދަރުގެ ޕޭވިން މަސައްކަތްތަކުގެ 22 އިންސައްތަ ނިމިފައިވާ ކަމަށްވެސް ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 17,900 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، […]

އެމްޓީސީސީ ޔޫރޯ ޕްރޮމޯޝަނާ ގުޅުވައިގެން ސްކޭމެއް، ސަމާލުވޭ!
Business

އެމްޓީސީސީ ޔޫރޯ ޕްރޮމޯޝަނާ ގުޅުވައިގެން ސްކޭމެއް، ސަމާލުވޭ!

އެމްޓީސީސީން ޔޫރޯއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނުގައި ބައިވެރިވި ފަރާތްތަކަށް އޮޅުވާލައިގެން “ފިޝިން ސްކޭމް” އަށް ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ. އެމްޓީސީސީއިން އާއްމު ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނީގެ ޔޫރޯ ޕްރޮމޯޝަންގައި ބައިވެރިވި ފަރާތްތަކަށް އޮޅުވާލައިގެން “ފިޝިން ސްކޭމް” އެއް ކުރިއަށް ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ ސަމާލުވުމަށް އިލްތިމާސްކުރެއެވެ. ޔޫރޯ ޕްރޮމޯގައި ބައިވެރިވި ފަރާތްތަކަށް ވަކި ވަގުތެއްގެ ކުރިން ރަޖިސްޓްރީވާން ޖެހޭ ކަމަށް ބު...

އުރީދޫ ފަންރަން ލާމު ވަރަށް ފޯރިގަދަ
Business

އުރީދޫ ފަންރަން ލާމު ވަރަށް ފޯރިގަދަ

އުރީދޫ މޯލްޑިވްސްގެ ދުވުން ކަމަށްވާ އުރީދޫ ފަން ރަން ލާމު ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. އިއްޔެ ހަވީރު ބޭއްވި މި ދުވުން ކުރިއަށް ގެންގޮސްފައި ވަނީ ލ. ގަމު މުކުރިމަގު ބަނދަރު ސަރަހައްދުގައެވެ. ލާމު ބޮޑަމަގުގައި އޮބްސްޓިކަލްތަކާއެކު އުރީދޫގެ ފަން ރަން ކުރިއަށްދިޔައީ 2000 އެއްހާ ބައިވެރިންނާއެކުއެވެ. މި ދުވުމުގައި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު، ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްގެ އިތުރުން ސިޓީސް މިނިސްޓަރު އާދަމް ޝަރީފު […]

ފިނޭ ބަނދަރުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ
Thiladhunmathi News

ފިނޭ ބަނދަރުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ހދ. ފިނޭ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. މި މަޝްރޫއުގެ މަސައްކަތް ފެށުމަށްޓަކައި، ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރީ މި މަހުގެ 3 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، 5,848.05 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 35,484.26 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 5,848.05 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 219 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. […]

ސްޓެލްކޯގެ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ހާއްސަ މަހާސިންތާއެއް
Business

ސްޓެލްކޯގެ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ހާއްސަ މަހާސިންތާއެއް

ސްޓެލްކޯ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ހާއްސަކޮށްގެން މަހާސިންތާއެއް ބާއްވައިފިއެވެ. “ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ ސްޓޭޝަން މެނޭޖާރސް” ގެ ނަމުގައި މިދިޔަ މަހުގެ 30 އިން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މަހާސިންތާގައި 33 ރަށަކުން ސްޓޭޝަން މެނޭޖަރުން ވަނީ ބައިވެރިވެފައެވެ. މި މަހާސިންތާގައި ސްޓެލްކޯގެ އިންޖީނުގެތައް ހިންގުމުގެ އިންތިޒާމުތައް އެއްހަމަ ކުރުމަށް އެކުލަވާލާފައިވާ “ސްޓެލްކޯ އިންޖީނުގެތައް ހިންގާނެ ގޮތުގެ އަތްމަތީ ފޮތް” ވެސް ވަނީ އިފްތިތާހުކޮށްފައެވެ. މި ފޮތް އިފްތިތާހު ކޮށްދެއް...

ކަސްޓަމްސް ޑިއުޓީ މާފުވާ މިންވަރު 10،000ރުފިޔާއަށް
Business

ކަސްޓަމްސް ޑިއުޓީ މާފުވާ މިންވަރު 10،000ރުފިޔާއަށް

ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ބޭނުންތަކަށް ގެންނަ ތަކެތީން ޑިއުޓީ މާފުވާ މިންވަރު 10،000 ރުފިޔާއަށް މަތިކޮށްފިއެވެ. މީގެ ކުރިން ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކިގެ ބޭނުމަށް ގެންނަ މުދަލުން ޑިއުޓީ މާފުވާ މިންވަރަކީ 6،000 ރުފިޔާއެވެ. ކަސްޓަމްސް އިން މި އަދަދު އިތުރުކޮށްފައިވަނީ ރާއްޖެއިން ބޭރުން ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ބޭނުންތަކަށް ގެންނަ ތަކެއްޗާއި ވިޔަފާރި ސާމްޕަލްގެ ގޮތުގައި ގެންނަ ތަކެތީން ޑިއުޓީ މާފުކުރުމުގެ އުސޫލަށް އިއްޔެ...

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ
Business

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ. ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. އެ މައްސަލައިގެ ތަފްސީލެއް އެ ކުންފުނިމް ހާމައެއް ނުކުރެއެވެ. މި މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ. ހުޅުމާލެއިން ކަރަންޓު ކެނޑިފައިވާއިރު މިއަދު ޓްރާންސްފޯމަރެއްގެ ކޭބަލެއް ވަގަށް ނެގުމުން ހެންވޭރުގެ ބައެއް ގެތަކުންވެސް ވަނީ ކަރަންޓު ކެނޑިފައެވެ. އެ މައްސަލަ ހައްލުކުރުމަށްވެސް ސް...

ބިލެއްފަހި ބަނދަރުގެ ބޮޑުބައެއް ނިމިއްޖެ
Thiladhunmathi News

ބިލެއްފަހި ބަނދަރުގެ ބޮޑުބައެއް ނިމިއްޖެ

ށ. ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާ ކަމަަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 86 އިންސައްތަ ވަނީ ނިމިފައެވެ. އަދި މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރު ވަނަ ޝިޕްމަންޓް މިހާރު ވަނީ ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 10,500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 3825 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި […]

ޓްރާންސްފޯމަރު ކޭބަލް ވަގަށް ނެގުމުން ހެންވޭރުގެ ބައެއް ގެތަކުން ކަރަންޓު ކެނޑިއްޖެ
Business

ޓްރާންސްފޯމަރު ކޭބަލް ވަގަށް ނެގުމުން ހެންވޭރުގެ ބައެއް ގެތަކުން ކަރަންޓު ކެނޑިއްޖެ

ޓްރާންސްފޯމަރު ކޭބަލް ވަގަށް ނެގުމުން ހެންވޭރުގެ ބައެއް ގެތަކުން ކަރަންޓު ކެނޑިއްޖެއެވެ. ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންގޮސްފައިވާ ކަމަށެވެ. މީގެ ސަބަަބުން ކަރަންޓު ކެނޑިފައިވަނީ މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ އަބަދަށްފެހި މަގާއި، މެދުޒިޔާރަތްމަގު، ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުން ކަމަށް އެ ކުންފުނިން ބުންޏެވެ. އައު ކޭބަލެއް އަޅައި ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ތަންތަނަށް ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން...