ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ގިނަ އަދަދެއްގެ ވަޒީފާތަކަކަށް އިއުލާން ކޮށްފިއެވެ.
އެ ކުންފުނިން ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި މިވަޒީފާތަކަށް ކުރިމަތިލާން މި މަހުގެ 27 ގެ މެންދުރު 12:00ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެއެވެ.
ވެމްކޯއިން ވަނީ ހަތަރު ދާއިރާއަކުން 17 ފުރުސަތު ހުޅުވާލައިފައެވެ.
ވަޒީފާތައް ހުޅުވާފައިވާ ދާއިރާތައް
- ހިޔުމަން ރިސޯސަސް އެސިސްޓެންޓް: 2 ފުރުސަތު
- ވެލްޑަރ: 6 ފުރުސަތު
- އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް ސޭފްގާރޑްސް އޮފިސަ: 1 ފުރުސަތު
- ވެސަލް ކްރޫ: މާލެ، 4 ފުރުސަތު. ރ. ވަންދޫ، 4 ފުރުސަތު
ކޮންމެ ވަޒީފާއަކަށް ވެސް 8000ރ. އާއި 12000ރ. އާ ދެމެދުގެ މުސާރައެއް ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!