ފެލިވަރުގައި މަސް ބަންދު ކުރަން އިތުރު ކާރުހާނާއެއް
ޅ. ފެލިވަރުގައި މަސް ބަންދު ކުރަން އިތުރު ކާރުހާނާއަކާއި ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަން އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ ޕްރީކޮލިފިކޭޝަން މަރުހަލާ އެ ބޭންކުގެ ފަރާތުން ފަށައިފި ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓުން ބުނެފިއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ފެލިވަރުގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސް ކޮށް، ދަޅުގައި އަދި ޕައުޗުގައި ބަންދު ކުރެވޭނެ ކާރުހާނާއެއް ގާއިމުކުރާނެ […]