ހަތަރު ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީން ނިންމާލައިފި
އެމްޑަބްލިއުއެސްސީން ހަތަރު ރަށެއްގައި ކުރިއަށްގެންދާ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމައި ކޮމިޝަން ކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެއީ ބ. ގޮއިދޫ، ރ. ކިނޮޅަސް، ނ. މާޅެންދޫ އަދި ނ. ކުޑަފަރީގައި ހިންގާ މަޝްރޫއުތަކެވެ. އެމްޑަބްލިޔުއެސްސީން ބުނީ، އެ ރަށްތަކުގެ ތެރެއިން ކުޑަފަރި ފެނާއި ނަރުދަމާ ނިޒާމު ކޮމިޝަން ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ކިނޮޅަހުގެ ކޮމިޝަން ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ އިރު، މާޅެންދޫގެ ކޮމިޝަންކުރުމުގެ މަސައްކަތް މާދަމާ ފަ...