ތިލަފުށީގައި ކުނި އެންދުން ހުއްޓާލުމާއެކު އެ ސަރަހައްދުގެ ވައި ސާފުވާން ފަށައިފިއެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ޓްވީޓު ކުރެއްވި ފޮޓޯއަކުން ފެންނަނީ ތިލަފުށިން ކުރިން ނުފެންނަ ރީތި މަންޒަރެކެވެ. ކުނި އުކާލާ ސަރަހައްދުގެ މިފޮޓޯއިން ފެންނަނީ ވައި ސާފުވެފައިވާ މިންވަރެވެ.
އާދަމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިއްޔެ ހަވީރު އެ ސަރަހައްދުން ދުން އަރާތަން ފެނުނީ ވަރަށް މަދުން ކަމަށެވެ. އާއްމުކޮށް މި ސަރަހައްދަކީ އަބަދު ދުން އަރާސަރަހައްދެކެވެ. މީގެ ސަބަބުން ކައިރި ރަށްތަކަށް ވެސް ދުމުގެ އަސަރު ކުރެއެވެ.
ތިލަފުށީގައި ކުނި އަންދާލުން ހުއްޓާލާ ކަމަށް ސަރުކާރުން އިއުލާން ކުރީ މިދިޔަ ހަފުތާ ތެރޭގައެވެ. އަދި އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާގުޅިގެން މިހާރު އަންނަނީ ކުރަމުންނެވެ.
އާދަމް ވިދާޅުވީ ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން ކުރާ މި މަސައްކަތް ކުރިއަށްދާ ކަމަށާއި މި ޕްރޮޖެކްޓު ކާމިޔާބު ކަމާއެކު ނިންމާލެވޭނެ ކަމުގެ ޔަގީންކަންއެބައޮތް ކަމަށެވެ.
Today evening Hardly any smoke from Thilafushi waste Dump yard. @WAMCOmv’s remediation efforts on the track. Our team Is confident and very effective in making this a successful project. pic.twitter.com/Ethhz9xq8O
— Adam Mohamed (@AdamMhmd_) August 30, 2021
ސަރުކާރުގެ އަމާޒަކީ ތިލަފުށީގައި ކުނި އެންދުން އަންނަ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ހުއްޓުމަކަށް ގެނެސް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި "ގްރީން ސްޕޭސް" އެއްގެ ގޮތުގައި ތަރައްގީކުރުމެވެ. މި މަސައްކަތުގެ ދަށުން، މާލެ، ހުޅުމާލެ، އަދި، ވިލިމާލެ، ވޭސްޓް ޓްރާންސްފާ ސެންޓަރުތަކެއް ގާއިމުކުރާނެއެވެ.
އެ ސެންޓަރުތަކުންތިލަފުއްޓަށް ކުނި ގެންދާއިރު، ކުނި ހުންނާނީ ކޮންޓެއިނަރައިޒް ކުރެވިފައި ކަމަށާއި، އެކަމުގެ ސަބަބުން، ކުނި މެނޭޖްކުރަން ފަސޭހަވެ، ކުނީގެ ވަސް ވަރަށް ބޮޑަށްކުޑަ ކުރެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!