މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ލ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (03:15 އިން 08:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,050 Stories
2,913 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

ފޭދޫ ބޭރުތޮށި ލާން ބޭނުންވާ ބޮޑު ހިލަ ގެންގޮސްފި
Business

ފޭދޫ ބޭރުތޮށި ލާން ބޭނުންވާ ބޮޑު ހިލަ ގެންގޮސްފި

ށ. ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެކުންފުނިން ބުނީ ސައިޓަށް ބޮޑު ހިލަ ގެންގޮސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. މި މަޝްރޫއުގެ ދަށުން އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 97 އިންސައްތަ ވަނީ ނިމިފައި ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 27،500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، […]

ތިލަދުންމަތީ ދިއްދޫ ފެރީ ޓާމިނަލުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
Thiladhunmathi News

ތިލަދުންމަތީ ދިއްދޫ ފެރީ ޓާމިނަލުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ހއ. ދިއްދޫގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރއކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިމާރާތް ކުރަމުން އަންނަ ފެރީ ޓާމިނަލުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ޓާމިނަލުގެ ފައުންޑޭޝަން ފޫޓިންގ މަސައްކަތްތަކުގެ 70 އިންސައްތަ ނިމިފައިވާ ކަމަށެވެ. މި ފެރީ ޓާރމިނަލަކީ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްގީ ކުރާ ޓާރމިނަލެކެވެ. މި ނެޓްވޯކަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށް...

މަހާ ޖައްރާފަށް ކެޕްޓަނަކު ހޯދަނީ، މުސާރައަކީ އެއްލައްކަ ރުފިޔާ
Business

މަހާ ޖައްރާފަށް ކެޕްޓަނަކު ހޯދަނީ، މުސާރައަކީ އެއްލައްކަ ރުފިޔާ

އެމްޓީސީސީގެ މަޝްރޫއުތަކަށް ބޭނުންކުރާ ރާއްޖޭގެ އެންމެ ބޮޑު ކޮންނަ ބޯޓު، މަހާޖައްރާފަށް ކެޕްޓަނަކު ހޯދަން އިއުލާން ކޮށްފިއެވެ. އެމްޓީސީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މި މަގާމަށް ހޮވޭ މީހެއްގެ މުސާރައަކީ 109،000 ރުފިޔާއެވެ. އަދި މަސައްކަތުގެ ފެންވަރު ބެލުމަށްފަހު އަހަރަކަށްވުރެ ގިނަ ދުވަހަށް ކޮންޓްރެކްޓް އާ ކުރާނެ ކަމަށްވެސް ބުންޏެވެ. މި މަގާމަށް ހޮވޭ މީހެއްގެ މުސާރައިގެ އިތުރުން އެކުންފުނީގެ ސްޓާފް މެޑިކަލް އިންޝުއަރެންސާއި ޕެންޝަން ސްކީމުގައި ބައިވެރިވެވޭނެއެވެ. މަގާމަށް ކުރ...

ބާރަށަށް 448 ކިލޯވޯޓުގެ ޖަނަރޭޓަރެއް
Business

ބާރަށަށް 448 ކިލޯވޯޓުގެ ޖަނަރޭޓަރެއް

ހއ. ބާރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރަން ފެނަކަ ކޯޕަރޭޝަނުން އެ ރަށަށް 448 ކިލޯވޯޓުގެ ޖަނަރޭޓަރެއް ގެންގޮސްފިއެވެ. ފެނަކައިން އެ ރަަށް މި ޖަނަރޭޓަރު ގެންދިޔައީ މިދިޔަ ހުކުރު ދުވަހުއެވެ. މި ޖަނަރޭޓަރާއެކު މެދުކެނޑުމެއްނެތި އެ ރަށުުގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ބާރަށުގައި 1215 މީހުންގެ އާބާދީއެއް އޮންނައިރު މިހާރު ބޭނުން ކުރާ ޖަނަރޭޓަރުން އެ ރަށުގެ ހުރުހާ ގެއަކަށް ކަރަންޓ ފޯރުކޮށްދޭ ކެޕޭސިޓިއެއް ނުހުރެއެވެ. އެހެންކަމުން […]

ލެ މެރީޑިއަން ރިސޯޓު ހުޅުވައިފި
Business

ލެ މެރީޑިއަން ރިސޯޓު ހުޅުވައިފި

މެރިއެޓް އިންޓަނޭޝަނަލްގެ ކުޑައިގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ ލެ މެރީޑިއަން ހޮޓެލްސް އެންޑް ރިސޯޓްސް އިން ރާއްޖޭގައި ތަރައްގީ ކުރި ލެ މެރީޑިއަން މޯލްޑިވްސް ހުޅުވައިފިއެވެ. މި ރިސޯޓު ހުޅުވާފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. މިއީ ޅ. ތިލަމާފުށީގައި ތަރައްގީ ކޮށްފައިވާ ރިސޯޓެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 35 މިނެޓު ތެރޭގައި ސީ ޕްލޭނުގައި މި ރިސޯޓަށް ދެވޭނެއެވެ. މިއީ މެރިއެޓް އިންޓަނޭޝަނަލް އިން ރާއްޖޭގައި ހުޅުވި ދެވަނަ ރިސޯޓެވެ. މިއީ ބައިނަލްއަގުވާމީ ގޮތުން […]

ފެނަކަ ހޯރަފުށީ ބްރާންޗްގެ އާ އޮފީހުގެ ބިންގާ އަޅައިފި
Business

ފެނަކަ ހޯރަފުށީ ބްރާންޗްގެ އާ އޮފީހުގެ ބިންގާ އަޅައިފި

ހއ. ހޯރަފުށީގެ ފެނަކައިގެ އާ އޮފީހުގެ ބިންގާ އަޅައިފިއެވެ. ހުކުރު ދުވަހު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އޮފީހުގެ ބިންގާ އަޅުއްވައިދެއްވީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދެވެ. ފެނަކައިން ބުނީ މި އޮފީހުގެ މަސައްކަތް ނިމުމުން އެ ކުންފުނީގެ އޮފީހުގެ ހުރިހާ މަސައްކަތެއް އާ އޮފީހަށް ބަދަލު ކުރެވޭނެ ކަމަށެވެ. ހޯރަފުށި ބްރާންޗްގެ އައު އޮފީސް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު #ޓީމްފެނަކަ @TeamFenaka pic.twitter.com/HnLP8ZN7...

ދައުލަތުގެ ރިޒާވް އިތުރުވެއްޖެ
Business

ދައުލަތުގެ ރިޒާވް އިތުރުވެއްޖެ

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދައުލަތުގެ ރިޒާވް އިތުރުވެއްޖެއެވެ. މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު ކުއާޓާލީ ބުލެޓިންގައި ބުނެފައިވާ ގޮތުގައި، މިއަހަރުގެ ދެވަނަ ކުއާޓާ ނިމުނު އިރު ޖުމުލަ ރިޒާވުގައި 912.4 މިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 30 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓާ ނިމުނު އިރު ދައުލަތުގެ ރިޒާވްގައި ހުރީ 702.5 މިލިއަން ޑޮލަރެވެ. މިއީ މި އަހަރުގެ ފުރަތަމަ ކުއާޓާގައި […]

މަޑުއްވަރީ ދެކުނު ބަނދަރުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ
Business

މަޑުއްވަރީ ދެކުނު ބަނދަރުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މިހާރު މި މަޝްރޫއުގެ ދަށުން ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 60 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން 7,280 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 65,520 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 411 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި […]

ފެހެންދޫ ބަނދަރުގެ މަސައްކަތް ނިމެނީ
Business

ފެހެންދޫ ބަނދަރުގެ މަސައްކަތް ނިމެނީ

ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމެން ކައިރިވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ ދަށުން 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން އަޅާ ބުރިޖުގެ މަސައްކަތުގެވެސް 91 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 18,500 ކިއުބިކް މީޓަރުގެ އާ ހާބަރ ބޭސިން ފުންކުރުމާއި 25,000 ކިއުބިކް މީޓަރުގެ ނެރަށް ވަންނަ […]

ކުންފުންޏާ ބެހޭ އާ ގާނޫނަށް އާއްމުންގެ ހިޔާލު ހޯދަނީ
Business

ކުންފުންޏާ ބެހޭ އާ ގާނޫނަށް އާއްމުންގެ ހިޔާލު ހޯދަނީ

ކުންފުންޏާ ބެހޭ އާ ގާނޫނެއް އެކުލަވާލައި އާއްމުންހެ ހިޔާލު ހޯދަން އިކޮނޮމިކް މިނިސްޓްރީން އިއުލާން ކޮށްފިއެވެ. މި ގާނޫނު ފާސްވުމާއެކު މިހާރު އަމަލު ކުރަމުން އަންނަ ގާނޫނު އުވާލާނެއެވެ. މިއީ 1996 ވަނަ އަހަރުން ހެދި ގާނޫނެކެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މިހާރު އަމަލު ކުރަމުން އަންނަ ގާނޫނަކީ 25 އަހަރުވެފައިވާ ގާނުނެއް ކަމަށްވުމުން މި ގާނުނަށް ބަދަލު ގެންނަން ޖެހިފައިވާ ކަމަށެވެ. އަދި ކުރިއަރާފައިވާ ގައުމުތަކުން ވެސް ކުންފުނިތަކުގެ ގާނޫނަށް ޒަމާނީ ބަދަލުތައް ގެނެސް، އިންވެސްޓްމަންޓުތަކަށް […]

ތެލާއި ކާޑު ގަންނަަން އެސްޓީއޯއަށް 75 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް
Business

ތެލާއި ކާޑު ގަންނަަން އެސްޓީއޯއަށް 75 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް

ޓްރޭޑް ފައިނޭންސް ފެސިލިޓީއެއްގެ ދަށުން އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަން (އައިއައިޓީއެފްސީ) އާއި އެސްޓީއޯއާ ދެމެދު 75 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) ގެ އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ. އުޒުބަކިސްތާނުގެ ވެރިރަށް ތަޝްކެންތުގައި މިހާރު ކުރިއަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ބައްދަލުވުމެއްގައި މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެ...

އަނގޮޅިތީމު ބަނދަރުގެ 55 އިންސައްތަ މަސައްކަތް ނިމިއްޖެ
Business

އަނގޮޅިތީމު ބަނދަރުގެ 55 އިންސައްތަ މަސައްކަތް ނިމިއްޖެ

ރ. އަނގޮޅިތީމު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ 53 އިންސައްތަ މަަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، ހާބަ ޕޭވްމަންޓް ހެދުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. މި މަޝްރޫއުގެ ދަށުން، 42,615 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 221 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 166 މީޓަރުގެސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 91 މީޓަރުގެ ސަރަހައްދެއްގައި އެއ...

އުރީދޫ އާޗާ ޕްރިޕެއިޑް ކަސްޓަމަރުންނަށް ތިން ގުނަ އިތުރު ޑޭޓާ
Business

އުރީދޫ އާޗާ ޕްރިޕެއިޑް ކަސްޓަމަރުންނަށް ތިން ގުނަ އިތުރު ޑޭޓާ

އުރީދޫ އިން އެ ކުންފުނީގެ އާޗާ ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތިން ގުނަ އިތުރު ޑޭޓާ ލިބޭ އޮފާއެއް ތައާރަފުކޮށްފިއެވެ. މި އޮފާގެ ދަށުން ހަފުތާއަކަށް ނުވަތަ މުޅި މަހަށް 180ޖީބީއާ ހަމައަށް ޑޭޓާއާ އެކު އަންލިމިޓެޑް އުރީދޫ ކޯލްސް ލިބޭނެއެވެ. އެގޮތުން، 1ޖީބީ ވީކްލީ ޕެކް (150ރ.) އިންދުވާލަކު 3ޖީބީ ލިބޭއިރު  1ޖީބީ މަންތްލީ ޕެކް (500ރ.) އިން ދުވާލަކު 3ޖީބީ އަދި 2ޖީބީ މަންތްލީ ޕެކް (750ރ.) އިން ދުވާލަކު 6ޖީބީ ޑޭޓާ ލިބޭނެއެވެ. […]

ރާއްޖެއިން ބަންގްލަދޭޝްއަށް މޯލްޑިވިއަންގެ ހާއްސަ ދަތުރުތަކެއް
Business

ރާއްޖެއިން ބަންގްލަދޭޝްއަށް މޯލްޑިވިއަންގެ ހާއްސަ ދަތުރުތަކެއް

ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ހާއްސަ ދަތުރުތަކެއް ބާއްވަން ނިންމައިިފިއެވެ. އެ އެއާލައިނުން ބުނީ މި މަހުގެ ފަހުކޮޅު ކޮންމެ ބުދަ ދުވަހެއްގައި އެ ގައުމަށް ދަތުރު ކުރާނެ ކަމަށެވެ. އެއީ މި މަހުގެ 15، 22 އަދި 29ވަނަ ދުވަހު އެވެ. މިހާރު ވެސް މޯލްޑިވިއަން އިން މާލެ އާއި ޑާކާއާ ދެމެދު ހަފުތާއަކު ދެ ދުވަހު ދަތުރު ކުރެ އެވެ. އެއީ އަންގާރަ އަދި ހުކުރު ދުވަހު އެވެ. އެކި […]

އިންނަމާދޫ ފެނުގެ ނިޒާމުގެ މަސައްކަތް ބާރަށް ކުރިއަށް
Business

އިންނަމާދޫ ފެނުގެ ނިޒާމުގެ މަސައްކަތް ބާރަށް ކުރިއަށް

ރ. އިންނަމާދޫގައި ފެނުގެ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ފަށާފައި ވާކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމުގެ މަސައްކަތް ކަމަށެވެ. މިމަޝްރޫއަށް ބޭނުންވާ ހޮށިއާއި އެހެނިހެން ތަކެތި އެރަށަށް ގެންގޮސްފައި ވާކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އިންނަމާދޫ ފެނުގެ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތުގެ […]