މައި ޚަބަރަށް ދިޔުމަށް

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,050 Stories
2,872 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

އުރީދޫ ބޮޑު އީދު ކޮމްބޯ މި މަހުގެ ނިޔަލަށް ލިބޭނެ
Business

އުރީދޫ ބޮޑު އީދު ކޮމްބޯ މި މަހުގެ ނިޔަލަށް ލިބޭނެ

ބޮޑު އީދާ ދިމާކޮށް އުރީދޫ އިން ތައާރަފު ކުރި ބޮޑު އީދު ކޮމްބޯ މި މަހުގެ ނިޔަލަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. މިއީ އެންމެ 50 ރުފިޔާއަށް 4 ޖީބީ ޑޭޓާ ލިބޭ ކޮމްބޯ ޕްލޭނެކެވެ. 24 ގަޑިއިރަށް ބޭނުން ކުރެވޭ މި ޕްލޭނުގެ ދަށުން ޑޭޓާގެ އިތުރުން އުރީދޫ ނަންބަރުތަކަށް އަންލިމިޓެޑްކޯލްސް އާއި އެހެނިހެން ނެޓްވޯކުތަކަށް 100 ފްރީމިނެޓް ލިބޭނެއެވެ. މި ޕެކޭޖު އެކްޓިވޭޓް ކުރަން އުރީދޫގެ އެޕްލިކޭޝަނުން ނުވަތަ *929*2# އަށް […]

ގޮދަން ފުށް ފެކްޓްރީން އެކި ބާވަތުގެ ފުށް އުފައްދާނެ: އަމްރު
Business

ގޮދަން ފުށް ފެކްޓްރީން އެކި ބާވަތުގެ ފުށް އުފައްދާނެ: އަމްރު

އެސްޓީއޯގެ ގޮދަން ފުށް ބަންދު ކުރާ ފެކްތްރީގައި ތަފާތު ބާވަތްތަކުގެ ފުށް ތައްޔާރު ކުރާނެ ކަމަށް އެސްޓީއޯއިން ބުނެފިއެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މިހެން ވިދާޅުވީ އެކި މާއްދާ އެކުލެވޭ ފައިދާ ހުރި ފުށް އެސްޓީއޯގެ ކާރުޚާނާއިން އުފައްދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ކުރެއްވި ޓުވީޓަކާއި ގުޅިގެންނެވެ. އަމްރު ވިދާޅުވީ އަމިއްލަ ފަރާތްތަކާއި ކާބޯތަކެތި އުފެއްދުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކާއި، ވިޔަފާރިކުރާ ފަ...

އާޒިމް ބިލެތްފަހީގެ ބަނދަރުގެ މަސައްކަތް ބައްލަވާލައްވައިފި
Thiladhunmathi News

އާޒިމް ބިލެތްފަހީގެ ބަނދަރުގެ މަސައްކަތް ބައްލަވާލައްވައިފި

ށ. ބިލެތްފަހީގެ ބަނދަރުގެ މަސައްކަތ ކުރިއަށްދާގޮތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ބައްލަވާލައްވައިފި އެވެ. މި މަޝްރޫއުގެ ދަށުން މިއަދު ވަނީ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތައް އިންސްޓޯލްކޮށްފަ އެވެ. ބިލެތްފަހި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން މ24،125 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1،150 އަކަ...

ހޯރަފުށީ އެއާޕޯޓުގެ ރަންވޭއަށް ވެލި އަރައި މިއަދުގެ ދަތުރުތައް ކެންސަލް
Thiladhunmathi News

ހޯރަފުށީ އެއާޕޯޓުގެ ރަންވޭއަށް ވެލި އަރައި މިއަދުގެ ދަތުރުތައް ކެންސަލް

ހޯރަފުށީ އެއާޕޯޓުގެ ރަންވޭއަށް ވެލި އަރައި މިއަދުގެ ދަތުރުތައް ކެންސަލްކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު އޮތް ހުރިހާ ދަތުރެއް ވަނީ މާދަމާއަށް ފަސްކޮށްފައެވެ. ދަތުރުތައް ކެންސަލް ކުރީ މިއަދު ކުރި ވިއްސާރައިގެ ސަބަބުން އެއާޕޯޓުގެ ރަންވޭއަށް ވެލި އެރުމުގެ ސަބަބުންނެވެ. މޫސުން ގޯސްވުމުގެ ސަބަބުން މިދިޔަ މެއި މަހުވެސް އެއާޕޯޓަށް ގެއްލުންވެ ދަތުރުތައް ވަނީ މެދުކަނޑާލައިފައެވެ. މި ދަތުރުތައް އަލުން ފެށީ މިދިޔަ މަހުއެވެ. ހޯރަފުށީ އެއާޕޯޓަކީ މި ސަރުކާރުން ހެދި ފުރަތަމަ އެއާ...

5 ދަޅުލީ ކަންބަޅިއަކަށް ގިނަ ބައެއްގެ ސަމާލުކަން
International

5 ދަޅުލީ ކަންބަޅިއަކަށް ގިނަ ބައެއްގެ ސަމާލުކަން

ފަސް ދަޅު ލާފައި ހުރި ކަންބަޅިއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ. ނައިޖީރިއާގެ ލާގޯސްއިން ފެނުނު މި ކަންބަޅީގެ ވީޑިއޯތައް މިހާރު ވަނީ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި އާއްމުވެފައެވެ. މިއީ ރެމް ނުވަތަ ފިރިހެން ކަންބަޅިއެކެވެ. އާއްމުކޮށް ފިރިހެން ކަންބަޅިއެއްގައި ހުންނަނީ އެންމެ ދެ ދަޅެވެ. ބައެއް ކަންބަޅިތަކުގައި ދަޅެއް ނުވެސްހުރެއެެވެ. މިކަންބަޅީގެ ވީޑިއޯއެއްވަނީ ރޮއިޓާސްރސް އިންވެސް ހިއްސާކޮށްފަ އެވެ. A rare five-horned ram in Lagos steals the show as Nigerians mark […]

ވެކްސިން ޖެހުމުގެ އެންމެ ކާމިޔާބު ގައުމުތަކުގެ ތެރޭގައި ރާއްޖެ
Raajje

ވެކްސިން ޖެހުމުގެ އެންމެ ކާމިޔާބު ގައުމުތަކުގެ ތެރޭގައި ރާއްޖެ

ކޯވިޑް-19 ޖެހުމުގެ އެންމެ ކާމިޔާބު 25 ގައުމުަތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެއެވެ. މި ލިސްޓުގައި ރާއްޖެ ހިމެނެނީ 19ވަނައިގަ އެވެ. މި ލިސްޓުގައި ކުދި ގައުމުތަކުގެ ތެރޭގައި ހިމެމެނެނީމަދު ގައުމުތަކެކެވެ. އެއީ މަލްޓާ އާއި ސޭޝެލްސް އާއި އައިސްލެންޑު ފަދަ ކުދި އާބާދީ ހިމެނޭ ގައުމުތަކެވެ. މުޅި ދުނިޔޭގެ އާބާދީއަށް ބަލާއިރު މިހާތަނަށް ކޯވިޑް ވެކްސިން ފުރިހަމަ ކޮށްފައިވަނީ އެންމެ 13.4 އިންސައްތަ މީހުންނެވެ. ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 50އިންސައްތައަށް ވުރެ ގިނަ މީހުންނަށް ވަނީ […]

12 އަހަރުން މަތީ ކުދިންނަށް މޮޑާނާ ވެކްސިން ދޭން އީޔޫ އިން ހުއްދަ ދީފި
International

12 އަހަރުން މަތީ ކުދިންނަށް މޮޑާނާ ވެކްސިން ދޭން އީޔޫ އިން ހުއްދަ ދީފި

އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް މޮޑަނާގެ ކޮވިޑްވެކްސިން ދިނުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މެޑިސިންސް އޭޖެންސީން ހުއްދަ ދީފިއެވެ. އީޔޫގެ މެޑިސިންސް އޭޖެންސީން މިހުއްދަ ދިނީ 12 އަހަރާއި 17 އަހަރާ ދެމެދުގެ 3،700 ކުދިން ބޭނުންކޮށްގެން ހެދި ދިރާސާއަކަށްފަހުއެވެ. އެގޮތުން، އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ އުމުރުގެ މީހުންނެކޭ އެއްފަދައިން، މޮޑަނާގެ ވެކްސިން ޖެހުމުން އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ އުމުގެ ކުދިންގެ ހަށިގަނޑުގައި ދާދިއެއް މިންވަރަކަށް އެންޓިބޮޑީ […]

އުރީދޫގެ ފޯރިގަދަ އަތޮޅު ދުވުމުގައި ބައިވެރިވާން ތައްޔާރުތަ؟ އަވަހަށް ރަޖިސްޓަރ ކުރޭ!
Business

އުރީދޫގެ ފޯރިގަދަ އަތޮޅު ދުވުމުގައި ބައިވެރިވާން ތައްޔާރުތަ؟ އަވަހަށް ރަޖިސްޓަރ ކުރޭ!

މުޅި ރާއްޖެއަށް ހާއްސަކޮށްގެން އުރީދޫ މޯލްޑިވްސް އިން ބާއްވާ ފޯރިގަދަ ވަޗުއަލް ދުވުމުގައި ބެރިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. “އުރީދޫ އަތޮޅު ދުވުން” އަކީ ކޯވިޑް-19އާ ގުޅިގެން މިދިޔަ އަހަރު ފެށި ދުވުމެކެވެ. މި ދުވުމަށް މިދިޔަ އަހަރުވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އެގޮތުހް މިދިޔަ އަހަރުވެސް 5800 މީހުން މި ދުވުމުގައި ބައިވެރިވިއެވެ. މިއަހަރުގެ ދުވުން އޮންނާނީ އަންނަ މަހުގެ ތެރޭގައެވެ. މި ދުވުމުގައި ރަޖިސްޓްރީ ވާން ބޭނުންވާ މީހުންނަށް މިހާރު އުރީދޫ ޕޯޓަލް […]

2500 ޓަނުގެ މަސް ރައްކާ ކުރެވޭ ބޯޓެއް މިފްކޯއިން ގެނެސްފި
Business

2500 ޓަނުގެ މަސް ރައްކާ ކުރެވޭ ބޯޓެއް މިފްކޯއިން ގެނެސްފި

ދެހާސް ފައްސަތޭކަ ޓަނުގެ މަސް ރައްކާ ކުރެވޭ ބޯޓެއް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ރާއްޖެ ގެނެސްފިއެވެ. މި ބޯޓު ރާއްޖެ ގެނައީ ތައިލެންޑުން އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. މި ބޯޓު ގެންނަ 1.8 މިލިއަން ޑޮލަރު (27.8 މިލިއަން ރުފިޔާ) ހަރަދު ކުރި ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ. މިފްކޯއިން ބުނެފައިވާގޮތުގައި މި ބޯޓު ބޭނުން ކުރާނީ ރާއްޖޭން ބޭރަށް މަސް އެކްސްޕޯޓު ކުރުމަށެވެ. އަދި މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސް ރައްކާ ކުރުމަށްވެސް […]

ރިސޯޓުތަކުގެ 80 އިންސައްތަ މުވައްޒަފުން ވެކްސިން ފުރިހަމަ ކޮށްފި
Business

ރިސޯޓުތަކުގެ 80 އިންސައްތަ މުވައްޒަފުން ވެކްސިން ފުރިހަމަ ކޮށްފި

ރިސޯޓުތަކުގެ 80 އިންސައްތަ މުވައްޒަފުން ކަޮވިޑް-19ގެ ވެކްސިން ފުރިހަމަ ކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރިސޯޓުތަކުގެ މުވައްޒަފުންގެ ތެރެއިން މިހާތަނަށް 97 އިންސައްތަ މީހުން ވަނީވެކްސިންގެ ފުރަތަމަ ޑޯޒުޖަހައިފައެވެ. އޭގެ ތެރެއިން 80 އިންސައްތަ މީހުން ވަނީ ދެ ޑޯޒު ޖަހައި ވެކްސިން ފުރިހަމަކޮށްފައެވެ. އެ މިނިސްޓްރީން އަންނަނީ އެމްއެމްޕީއާރުސީއާ ގުޅިގެން ރިސޯޓުތަކުގެ މުވައްޒަފުންނަށް ވެކްސިން ޖެހުމަށް ހާއްސަ ކެމްޕޭނެއް ވެސް ކުރިއަށް ގެންދަމުންނެވެ. “އައިއޭމް ވެކްސިނޭޓެ...

ރަޝިއާ އާއި އިރުމަތީ ޔޫރަޕުން އިތުރު އެއާލައިންތައް ގެންނަން މަޝްވަރާކޮށްފި
Business

ރަޝިއާ އާއި އިރުމަތީ ޔޫރަޕުން އިތުރު އެއާލައިންތައް ގެންނަން މަޝްވަރާކޮށްފި

ރަޝިއާ އާއި އިރުމަތީ ޔޫރަޕުން ރާއްޖެއަށް އިތުރު އެއާލައިންތަކެއްގެ ދަތުރުތައްފެށުމުގެ މަޝްވަރާތަކުގައި ޓޫރިޒަމް މިނިސްޓްރު  ޑރ. އަބްދުﷲ މައުސޫމްބައިވެރިވެވަޑައިގެންފިއެވެ. މިދިޔަ ބުދަ ދުވަހު ބޭއްވި މި މަޝްވަރާ ބައްދަލުވުން ބާއްވާފައިވަނީ ރަޝިއާގައި ހުންނަ ދިވެހި ޓުއާ އޮޕްރޭޓިން ކުންފުންޏެއް ކަމަށްވާ ރިސޯޓު ލައިފް ހޮލިޑޭސްގައެވެ. މިއީ ރިސޯޓު ލައިފް ހޮލިޑޭސް އާއި ރެޑްވިންގްސް އެއާލައިން ގުޅިގެން މޮސްކޯއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތަސް ފެށުމަށް ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި މިނިސް...

ވޫހާންގެ ލެބުގެ އޮޑިޓް ހެދުމާ ޗައިނާ ދެކޮޅު
International

ވޫހާންގެ ލެބުގެ އޮޑިޓް ހެދުމާ ޗައިނާ ދެކޮޅު

ކޯވިޑް-19ގެ އަސްލު ހޯދަން ވޫހާންގެ ލެބޯޓްރީއެއްގެ އޮޑިޓެއް ހަދަން ޗައިނާއިން ދެކޮޅު ހަދައިފިއެވެ. ވޫހާންއިން ކޯވިޑް ފެނުނު ކަމަށް ގަބޫލު ކުރާ ލެބު “ބަޔޯ ޓެކް”ގެ އޮޑިޓެއް ހަދަން ޑަބްލިއުއެޗްއޯއިން ނިންމީ މިދިޔަ ހަފުތާގައެވެ. މިއީ ސައިންސުގެ އަގު ވައްޓާލުންކަމަށާއި އެއަށް ކުރާ އިހުތިރާމު ނަގާލުން ކަމަށް ޗައިނާއިން ވަނީ ބުނެފައެވެ. ޑަބްލިއުއެޗްއޯގެ ނިންމުމުގައި އޮޑިޓު ހެދުމަށް ނިންމާފައިވަނީ ހަމައެކަނި ބަޔޯ ޓެކްގެ އެއް ނޫނެވެ. ކޯވިޑް އެންމެ ފުރަތަމަ ފެނުނު ސަރަހައްދުގައި ހިމެނޭ ހުރިހާލެބެއްވެސް ބަލ...

ދުނިޔެ ހޫނުވާ މިންވަރު، ކުރިއަށް އޮތް 5 އަހަރު ތެރޭގައި 1.5 ޑިގްރީއަށް އެރުމުގެ ބިރު!
International

ދުނިޔެ ހޫނުވާ މިންވަރު، ކުރިއަށް އޮތް 5 އަހަރު ތެރޭގައި 1.5 ޑިގްރީއަށް އެރުމުގެ ބިރު!

ދުނިޔެ ހޫނުވާ މިންވަރު ކުރިއަށް އޮތް 5 އަހަރު ތެރޭގައި 1.5 ޑިގްރީ ސެލްޝިއަސް އަށް އެރުމުގެ ބިރު އެބައޮތް ކަމަށް ވޯލްޑް މީޓްރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) ގެ ދިރާސާއަކުން ދައްކައިފިއެވެ. މިދިޔަ އަހަރަކީ މިހާތަނަށް ދުނިޔޭގެ ހޫނުމިން އެންމެ މައްޗަށް ދިޔަ ތިން އަހަރުގެ ތެރެއިން އެއް އަހަރެވެ. އެގޮތުން މިދިޔަ އަހަރު ދުނިޔޭގެ ހޫނުމިން ހުރީ 1.2 ޑިގްރީސެލްޝިއަސްގައެވެ. އެހެންކަމުން ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އެ އަދަދު 1.5 އަށް އެރުމުގެ 40 އިންސައްތަ ޖާގަ އެބައޮތްކަމަށް […]

ވެކްސިން ދެ ޑޯޒް ފުރިހަމަނުކުރާ ފަތުރުވެރިން ގެސްޓުހައުސްތަކަށް ޗެކިން ނުކުރެވޭ ގޮތް ހަދައިފި
Business

ވެކްސިން ދެ ޑޯޒް ފުރިހަމަނުކުރާ ފަތުރުވެރިން ގެސްޓުހައުސްތަކަށް ޗެކިން ނުކުރެވޭ ގޮތް ހަދައިފި

ކޯވިޑް-19ގެ ވެކްސިން ފުރިހަަމަ ނުކޮށް ރާއްޖެ އަންނަ ފަތުރުވެރިން ގެސްޓުހައުސްތަކަށް ޗެކިން ނުކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ގެސްޓުހައުސްތަކަށް ދެވޭނީ ޑަބްލިއުއެޗްއޯއިން ގަބޫލުކުރާ ވެކްސިނެއްގެ ދެ ޑޯޒުފުރިހަމަކޮށް 14 ދުވަސްވެފައިވާ ފަތުރުވެރިންނަށް އެކަނި ކަމަށެވެ. ނަމަވެސް އެ މީހުންނާ އެކު ދަތުރު ކުރާ ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުޑަ ކުދިން ވެކްސިންފުރިހަމަ ނުކުރިއަށް ގެސްޓުހައުސްގައި ތިބެވޭނެއެވެ. ވެކްސިން ފުރި...

މިދިޔަ ކުއާޓާގައި އެމްޓީސީސީގެ ފައިދާ އިތުރުވެއްޖެ
Business

މިދިޔަ ކުއާޓާގައި އެމްޓީސީސީގެ ފައިދާ އިތުރުވެއްޖެ

މިއަހަރުގެ ދެވަނަ ކުއާޓާގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސާފު ފައިދާ އިތުރުވެއްޖެއެވެ. އެމްޓީސީސީގެ މާލީ ރިޕޯޓު ދައްކާގޮތުގައި މިދިޔަ ކުއާޓާގއި ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބުނީ 63 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކުންފުންޏަށް ލިބުނީ 15 މިލިއަން ރުފިޔާއެވެ. އެކުންފުންޏަށް ދެވަނަ ކުއާޓާގައި ލިބުނީ 423 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކުންފުންޏަށް ލިބުނީ 248 މިލިއަން ރުފިޔާއެވެ. މިދިޔަ އަ...