މައި ޚަބަރަށް ދިޔުމަށް

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,050 Stories
2,881 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

ވެމްކޯއިން، ގއ. ވިލިނގިލީގައި ގިނަ ވެފައި ހުރި ކުނި ނައްތާލައިފި
Business

ވެމްކޯއިން، ގއ. ވިލިނގިލީގައި ގިނަ ވެފައި ހުރި ކުނި ނައްތާލައިފި

ގއ. ވިލިނގިލީގައި ގިނަ ވެފައި ހުރި ކުނި ނައްތާލައި ކުނިގޮނޑު ސަރަހައްދު ސާފުކޮށްފިއެވެ. ވެމްކޯއިން ބުނިގޮތުގައި މި މަސައްކަތް ކޮށް ނިންމާލާފައިވަނީ އެންމެ 10 ދުވަހުގެ ތެރޭގައި ކަމަށެވެ. މި މަސައްކަތުގެ ދަށުން ވެމްކޯއިން ވަނީ ވިލިނގިލީގައި ގިނަވެފައި ހުރި 800 ޓަނުގެ ކުނި ނައްތާލައިފައެވެ. In just 10 days, our team has successfully collected and cleared approximately 800T of accumulated waste from the GA. Villingili@AdamMhmd_ @MoEnvmv #WAMCOLegacyWaste […]

ފޯކައިދޫ ބަނދަރުގެ 41 އިންސައްތަ މަސައްކަތް ނިންމާލައިފި
Business

ފޯކައިދޫ ބަނދަރުގެ 41 އިންސައްތަ މަސައްކަތް ނިންމާލައިފި

ށ. އަތޮޅު ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 41 އިންސައްތަ ނިންމާލައިފިއެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މިއީ 52.7 މިލިއަން ރުފިޔާގެމަޝްރޫއެކެވެ. އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން، ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ވާކަމަށެވެ. ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 41 ޕަސެންޓް ނިމިއްޖެ. މި މަޝ...

އިންޑިއާގެ މަހާރާޝްތްރާއިން ޒިކާ ވައިރަސް ފެނިއްޖެ
International

އިންޑިއާގެ މަހާރާޝްތްރާއިން ޒިކާ ވައިރަސް ފެނިއްޖެ

އިންޑިއާގެ މަހަރަޝްތުރާއިން ޒިކާ ވައިރަސް ފެނިއްޖެއެވެ. އެ ގައުމުން ރިޕޯޓު ކޮށްފައިވާގޮތުގައި މި ވައިރަސް ފެނިފައިވަނީ 50 އަހަރުގެ ޕޫނާ އަންހެނެއްގެ ގައިންނެވެ. އޭނާ ގައިން ޒިކާގެ އިތުރުން ޗިކުންގުންޔާ ވެސް ވަނީފެނިފައެވެ. އޭނާއަށް ޒިކާ ވައިރަސް ޖެހިފައިވާ ކަން ކަށަވަރުވީ މިދިޔަ ހުކުރު ދުވަހު ކުރި ޓެސްޓަކުންނެވެ. އޭނާ ގައިން މި ބަލި ފެނުމާއެކު މިހާރު ވަނީ ބަލި އިތުރަށް ފެތުރުނަނުދޭން ފިޔަވަޅު އަޅައިފައެވެ. އިންޑިއާ ސަރުކާރުން ބުނެފައިވާގޮތުގައި ބަލި ޖެހުނު އަންހެން މީހާއާއެކު ދިރިއުޅޭ […]

ވިސާގެ ހިދުމަތް ދެން ދޭނީ ކުރީގެ ސްޓާސިނަމާ އިމާރާތުން
Business

ވިސާގެ ހިދުމަތް ދެން ދޭނީ ކުރީގެ ސްޓާސިނަމާ އިމާރާތުން

މޯލްޑިވްސް އިމިގްރޭޝަންގެ ވިސާ ޑިވިޝަން ކުރީގެ ސްޓާ ސިނަމާ އިމާރާތަށް ބަދަލުކޮށްފިއެވެ. އިމިގްރޭޝަނުން ބުނީ މާދަމާއިން ފެށިގެން ވިސާ އާއި ގުޅޭ ހުރިހާ ހިދުމަތެއް ދެމުންދާނީ ކުރީގެ ސްޓާ ސިނަމާ ހިންގި މ. ސްޓާ ކުލައުޑުގެ އަށްވަނަފަންގިފިލާގައިކަމަށެވެ. އަދި މި ބަދަލާއެކު އިމިގްރޭޝަނުން ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުރިހަމަވާނެ ކަމަށްވެސް އެ އިދަަރާއިން ބުންޏެވެ. ވިސާ އާއި ގުޅޭ ހިދުމަތްތައް އިމިގްރޭޝަނުން މިހާރު ދެނީ އޮންލައިންކޮށެވެ. އެގޮތުން ބިޒްނަސް ވިސާ، ސްޕެޝަލް ވިސާ، މެރިއޭޖް ވިސާ، […]

މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވެއްޖެ
Business

މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވެއްޖެ

މިދިޔަ މަހު ރާއްޖޭގެ އިމްޕޯޓް އަދި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 59 އިންސައްތަ އިތުރުވެއްޖެއެވެ. ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި އިމްޕޯޓް އަދި އެކްސްޕޯޓަށް ލިބުނު ކުރިއެރުމާއެކު ދައުލަތަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަމަހު 247 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު މިދިޔަ އަހަރުގެ ޖޫންމަހު ލިބުނީ 156 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިދިޔަ މަހު ރާއްޖެއަށް އެތެރެ ކޮށްފައިވަނީ ތިން ބިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެ [...

މިހާތަނަށް ހަ ލައްކަ ފަތުރުވެރިން ރާއްޖެ އައިސްފި
Business

މިހާތަނަށް ހަ ލައްކަ ފަތުރުވެރިން ރާއްޖެ އައިސްފި

މި އަހަރުގެ މިހާތަނަށް ހަ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން ތަފާސްހިސާބުތައް ދައްކާގޮތުގައި މި މަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 600252 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީމިދިޔަ އަހަރުތެރޭ ރާއްޖެއަށް ޒިޔާރަތްކުރި މުޅި ޖުމްލަ ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު އަށް އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރު ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމާއި ދުނިޔޭގެ ޓޫރިޒަމް މަޑު ޖެހިފައި އޮތުމުގެ ސަބަބުން ރާއްޖެއަށް އަ...

ޖަޒީރާ ރީފާއެކު މަސް އެކްސްޕޯޓު ކުރުމުގެ ހަރަދު ކުޑަވާނެ: އަމްރު
Business

ޖަޒީރާ ރީފާއެކު މަސް އެކްސްޕޯޓު ކުރުމުގެ ހަރަދު ކުޑަވާނެ: އަމްރު

މިފްކޯއިން މިދިޔަ ހަފުތާގައި ރާއްޖެ ގެނައި މަސް ރައްކާ ކުރާ ބޯޓު، ޖަޒީރާ ރީފާގެ ސަބަބުން ބޭރަށް މަސް އެކްސްޕޯޓު ކުރުމަށް ދާ ހަރަދު ކުޑަ ކުރެވޭނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ. މިފްކޯއިން 1.8 މިލިއަން ޑޮލަރު (27.8 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ރާއްޖެ ގެނައި މި ބޯޓަކީ 2500 ޓަނުގެ މަސް ރައްކާ ކުރެވޭ ބޯޓެކެވެ. މިފްކޯއިން ބުނެފައިވާގޮތުގައި މި ބޯޓު ބޭނުން ކުރާނީ ރާއްޖޭން ބޭރަށް މަސް އެކްސްޕޯޓު […]

ރާއްޖެ އަލުން ޔޫއޭއީގެ ގްރީން ލިސްޓަށް
Business

ރާއްޖެ އަލުން ޔޫއޭއީގެ ގްރީން ލިސްޓަށް

ކޯވިޑް-19ގެ މި ދަނޑިވަޅު ދަތުރު ކުރުން ރައްކާތެރި ގައުމުތައް ކަމަށް ބަލައިގެން ޔޫއޭއީން އެކުލަވައިލާ ގްރީން ލިސްޓުގައި އަނެއްކާވެސް ރާއްޖެ ހިމަނައިފިއެވެ. މިދިޔަ އަހަރު ރާއްޖޭގެ ކޯވިޑް ކޭސްތައް މަދުވެ ހާލަތު ރަނގަޅުވުމުން ޔޫއޭއީން ވަނީ އެ ގައުމުގެ ގްރީން ލިސްޓުގައި ރާއްޖެ ހިމަނައިފައެވެ. ނަމަވެސް މިއަހަރު ރާއްޖޭގެ ހާލަތު ގޯސްވުމާއެކު އެ ލިސްޓުން ރާއްޖެ އުނިކުރިއެވެ. ޔޫއޭއީގެ ގްރީން ލިސްޓުގައި ހިމެނޭ ގައުތަކުން އެ ގައުމަށް ގޮސް ކަރަންޓީން ވާން ނުޖެހޭނެއެވެ. ނަމަވެސް ދަތުރު ކުރާއިރު […]

މިދިޔަ ކުއާޓާގައި އެސްޓީއޯއަށް 110 މިލިއަން ރުފިޔާގެ ފައިދާއެއް
Business

މިދިޔަ ކުއާޓާގައި އެސްޓީއޯއަށް 110 މިލިއަން ރުފިޔާގެ ފައިދާއެއް

މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 110 މިލިއަން ރުފިޔާ ލިބިއްޖެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 105 މިލިއަން ރުފިޔާގެ ސާފު ފައިދާއެކެވެ. އެސްޓީއޯއިން އާންމުކުރި މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީމިދިޔަ އަހަރުގެ ދެވަނަ ކުއާޓާ އާ އަޅާ ބަލާއިރު އެއް ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި އެކުންފުންޏަށް ލިބުނީ 1.2 […]

އުރީދޫ އަތޮޅު ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި
Business

އުރީދޫ އަތޮޅު ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި

މުޅި ރާއްޖެއަށް ހާއްސަކޮށްގެން އުރީދޫ މޯލްޑިވްސް އިން ބާއްވާ ފޯރިގަދަ ވަޗުއަލް ދުވުމުގައި ބެރިވެރިވުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލައިފި އެވެ. “އުރީދޫ އަތޮޅު ދުވުން” އަކީ ކޯވިޑް-19އާ ގުޅިގެން މިދިޔަ އަހަރު ފެށި ދުވުމެކެވެ. މި ދުވުމަށް މިދިޔަ އަހަރުވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އެގޮތުން މިދިޔައަހަރުވެސް 5800 މީހުން މި ދުވުމުގައި ބައިވެރިވިއެވެ. މިއަހަރުގެ ދުވުން އޮންނާނީ އަންނަ މަހުގެ ތެރޭގައެވެ. މި ދުވުމުގައި ރަޖިސްޓްރީ ވާން ބޭނުންވާ މީހުންނަށް މިހާރު އުރީދޫ ޕޯޓަލް […]

ތިލަދުންމަތީ ބިލެތްފަހި ބަނދަރުގެ އެއްގަމު ތޮށިލާން ބޭނުންވާ ކޮންކްރީޓް ގާ އެތެރެކުރަން ފަށައިފި
Thiladhunmathi News

ތިލަދުންމަތީ ބިލެތްފަހި ބަނދަރުގެ އެއްގަމު ތޮށިލާން ބޭނުންވާ ކޮންކްރީޓް ގާ އެތެރެކުރަން ފަށައިފި

ށ. ބިލެތްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ( އެމްޓީސީސީ) އިން ބުނިގޮތުގައި މި މަސައްކަތް ފެށީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން އައު ހާބާ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. ށ. ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް 27 ޖުލައި 2021 […]

އޮލިމްޕިކްސްއާއެކު ޓޯކިޔޯގައި ކޯވިޑް ކޭސްތައް އިތުރުވާން ފަށައިފި
International

އޮލިމްޕިކްސްއާއެކު ޓޯކިޔޯގައި ކޯވިޑް ކޭސްތައް އިތުރުވާން ފަށައިފި

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ކުރިއަށްދާ އޮލިމްޕިކްސް ގޭމްސް އާއެކު އެ ސިޓީން ރެކޯޑު އަދަދަކަށް ކޯވިޑް-19ގެ ކޭސްތައް ފެނިއްޖެއެވެ. އެ ސިޓީން އިއްޔެ ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުގައި އިއްޔެ 2،848 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއީ މިއަހަރުގެ ޖެނުއަރީގެ ފަހުން އެ ސިޓީން ޕޮޒިޓިވްވިމީހުންގެ ރެކޯޑެކެވެ. ޓޯކިޔޯއިން ކޯވިޑަށް ޕޮޒިޓިވްވި ޖުމްލަ އަދަދު ދެލައްކައަށްވުރެ މައްޗަށް އަރާފައިވާއިރު އޮލިމްޕިކްސް ފެށުމުގެ ކުރިން ތަޖުރިބާކާރުން ވަނީ އެ ކުޅިވަރުތައް ފެށުމުން ކޮވިޑްގެ ޑެލްޓާ ވޭރިއަންޓްގެ ކޭސްތައ...

މާލީ މައުލޫމާތު ހާމަ ކުރުމުގައި ރާއްޖެއިން ކުރިއެރުން ހޯދައިފި
Business

މާލީ މައުލޫމާތު ހާމަ ކުރުމުގައި ރާއްޖެއިން ކުރިއެރުން ހޯދައިފި

މާލީ މައުލޫމާތު ހާމަކުރުމުގައި ރާއްޖެއިން ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށް އިންޓަނޭޝަނަލް މޮނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފިއެވެ. އައިއެމްއެފް އިން އާންމުކޮށްފައިވާ “ފިސްކަލް ޓްރާންސްޕޭރެންސީ ރިޕޯޓު” ގައި ބުނެފައިވާ ގޮތުން ރާއްޖެއަށް ދީފައިވަނީ މާލީ މައުލޫމާތުތައް ދެފުށްފެންނަ ގޮތަކަށްއާންމުކުރުމުގައި، މާލީ މުއާމަލާތްތައް ފޯކާސްޓު ކުރުމާއި ބަޖެޓު އެކުލަވާލުމުގެ މަސައްކަތްތައް “އެޑްވާންސްޑް” ލެވެލް އެވެ. މިއީ މާލީ މައުލޫމާތު ހާމަކުރުމުގެ އެންމެ މަތީ ދަރަޖަ އެވެ. މީގެ އިތުރުން ކޯވިޑް-19...

ޕްރޮޖެކްޓުތައް ކުރިއަށްދާގޮތް ބައްލަވައިލައްވަން އާޒިމް އިހަވަންދޫއަށް
Thiladhunmathi News

ޕްރޮޖެކްޓުތައް ކުރިއަށްދާގޮތް ބައްލަވައިލައްވަން އާޒިމް އިހަވަންދޫއަށް

ތިލަދުންމަތީ އިހަވަންްދޫގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މަސައްކަތް ބައްލަވައިލެއްވުމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެ ރަށަށް ވަޑައިގެންފިއެވެ. އާޒިމްގެ ދަތުރުފުޅުގައި އިހަވަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތްތަކާއި ފެރީ ޓާމިނަލުގެ މަސައްކަތް ކުރިއަށް ދާގޮތް ބައްލަވާލެއްވިއެވެ. އިހަވަންދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަ...

ހޯރަފުށީ އެއާޕޯޓު ރަންވޭ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި
Thiladhunmathi News

ހޯރަފުށީ އެއާޕޯޓު ރަންވޭ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި

ތިލަދުންމަތީ ހޯރަފުށީ އެއާޕޯޓުގެ ރަންވޭގެ ހުޅަނގު ފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެއާޕޯޓުގެ މަސައްކަތް ވެސް ކުރިއަށްގެންދިޔަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މިމަސައްކަތް ފައްޓަވައިދެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ މިއަހަރުގެ ޖޫން މަހުގެ 30ގައެވެ. މި މަސައްކަތް ނިންމަން 360 ދުވަހުގެ މުއްދަތެއް އެ ކުންފުންޏަށް ވަނީ ދީފައެވެ. މިއީ 90.5 މިލިއަނ...