އެމްޓީސީސީގެ އެހީއާއެކު ކުޅުދުއްފުށީގެ އޮޑިއެހެލާ ސަރަހައްދުގެ ހިލަތޮށި ރީތި ކޮށްފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ( އެމްޓީސީސީ) ގެ އެހީއާއެކު ކުޅުދުއްފުށި ސިޓީގެ އޮޑިއެހެލާ ސަރަހައްދުގެ ހިލަތޮށި ރީތި ކޮށްފިއެވެ. މި މަސައްކަތް އެމްޓީސީސީގެ އެހީއާއެކު ކުރިއަށްގެންދިޔައީ ކުޅުދިއްފުށި ސިޓީ ކައުންސިލުންނެވެ. މި މަސައްކަތުގެ ދަށުން ދެކުނު ހިލަތޮށި ރާވައި ތަރުތީބު ވަނީ ކޮށްފައެވެ. މި މަސައްކަތުގެ ސަބަބުން އެ ސަރަހައްދު ރީތިވުމުގެ އިތުރުން، ކުދި އުޅަނދުފަހަރު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސިޓީ ކައުންސިލިން ބުންޏެވެ. ކުޅުދުއްފުށ...