މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ލ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (03:15 އިން 08:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,050 Stories
2,911 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

ވެލިދުއަށް 800 ކިލޯވޮޓުގެ ޖަނަރޭޓަރެއް
Business

ވެލިދުއަށް 800 ކިލޯވޮޓުގެ ޖަނަރޭޓަރެއް

ނ. ވެލިދުއަށް ފެނަކަ ކޯޕަރޭޝަނުން 800 ކިލޯވޮޓުގ ޖަނަރޭޓަރެއް ގެންގޮސްފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މިއީ އެ ރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށް ޑިމާންޑާ އެއްވަރަށް ކަރަންޓު ދޭން ގެންދެވުނު ޖަނަރޭޓަރެކެވެ. މި ޖަނަރޭޓަރު އެރަށްގެންދިޔައީ އިއްޔެއެވެ. ފެނަކައިގެ ވެލިދޫ ބްރާންޗުން ބުނީ އެ ރަށުގެ 2600 މީހުންގެ އާބާދީއަށް ކަރަންޓު ފޯރުކޮށްދިނުމުގައި ގިނަ ދަތިތަކެއް ދިމާވާ ކަމަށެވެ. އެގޮތުން، ލޯޑު ބޮޑުވެ ކަރަންޓުކަނޑައިގެން ދިއުމުގެ ސަބަބުން އިލެކްޓްރޯނިކް ސާމާނު ހަލާކުވާ ކަމަށާއި މި ޖަނަރޭޓަރުގެ...

ކުޑަގިރީގައި ޕިކްނިކް އައިލެންޑް ހަދަން އެމްޓީސީސީއަށް
Business

ކުޑަގިރީގައި ޕިކްނިކް އައިލެންޑް ހަދަން އެމްޓީސީސީއަށް

ކ. ކުޑަގިރީގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އާޒިމް ވިދާޅުވީ، އެ ރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މި މަސް ތެރޭގައި ފަށާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ހައެއ...

އަލިފުށީގެ ބިން ހިއްކައި، އެއާޕޯޓު ތަރައްގީކުރަން ހަވާލުކޮށްފި
Business

އަލިފުށީގެ ބިން ހިއްކައި، އެއާޕޯޓު ތަރައްގީކުރަން ހަވާލުކޮށްފި

ރ. އަލިފުށި ބިން ހިއްކުމާއި އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި  އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މި މަޝްރޫޫއުގެ ދަށުން، އަލިފުށީގެ 50.05 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްޤީއާއި ގެދޮރުވެރިކަަމަށްހާއްސަކޮށްގެން ހިއްކާ ބިމެވެ. މީގެ އިތ...

ވެކްސިން ނުޖަހާނަމަ ވިޔަފާރިތަކުން ބައެއް ހިދުމަތްތައް ދިނުން މަނާކޮށްފި
Business

ވެކްސިން ނުޖަހާނަމަ ވިޔަފާރިތަކުން ބައެއް ހިދުމަތްތައް ދިނުން މަނާކޮށްފި

ކޯވިޑުން ދިފާއުގައި ވެކްސިން ނުޖަހައި ތިބި މީހުންނަށް ވިޔަފާރިތަކުން ބައެއް ހިދުމަތްތައް ނުދޭން އިކޮނޮމިކް މިނިސްޓްރީން އަންގައިފިއެެވެ. އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނަަށް މިއަދުން ފެށިގެން ޖިމާއި ސެލޫންތަކުން ހިދުމަތް ދިނުން މަނާވާނެ ކަމަށެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އިމްޕޯޓް މުދާ ވިއްކާ ތަންތަނުންނާއި ކާބޯތަކެތި ވިއްކާ ތަންތަނުން ވެސް ވެކްސިން ފުރިހަމަ ނުކުރާ މީހުންނާ މެދު ފިޔަވަޅު އަޅަންޖެހޭނެއެވެ. އެގޮތުން، ވެކްސިން ފުރިހަމ...

ދެ ހަފުތާއަށްފަހު އަބޫދާބީން ރާއްޖެ ގްރީން ލިސްޓަށް
Business

ދެ ހަފުތާއަށްފަހު އަބޫދާބީން ރާއްޖެ ގްރީން ލިސްޓަށް

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ވެރިރަށް އަބޫދާބީގެ ގްރީން ލިސްޓުން ރާއްޖެ ނެގިތާ ދެ ހަފުތާ ފަހުން އަނެއްކާ ވެސް އެ ލިސްޓުގައި ރާއްޖެ ހިމަނައިފިއެވެ. އެ ގައުމުން ބުނީ މިއަދުން ފެށިގެން ރާއްޖެއިން އަބޫދާބީއަށް ދާ އެއްވެސް މީހަކު ކަރަންޓީން ވާން ނުޖެހޭނެ ކަމަށެވެ. އެ ގައުމުން ގްރީން ލިސްޓުގައި ގައުމުތައް ހިމަނަނީ އެ ގައުމެއްގައި ކޯވިޑް-19 ފެތުރެމުން އަންނަ ވަރަށް ބަލައެވެ. މި ލިސްޓުގައި ރާއްޖޭގެ އިތުރުން 58 ގައުމެއް ވަނީހިމަނައިފައެވެ. އަބޫދާބީގެ ގްރީން ލިސްޓުގައި […]

ވެމްކޯއިން ކުނި ނަގާ އުސޫލަށް ބޮޑެތި ބަދަލުތަކެއް
Business

ވެމްކޯއިން ކުނި ނަގާ އުސޫލަށް ބޮޑެތި ބަދަލުތަކެއް

އަންނަ މަހު 15 ވަނަ ދުވަހުން ފެށިގެން ވެމްކޯއިން ކުނި ނަގާ އުސޫލަށް ބަދަލު ގެންނަން އެ ކުންފުނިން ނިންމައިފިއެވެ. ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ވެމްކޯއިން ވަނީ މަގުމައްޗަށް ކުނި ނެރުމަށް ގޭބިސީތަކަށް އަންގައިފައެވެ. ނަމަވެސް އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކުނިބަހައްޓަން ޖެހޭނީ އެ އިމާރާތެއްގެ އެންމެ ތިރީ ފްލޯގައެވެ. ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ މުވައްޒަފުންނަށް އިމާރާތުގެ ތިރީ ބަޔަށް ވަދެވޭ ގޮތް ހަދާފައި ހުންނަން ޖެހޭނެ ކަމަށެވެ. […]

އިސްލާމިކް ބޭންކުގެ ގްލޯބަލް ޕޭ ތައާރަފުކޮށްފި
Business

އިސްލާމިކް ބޭންކުގެ ގްލޯބަލް ޕޭ ތައާރަފުކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކުގެ އިންޓަނެޓް ޕޭމަންޓް ގޭޓްވޭ ‘އެމްއައިބީ ގްލޯބަލް ޕޭ’ ތައާރަފު ކޮށްފިއެވެ. މި ގޭޓްވޭ މެދުވެެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ބައިނަލްއަގުވާމީ ކާޑުތައް ބޭނުންކުރެވޭނެކަމަށް އެމްއައިބީން ބުންޏެވެ. އެމްއައިބީ ގްލޯބަލް ޕޭގައި ބޭނުންކުރަނީ މާސްޓަ ކާޑް ޕޭމަންޓް ގޭޓްވޭއެވެ. މި ގޭޓްވޭއަކީ ސެކިއުރިޓީގެ ގޮތުން ވަރުގަދަ ފީޗާތަކެއް ހިމެނޭ ގޭޓްވޭއެއް ކަމަށް އިސްލާމިކްބޭންކުން ބުންޏެވެ. އެމްއައިބީ ގްލޯބަލް ޕޭއާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން އެ ބޭންކުން ބުނީ މި ގޭޓްވޭ މެދު...

ހިތަދޫ އެއްގަމު ތޮށިލާން ބޭނުންވާ ގަލުގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި
Business

ހިތަދޫ އެއްގަމު ތޮށިލާން ބޭނުންވާ ގަލުގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި

ސ. ހިތަދޫ އިހުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށްގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެ ޝިޕްމެންޓް ސައިޓަށް ގެންދިޔައީ އާދީއްތަ ދުވަހު ކަމަށެވެ. މި މަޝްރޫއުގެ ދަށުން 234,297 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 800 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 284 މީޓަރުގެސަރަހައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއެވ...

ތިލަފުށީގައި ކުނި އެންދުން ހުއްޓާލުމުން އެ ސަރަހައްދުގެ ވައި ސާފުވާން ފަށައިފި
Business

ތިލަފުށީގައި ކުނި އެންދުން ހުއްޓާލުމުން އެ ސަރަހައްދުގެ ވައި ސާފުވާން ފަށައިފި

ތިލަފުށީގައި ކުނި އެންދުން ހުއްޓާލުމާއެކު އެ ސަރަހައްދުގެ ވައި ސާފުވާން ފަށައިފިއެވެ. ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ޓްވީޓު ކުރެއްވި ފޮޓޯއަކުން ފެންނަނީ ތިލަފުށިން ކުރިން ނުފެންނަ ރީތި މަންޒަރެކެވެ. ކުނި އުކާލާ ސަރަހައްދުގެ މިފޮޓޯއިން ފެންނަނީ ވައި ސާފުވެފައިވާ މިންވަރެވެ. އާދަމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިއްޔެ ހަވީރު އެ ސަރަހައްދުން ދުން އަރާތަން ފެނުނީ ވަރަށް މަދުން ކަމަށެވެ. އާއްމުކޮށް މި ސަރަހައްދަކީ އަބަދު ދުން އަރާސަރަހައްދެކެވެ. މީގެ ސަބަބުން ކައިރި ރަށްތަކަށް […]

ހިރިމަރަދޫ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށައިފި
Business

ހިރިމަރަދޫ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށައިފި

ހދ. ހިރިމަރަދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތްތައް އެމްޑަބްލިޔުއެސްސީއިން ފަށައިފިއެވެ. މި މަޝްރޫއުގެ ދަށުން، މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތެވެ. އަދި ފެނާއި ނަރުދަމާ ނިޒާމްޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ ހިރިމަރަދޫއަށް ގެންގޮސްފައެވެ. މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ހިރިމަރަދޫގައި 8.06 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވ...

އެމްޕީއެލް އިން ސްޕޮންސާ ކުރާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
Business

އެމްޕީއެލް އިން ސްޕޮންސާ ކުރާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޕީއެލް އިން ސްޕޮންސާ ކުރާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ކުންފުނިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ފަސް ކޯހަކަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެއީ ބޭރު ގައުމުގައި ކިޔެވުމުގެ ހަތަރު ފުރުސަތާއި ރާއްޖޭގައިކިޔެވުމުގެ އެއް ފުރުސަތެވެ. މި ކޯސްތަކަށް އެދި އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭނެއެވެ. އެމްޕީއެލް އިން ފުރުސަތު ހުޅުވާލި ކޯސްތައް މެރިޓައިމް އެންޑް ލޮޖިސްޓިކްގެ ޑިގްރީ މެރިޓައިމް އޮޕަރޭޝަންސްގެ ޑިގްރީ ނޭވަލް އާކިޓެކްޗާގެ ޑިގްރީ އޮކިއުޕޭޝަނަ...

އާ ސީޕްލޭން ޓާމިނަލުގައި ލައުންޖު ހިންގުމުގެ ފުރުސަތު ހުޅުވާލައިފި
Business

އާ ސީޕްލޭން ޓާމިނަލުގައި ލައުންޖު ހިންގުމުގެ ފުރުސަތު ހުޅުވާލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ސީ ޕްލޭން ޓާމިނަލުގައި ލައުންޖު ހިންގަން ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެމްއޭސީއެލް އިން ކުރި އިއުލާނެއްގައި ބުނީ އެ ޓާމިނަލުގައި ލައުންޖު ހިންގޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ރިސޯޓުތަކާއި ސީޕްލޭން އޮޕަރޭޓަރުންނާއި ޓުއާއޮޕަރޭޓަރުންނަށް ކަމަށެވެ. މި ލައުންޖުތަކަށް އެދި ބިޑު ހުށަހެޅުމަށް އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ. ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަމަހުގެ 27ވަނަ ދުވަހުގެ މެންދުރު 2:0...

ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި
Business

ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި

މ. ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.  މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަސައްކަތް ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކައި، 384 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 287 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 121.84 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޯވިޑް ވެކްސިން ފުރިހަމަ ކުރާ މީހުންނަށް ޔޫއޭއީ ހުޅުވާލައިފި
Business

ކޯވިޑް ވެކްސިން ފުރިހަމަ ކުރާ މީހުންނަށް ޔޫއޭއީ ހުޅުވާލައިފި

ކޯވިޑް-19ގެ ވެކްސިން ފުރިހަމަކުރާ މީހުންނަށް ކަރަންޓީން ނުވެ ޓޫރިސްޓު ވިސާގައި، ޔޫއޭއީ އަށް ދަތުރުކުރެވޭ ގޮތް ހަދައިފިއެވެ. އެ ގައުމުގެ ނޭޝަނަލް ކްރައިސިސް އެންޑް އިމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީ (އެންސީއީއެމްއޭ) އިން ބުނީ މި ބަދަލާ އެކު އެ ގައުމަށް ދަތުރު ކުރުން މަނާ ގައުމުތަކުގެވެކްސިން ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށްވެސް މިހާރު ދެވޭނެ ކަމަށެވެ. ޔޫއޭއީން މި ހުއްދަ ދޫކުރާނީ ޑަބްލިއުއެޗްއޯއިން ގަބޫލުކުރާ ވެކްސިނެއް ފުރިހަމަ ކޮށްފައިވާ ފަތުރުވެރިންނަށެވެ. އެއީ އެސްޓްރާޒެނަކާ އާއި ޖޯންސަން އެނ...

ދުވާފަރު ބިން ހިއްކުމުގެ މަސައްކަތް ނިމިއްޖެ
Business

ދުވާފަރު ބިން ހިއްކުމުގެ މަސައްކަތް ނިމިއްޖެ

ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ބިން ހިއްކުމުގެ މަސައްކަތް ނިމުނީ މިއަދު ކަމަށެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ފަށަން ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ހޮނިހިރު ދުވަހު ގެންގޮސްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން 22.2 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު 423 މީޓަރުގެ ސަރަހައްދެއް...