އުރީދޫ އެމްފައިސާއިން ބިލު ދައްކައިގެން 10 އިންސައްތަ އަނބުރާ އެކައުންޓަށް
އުރީދޫ އެމް ފައިސާއިން ބިލު ދައްކައިގެން 10 އިންސައްތަ އަނބުރާ އެކައުންޓަށް ލިބޭ ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސް އިން ފަށައިފިއެވެ. މި ކޭޝްބެކް ޕްރޮމޯޝަނުގެ ދަށުން ރެސްޓޯރެންޓުތަކަށް ބައެއް ސުޕާމާޓުތަކުގެ ބިލު ދައްކާ ކަސްޓަމަރުންނަށް 10 އިންސައްތަ އަނބުރާ ލިބޭނެއެވެ. މީގެ ތެރޭގައި ސެމިލީސް އާއި ދަ ޑައިނާސް ކްލަބް އާއި ދަ ގްރޯވް އާއި ރެޑްވޭވް އާއި ވީބީ މާޓާއި ޑަބްލިއުއެޗްއައިއެމް ފަދަ ތަންތަން ހިމެނެއެވެ. ކަސްޓަމަރުންނަށް އަނބުރާ ލިބޭ ފައިސާ ޖަމާވާނީ އެމްފައިސާ އެކައުންޓަށެވެ. […]