އުރީދޫ މޯލްޑިވްސްގެ ދުވުން ކަމަށްވާ އުރީދޫ ފަން ރަން ލާމު ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

އިއްޔެ ހަވީރު ބޭއްވި މި ދުވުން ކުރިއަށް ގެންގޮސްފައި ވަނީ ލ. ގަމު މުކުރިމަގު ބަނދަރު ސަރަހައްދުގައެވެ. ލާމު ބޮޑަމަގުގައި އޮބްސްޓިކަލްތަކާއެކު އުރީދޫގެ ފަން ރަން ކުރިއަށްދިޔައީ 2000 އެއްހާ ބައިވެރިންނާއެކުއެވެ.

Ad
rt

މި ދުވުމުގައި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު، ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްގެ އިތުރުން ސިޓީސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް-ހަމާދީއާއި ރާއްޖޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގުވެސް ބައިވެރިވިއެވެ.

އުރީދޫ ފަން ރަންގެ ކުރިން ޕީއެސްޖީ ލެޖެންޑް، ނައިޖީރިއާ އޮކޯޗާ ވަނީ ލ. އަތޮޅު ތާރީހީ ޕަރީ ފެންގަނޑަށް ޒިޔާރަތްކޮށް މައުލޫމާތު ހޯދައިފައެވެ. އުރީދޫން އޭނާ ރާއްހެ ގެނައީ މި ދުވުމަށް ހާއްސަކޮށްގެންނެވެ.

ފަން ރަންގެ އިވެންޓާއެކު އުރީދޫން ވަނީ ފޯމް ޕާޓީއަކާއި ބޮޑުބެރުގެ ފޯރިގަދަ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެ، މަޖާ މާހައުލެއްގައި އުފާވެރި ވަގުތުތައް ހޭދަކޮށްފައިވެއެވެ.

އިވެންޓް ނިންމާލަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް-ހަމާދީ ވަނީ މުޅި ލ. އަތޮޅަށް ޝުކުރު އަދާކޮށްފައެވެ. ހާއްސަކޮށް އިންތިޒާމުތަކުގައި އެހީތެރިވެދިން ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ހާލިދު އަލް-ހަމާދީ ވަނީ ޑިސެމްބަރުގައި ހުޅުމާލޭގައި ބާއްވާ ރަންއަށް ހުރިހާ ފަރާތްތަކަށް ދައުވަތު ދެއްވާފައެވެ.

އުރީދޫން ވަނީ ރޭ ގަމު މުކުރިމަގު ބަނދަރު ސަރަހައްދުގައި ޔޫރޯ 2024 ގެ ކުއާޓާ ފައިނަލުގައި ޖަރުމަނާއި ސްޕެއިން ވާދަކުރާ މެޗު ބެލުމުގެ އިވެންޓެއްވެސް ބާއްވާފައެވެ. އެ އިވެންޓްގައިވެސް އޮކޯޗާ ބައިވެރިވިއެވެ.